ލައިހާ ދުއްވައިގަތީ ކޮޓަރި އާ ދިމާއަށެވެ.. އޭނަ އައިމަން ކައިރީ ބުނާނީ ކީކޭހެއްޔޭ.. އައިމަން ވެސް ނުލާހިކު ދެރަ ވާނޭ ހިތައް އަރަމުން ދިޔައެވެ..

ދެންމެ ބައްޕަ ބުނި އެތިން ޝައިރާ ހުރީ ހުއްޓުން އަރާފައެވެ.. ބައްޕަ އެހެން ކަންތައް ކޮށްފާނޭ ދުވަހަކ ވެސް ހިތަށް ނާރައެވެ.. މާހިލް ވެސް ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ.. އެންމެން ވެސް ކޮޓަރި އަށް ވަނީ ނިދާށެވެ..

ލައިހާ އަށް ނިދުނީ ވެސް ރޯން އިންދައެވެ.. އަނެއް ދުވަހު އިރު އެރީ ލައިހާ ބެލްކަނީ ގައި ހުއްޓައެެވެ.. ކޮފީ ތައްޓެއް ހިފައިގެން މަގު މައްޗަށް ގެއްލިފައިވާ ލައިހާ ސިއްސައިގެން ދިޔައީ މީހަކު އޭނަ އަށް ގޮވާލުމުންނެވެ.. ގޮވީ ބައްޕ ކަމުން އަނެއްކާވެސް އަޅާ ނުލާ އެތަނުން ދާން ހިނގައިގަތީ ބައްޕަ ދައްކާނީ ކޮން ވާހަކަ އެއް ކަން އެނގޭތީއެވެ.. “މަޑުކޮށްބަލަ”.. ލައިހާ މަޑުކޮށްލީ ހަމްޒާ ގޮވާލުމުން ނެވެ..” މިރޭ އެމީހުން މި ރަށަށް އަންނާނެ.. ދަރިފުޅު ޖެހޭނެ އެމީހުން ބަލައި ބައްޕަ އާ އެކީ ދާން..ބައްޕަ ނިންމައިފިން ދަރިފުޅު އޭނަ އާ އިންނަން.. އެމީހުން ކައިރި ވެސް ބުނެފިން މިހާރު “… މި އޮށް ހުރިހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތަށް ފައިބައިގެން ދިޔައީ ލައިހާ ގެ އެއްވެސް އިޚްތިޔާރަކާ ނުލާ އެވެ.. އެތަނުން ލައިހާ ދުއްވައިގަތީ އޭނަ ރޯތަން އެހެން މީހަކަށް ދައްކަން ނޭދޭތީއެވެ..

ލައިހާ ރޯން އިންދާ މީހަކު ގުޅާ އަޑު އިވޭތީވެ ފޯނާ ދިމާއަށް ބަލައިލިއެވެ.. ގުޅަނީ އައިމަން ކަމުން ފޯނަށް އިރުކޮޅަކު ބަލަހައްޓައިގެން އިނުމަށް ފަހު ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.. “ކީއްވެތަ ފޯނު ނުނަގަނީ ގުޅީމަ.. ހާދަ ވަރަކަށް ގުޅައިފީމެވެ”.. ފޯނު ނެގުމާއިއެކު އައިމަން ބުނެލި އެވެ…”އައިމަން”.. ލައިހާ އައިމަން އަށް ގޮވާލި އެވެ..” ލައި.. ލައި ރޮނީ ތަ “.. އައިމަން އަށް ލައިހާ މަޑު މަޑުން ރޮއެ އަޑު އިވުނު ވެ..” އައިމަން.. ބައްޕަ އަހަރެން އެހެން މީހަކާ އިންނަން ނިންމައިފައި “.. ލައިހާ  އެހާ ހަމަ އަށް ބުނެފައި ފޯނު ކަނޑާލިއެވެ.. އައިމަން އަތުން ފޯނު ދޫވެ އެނދު މަށްޗަށް ވެއްޓުނެވެ.. އައިމަން ބޭނުންވީ މިއަދު އެ ރަށަށް ދާންށެވެ… ނަމަވެސް އަދި ކަންތައްތަށް ހުރި ގޮތުން އެ ރަށަށް ދެވޭކަށް ނެތޭ..

ލައިހާ ތައްޔާރު ވަމުން ދިޔައީ ބައްޕަ އާއި އެކު މާއިން މެން ބަލައި ދާށެވެ…ލައިހާ ރީތި ވެ ނިމިގެނ ދަބަސް ބަލައި ދާން ހިނގައިގައިން ވަގުތު ކޮޓަރި ދޮރުހުޅުވުނު އަޑަށް އެފަޅި އަށް ބަލައިލިއެވެ..”ކިހިނެއް ވީ ތި ބަލަނީ މާ ވަރަކަށް “.. ޝައިރާ އަދި ލީނާ އައި ގޮތަށް އައިސް ލައިހާ އާ ދިމާއަށް ބަލަން ހުރުމުން ލައިހާ ބުނެލި އެވެ..” އައި ކާންޓް ބިލީވް ދިސް.. ލައި ހަމަ ތި އުޅެނީ އެބުނާ މާއިން އަކާ އިންނަން ތަ.. ދެން އައިމަން އޯ”.. ލީނާ ގަބޫލު ނުކުރެވިފައިވާ ގޮތަކަށް ބުނެލި އެވެ.. “އައި އޯލްސޯ ޑޯންޓް ވޯންޓް މެރީ ހިމް..އެކަމް ބައްޕަ”.. އެހިސާބަށް ބުނެވުނު ތަނާ ބޭރުން ހަމްޒާ ގޮވާއަޑު އިވުމުން ލައިހާ އަތް ދަބަސް ހިފައިގެން ކޮޓްރިން ނިކުންނަން ހިނގައިގަތެވެ..” ލައި އެހެން ހެވިފަ ހުއްޓަސް އަހަންނަށް އިނގޭ އެއީ ފޭކް އެއްކަން”..ލައިހާ ނިކުތުމާއެކު ޝައިރާ ބުނެލި އެވެ.. “ދެން އަޅާ ނުލާ”.. އެކަމާ ވިސްނުމަކީ ބޭކާރު ކަމެއް ކަން ލީނާ އަށް އިނގެއެވެ..

ހަމްޒާ އަދި ލައިހާ ގެ އިތުރުން މާހިލް އަދި ޔަނާލް ވެސް އެތަނަށް ދިޔައެވެ.. މާހިލް ފަހަތުން ލީނާ ވެސް އެތަނަށްއައެވެ..ލީނާ އަދި ލައިހާ ވެސް ދެންމެ އައި ލޯންޗާ ދިމާއަށް ބަލައިލީ އެ ލޯންޗާ ދިމާއަށް ހަމްޒާ ހިނގައިގަތުމުންނެވެ.. ލައިހާ އަދި ލީނާ ތަންކޮޅެއް ދުރުގައި މަޑުކޮށްގެން ތިބީ ހަމްޒާ އަދި ޔަނާލް ގެ އިތުރުން މާހިލް ވެސް އެތަނަށް ދިއުމުންނެވެ.. ފުރަތަމއިނުން ވެސް ލޯންޗް އިން ފޭބީ ހަމްޒާ މެން އުމުރު ގެ އަންހެނަކާ ފިރިހެނެކޭ.. ދެން ފޭބީ ލައިހާ މެން އުމުރުގެ ފިރިހެނެކޭ.. ކިތަންމެ ރީތި މީހަކަސް ލައިހާ އަޅައިގަންނަ ގޮތެއް ނެތެވެ.. ލައިހާ ހިނިގަނޑެއް ޖަހާލީ އޭނަ އަށް މަލައިމާތް ކުރަންށޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ.. ލީނާ ވެސް ލައިހާ އާ ބައިވެރި ވެލިއެވެ.. ދެމީހުން ވެސް މައިތިރި ވީ ހަމްޒާ މެން އެދިމާއަށް އައުމުންމެވެ.. “ދަރިފުޅާ.. މީ މާއިން.. ދެން މީ މައުނާ އާ ހާލިދު އާ.. މާއިން ގެ މަންމަ އަދި ބައްޕަ.. ދަރިފުޅަށް ކަމުދޭ ތަ މާއިން”.. ހަމްޒާ އައި ގޮތަށް ފަތިވަރު އަމުނާލިއެވެ..” ކަމުދާ ކަމެއް ވެސް އިނގޭނީ ފުރަތަމަ މީހާގެ ގޮތް އިނގުނީމަނުން”.. ލައިހާ މިހެން ބުނުމުން ލީނާ ގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.. މާހިލް އަދި ޔަނާލް ވެސް އަނގަ މަތީ އަތް އަޅައިގެން ތިބީ ހެވޭތީއެވެ.. “އެއީ ތެދެއް.. އަދި ލައިހާ އަކަށް ނޭންގޭނުން އަޅުގަނޑު ގޮތެއް.. އެކަމް އަޅުގަނޑު އަށް ލައިހާ ވަރަށް ކަމުދޭ”..މާއިން އެހެން ބުނުމުން ލައިހާ މޫނުހަނދާލި އެވެ..

” ދެން ހިނގާ ގެއަށް ދާން.. މިހެން ތިބެވިދާނެ ކިތަންމެ އިރަކު ވެސް”….ލައިހާ މޫނުހަނދައިގެން ހުރުމުން ހަމްޒާ ބުނެލި އެވެ..

އަނެއް ދުވަހު މާއިން އަށް ހޭލެވުނީ ފޯނު އެލާމް ވާ ވަރުން ބޮލަށް އުނދަގޫވުމުންނެވެ.. ތެދުވެގެން ގަޑި ބަލައިލިއިރު އަދި ނުވައެއް ނުޖަހާތީވެ އެދަށް ވެއްޓިގަތެވެ..އެހެން އޮވެ އޮވެ ފައި ތެދުވީ މައުނާ ކާން ގޮވުމުން ނެވެ.. މާއިން ކަންނެތް ގޮތަކަށް ތެދުވެގެން ގޮސް ފާހަނަ އަށް ވަތެވެ..

 

ނުނިމޭ…

 

22

2 Comments

  1. rausherrr

    October 21, 2021 at 11:23 am

    💕💕💕

  2. ayaa

    October 21, 2021 at 11:24 am

    Wow.. 💕❤️

Comments are closed.