ނިކުމެބަލަ.. އޭރުންނެއްނުންތަ އެނގޭނީ..” ޒެއިން ލާނެއްހިނިތުންވުމަކާއި އެކު ބުނެލިއެވެ. “އާނ.. އާނ.. ޔަލް މިނިކުންނަނީ އޭ.. އެކަމް ޒެ…..” ބޭރު ދޮރުގައި ހިފާހުޅުވާލި ޔަލާގެ ބަސް ހުއްޓުނީ ތަންކޮޅެއްދުރުގައި ފޯނު ކަންފަތުގައި ޖަހައިގެން ހެވިފައި ހުރި ޒެއިން ފެނިފައެވެ.
“ޒެން..” ޔަލާ އަށް ލިބުނު އުފާވެރި ކަމާއިއެކު ހަޅޭއްލަވައިގަނެވުނެވެ. އަދި ޒެއިން ކައިރިއަށް ދާން ދުއްވައިގަތުމަށް އެޅި ފިޔަވަޅު ފެނުނީ ޒެއިން ބަލަ ހައްޓައިގެން ހުރި ގޮތް ފެނިފައެވެ.
***

ލައިގެން ހުރެވުނީ ކުރުސޯޓުކޮޅަކާއި އަތްކުރު ޓީޝާޓް ކޮޅެއްކަން ޔަލާ އަށް ރޭކާލީ ދެނެވެ. ޔަލާ އަވަހަށް ދޮރު ކައިރި ކޮށްލުމަށްފަހު ދޮރު ފަހަތަށް ވަނެވެ. “އެބަ އަންނަން..” ޔަލާ ލަދުން ހުރެ މިހެން ބުނެލުމަށްފަހު އަވަސްއަވަހަށް ކޮޓަރިއަށް ދިޔައީ އެއްޗެހި ބަދަލުކުރުމަށެވެ.
“ޒެން ކީއްތި ކުރަނީ މިތާ..” ކޮޓަރިން ނިކުތް ޔަލާ ހުރީ އައިސް ބްލޫ ޖިންސަކާއި މަޑުނޫކުލައިގެ ގަމީސްކޮޅެއް ލައިގެންނެވެ. “މިހުރީ ޔަލޫ އާ އެކީ ވާރެއަ ތެމެން އައިއްސައެއްނު..” ލާނެއް ހިނިތުންވުމަކާއިއެކު ޒެއިން ބުނެލިއެވެ. “އެކަމް މިފަހަރު އާދެވިދާނެ ހެނެއް ހިޔެއް ނުވެއޭބުނީމެއްނު…” ގެއިން ނިކުމެ ދޮރު ތަޅުލަމުން ޔަލާ ހައިރާންވެ ހުރެ އަހައިލިއެވެ. “އާނ.. އޭރު ނޭނގެ އޭ އާދެވިދާނެކަމެއް.. އެކަމް ހުރެވޭ އެންމެ ގިނަ ދުވަހަކު ޔަލް ކައިރީ ހުރެލަން މިއައީ..” ޒެއިން މިހެން ބުނެލިއިރު އޭނާ ގެ މޫނު މަތީގައި ވި ހިނިތުންވުން ފަނޑުވެގެން ދިޔައެވެ.
“އެކަމް.. ޔަލޫ ކައިރިއަށް ނައިސް ހުރެވޭނެތަ.. އަދި މިކަހަލަ ދުވަހަކަށް ޔަގީނުންވެސް އަންނާނެއްނު.. ދެން އެވަރު އިނގެންވާނެއްނު..”ޒެއިން ހިނިތުންވެލަމުން ޔަލާގެ އަތުގައި ހިފާލިއެވެ. “އާނ. އިނގެއޭ.. އެކަމް ކީއްވެ ނުބުނީ.. އަސްލު ކޮން އިރަކުތަ އައީ ރަށަށް..” ޔަލާ ހިނިތުންވެލަމުން އަހާލީ ވާރެއަށް ނިކުންނަމުންނެވެ. “އައީ މިއަދު ހަވީރު.. ދެން ޔަލް ކައިރީ ނުބުނީ ސަޕްރައިޒް އެއްދޭންވެގެން.. އެކަމް އިނާ ކައިރީގަ ބުނިން ހަމަ އައިއްސަ..” ޒެއިން ވެސް ޔަލާގެ ފަހަތުން ވާރޭގެ ތެރެއަށް ނިކުތެވެ. ” ހަވީރު ޔަލް މެން އަތިރީގަ ތިއްބިގަޑީގަތަ އައީ..” ޔަލާ އަހާލީ ޔަގީން ކޮށްލުމުގެގޮތުންނެވެ. “އާނ.. އެގަޑީގަ އައީ..” ޒެއިން ޔަލާއާ ކައިރި ވެލަމުން ބުނެލިއެވެ. “ހޫމްމް.. އެހެންވެ ދޯ އެމަގުން ދިޔަ ނުދިނީ.. ވަރެއްގެ އަންހެނެއް އެއީ… ހުރެބަލަ މާދަމާ…” ޔަލާ ހިތާހިތުން އިނާ އާ ދިމާލަށް އެއްޗެހި ކިޔަމުން ދިޔައެވެ. “އަދި ބުންޏޭނު އަވަހަށް ގެއަށް ދާން ޖެހިގެންނޭ.. ހުވާ ..” ޔަލާ އަށް ހޭވެރިކަން ވީ އޭނާގެ މޫނަށް އައްޔެއް އެޅުމުންނެވެ. އޭނާ ބަލާލިއިރު ޒެއިން ހިޔަލުގައި ހުރެގެން އޭނާގެ ފޮޓޯ ނަގަނީ އެވެ. “ތީ ދެން ކޮން ކަމެއް..” ޔަލާ ހީލަމުން ގޮސް ޒެއިންގެ ކައިރީގައި ހުއްޓިލަމުން އަހާލިއެވެ. “މީ.. ބޭބީގެ ފޮޓޯ އެއް ނަގާލީއެއްނު..” ޒެއިން ހެވިލާފައި އޭނާގެ ފޯނާއި ދިމާއަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. “ދެންން..” ޔަލާ މަޑުމަޑުން ބުނެލިއެވެ. “ކީކޭ؟” ޒެއިން އަށް ޔަލާ ބުނި އެއްޗެއް އަޑު ނީވުމުން އަހާލިއެވެ. “އެއްޗެކޭ ނޫން.. ތިބުނީނުން ހަވީރުއޭ އައީ.. ދެން މިރޭ ކީއްކުރީ އެހާ ބިޒީވެގެން؟..” ޔަލާ އޭނާގެ ހިތުގައި އުފެދުނު ސުވާލު ޒެއިން އާ ކޮށްލިއެވެ. “އެއީ.. ކުޑަ ކަމެއް..” ޒެއިން ޔަލާ އާ ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ކޮން ކަމެއްތަ؟” ޔަލާ އޮޅުންފިލުވަން ބޭނުންވިއެވެ. “އެއީ އެއްޗެއ ހެދީ އެގަޑީގަ..” ޒެއިން އަދިވެސް ހުރީ ޔަލާ އާ ދިމާލަށް ބަލަހައްޓައިގެންނެވެ. “ކޯޗެއް؟” ޔަލާ އަހާލިއެވެ. “ބޭނުންތަ ކޯޗެއްކަން އިނގެން؟..” ޒެއިން އޭނާ ލައިގެން ހުރި ޖިންސުގެ ދެޖީބަށް އަތް ޖަހާލަމުން އަހާލިއެވެ. “އާނ.. އެހެންވެއެއްނުންތަ މި އަހަނީ..” ޔަލާ ހުރީ ޒެއިން އެހާވަރަށް ބަލާތީ ލަދުގަނެފައެވެ. “އެހެން..” ޒެއިން ހިނިތުންވެލިއެވެ. “ހޫމްމް..” ޔަލާ އިސްދަށަށް ޖަހާލިއެވެ. “ހިނގާ ދައްކާނަން އެގަޑީ ހެދި އެއްޗެއް.. ނުވެއް ކިޔައި ދެވޭނެ..” ޒެއިން ޔަލާ އާ ދިމާލަށް ހިނގައިގަތެވެ. “ހޫމްމް..” ޔަލާ އަދިވެސް ހުރީ ޒެން ކަޅިވެސް ޖަހާ ނުލާ ބަލަން ހުރުމުން ލަދުގަނެފައެވެ. “ހޫމްމް.. އާދޭ.. ދާން..” ޒެއިން ޔަލާގެ އަތުގައި ހިފާލއެވެ. “ޔަލް..” ޒެއިން އަށް ހީލެވުނީ ޔަލާ ލަދުގަނެފަ ހުރިވަރު ފެނުމުންނެވެ. ވެހެމުން ދިޔަ ވާރެއާއި ވެރިވެފައިވާ އަނދިރި ކަމާއި އެކުވެސް ޔަލާގެ އެ ދޮން މޫނު މައްޗަށް ވެރިވެފައިވާ ރަތްކަން ރީތިކޮށް ހާމަވާން ހުއްޓެވެ. “ދެން.. ޒެންންން…” ޔަލާއަނެއްފަރާތަށް މޫނު އަނބުރާލިއެވެ. “ހެހެ.. ލަދުގަތީތަ.. ސޮރީ.. ދެން އާދެބަ ދާން..” ޒެއިން ހީލަމުން ބުނެލިއެވެ. “ހޫމްމް..” ޔަލާ ޒެއިން އާ އެކީ ހިނގައިގަތެވެ.
“އާތް…” ހިނގަމުން ދިޔަ ޔަލާ އަށް އޭނާއާއި ނުހަނު ގާތުގައި ހުރި ޒެއިން ގެ ގައިގައި އޮޅުލައިގަނެވުނީ ކުއްލިއަކަށް ވިދާލުމާއި އެކުއެވެ. އޭރު އެމީހުނަށް ތިބެވުނީ ނުހަނު އަނދިރި ގޯޅިއެއަގައި ކަމަށްވުމާއި އެކު ޔަލާ ގެ ބިރުވެރިކަން އިތުރުވިއެވެ. އަދި ގުގުރުމުގެ އަޑުއިވުމާ އެކީ ޒެއިން ގެ ގައިގައި އެއަށވުރެ ބާރަށް ބައްދާލެވުނެވެ. ޒެއިން ހައިރާން ކަމާއިއެކު ޔަލާ އާދިމާއަށް ބަލާލިއެވެ. އަދި ޔަލާ ބިރުގަނެފައި ހުރިވަރު ފެނުމުން ޔަލާގެ ގައިގައި ބައަދާލުމަށްފަހު ބޮލުގައި ފިރުމާލިއެވެ.
“އަމްމް..” ޔަލާ އަށް ހުރެވުނުގޮތް އިނގުމުން އަވަހަށް ޒެއިން ގެ އަތުތެރެއިން ދޫވެގަންނަން އުޅުނެވެ.” ކޮންތާކަށް ތަ ތިދަނީ…” ޔަލާ ދުރަށް ޖެހެން އުޅުމުން ޒެއިން އެއަށް ވުރެން ބާރަށް އޭނާގެ ގައިގާ ބައްދާލިއިރު ހީވަނީ ދުވަހަކުވެސް ދުލެއް ނުކޮށްލާނަމޭ ބުނާހެންނެވެ.
“ޒެންންން..” ޔަލާ މަޑުމަޑުން ޒެއިން އަށް ގޮވަމުން ދިޔައީ ފަސް ވަރަކަށް މިނެޓު ވީއިރުވެސް ޒެއިން އޭނާ ދޫކޮށް ނުލުމުންނެވެ. “ޔަލް..” ޒެއިން ކުއަލިއަކަށް ސިއްސައިގެން ގޮސް ކަހަލަ ގޮތަކަށް ޔަލާގެ ގައިން ދޫކޮއްލިއެވެ. “ސޮރީ.. އައި ވޯޒް އަ ލިޓިލް ލޮސްޓް.. ތިހާ ލޯބި ކުއްޖެއް ފެނުނީމަ..” ޒެއިން ޔަލާ އާއި އެކު ހިނގައިގަންނަމުން ބުނެލީ ހިނތުންވެ ހުރެއެވެ. “އަ ލިޓިލް؟.. ޔޫ ހަގްޑް މީ ފޮރ ފައިވް ހޯލް މިނެޓްސް..އިން ދަ މިޑިލް އޮފް ދަ ރޯޑް…” ޔަލާ މޫނުމައްޗަށް ވެރިވި ރަތް ކުލަ ޒެއިން އަށް ނުދައްކަން އިސް ޖަހައިގެން ހުރެ މަޑުމަޑުން ބުނެލިއެވެ. “އޯހް.. އެހެންތަ.. އެވަރު ކަމެއްވެދާނެއްނު.. ހާދަ ދުވަހަކަށް ފަހުއޭ ޔަލޫ މި ފެނުނީ..” ޒެއިން އަށް ޔަލާގެ އަޑުން ވެސް އޭނާ ލަދުގަނެފައި ހުރި ވަރު ވަޒަން ކޮށްލެވުނެވެ.”ހޫމްމް..” ޔަލާ މަޑުމަޑުން ބުނެލިއެވެ.
ޒެއިން އެބުނީ ތެދެކެވެ. ޒެއިން އެންމެ ފަހުން ރަށަށް އައީ އޭގެ 8 ވަރަކަށް މަސް ކުރިންނެވެ. އެ 8 މަސް
ދުވަހުގެ ތެރޭގައި އޭނާ ޔަލާ އާ ބައްދަލުވޭ ތޯ އޭނާ ކުރި އުންމީދާއި ދުޢާ ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ. ނަމަވެސް އޭނާ އެތަނުގައި މަސައްކަތް ކުރަމުން ދިޔައީ އޭނާ ކުރަން ބޭނުންވާ ކަންތައް ކުރެވޭނީ މަސައްކަތް ކޮއްގެން ލިބޭ ރުފިޔާއިންކަމަށް ވާތީ އެވެ. އޭނާގެ އާއިލާ މީހުންގެ އެހީތެރިކަން އެކަމުގައި ލިބުންނަމަވެސް ޒެއިން ބޭނުންވީ އޭނާގެ އަމިއްލަ މަސައްކަތުން ވެސް އެކަމަށް ރައްކާ ކުރުމަށެވެ. އޭނާ ބޭނުންވާ ވަރަށް ރުފިޔާ އެއްވުމުން ޒެއިން ޔަލާ ދެކިލަން އައީއެވެ.
“ކޮންތާކަށްތަ މިދަނީ..” ވަކި ހިސާބަކަށްގޮސް ޒެއިން ވަލުތެރެއަށް ދާން މިސްރާބު ޖެހުމުން ޔަލާ ފަސް ޖެހުނެވެ. “މިދަނީ ބީޗް އަށޭ.. އާދެބަ..” ޒެއިން ޔަލާ އާ ދިމާލަށް ބަލާލަމުން ބުނެލިއެވެ. “އައި ވޯންޓް ލެޓް އެނީތިންގް ހެޕެން ޓު ޔޫ.. ޓްރަސްޓް މީ..” ޔަލާ ބިރުގަނެފަ ހުރި ކަން އިނގުމާއެކީ ޒެއިން ޔަލާއާއި ކައިރިވެލާ އޭނާގެ އަތުގައި ހިފާލިއެވެ. “އޯކޭ..” ޔަލާ ޒެއިން ގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ. އަދި ޒެއިން ގެ ނުހަނު ކައިރީގައި ހުރެގެން ހިނގަމުން ދިޔައިރު އޭނާގެ ނަޒަރު ހުއްޓިފައި ވަނީ އަނދިރިކޮށް އޮތް ވަލަށެވެ. ވާރޭ އޮތީ މިހާރު ވަރަށް ތުނި ކޮއްލާފައެވެ. އެހެން ކަމުން ވަލުތެރެގައި ވަނީ ހަމަ ހިމޭން ކަމެވެ. މިހިމޭންކަމުގެ ތެރެއިންވެސް ތަފާތު ސޫފިތަށް ރޯ އަޑާއި ގަސްތަކުގެފަތްތަކުން ފެންތިކިތައް ބިމަށް ފައިބަމުންދާ އަޑު ކަހަލަ ކުދި ކުދި އަޑު އިވެމުން ދިޔައެވެ. މީގެން ކޮންމެ އަޑަކަށް ޔަލާ ސިހެމުން ދެއެވެ.
ކުޑަ އިރު ކޮޅެއްގައި ހިނގުމަށްފަހު އަތިރި މައްޗަށް ނިކުމެވުނެވެ. ވަލުގެ އަނދިރި ކަމުން ބިރުގަނެފައިވާ ޔަލާއަށް އަތިރި މައްޗަށް ނިކުމެވުމާއި އެކީ އަވަސްވެގަތީ އަތިރި އަށް ފޭބުމަށެވެ. މޫދު ކައިރިއަށްގޮސް ޔަލާ އުޑުމައްޗަށް ބަލާލިއެވެ. ވާރޭ ހުއްޓާލާފައިވީ ނަމަވެސް އުޑުމަތި ބަނަކޮށް އޮތުމުން އަތިރިމަތިވެސް ވަނީ ނުހަނު އަނދިރި ކޮށެވެ. މޫދާއި ދިމާއަށް ބަލަހައްޓައިގެން ހުރި ޔަލާ ހައިރާންވީ އޭނާގެ ފަހަތުން އަލިކަމެއްވާން ފެށުމުންނެވެ. މަޑުމަޑުން ފަހަތަށް އެނބުރުން ޔަލާ ހައިރާންވީ ހިނިތުންވެލައިގެން ޔަލާ އާ ދިމާއަށް ބަލަ ހައްޓައިގެން ހުރި ޒެއިން ފެނިފައެވެ. ޔަލާ މަޑުމަޑުން ހިނގާލާފައި ގޮސް ޒެއިން ކައިރީ މަޑު ކޮއްލުމުން ޒެއިން، އޭނާ ހުއްޓިލައިގެން ހުރި ހަޓްގެ ކުރިމަތިން ދުރަށް ދިޔައެވެ. ޔަލާ އަށް ލިބުނު ހައިރާން ކަމާއި އެއްވަށް އުފާވެސް ވިއެވެ. އެ ހަޓް ވަނީ ނޫކުލަ އާއި ހުދު ކުލައިން ދިއްލާލާފައެވެ. އަދި އެ ހަޓްގައި ކޭކެއް ބާއްވާފައިވެއެވެ. ނޫކުލައާއި ހުދުކުލައިން ޑިޒައިން ކޮއްފައިވާ އެކޭކުގައި “ހެޕީ ބާރތްޑޭ ބޭބީ” ޖަހާފައިވެއެވެ. އަދި އެކޭކުގެ މަތީގައިވާ އުއްބައްތި ތަކުން 18 ޖަހާފައިވާއިރު ނުހަނު ފުރިހަމައެވެ.
“ހެޕީ ބާރތްޑޭ ބޭބީ..” ޒެއިން އަތުގައި އޮތް ގަޑިއަށް ބަލަން ހުރެފައި މިހެން ބުނެލީ ޔަލާ އާ ދިމާއަށް ބަލާލުމަށް ފަހު ހިނިތުންވެލާފައެވެ. ގަޑިން ބަރާބަރު ބާރަ ޖެހީއެވެ.
ޔަލާ ހުރީ ފެނުން މަންޒަރު ގަބޫލުނުކުރެވިފައެވެ. އެހާ ދުވަހަށްފަހު ޒެއިން އައިއްސައި އޭނާގެ އުފަންދުވަހަށް މިފަދަ ކަމެއް ކޮއްފާނެކަމެއް ޔަލާއަކަށް ހިތަކަށްވެސް ނާރައެވެ. ނަމަވެސް ޔަލާ ހުރީ އުފަލުންނެވެ. ޒެއިން އާ އެކީގައި އޭނާގެ އުފަންދުވަސް ހޭދަކުރެވޭނެތީއެވެ.
“ތޭންކްސް އެއްވެސް ނުބުނާނަންތަ؟..” ބަސް ހުއްޓިފައިވާ ޔަލާ ކައިރީ ޒެއިން އަހާލިއެވެ. “އަމް.. ތޭންކްސް.. ތެންކްޔޫ..” ޔަލާ ސިއްސައިގެން ގޮސް ބުނެލީ އުފާވެރިކަމާ އެކުގައެވެ. “މިއީތަ މިރޭ ކުރި ކަމަކީ..” ޔަލާ ޒެއިން އަށް ބަލާލަމުން އަހާލިއެވެ. “ޔާހް.. ޔަލޫ ބާރތްޑޭ ވީމަ ހިތަށް އެރީ ދެން ސްޕެޝަލް ކޮއްލާނީއޭ.. ޔޫ ލައިކް ދިސް؟..” ޒެއިން ލުއި ހިނިތުންވުމަކާއެކީ އަހާލިއެވެ. “ޒެން ޔޫ ޑިޑް ތިސް ފޯރ މީ؟.. އައި ލަވް އިޓް.. އައި ލަވް ޔޫ..” ލިބުނު އުފާވެރިކަމާއިއެކު ޔަލާ ދުވެފައި ގޮސް ޒެއިން ގެ ގައިގައި ބައްދާލިއެވެ. “އޯނ.. އައި ލަވް ޔޫ މޯރ ބޭބީ..” ޒެއިން ހިނިތުންވެލަމުން ޔަލާގެ ގައިގައި ބައްދާލީ އުފަލުން ފުރިފައި ހުރެއެވެ. ޔަލާގެ ދުލުން އެބަސްތައް އަޑުއިވޭތޯ ކިހާ ދުވަހަކު އޭނާ އިންތިޒާރު ކޮއްފިހެއްޔެވެ…

“ހެޕީ ބާރްތްޑޭ މައި ސްވީޓް ޕްރިންސެސް..” ޔަލާ ކޭކު ފަޅަމުންދިޔައިރު އޭނާގެ އަތުގައި ހިފަހައްޓައިގެން ހުރެ ޒެއިން ޔަލާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. “ތޭންކްސް..” ޔަލާ ކޭކު ފަޅާލަމުން ބުނެލިއެވެ. ޔަލާ ކޭކު ފެޅުމަށްފަހު އެންމެ ފުރަތަމަ ކޭކު ކޮޅު ޒެއިން އަށް ލެވިއެވެ. “މްމްމް..” ޒެއިން ޔަލާ ލެވި ކޭކު ކޮޅާ އެކީގައި ޔަލާގެ އިނގިލީގައި މަޑުމަޑުން ދަތް އަޅާލިއެވެ. “ދެން..ޒެންން..” ޔަލާ އަވަސް އަވަހަށް އޭނާގެ އަތް ދަމައިގަތެވެ. ކޭކު ގެ ދެވަނަ ފޮތި ނެގުމަށްފަހު ޒެއިން ޔަލާ އަށް ލެވިއެވެ. ކުޑަ ކޭކު ކޮޅެއް ޔަލާ އަށް ލެވުމަށްފަހު އޭގެ އަނެއްބައި ޔަލާގެ މޫނުގައި ހާކާލީ ލާނެއްހިނިތުންވުމަކާ އެކީގައެވެ. “ޒެންން..” ޔަލާ މިހެން ބުނެލަމުން ކުޑަ ކޭކު ކޮޅެއް ނަގައިގެން ޒެއިންގެ ފަހަތުން ދުއްވައިގަތެވެ. ޔަލާ ވަރުބަލިވެގެން ވެލިގަނޑުގައި އިށީނީ ޒެއިން އަތުނުވާނެކަން ޔަގީން ވުމުންނެވެ. ޔަލާ އިށީންތަން ފެނުމުން ޒެއިން ގޮސް ޔަލާގެ ކައިރީ އިށީނދެލިއެވެ.
“ވަރުބަލި ވީތަ؟” ޒެއިން ޔަލާ އާ ދިމާއަށް ބަލާލަމުން އަހާލިއެވެ. “ނޫން.. ހަމަ އިއްތާލާހިތް ވީ..” މާނޭވާ ލެވި ލެވި އިން ނަމަވެސް ޔަލާ ދެރަ ގަބޫލު ކުރާކަށް ބޭނުމެއްނުވިއެވެ. “ހޫމްމް..” ޒެއިން ހީލަމުން މޫދަ ދިމާލަށް ބަލާލަމުން ބުނެލިއެވެ.
“އަތު ނުވީމަ ރުޅި އައިސްތަ ތީނދީ؟..” ޔަލާ އިން ގޮތް ފެނިފައި ޒެއިން އަހާލިއެވެ. “އާޗާ.. އަތު ނުވީކީ ނޫނޭ.. ދެން ދޫކޮއްލީ..” ޔަލާ ޒެއިން އާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. “އެހެން.. އެކީއްވެތަ ދޫ ކޮއްލީ.. ޔޫ ވޯޒް ސަޕޯސްޑް ޓު ކެޗް މީ..” ޒެއިން ޔަލާ އާ ކައިރިއަށް ޖެހިލަމުން ބުނެލިއެވެ. “ދެން ބޭނުން ނުވީ..” ޔަލާ ވެލިގަނޑުގައި އަތް ވިއްދާލަމުން ބުނެލިއެވެ. “ހޫމްމް..” ޒެއިން ޔަލާ އާ އިތުރަށް ކައިރިވެލިއެވެ. ޔަލާ ގެ މޫނާއި ޒެއިން ކައިރިވަމުން ދިޔައެވެ. ޔަލާ ލަދުން ގޮސް މުޅިމޫނު ރަތްވިއެވެ. މި މަންޒަރު ފެނުމުން ޒެއިން ގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ޒެއިން ޔަލާ އާ ނުހަނު ކައިރިވެފައި ވަނިކޮށް ޔަލާ ބިންމަތީގައި ވާ އޭނާގެ އަތް ނަގާ އަތުގައި އޮތް ކޭކު ކޮޅު ޒެއިން ގެ މޫނު މަތީގައި އުނގުޅާލިއެވެ. އަދި ތެދުވެގެން ދުއްވައިގަތީ އެމީހުން ކުރިން ތިބި ހަޓް ހުރި ދިމާލަށެއެވެ. ޒެއިން ވެސް ޔަލާގެ ފަހަތުން ދުއްވައިގަތީ މޫނުގައި ހުރި ކޭކު ތައް ފުހެމުންނެވެ.
“ކޮބާ.. ތިއޮތީ އަތުލާފަ ހަމަ..” ޔަލާ ފަހަތައް އެނބުރި ޒެއިން އާ ދިމާލަށް ދޫ ނެރެލަމުން ބުނެލިއެވެ. “ހޫމް.. އަތުލެވުނީތާ ދޯ ދެން…” ޒެއިން މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން ބުނެލިއެވެ.
ޔަލާ ދެންމެ ކަންތައް ކުރިގޮތުން ޒެއިން ހުރީ ނުހަނު ދެރަވެފައެވެ. ނަމަވެސް އެކަމާއިބެހޭގޮތުން އެއްޗެއް ނުބުނީ ޔަލާގެ އުފަންދުވަހުގައި ޔަލާ އާއި ދެބަސްވުމަކަށް ދާން ބޭނުންނުވާތީއެވެ. ޒެއިން މީގެ ކުރިންވެސް އެކަމަށް ކިތަންމެ މަސައްކަތެއް ކޮއްފައިވީ ނަމަވެސް ކޮންމެ ފަހަރަކުވެސް ޔަލާ އެކަމަށް މަނާ ކުރެއެވެ.
“ހޫމް..” ޔަލާ އަނެއްކާވެސް އަތިރިމަތީގައި އިށީނދެލިއެވެ. ޒެއިން ޔަލާގެ ކައިރީ އިށީނުމުގެ ބަދަލުގައި ދިޔައީ ހަޓްގެ ކައިރިރއަށެވެ.
“ޒެން މިހާރު އެހެރީ ޔަލް ދެކެ ރުޅިއައިސް ކަންނޭނގެ.. އެކަމް ދެން ޔަލް ކީއްތަ ކުރާނީކީ.. ޔަލް ވެސް ބޭނުމޭ.. އެކަމަކު…” ޔަލާ އަށް ހޭވެރިކަން ވީ ޒެއިން އޭނާ އަށް ގޮވާލުމުންނެވެ. “ކީކޭ؟..” ޔަލާ އިސްދަށަށް ޖަހައިގެން އިނދެ މަޑުމަޑުން އަހާލިއެވެ. “ޔަލޫ.. ބަލާލަބަ މިކޮޅު…” ޒެއިން ޔަލާގެ ފަހަތުގައި ހުރެފައި ބުނެލިއެވެ. “ހޫމްމް؟..” ޔަލާ ފަހަތަށް އެނބުރިލިއެވެ. “އާދެބަ..” ޒެއިން ޔަލާ ކައިރީ އެދުނެވެ. ޔަލާ އިތުރު އެއްޗެއް ނުބުނެ އިންތަނުން ތެދުވެގެން މަޑުމަޑުން ހިނގާލާފައިގޮސް ޒެއިން ކައިރީ ހުއްޓިލިއެވެ. ޒެއިން ޔަލާގެ އަތުގައި ހިފާލިއެވެ. އަދި އޭނާގެ ފުރަގަހަތަށް ލާފައިވާ އަތް ނަގާ ޔަލާ އަށް ދިއްކޮށްލިއެވެ. ޔަލާ ސުވާލުގެ ނަޒަރަކުން ޒެއިން އާ ދިމާއަށް ބަލާލަމުން ހުދު ކުލައިގެ އެ ކުޑަ ފޮށީގައި ހިފިއެވެ. ޔަލާ މަޑުމަޑުން އެ ފޮށި ހުޅުވައިލުމަށފަހު ބަލައިލިއެވެ. އޭގައި ވަނީ ރިހި ކުލައިގެ ފަށެކެވެ. އަދި އެފަށުގެ ފުލުގައި ހިތެއްގެ ބައްޓަމެއް ވާއިރު އެ ހިތުގެ ތެރޭގައި ވައި އަކުރަކާއި ޒެޑް އަކުރެއް ގުޅިލާމެހިފައިވެއެވެ.
“ހެޕީ ބާރތްޑޭ…” ޔަލާ އާ ދިމާއަށް ބަލާލުމަށްފަހު ހީލަމުން ޒެއިން ބުނެލިއެވެ. “ޑޫ ޔޫ ލައިކް އިޓް؟..” ޔަލާ އެއްޗެއް ނުބުނެ ހުންނަން ފެށުމުން ޒެއިން އަހާލިއެވެ. “ޔެސް.. އައި ލަވް އިޓް.. ތޭންކްސް…” ޔަލާ ހިނިތުންވެލަމުން މިހެން ބުނެލިއިރު އޭނާގެ އަޑުގައި ވި އުފާވެރިކަން ޒެއިން އަށް އިހުސާސް ކުރެވުނެވެ. އަދި ހިނިތުންވެލެވުނެވެ. “ޔޫ އާރ ވެލްކަމް..” ޒެއިން ލުއި ހިނިތުންވުމަކާއެކީގައި ބުނެލިއެވެ.
“އާހް…” ޔަލާ އަމިއްލައަށް ކަރުގައި އެ ފަށް އަޅަން އުޅުމުގެ ތެރޭގައި އޭނާގެ އިސްތަށިގަނޑުގައި އެ ފަށް ތާށި ވިއެވެ. “ދައްކަބަ..ކިހިނެއްވީ..” ޒެއިން ކަންބޮޑުވުމާއެކީ ޔަލާ ކައިރީ އަހާލިއެވެ. ޔަލާގެ ފަށް ތާށިވީ ކަން އެނގުމުން އޭނާ ޔަލާ އާ ކައިރިވެލާ އެ ފަށް އިސްތަށިގަނޑދުން ވަކި ކޮއްލީ ޔަލާ އަށް ކުޑަވެސް ތަދެއް އިހުސާސް ނުކުރެވޭނެހާ ބަލައިގެންނެވެ. ޔަލާ އަށް ކިތަންމެ ކުޑަ ކަމެއްވިޔަސް އޭނާ ނުހަނު ދެރަވެއެވެ.
ޔަލާގެ ފަލަމަސްގަނޑާ ހަމައަށް ދާ ފަން އިސްތަށިގަނޑު ވަރަށް ފަރުވާތެރިކަމާ އެކު ޒެއިން އެއްފަރާތްކޮއްލިއެވެ. އަދި އެ ފަށް ޔަލާގެ ކަރުގައި ނުހަނު ލޯބިން އަޅުވައިދިނެވެ. “ޔޫ ލުކް ސޯ ލަވްލީ..” ޔަލާ ގެ ކަރުގައި އެފަށް އަޅުވައިދިނުމަށް ފަހު ޒެއިން ޔަލާ އަށް ތައުރީފު ކޮއްލިއެވެ. “ތޭންކްސް..” ޔަލާ ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ގޮސް ހަޓްގައި އިށީނދެލިއެވެ.. “ތީ ހުސް ކޮށްލަންތަ ތިއުޅެނީ..” ޔަލާ ގޮސް އެތަނުން ކޭކު ކޮޅެއް ނެގިތަން ފެނިފައި ޒެއިން ލާނެއް ރާގެއްގައި އަހާލިއެވެ. ” ކިހިނެއްވީ؟.. މި ނުކާންވީތަ؟..” ޔަލާ ކޭކު ކޮޅެއް ތައްޓަކަށްލައިގެން ގޮސް އަތިރި މަތީގައި އިށީނެވެ. “އުހޫމް.. ލަވާބަ…” ޔަލާގެ ކައިރީގައި އިށީން ޒެއިން އަނގަ ހުޅުވާލަމުން ޔަލާ އާ ދިމާލަށް ބަލާލިއެވެ. “ހުމް..” ޔަލާ އިތުރު އެއްޗެއް ނުބުނެ ޒެއިން ގެ އަނގައަށް ކޭކު ކޮޅެއް ލެވިއެވެ.
“ޒެން ފޯނު އެބޮތް ތަ؟..” ޒެއިން ފޯނު ގެންގުޅުން ހަނދާނެއްވެގެން ޔަލާ އަހާލިއެވެ. “އަމްމް… ޔާހް.. އެއޮތީ..” ޒެއިން ހަޓާއި ދިމާއަށް އިޝާރާތް ކޮއްލަމުން ބުނެލިއެވެ. ޔަލާ ތެދުވެގެން ގޮސް އައީ އިތުރު ކޭކު ކޮޅަކާއި ޒެއިންގެ ފޯނު ހިފައިގެންނެވެ.”މި ހުޅުވަދީބަ..” ޔަލާ ޒެއިންގެ ފޯނު ގެނެއްސައި އޭނާ ގާތުގައި އެދުނެެވެ. “އަން..” ޒެއިން ޔަލާ އަށް އޭނާގެ ފޯނު ހުޅުވަދިނެވެ.
“ޔަލޫ… ދެއްވަބާ..” ޔަލާ ކޭކު ކޮޅެއް ކާން އުޅުމުން ޔަލާ އަށް ޒެއިން ގޮވާލިއެވެ. “އަންް..” ޔަލާ މަޑު މަޑުން ޒެއިން އަށް ކޭކު ކޮޅު ލެވިއެވެ. ދެވަނަ ސިކުންތުގައި ޒެއިން ގެ ކުރިމަތިން ފްލޭޝް އެއް ކެނޑިގެން ދިޔައެވެ. ޒެއިން ހައިރާންވެފައި ބަލަލިއިރު ޔަލާ އެ ދެމީހުންގެ ފޮޓޮއެއް ނެގީއެވެ. އެއީ ޔަލާ އާއްމު ކޮށް ކުރާ ކަމެކެވެ. އެދެމީހުންނަށް ބައްދަލުކުރެވޭދުވަހަކު ދެމީހުން އެކީގައި ގިނަ ފޮޓޯ ތަކެއް ނަގާނެއެވެ.
“ދާކަށް ނުވޭތަ؟” އޭނާގެ އުނގުގައި ބޯއަޅާލައިގެން އޮތް ޒެއިން ކައިރީގައި ޔަލާ އަހާލިއެވެ. “ދާންވީތަ؟..” ޔަލާގެ އިސްތަށިގަނޑާ ކުޅެލަމުން ޒެއިން އަހާލިއެވެ. “ޒެން އަށް އިނގޭނީ..” ޔަލާ ވެސް ޒެއިންގެ ބުޅި އިސްތަށިގަނޑާ ކުޅެލަމުން ބުނެލިއެވެ. “ޒެން ބޭނުމެއްނޫން ޔަލޫ އާ ދުރުގަ އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް..” ޒެއިން ލުއި ހިނިތުންވުމަކާއިއެކު ބުނެލިއެވެ. “އެކަމް މިހާރު އެއޮތް ދެއެއް ޖަހަނީ އޭ..” ޔަލާ ޒެއިން ގެ ފޯނަށް ބަލާލަމުން ބުނެލިއެވެ. އެއާއެކު ޒެއިން އޭނާގެ އަތުގައިވާ ގަޑިއަށް ބަލާލިއެވެ. އޭރު ދެއެއް ޖަހަން ހުރީ ފަނަރަ މިނެޓެވެ. “އަޅެ ޔަލޫ ކައިރިއަށް އައީމަ ނޭނގެ ގަޑި ހިނގާ ގޮތްވެސް.. ޒެން އެކޮޅުގަ ހުރިއިރު ދެ މިނެޓުވެސް ހީވަނީ ދެ ގަޑިއިރުހެން..ވަރަށް މިސްވި ބޭބީ މަތިން..” ޒެއިން ޔަލާގެ ލޮލަށް ބަލަހައްޓައިގެން އޮވެ ބުނެލިއެވެ. “އެހެންތަ.. ޔަލް ވެސް ވަރަށް މިސްވިއޭ ޒެން މަތިން..ނަސީބެއް ދެން ޔަލް ބާރތްޑޭއަށް ރަށަށް އާދެވުންކަން ވެސް..” ޔަލާ ހިނިތުންވެލަމުން ބުނެލިއެވެ.
ޔަލާ އަކީ ޑޮކްޓަރ ކަން ކިޔަވަމުން އަންނަ ކުއްޖެކެވެ. ލިބުނު ސްކޮލާޝިޕެއްގައި އޮސްޓްރޭލިއާގައި ކިޔަވަން ހުރެފައި ޔަލާ ރާއްޖެ އެއައީ ބްރޭކަށެވެ. ބްރޭކް ކިތަންމެ ކުރު ނަމަވެސް ޔަލާ ބޭނުންވީ އެ ކުޑަ ދުވަސް ކޮޅުވެސް އޭނާގެ ރަށަށް އައުމަށެވެ. ނަމަވެސް މިފަހަރު އޭނާ ރަށަށް އައިތާ ތިން ދުވަސް ފަހުން އެކި މީހުން އެކި ތަން ތަނަށް ދާން ޖެހުނީއެވެ. ޔަލާ ރަށުގައި މަޑުކުރަން ބޭނުންވީ އެއްތަނުން އަނެއްތަނަށް ދަތުރު ކޮށްފައި އޭނާ ހާސްވާން ޖެހިދާނެތީއެވެ. ލިބިފައި ވަނީ އެއްމަހުގެ ޗުއްޓީއެއް ކަމުން ޔަލާ ބޭނުން ވަނީ ވީހާވެސް ގިނަ ވަގުތެއް ކޮންމެސް ކަމެއް ކުރުމުގައި ހޭދަ ކުރުމަށެވެ. އޭނާގެ މައިންބަފައިންނާއި އާއިލާ އާ ދުރުގައި މި ޗުއްޓީ ހޭދަކުރަން ހޭދަކުރަން ޖެހުމުން ދެރަވެފައި ހުރިނަމަވެސް ޒެއިން ހުރުމުން ޔަލާ އަށް ކުޑަވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ.
“އާނ ދޯ.. ޔަލޫ ކޮންއިރަކުންތަ ދެން ދަނީ.. ކިޔަވަން؟..” ޒެއިން ޔަލާ ކައިރީ އަހާލިއެވެ. “އަމްމް.. އަދި 5 ދޭސް މި ވީ އައިފަހުން.. ވަން މަންތް ގެ ހޮލިޑޭއެއް.. ސޯ..އަދި އެބައިން 3 ވީކްސް.. އެ 3 ވީކް ޒެން އާ އެކީ އުޅޭނީ..” ޔަލާ މިހެން ބުނެލިއިރު އޭނާގެ ލޮލުން އުންމީދާއި އުފާވެރިކަމުގެ ކުލަވަރު ފެނިގެން ދިޔައެވެ. “3 ވީކްސް؟….” ޒެއިން ހިތާހިތުން ސުވާލު ކޮށްލިއެވެ. އެއާއެކު އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފެންނަން ފެށިއެވެ. “ކިހިނެއްވީ؟..” ޔަލާ އަހާލިއެވެ. ޒެއިންގެ ސިކުނޑީގައިވާ އެއްޗެއް ނޭނގުނެއް ކަމަކު ޒެއިންގެ މޫނު މައްޗަށް ވެރިވި ކުލަވަރު ޔަލާއަށް ނުހަނު ރީތި ކޮށް ފެނުނެވެ.
“ކަމެއްނުވޭ..” ޒެއިން އަވަސް އަވަހަށް ހިނިތުންވުމަކުން އޭނާގެ ކަންބޮޑުވުން ފޮރުވާލިއެވެ. “ޒެން.. ޑޯންޓް ލައި ޓު މީ.. އައި ނޯ ޔޫ.. ކޮންކަމެއްގޯސްވީ.. ޔޫ ކެން ޓެލް މީ..” ޒެއިން އާއި ދިމާލަށް ޔަލާ ބަލާލުމުން ޒެއިން މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. “ޓްރަސްޓް މީ ޔަލް.. އެވްރީތިންގް އިސް ފައިން..” ޔަލާ ސިހުނީ ޒެއިންގެ އަޑުގައި ހަރުކަށި ރާގެއް ހުރުމުންނެވެ. “ސޮރީ..އައި ބިލީވް ޔޫ..” ޔަލާ މިހެން ބުނިނަމަވެސް ޒެއިން ބުނި އެއްޗެއް އޭނާ ގަބޫލެއް ނުކުރެއެވެ. ނަމަވެސް ޔަލާ އިތުރަށް އަހަން ބޭނުން ނުވީ ޒެއިން އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންނުވާ ކަން އޭނާ އަށް އިނގުނީމައެވެ.
“ލެޓްސް ގޯ؟..” ޔަލާ ޒެއިންގެ މޫނުގައި ފިރުމާލަމުން ބުނެލިއެވެ. “ޔާހް.. ދާންވީ.. އެކަމް މިތަނުން ތެދުވާހިތެއް ނެތް..ވަރަށް އަރާމު.. ބޭނުމީ އަބަދު މިހެން އޮންނަން..” ޒެއިން މިހެން ބުނެލުމުން ޔަލާ އަށް ހީލެވުނެވެ. ނަމަވެސް އެހެން ބުނިއިރު ޒެއިންގެ އަޑުގައި ހިތާމަވެރި އަސަރެއްވާހެން ޔަލާ އަށް އިހުސާސް ކުރެވުނެވެ. “ދެން އޮވެބަލަ..” ޔަލާ ބުނެލިއެވެ. “އާނ.. އައި ވިޝް..” ޒެއިން ބުނެލިއެވެ.
އޭނާ އަށް ދެންމެ ޔަލާ އާ ވާހަކަދެއްކުން ގޮތުން އޭނާވަނީ ދެރަވެފައެވެ. އަދި މާފަށް އެދެންވެސް ބޭނުންވިއެވެ. ނަމަވެސް އޭރުން އަނެއްކާ ޔަލާ އެކަމާ ބެހޭގޮތުން ސުވާލެއް ކޮށްފާނެތީ އޭނާ ނުބުނީއެވެ. ޔަލާ އަށް އެކަން އިނގޭކަށް އޭނާ ބޭނުމެއް ނޫނެވެ. އޭރުން ޔަލާ އަށް ވާނެ ގޮތެއްވެސް އޭނާއަކަށް ނޭނގެއެވެ. ޔަލާ އަކީ ކަމަކާ ދެރަވެއްޖެއްޔާ އެހާ ރަނގަޅަށް އެކަން ހޭންޑްލް ކުރަން އިނގޭ ކުއްޖެއް ނޫންކަށް ޒެއިން އަށް އިނގެއެވެ.
“ހިނގާ ދޯ ދެން ދަމާ..” ޒެއިން ޔަލާގެ އުނގުން ބޯ ނަގަމުން ތެދުވިއެވެ. “ކޮބާ ތެދުވެވިއްޖެ ދޯ…” ޔަލާ ހީލަމުން ބުނެލިއެވެ. “އާނ.. އަބަދަކު ޔަލް ކައިރިއަކު ނުހުރެވޭނެއްނު.. ބޭނުމަކަސް..” ޒެއިން ބުނެލިއެވެ. ޒެއިން މިރޭ ޔަލާ ކައިރީ ބުނާ ކޮންމެއެއްޗެއް ޔަލާ އަށް ވަނީ އަރަތަކަށެވެ. އެ ކޮންމެ ބަހެއް، ކޮންމެ ޖުމުލައެއްގައި ފުން މާނަތަކެއް އެކުލެވިފައިވާހެން ޔަލާ އަށް ހީވަމުން ދިޔައެވެ.
ޒެއިން ޔަލާގެ އަތުގައި ހިފައިގެން ގެއަށްދިއުމަށް ހިނގައިގަތެވެ. ވަލުތެރެއިންލާފައި ދިޔައިރު ޔަލާހުރީ ބިރުގަތް ވަރުން ހުރީ ޒެއިންގެ ނުހަނު ކައިރިއަށް ޖެހި، އޭނާގެ ޓީޝާޓްގައި ހިފާ ބޮނޑިކޮއްލައިގެންނެވެ. ވަލުން ނިކުމެވުނީ ޒެއިންގެ ގޭގެ ކުރިމައްޗަށެވެ. “ޒެއިން ދެން އަވަހަށް ގެއަށްދޭ..” ޒެއިން މެން ގޭގެ ކުރިމައްޗަށް އެރުމާއެކީ މަޑުކޮށްލުމަށްފަހު ޔަލާ ބުނެލިއެވެ. “ދެން..؟ ޔަލޫ އެކަނިން ދަނީ؟.. ނޯ.. ނޯވޭ ޔޫ އާރ ގޮއިން އަލޯން.. ބަލާބަ.. މިހާރު އެހެރަ ދެއެއްޖެހީ.. ޔަލޫ އަށް ގޮތެއްވެއްޖެއްޔާޔޯ އެކަނި ދަނިކޮށް؟.. ނޯ..” ޒެއިން ޔަލާގެ އަތުގައި ހިފާ ކައިރިއަށް ގެންނަމުން ބުނެލިއެވެ. “ނަތިން އިސް ގޮނަ ހެޕެން ޓު މީ.. އައިމް ނޮޓް އަ ކިޑް..” ޔަލާ ގޮތްދޫނުކޮށް ހިފެހެއްޓިއެވެ. “އައި ސެޑް ނޯ.. ޔޫ އާރ ގޮއިން ވިތް މީ.. ބިކޯޒް ޔޫ އާރ މައިން..” ޒެއިން އެންމެ ފަހު ތަންކޮޅު ޔަލާގެ ކަންފަތްދޮށުގައި މަޑުމަޑުން ބުނެލިއެވެ. ޔަލާ އިތުރަށް ބުނާނެ އެއްޗެއް ނޭނގުމުން އޯކޭ އޭ ބުނުމަށްފަހު ޒެއިން އާއެކީ ހިނގައިގަތެވެ.
“ބާއި..” ގެއަށް އާނދެވުމުން ޔަލާ އަވަހަށް ގެއަށް ވަންނަން އުޅުނެވެ. “ޔަލޫ.. ސީރިއަސްލީ.. ނޯ ހަގް؟..” ޒެއިން ދެރަވެފައި ހުރިގޮތަކަށް ބުނެލިއެވެ. “ސޮރީ..” ޔަލާ ހީލާފައި އައިސް ޒެއިންގެ ގައިގައި ބައްދާލިއެވެ. އިރުކޮޅަކު އެހެން ހުރެލުމަށްފަހު ޔަލާ ޒެއިން އާ ދުރުވެލިއެވެ. އަދި ގޮސް ތަޅުލާފައިވާ ގޭގެ ދޮރު ހުޅުވާލިއެވެ. ޔަލާ އެނބުރި ބަލާލިތަނާ ޒެއިން އަތުގެ އިޝާރާތުން އޭނާކައިރިއަށް ދިއުމަށް ބުނެލިއެވެ. އެހެންކަމުން ޔަލާ މަޑު ފިޔަވަޅުތަކެއްގައި ގޮސް ޒެއިންގެ ކައިރީގައި ހުއްޓިލިއެވެ. އެއާއެކު ޒެއިން ކުޑަކޮށް ގުދުވެލުމަށްފަހު ޔަލާގެ ނިއްކުރީގައި ބޮސްދިނެވެ. ޒެއިން ތެދުވުމުން ޔަލާ ބަލާލިއެވެ. އޭރު ޒެއިން އޭނާގެ ކޮލުގައި އިނގިލިޖައްސާލިއެވެ. ޔަލާ ލުއި ހިނިތުންވުމަކާއިއެކު އޭނާގެ ފައިގެ އިނގިލިތަކުގެ ކޮޅަށް ހުއްޓިލިއެވެ.އަދި ޒެއިންގެ ކޮލުގައި ބޮސް ދިނެވެ. އަދި އެއަށްފަހު ލަދުރަކި ގޮތަކަށް ހީލުމަށްފަހު ދުވެފައިކަހަލަގޮތަކަށް ގޮސް ގޭތެރެއަށް ވަނެވެ. ޒެއިން ހީލަމުން މަޑުމަޑުން ބޯހުރާލުމަށްފަހު އޭނާގެ ގެއަށް ދާން މިސްރާބު ޖެހިއެވެ. އެ ދެމީހުންނަށް ނޭނގުން ކަމަކީ އެތަނުގައި އެ ހިނގި ހުރިހާ މަންޒަރެއް އެތަނުގައި ތިންވަނަ މީހެއް ހުރި ކަމެވެ.
ގެއަށް ވަދެ ފެންވަރާލައިގެން ނިކުމެ ކުރިން ލައިގެން ހުރި ޓީޝާޓާއި ސޯޓު ކޮޅު ލުމަށްފަހު ޔަލާ ގޮސް އެނދުގައި އޮށޯވެލިއެވެ. އަދި އޭނާގެ ފޯނު ނެގުމަށް ފަހު މެސެންޖާރ އަށް ވަދެލިއެވެ. އެއާއި އެކު އޭނާއަށް މެދުނުކެނޑި ލިބެމުން ދިޔައީ ‘ހެޕީބާރތްޑޭ’ މެސެޖް ތަކެވެ. އޭނާގެ އާއިލާ މީހުންނާއި ރަށްޓެހިން ގެ މެސެޖްތަކެވެ. އޭނާގެ ޔުނިވާރސިޓީގެ ރަށްޓެހިންވެސް އޭނާއަށް ތަހުނިޔާ ކިޔާފައިވެއެވެ. އެ ހުރިހާ މެސެޖް ތަކެއް ގެ ތެރެއިން އޭނާގެ ލޮލުގައި އަޅައިގަތީ ލޫކް ގެ ފަރާތުން ލިބިފައިވާ މެސެޖަށެވެ.
“ހެޕީ އެއިޓީންތް ބާރތްޑޭ ބޭބް..” ޔަލާ އެމެސެޖު ކިޔާލިއެވެ.
-ނުނިމޭ-

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!