*އިވާން އެދިޔަ ގޮތަށް ގޮސް ވަނީ އޭނާގެ ކޮޓަރީގައި ހުރި ފާޚާނާ އަށް ށެވެ. ފެން ވަރާލައިގެން ނިކުތީ އޭނާގެ ތުވާލި އުޅަގަނޑާ ހަމައަށް އަނދެގެން އެވެ. ދެން އޭނާގެ ކްލޯޒިޓް އިން ކަޅު ކުލައިގެ ގަމީހަކާ ރަތް ކުލައިގެ ފަޓުލޫނެއް ލައިގެން ނިކުތެވެ. ދެން އެތާނގައި އަޅުވައިފައި އޮތް ރަތް ކުލައިގެ ސޫޓް ލައިގެން ނިކުތް އިރު އޭނާގެ ފިރިހެން ވަންތަ ކަން ހާމަކޮށް ދެއެވެ. ދެން ޑްރެސް އިން ޓޭބަލް ކައިރީގައި ގައި ހުއްޓި ލައިފައި އޭނާގެ ރީތި ސިލްކު އިސްތަށިގަނޑު ގައި ޖެލް ލުމަށް ފަހު އިސްތަށިގަނޑު މައްޗަށް ކުޑަކޮށް ހިއްލާލި އެވެ. ސެންޓު ޖަހާ ލައިގެން ދިޔައީ ކާރާ ދިމާލަށް ށެވެ. އިވާން ކާރަށް އެރާ ދުއްވަމުންގޮސް ހުއްޓުނީ ޕީ. އެޗް. އެލް ކޮންޕެނީ ކައިރީ ގައެވެ. އިވާން އަށް ހުއްޓުނީ ހަމަ ކިރިޔާ އެވެ. “އައިމް ސޯ ސޮރީ ޖެހުނުތަ” ކާރުން ފޭބުމާއި އެކު އިވާން ބުނެލި އެވެ. ދެވަނަ ސިކުންތު ގައި އިވާން ގެ ދެލޯ ބޮޑު ވި އެވެ. “އަނެއްކާ މިޖެހުނީ އަނެއް ކަމަކާ. މަރިޔަމް ރާޔާ ވީ މީޓް އަގެއިން” އިވާން އެހެން ބުނި އަޑު އިވުމުން ރާޔާ އެ ދިމާއަށް ބަލާލި އެވެ. *

 

**********************************

 

ބައި ގަޑިއިރު ކުރިން…. 

 

ރާޔާ އާއި ރީށާ ތައްޔާރު ވެގެން މި ދަނީ އޭ ކިޔާ ފައި ގެއިން ނިކުތެވެ.” ދޮންތީ!!އަހަރެން ދާނީ ލެފްޓް އަށް ދޮންތި ގެ ކޮންޕެނީ ހުންނަނީ ރައިޓް ގަ އެއް ނު…” “މަޑުކުރޭ ދޮންތި ދާނަން ރީއްކޮ ލައިގެން” ރާޔާ ރީށާ ބުނަން އުޅޭ އެއްޗެއް ނުބުނެ ވުނީސް މެދުކަނޑާ ލިއެވެ. “ދޮންތާ މަޑުކޮށްބަލަ ބުނަން މި އުޅޭ އެއްޗެއް ބުނާ ދެކަށް ދޮންތި މިމަގުން ގޮސް ފިއްޔާމު ގަޑި ޖެހޭނެ އެހެންވެ މިހެން މިބުނީ” ރީށާ ބުނެލި އެވެ. “ބައި ގެއަށް އަންނަ މަގުމަތީގައި ދިމާ ކޮށްލާ” ރާޔާ ބުނެލި އެވެ. އޯކޭ އޭކިޔާ ފައި ދެމީހުން ދެ މަގުން ދިޔަ އެވެ. 

 

ރީށާ އޭނާގެ ދެ ކަންފަތުގައި ހެޑްސެޓް ޖެހުމަށް ފަހު ފޯނުން ލަވަ ޖެހި އެވެ. ލަވަ ޖަހައިގެން ވަކި ހިސާބަކަށް ދެވުނު ތަނާ ފިރިހެން ކުއްޖަކު ގައިގައި ޖެހި ބިންމައްޗަށް ވެއްޓުނެވެ. “ހަހް ސޮރީ މައި ބޭޑް” އެ ފިރިހެން ކުއްޖާ ބުނެލި އެވެ. “އެ އޯކޭ ވާނެ. އެއީ އެކްސިޑެންޓް އެއް ނު ދޯ” ރީށާ އެހެން ބުނި އަޑު އިވުމާއި އެކު އެ ފިރިހެން ކުއްޖާ އެ ދިމާއަށް ބަލާލި އެވެ. އެ ފިރިހެން ކުއްޖާ ވެއްޓިފައި އޮތް ރީށާ ނެގުމަށް އޭނާގެ އަތް ދިއްކޮށްލި އެވެ. ރީށާ އޭނާގެ އަތުގައި ހިފައިގެން ތެދުވެލި އެވެ. “ހައި މަށަށް ކިޔަނީ ރީށާ ، ހައްވާ ރީށާ. ކޮން ނަމެއް ތަ ކިޔަނީ ؟” ރީށާ އަހައިލި އެވެ. “ކައިޒަން،  އަހްމަދު ކައިޒަން” އެ ފިރިހެން ކުއްޖާ ޖަވާބު ދިނެވެ. “ނައިސް ޓު މީޓް ޔޫ” ރީށާ މިހެން ބުނެފައި އޭނާގެ ފޯނުގެ ގަޑިއަށް ބަލައިލި އެވެ. ބަލައިލީއިރު ކަމަކު ދާކަށް ނެތެވެ. މިހާރު އެޔޮށް 7:45 ވަނީ އެވެ. “އޯނޯ މިހާރު އެޔޮށް ގަޑި ޖެހެނީ. ކިހިނެއް ދާނީ ކިހިނެއް ދާނީ…” “ކިހިނެއް ތަ ވީ” ރީށާ ‘ކިހިނެއް ދާނީ’ މިހެން ކިޔާކިޔާ ހުއްޓާ ކައިޒަން އަހައިލި އެވެ. “7:45 ކަށް ޖެހޭ ކޮންޕެނީ އަށް ދާން ނުގޮސް ފިއްޔާމު އަހަރެންގެ މުސާރަ އިން ދެބައިކުޅަ އެއްބައި ކަނޑާނެ މީހާރު އޮތީ އެންމެ ފަސް މިނެޓް ބާކީ. މިއަދު މީ އަހަރެންގެ ފުރަތަމަ ދުވަސް އަދި ވަޒީފާ އަކަށް ދާން. ކައިޒަން ބުނެ ބަލަ ކިހިނެއް ތަ އަހަރެން ހަދަންވީ” ރީށާ މިހެން ބުނެފައި އިސް ދަށަށް ޖަހައިލިއެވެ. “މަޑުކުރޭ މިތާނގައި އަހަރެން އެބަ އަންނަން އަހަރެންގެ ސައިކަލް ހިފައިގެން” ކައިޒަން މިހެން ބުނެފައި ދިޔައީ އޭނާގެ ސައިކަލު ބަލަ އެވެ. 

 

މާގިނަ އިރެއް ނުވޭ ކައިޒަން އޭނާގެ ސައިކަލު ހިފައިގެން އައެވެ. “އަރާ ބާކީ މި ފަސް މިނެޓް ތެރޭ އިން ވެސް އެ ކޮންޕެނީ އަށް ދެވޭތޯ” ކައިޒަން ބުނެލި އެވެ. ރީށާ އިތުރު ވާހަކައެއް ނުދައްކާ ކައިޒަން ގެ ފަހަތުގައި އިށީނދެލި އެވެ. “ބާރަށް ހިފަހައްޓައިގެން ހުންނަށްޗެ” ކައިޒަން ބުނެލި އެވެ. އެހެން ބުނުމަށް ފަހު ކައިޒަން އޭނާގެ ސައިކަލު ބާރަށް ދުއްވަން ފެށި އެވެ. ރީށާ ބިރުން ކައިޒަން ގައިގައި ބައްދާލެވުނެވެ. މާގިނަ އިރެއް ނުވޭ ކޮންޕެނީ އާ ހިސާބަށް ދެވުނެވެ. “ތެންކްސް ކައިޒަން” ރީށާ ސައިކަލް އިން ފައިބާފައި ބުނެލި އެވެ. އެހެން ބުނެފައި ދެމީހުން ނަށް އެކައު އަނެކަކާއި ދިމާއަށް ބަލަން ހުރެވުނެވެ. ސީ ޔޫ ލޭޓަރ އޭ ކިޔާފައި ރީށާ ދިޔައީ ކޮންޕެނީ އެތެރެއަށް ށެވެ. 

 

***********************************

 

މިހާރު… 

 

“މުހައްމަދު އިވާން އާދަމް ތީ މި ކޮންޕެނީ ގެ ބޮޑު މީހާ “ރާޔާ ހައިރާން ވި އެވެ.” އާން ސުވާލަކީ ރާޔާ މިތާނގައި ކީއްހޭ ތި ކުރަނީ “އިވާން އަހައިލި އެވެ.” އަހަންނަކީ މިހާރު މިތާން ގެ މުއަށްޒިފެއް. އަދި މިއަދު މި ފެށީ މިތާނގައި މަސައްކަތް ކުރަން. އަދި އެއް ވާހަކަ އިވާން ގެ ބޫޓަށް އަހަރެން އަތުން އައިސް ކްރީމް އެޅުނީ ގަސްތުގައި ކުރިކަމެއް ނޫން އެއީ އަހަރެންގެ ކެއަރލެސް ކަން އައިމް ސޯ ސޮރީ “ރާޔާ މާފަށް އެދުނެވެ.” އަހަރެންގެ ނިޔު ސެކެއްޓަރީ ތީ ؟ އޯކޭ މާފު ކޮށްފިން އަވަހަށް އަހަންނާ މީޓް ކުރަން އަހަރެންގެ އޮފީހަށް އާދޭ “އިވާން އެހެން ބުނުމަށް ފަހު ކޮންޕެނީ އެތެރެއަށް ވަނެވެ.

 

ރާޔާ އިތުރު އެއްޗެއް ނުބުނެ ދިޔައީ އިވާން ގެ ކެބިން އަށް ށެވެ. “އިށީނދެ އަވަހަށް” އިވާން އެހެން ބުނީ ވަރަށް ފޫހި ގޮތަކަށް ށެވެ. ރާޔާ އެތާނގައި ހުރި ގޮނޑި އެއްގައި އިށީނދެލި އެވެ. “އަހަންނަށް ކިޔަނީ މުހައްމަދު އިވާން އާދަމް ، އަހަރެން މީ ވަރަށް މުއްސަނދި އާއިލާ އަކަށް އުފަން ވި މީހެއް ، އަހަރެންގެ އުމުރުން 21 އަހަރު ، އަހަރެން މީ ޕީ. އެޗް. އެލް ކޮންޕެނީ ގެ ޗެއަރ މެން ، އަހަރެން މީ މަންމަ އާއި ބައްޕަ ގެ ލޯބި ލިބިގެން ބޮޑު ވި މީހެއް ، އަހަރެން އެއްބަނޑު އެއްބަފާ ކޮއްކޮ އަކާއި ދައްތަ އެއް ހުރޭ ، އޯކޭ ޔުއަރ ޓާން ” އިވާން ބުނެލި އެވެ.” އަހަންނަށް ކިޔަނީ މަރިޔަމް ރާޔާ ، އަހަރެންގެ އުމުރުން 20 އަހަރު ، އަހަންނަކީ މަންމަ އާއި ބައްޕަ ގެ ލޯބި ލިބިގެން ބޮޑު ވި މީހެއް ނޫން ، އަހަރެން ގެ މާމަ ކުޑަކޮށް ބަލިވެ އުޅޭ ތީ މާމަ ޑޮކްޓަރަށް ދަށްކަން ލާރި ހޯދަން އަހަރެން މި އައީ ” ރާޔާ ވަރަށް ސީރިއަސް ވެހާފައި ބުނެލި އެވެ.” ހްމްމް ދެން ހުއްޓާލާ މިހާރު މާކު އިމޯޝަނަލް ތި ވަނީ “އިވާން ރާޔާ އަށް ޖެއްސުމަށް ބުނެލި އެވެ.” އިމޯޝަނަލް ؟ މިދިޔަ 10 އަހަރަކީ ވަރަށް ޕެއިންފުލް 10 އަހަރު ވިސްނާ ލަބަލަ އިވާން އަށް މިހެން ދިމާވެއްޖެނަމަ އިވާން އުޅެންޖެހޭ ގޮތް އާން އަހަރެން މިދިޔަ 10 އަހަރު ތެރޭގައި ކެތްތެރިވެގެން ހުރީން ދޯ ” ރާޔާ ރުޅި އައެވެ.” ވޮވް ހާދަ ސީރިއަސް ވީ އެއީ އަހަރެންގެ މަޖަލަކަށް ބުނި އެއްޗެކޭ. ޕިސް ޕިސް ރާޔާ ހަހް ކިހިނެށް ބުނީ ވެލް ކަމް އަހަރެން އުންމީދު ކުރަން ރާޔާ އަހަރެން ގެ ކޮންޕެނީ ކުރިއަށް އަރުވަން މަސައްކަތް ކުރާނެ ކަމަށް ” އިވާން ހިނިގަނޑެއް ޖަހާލުމަށް ފަހު ބުނެލި އެވެ. ރާޔާ ފުންނޭވާ އެއް ލުމަށް ފަހު ހީލި އެވެ. ދެން އޭނާ ދިޔައީ އޭނާގެ ކެބިން އަށް ށެވެ. 

 

ކެބިން ތެރެއަށް ވަދެ އޭނާގެ ޑެސްކު މަތީގައި ބޯޖަހާލި އެވެ.” ހައި މަށް ކިޔަނީ މައިލާ ” ރާޔާ ގެ ކެބިން ނާއި ޖެހިގެން ހުރި ކެބިން ގައި އިން މީހާ ބުނެލި އެވެ.” މަށަށް ކިޔަނީ ރާޔާ. މިއަދު މީ އަހަރެން މި ކޮންޕެނީ ގައި މަސައްކަތް ކުރާ ފުރަތަމަ ދުވަސް “ރާޔާ ބުނެލި އެވެ.” މައިލާ ކީއްވެ ތަ އެންމެން ކޮށްޅަށް މި ތެދުވަނީ “ރާޔާ ވާނުވާ ނޭނގި ހުރެ ބުނެލި އެވެ.” އެއީ މި ކޮންޕެނީ ގެ ސީ. އީ. އޯ މި ކޮންޕެނީ އަށް އައީމަ… “” މައިލާ މަށޭ ކިޔާފައި ކީކޭ ތަ ތި ކިޔަނީ ” ކޮންޕެނީ ގެ ސީ. އީ. އޯ ބުނެލި އެވެ.” ސަރ އަހަރެން ރާޔާ ގާތުގައި ބުނީ ސަރ އަކީ ކާކު ކަން ” މައިލާ ކިޔައި ދިނެވެ.” ރާޔާ؟ އެއީ””އަހަރެން އަހަންނަކީ މި ކޮންޕެނީ ގެ ޗެއަރ މެން ގެ ސެކްރެޓަރީ…. ހޯލްޑް އިޓް ހޭވް ވީ މެޓް “ރާޔާ ބުނެލި އެވެ.” މަށަކަށް ނޭނގެ ޗެއަރ މެން އާ ކުޑަކުޑަ މީޓިން އެއް ބާއްވަން އެބަ ޖެހޭ ” އެހެން ބުނެފައި ކޮންޕެނީ ގެ ސީ. އީ. އޯ ދިޔައީ ޗެއަރ މެން ގެ އޮފީހަށް ށެވެ. 

 

ނޮކް ނޮކް” ކަމް އިން ” އިވާން ބުނެލި އެވެ.” އިވާން އަހަރެން ކައިރީގައި ނުބުނެ ކީއްވެ އެހެންމީހަކު ހަޔާ ކުރީ ؟” ކޮންޕެނީ ގެ ސީ. އީ. އޯ ޗެއަރ މެން ގެ އޮފީހަށް ގޮސް ބުނެލި އެވެ. “މާއިން ޗިލް ބްރޯ އަހަންނަކީ މި ކޮންޕެނީ ގެ ޗެއަރ މެން އަހަރެން ކީއްވެ ސީ. އީ. އޯ ކައިރީގައި ބުނަނީ” އިވާން ބުނެލި އެވެ. “ބަޓް…. އިވާން…… ހަހް އަހަރެން ބުނާކަށް އެއްޗެއް ނެތް” މާއިން ބޯކަހައިލި އެވެ. އިވާން ގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ޕިސް ޕިސް މާއިން ހާދަހާ ސްޓްރެސް ވެފައި އެއީ އަނެއްކާ މިއަދު ހެނދުނު އަހަރެން ގެ މަންމަ ކަލޭ ވިޓްނެސް އަކަށް ހެދީމަތަ ؟” އިވާން ޖެއްސުން ކުރުމުގެ ގޮތުން ބުނެލި އެވެ. “މަ ބޯ ހަލާކު. އިވާން ގެ މަންމަ ހާދަ ރުޅިއެއް އައިސްފައި މިއަދު ހުރީ” މާއިން ބުނެލި އެވެ. “އާން މީގައި ހުންނާނެ އޭނަ އާއި ބެހޭ ގޮތުން ހުރިހާ މަޢުލޫމާތެއް ކިޔާބައި ނިކަން” އިވާން މާއިން އަށް ފައިލް ތަކެއް ދިނުމުން އިވާން ބުނެލި އެވެ. މާއިން ގޮސް އެތާނގައި ހުރި ސޯފާ ގައި އިށީނދެ ލި އެވެ. އިށީންދެލާފައި ފައިލް ހުޅުވައިލި އެވެ. ފައިލް ހުޅުވާ ލި އިރަށް މާއިން ގެ ދެ ލޯ ބޮޑު ވި އެވެ. “އެ….. އެ…. އެ އަންހެން ކުއްޖާ އަކީ……

 

—ނުނިމޭ—

1

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!