ވާ ލޯބި އެނގޭނަމަ – 10
އަނެއް ދުވަހު މާއިން އަށް ހޭލެވުނީ ފޯނު އެލާމް ވާ ވަރުން ބޮލަށް އުނދަގޫވުމުންނެވެ.. ތެދުވެގެން ގަޑި ބަލައިލިއިރު އަދި ނުވައެއް ނުޖަހާތީވެ އެނދަށް ވެއްޓިގަތެވެ..އެހެން އޮވެ އޮވެފައި ތެދުވީ މައުނާ ކާން ގޮވުމުން ނެވެ.. މާއިން ކަންނެތް ގޮތަކަށް ތެދުވެގެން ގޮސް ފާހަނަ އަށް ވަތެވެ.
10 ވަނަ ބައި…
ކޮޓަރިން ނިކުމެ ކާގެއާދިމާ އަށް މިސްރާބުޖެހި މާއިން ގެ ފިޔަވަޅުތައް މަޑު ޖެހުނީ ފޯނު ރިންގްވާން ފެށުމުންނެވެ..ފޯނު ނަގާ ކަންފަތުގައި ޖައްސާލުމަށް ފަހު އަނެއް ކާވެސް މާއިން ހިނގައިގަތެވެ..
“ލައި..އެއްކަލަ މާއިން މިއަދު ގެންނަނީ އޯ ކާން”..ލީނާ ދުވެފައި އައިސް ވަރަށް މަޑުން ބުންޔެވެ..”ވަރަށް ފޫހިވެ”..ލައިހާ ވައްތަރެއް ޖައްސާލިއެވެ..”ތިއެއް ނޫނޭ..އެއްކަލަ ޝައި އަށް ބޭބީ އެއް ލިބެނީނުން”..ލީނާ ވާހަކަ އޮޅުވާލިއެވެ..”ވަޓް ..ކާންޓް ބިލީވް”..ލައިހާ އުފަލުން ފޮޅުނެވެ..”ދެން ލީނާ ކޮން އިރަކުން ތަ ބޭބީ އެއް ހޯދަނީ”..ލައިހާ ލާނެއް ގޮތަކައް ބުނެލިއެވެ..”އަދި ނުވޭ..އަދި މެރީ ކޮށްފަ ނުވެ މާގިނަ ދުވަސްތަކެއް ވެސް”..ލީނާ މިހެން ބުނެލިއެއްކަމަކު އޭނަ ވަރަށް ކުއްޖަކު ބޭނުމެވެ..
“މަންމާ..އަޅެ އަހަރެން ދަންތަ ލައި ކައިރި އަށް”..އައިމަން އައިސް އޭނަ މަންމަ ކައިރި އެހި އެވެ..”ނޫން ދަރިފުޅާ..ދެން މަންމަ އަކަށް ނުފެނެ ދާކަށް ..މިހާރު ވެސް ތިހުރީ ދަރިފުޅުގެ ހާލު”..މިއީ ކޮންމެފަހަރަކު ވެސް އައިމަން މަންމަ ބުނާ އެއްޗޭ..އައިމަން ވެސް ދެން އިތުރަށް އެވާހަކަ ނުދައްކާ ކޮޓަރި އާދިމާ އަށް ހިނގައިގަތެވެ..އައިމަން ވަރަށް ގިނަ އިރު ކޮޓްރީގައި ވިސްނަން އިނުމައްފަހު ދެން ނިންމީ ލައިހާ މަތިން ހަދާން ނައްތާލާފައި އަލުން ދިރިއުޅުމައިގެން ކުރިއަށް ދިއުމަށެވެ..
“މާއިން..ހަމްޒާ ގުޅި މިއަދު..ބުނީ ދައްޗޯއެގެއަށް މެންދުރު ގަޑީ”..ކެއުމުގެ ތެރެއިން ހާލިދު ބުނެލިއެވެ..މާއިން ހިނިތުން ވެލުމަށްފަހު ކެއުމައިގެން ކުރިއަށްދިއައެވެ..
މެންދުރުގެ އަވިގަދަ ވަގުތު ފިރިހެންވަންތަ ހިނގުމެއްގައި އައި މާއިން އައީ ގިނަ އަންހެންކުދިން ގެ ހިއްތަ އަތުލަމުންމެވެ..މަގުމަތިންދާ އަންހެން ކުދިން ތުއި ދެއްކެމުން ދިޔަ އިރު މިްިން އެއްވެސް ކަމަކށް ފަރުވާލެއް ނުބަހައްޓަ ހިނގަމުން ދިޔަ މާއިން މީހެއް ގައިގައި ޖެހުނެވެ..
ލައިހާ ފުޅި އެއް ގަންނަން ދިޔަ މަގުމަތީ މީހެއްގައިގާ ޖެހި ވެއްޓެން ދިޔަ އެވެ..އެވަގުތު އެތަނުގައި ގުގުމައިގެން ދިޔައީ ލައިހާ ގެ މަޑު ހަޅޭކުގެ އަޑެވެ..ލައިހާ ދެލޯމަރާ ބާރުކޮށްގެން އޮތީ ގައިން ބިރުންނެވެ..އެވަގުތު އޭނަގެ އުނަގަނޑުގައި މީހަކު ހިފަހައްޓިއެވެ..މީހެއް ގައިގައި އަތްލި ކަމުގެ އިހުސާސް ވުމުން ލައިހާ ލޯ ހުޅުވާލައިފައި ބަލައިލިއެވެ..ވަގުތުން ދުރައްޖެހުނީ ކުރިމަތީ ހުރި ސޫރަ ފެނުމުންނެވެ..”ތަންކޮޅެއް ބަލައިލައިގެން ހިނގަން ވެއްޖޭނުން..އަންހެން ކުދިންނަށް ތުއި ދެއްކެމުން ދިޔަޔަސް ދެން ތީ ބޮޑުވަރު”..ކުރި މަތިން މާއިން ފެނުމުން ލައިހާ ހަޅޭއްލަވައިގަތެވެ..މާއިން އަނގަހުޅުވާލިގަޑީގައި ލައިހާ ހިނގައިގަތެވެ..”ވަރެއްގެ މަންޖެއްއް”..މާއިން ހިނގައިގަތީ އެނގެއަށް ވަންނަންށެވެ..އަދި އެއްފަހަރު ލަްިހާ ފެނޭތޯ ފަހަތް ބަލައިލިއިރު އެތަނުން ލައިހާ ފެންނަން ވެސް ނެތެވެ..މާއިން ދެފަރާތައް ބޯ ހޫރުވާލުމާށް ފަހު އެގެއަށް ވަނޭ..
ލައިހާ ހިތްހަމަ ޖެހުނީ އޭނަ އާ ދިމާއަށް ހަޅޭއްލަވައި ގަތުމުންނެވެ..ފިހާރަ އަށް ވަދެ ފުޅިއެއް ހިފައިގެން ގޮސް އެއަށް ރުފިޔާ ދެއްކުމައް ފަހު ލައިހާ ހިނގައިގަތީ ގެއާ ދިމާއަށެވެ..އެވަގު ލައިހާ ބޮލު ތެރޭވަށާލީ އައިމަން އާ އެކު ހޭދަކުރެވުނު އުފާވެރި ވަގުތުތަކެވެ..އައިމަން ގެ ހިޔާލުގައި ހުއްޓާ ފޯނު ރިންގުވާ އަޑު އިވުމުން ފޯނަށް ނަޒަރެއްދިނެވެ..”ކޮބައި ލައި..އަދި ވެސް ނުގަނެވޭތަ ފުޅިެއެއް..އެކޮޅުން ވާހަކަ ދެއްކީ ޝައިރާ އެވެ..”ނޯ..މިދަނީ”..ލައިހާ އަވަސް އަރުވާލައިފައި ގެއާދިމާ އަށް ހިނގައިގަތެވެ..ގެއަށް ދިޔަ އިރު މާއިން ސޯފާ ގައި ފޯނައި ކުޅެން އިނެވެ..
“ހާދަ ލަހުންނޭ ތިއައީ “.. މާއިން އަށް ލައިހާ ފެނުމުން ތަޅުވާލާ ހިތްވިއެވެ..” ދެން ކޮން ކަމެއް އަހަރެން ކިތަންމެ ލަސްވިޔަސް..މާއިން ދާން ވީނުން އަންހެން ކުދިންނަށް ތުތްދެއްކެން “.. ހަމަ ރަނގަޅަށް ވެސް މާއިން ބޭނުންވިކަންތައް ވިއެވެ.. ލައިހާ ބަދިގެއަށް ފުޅިތައް ލުމަށް ފަހު ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.. ފަހަތުން ޝައިރާ އަދި ލީނާ ވެސް ދިޔައެވެ..” ވާވް.. ލައި ވަރަށް ސަޅި އިނގޭ ތި އެކްޓިން “.. ޝައިރާ އައިސް ބުނެލި އެވެ..” ހުރެބަލަ.. އޭނަ އެހެރީ އަހަރެންނާ އައިމަން އާ ދުރުކޮށްފަ.. ނުކެރޭނެ މަށާ އިނދެގެން ވެސް ރަނގަޅަށް އުޅޭކަށް.. އަހަރެން އަދި ވެސް ގޮތެއް އޮތީ އާ އައިމަން ކައިރި އަށް ދާނަން “.. ލައިހާ އަށް ހުރީ ރޮވިފައެވެ.. ކައިރީގައި ޝައިރާ އަދި ލީނާ އަނގަމަޑުންލައިގެން ތިއްބެވެ.. އެމީހުންނަށް ނޭނގުނީމާ އެމީހުންގެ ވާހަކަ އަޑުއަހަން ބޭރުގައި ލޫނާ ހުރި ކަމެވެ.. ލޫނާ އަށް ވެސް ހުރީ ރޮވިފައެވެ.. މިއޮށް ހުރިހާ ދުވަސް ވީއިރު ވެސް ލައިހާ ގެ ލޯބިވެރި އެއް ހުންނަ ކަމެއް ނޭނގެއެވެ..
“މާއިން އަޅާ ނުލާ.. ވެދާނެ އެހެރީ ކުޑަ ކަމަކާ ހިތް ހަމަ ނުޖެހިފަކަމަށް”.. ހަމްޒާ ހުރީ ލައިހާ ކަންތައް ކުރި ގޮތުން ހިތްހަމަ ނުޖެހި ފައެވެ.. މާއިން އެއީ އެވަރު ކަމެއް ނޫން ކަމަށ ބުނުމުން ހަމްޒާ ކުޑަ ކޮށް ހިތްހަމަ ޖެހުނެވެ.. “އާދޭ ކާން”.. ލޫނާ މޭޒު މަތީ ތަށިތައް އަތުރަމުން ކާން ގޮވާލިއެވެ…”ކޮބާ ލައިހާ މެން.. އެމީހުން ކައިރި ބުނޭ ކާން އަންނަން”.. ހަމްޒާ ގޮޑީގައި އިށީނުމަށް ފަހު ބުނެލި އެވެ.. ލޫނާ އެބައަންނަމޭ ބުނެފައި ސިޑި އާއި ދިމާއަށް އަށް ހިނގައިގައިން ވަގުތު ލައިހާ މެން ތިރި އަށް އަންނަ ތަން ފެނުމުން މިސްރާބު ބަދަލު ކޮށްލިއެވެ..
ކާން ވެސް މާއިން ކައިރީ އިންނަން ޖެހުމުން ލައިހާ ހުރީ ކާންވެސް ފޫހި ވެ ރުޅިއައިސް ފައެވެ.. ކުޑަ އެތިކޮޅެއް ތައްޓަށް ލުމަށް ފަހު އެންމެންނަށް ވުރެކުރިން ކައިނިންމާލުމަށް ފަހު ތަށި ދޮންނަން ދިޔައެވެ.. ޔަނާލް އަދި މާހިލް ހުރީ ލައިހާ އުޅެމުން ދިޔަ ގޮތުން ހިނި އައިސްފައި އެވެ.. ނަމަވެސް ނުހީ ތިބީ ހަމްޒާ ރުޅި އައިސް ދާނެތީ އެވެ..
ރޭގަނޑު ގެ ވަގުތެވެ….
ލައިހާ ކޮޓަރި އަށް ވަދެ ދޮރު ތަޅުލުމަށް ފަހު ފޯނު ނަގާ އައިމަން ގެ ފޮޓޯ ތައް ބަލަންފެށިއެވެ.. ވަކިހިސާބަކަށް ގޮސް ފޮޓޯ އަށް ބަލަން އިނދެ ލައިހާ ވާހަކަ ދައްކަން ފެށިއެވެ. “އައިމަން.. ވަރަށް ވަރަށް ބޮޑަށް ސޮރީ.. އިނގޭ އައިމަނ ވަރަށް ހިތާމަ ކުރާކަން ވެސް.. ހަމަ ކިރިޔާ ވެސް ގޮތެއް އިންނަމަ ލައި މި ކައިވެނި އެއް ނުކުރާނަަން.. ބައްޕަ އަށް އަހަރެމެން ވާ ލޯބި އެނގޭނަމަ”..ލައިހާ ފޮޓޯ ގަނޑަށް ބަލަމުން ވާހަކަ ދެއްކި އެވެ…
ނުނިމޭ….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



In Reply To rausherr
Thanks
In Reply To ayaa
Thank you ayaa