ހަވީރުގެ ހިތް ގައިމު ވަގުތެވެ. ރާޔާ އާއި އޭނާގެ ކޮއްކޮ ރީށާ ދިޔައީ ހުޅުމާލެ އަށް ބުރެއް ޖަހާލަން ށެވެ. އެ ދެ ކުދިން ގެ މަންމަ ރީމާ ވަނީ އެ ކުދިން ވަރަށް ކުޑަ އިރު ގައި ނިޔާ ވެފަ އެވެ. އެކުދިން އުޅެމުން ދިޔައީ އެކުދިންގެ މާމަ އާއި އެކު ގައެވެ. ރާޔާ އަކީ ވަރަށް މޮޅު އަދި ވަރަށް ގިނަ މީހުން ލޯބި ކުރާ ކުއްޖެކެވެ. ނަމަވެސް ރީށާ އަކީ މިޔުޒިކް އަށް ލޯބި ކުރާ ކުއްޖެކެވެ. ރާޔާ ރީށާ އަށް ވުރެ 2 އަހަރު ބޮޑެވެ. މިހާރު ރާޔާ އަށް 20 އަހަރެވެ. “ދޮންތީ ހިންގާބަލަ އައިސް ކްރީމް އެއް ގަންނަން ވަރަށް ދޮން ބޮޑު ވެއްޖެ” ރާޔާ ގެ ކޮއްކޮ ރީށާ ބުނެލި އެވެ. “އާން ހިނގާ” ރާޔާ ޖަވާބު ގައި ބުނެލި އެވެ. ހުޅުމާލޭ އައިސް ކްރީމް ވިއްކާ ފިހާރަ އަކަށް ދިޔުމަށް އެ ދެ މީހުން މިސްރާބު ޖެހި އެވެ. 

 

ލިލީ ސްޓޯރް (ހިޔާލީ ނަމެއް) އިން އައިސް ހިފައިގެން ނިކުތް ތަނާ ރާޔާ މަގުމަތިން ދިޔަ މީހެއްގެ ގައިގައި ޖެހި އޭނާގެ އަތުގައި ހުރި އައިސް ކްރީމް ވެއްޓުނީ އެ މީހާގެ ބޫޓަށް ށެވެ. “ވަޓްދަ ހެލް. ކުޑަކޮށް ބަލައިގެން އުޅެން ވީއްނު ބަލާ ބަލަ މަ އިހަށް ދުވަހު ގަތް ބޫޓެކޭ މީ. އަރްރްރްގްގްގް” އެމީހާ ބުނެލި އެވެ. “ތިޔަށް ވުރެ ރީއްޗަށް ވެސް ބުނެވި ދާނެ ދޯ ބަލަ މަމީ ކަލޭ ގެންގުޅޭ އަޅެއްތަ ތިހެން ވާހަކަ ދައްކާ ކަށް. އޯ މަޑުކޮށް ބަލަ އިހަށްދުވަސް ގަތް ބޫޓެކޭ އަހަރެން މި ގެސް ކުރަނީ ކަލޭ ތީ ރިޗް މީހެއް” ރާޔާ ފަތިވަރު ގޮވަން ފެށި އެވެ. “އާން ކިހިނެއް ވީ މަމީ ކޮންޕެނީ އެއްގެ ބޮޑު މީހެއް. މަށަން ކިޔަނީ އިވާން ، މުހައްމަދު އިވާން އާދަމް. ތީކާކު؟” އިވާން އަހައިލި އެވެ. “ރާޔާ. މަރިޔަމް ރާޔާ ދެން މީ ހައްވާ ރީށާ އަހަރެން ގެ ކޮއްކޮ” ރާޔާ ބުނެލި އެވެ. “ދޮންތީ ހިނގާ ގެއަށް ދާން މިހާރު އެޔޮށް ހައެއް ޖަހަނީ” ރީށާ ރާޔާ ގެ އަތުގައި ހިފުމަށް ފަހު ބުނެލި އެވެ. “އާން ހިނގާ މި ރިޗް ބޯއި އާ ވާހަކަ ދެއްކުމަށް ވުރެ ރަނގަޅު ވާނީ ވާހަކަ ނުދެއްކިއްޔާ” ރާޔާ އެހެން ބުނުމުން އިވާންގެ ހިތަށް ތަދު ވި އެވެ. “އޯއި ވޮޗް ޔުއަރ މައުތް” އިވާން ބުނެލި އެވެ. ނަމަވެސް ރާޔާ އަޑު އިވޭ ކަމަކަށް ނުހަދައި ރީށާ ހިފައިގެން ހިނގަން ފެށި އެވެ.

 

 “އޭ އަޑު އިވޭތަ މަގޭ ބޫޓު ސާފު ކުރަން އާދޭ. އޭ ރާޔާ ގާރލް…” “އިވާން ދޫކޮށް ލަބަލަ އޭނަ އަށް އަޑު އިވޭ ކަމަކަށް ވެސް ނުހަދާ މާ މޮޅު މީހަކަށް ވެލައި ގެން އެ ދިޔައީ އެއްނު އަޅާނުލާ “އިވާން ގެ އެންމެ ގާތް އެކުވެރިޔާ ބުނެލި އެވެ.” މާއިން!! ކޮން އިރަކު ތަ އައީ ؟”އިވާން އޭނާގެ ބޯ ކަހާލަމުން ބުނެލި އެވެ. “ހާހް މަ މި ކަންތަށް ގަނޑު ފެށީ އިރުގަ ހުރީ މިތާ. އިވާން އަދިވެސް ގްރޭޑް 8 ގައި ދިމާވި ކަންތައް ތަށް ހަނދާން ނުނެތެނީ ؟” މާއިން ހުރެލާ ފައި ސުވާލު ކުރި އެވެ. “އާން އަހަރެން މުޅި ކްލާހުން ބުލީ ލިސްޓް އިން އެއްވަނަ އަށް އެރި ” ‘ކާކުތަ ހީއް ކުރާނީ އެހައި ކިޔުޓް އަދި ސްމާޓް އަންހެން ކުއްޖަކު މައިންޑް ލެސް ޑިސްކަސްޓިން ފިރިހެން ކުއްޖަކާ ރައްޓެހިވާނެ ކަމަށް’  ” އިވާން ހަމަ ދުނިޔެއަށް އާދެވުނީ މާއިން އޭނާގެ މޫނަށް ފެން ފުޅިން އެތިކޮޅެއް ވިއްސާއި ލުމުން އެވެ. “އޭ ކޮން ކަމަކަށް އާޝޯހު ވެފައި އަނެއްކާ އެ ދެންމެއަކު ދިޔަ ކުއްޖާ އަށް ހިތްކީ ތަ އެ” މާއިން ވަރަށް ވެހާފައި ބުނެލި އެވެ. “އައްޗި މަ ކީއް ކުރަން އަށް ވުރެ މާ ރީތި އަންހެން ކުއްޖަކު މަށައް ލިބި ދާނެ. މާގިނަ ވާހަކަ ނުދައްކާ ހިނގާ ދާން މާލެ އަށް އަރްގް ހުޅުމާލެ އަށް އައި ކަމުން ވެސް މަރާފި” އީމާން ބުނެލި އެވެ. 

 

“ރާޔާ ރީށާ ކޮން ތާކުންތަ ތި އައީ މާމަ ހީއްކުރީ ތި ކުދިން ދިޔައީ ރަސްފަންނަށް ކަމަށް “ރާޔާ އާއި ރީށާ ގެ މާމަ އެދެ ކުދިން އައިސް ގެއަށް ވަތް ތަނާ ބުނެލި އެވެ.” އަހަރެމެން ދިޔައީ ހުޅުމާލެ އަށް އެކަމަކު ރިޗް ބޯއި އެއް އައިސް އަހަންނާ އެކު ފައިޓެއް ފަށާނީ ” ރާޔާ އެހެން ބުނުމަށް ފަހު އޭނާގެ ކޮޓަރި އަށް ވަދެ ބާރަށް ދޮރު ޖެހި އެވެ.” ކިހިނެއް ވީތަ ރީއްކޮ ގެ ދޮންތި އެހާ ރުޅި އައިސްފަ އެ ހުރީ ؟”ރީށާ ގެ މާމަ ރުގިއްޔާ އަހައިލި އެވެ. “ހުޅުމާލެ މަގުމަތިން ދިމާވި ވަރަށް މުއްސަނދި މީހަކާ އެކު ދޮންތި އެ އައީ ހަނގުރާމަ އަކަށް އަރާފައި” ރީށާ ވީ ކަންތައް ތައް ކިޔައި ދިނެވެ. “ރީއްކޮ މިތާނގައި މަޑު ކުރޭ މާމަ ދޮންތި އާ ވާހަކަ ދައްކާނަން” ރުގިއްޔާ މިހެން ބުނުމަށް ފަހު ރާޔާ ގެ ކޮޓަރި އަށް ވަނެވެ. 

 

“ދަރިފުޅާ ރާޔާ ރީއްކޮ މާމަ ގާތުގައި މިއަދު ވީ ހުރިހާ ކަމެއް ކިޔައި ދީފި. ހާދަ އަޙްލާގެއް ނުހުންނަ މީހެކޭ އެއީ ބަލަ މާމަ ދަރިފުޅަށް ކުޑަކުޑަ ނަސޭހަތެއް ދެން ތަ އޭނާ ކިޔާ އެއްޗަކާ ދެމެދު ނުވިސްނާ އޯކޭ “ރުގިއްޔާ ބުނެލި އެވެ.” މާމާ ކީކޭ ބުނަން ތި އުޅެނީ “ރާޔާ އޭނާގެ މާމަގެ މޫނަށް ބަލާލާފައި ބުނެލި އެވެ.” ހިނގާ މާމަ އާއި އެކު “ރުގިއްޔާ ރާޔާ ގެ އަތުގައި ހިފައި ފައި ބުނެލި އެވެ. އެދެމީހުން ނިކުތީ ސިޓިން ރޫމް އަށް ށެވެ. އެވަގުތު ރީށާ ހުރީ ޓީވީ ބަލަން ށެވެ.” ދޮންތި ގެ ރުޅި މަޑު ވީތަ މާމާ؟”ރީށާ އަހައިލި އެވެ. “އާން މިހާރު އެ ހުރީ ރުޅި މައިތިރި ވެފައި. އެއީ އެއް ނޫނޭ މާމަ ދަރިފުޅު މެން ކައިރީގައި ބުނަން މިއުޅޭ އެއްޗަކީ. އަން ހިފާ މީ މާމަގެ ފަރާތުން ތިކުދިން އަށް ދޭ ހަދިޔާއެއް” ރުގިއްޔާ ދެ ލީފް ސިޓީ އުރެއް ދެމުން ބުނެލި އެވެ. “މީ ކޯއްޗެއް ތަ މާމާ” ރާޔާ ބުނެލި އެވެ. “ހުޅުވާ ބަލާލަބަލަ” ރުގިއްޔާ ބުނެލި އެވެ. އެއްވެސް ސުވާލެއް ނުކޮށް ރާޔާ އާއި ރީށާ އެ ސިޓީ އުރަ ތަށް ހުޅުވާލި އެވެ. “އަހަރެމެން ދެމީހުން ނަށް މާމަ ވަޒީފާ އެއް ހޯދީ ތަ ؟ މާމާ ވީ ލަވް ޔޫ ސޯ މަޗް” ރާޔާ އާއި ރީށާ އެކުގައި ބުނެލި އެވެ. “ރީއްކޮ އަށް ލިބުނީ ކޮން ޖޮބެއް ؟ ދޮންތި އަށް ލިބުނީ  ޕީ. އެޗް. އެލް ކޮންޕެނީ އިން ޖޮބް” ރާޔާ ބުނެލި އެވެ. “އަހަންނަށް ލިބުނީ މިޔުޒިކް ކޮންޕެނީ އިން” ރީށާ ބުނެލި އެވެ. “އާ އޯ މައި ގާޝް. ތެންކް ޔޫ މާމާ” ރާޔާ އާއި ރީށާ ބުނެލި އެވެ. 

 

އަނެއް ދުވަހު  ރާޔާ އަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑު ކަންފަތުގައި ޖެހުމާއެކު ގަ އެވެ. ފާޚާނާ އަށް ވަދެ ވުޟޫ ކޮށް ލާގެން ނިކުމެ ރީށާ ނަމާދު ކޮށްގެން ދިޔައީ ރީށާ އަށް ގޮވައި ލާން ށެވެ. “ރީއްކޮ ރީއްކޮ އަވަހަށް…” “ހްމްމް ދޮންތާ މިޔަށް ހެންދުނު ނުގޮވަބަލަ “ރާޔާ ގެ ޖުމްލަ ފުރިހަމަ ނުވަނީސް ރީށާ ނިދި އަޑަކުން ބުނެލި އެވެ. ރާޔާ ބަހެއް ނުބުދިޔައީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށް ށެވެ. 6:30 ވެލި ހާ އިރު ރުގިއްޔާ އޭނާ ގެ ކޮޓަރިން ނިކުތެވެ. ނަމަވެސް ރީށާ އަދި ވެސް އޭނާގެ ކޮޓަރި އަކުން ނުނިކުމެ އެވެ.” ޕިސް ޕިސް ޕިސް ހައްވާ ރީށާ ތި އެނދުން ތެދުވެ ބަލަ މިހާރު އެ 6:30 ވީ އޭ “ރާޔާ ރީށާ ގެ ކޮޓަރި އަށް ވަދެ ވަރަށް ބާރަށް ބުނެލި އެވެ. އެވަގުތު ރީށާ ސިއްސައިގެން ގޮސް އެނދު މައްޗަށް ކޮޅަށް ތެދުވި އެވެ.” ގޫޑް މޯނިން މައި ޑިޔާ ސިސްޓަރ” ރާޔާ ބުނެލި އެވެ. އެއްޗެކޭ ނުބުނެ ރީށާ ވަނީ ފާޚާނާ އަށް ށެވެ. ދަތް އުނގުޅާ ފެންވަރައިގެން ރީށާ ނިކުތީ ކަޅު ކުލައިގެ ޓީ ޝާޓް އަކާއި ސޯޓު ކޮޅެއް ލައިގެން ނިކުތެވެ. “ދޮންތި ކީވެ މަށަށް ނުގޮވީ. އަހަރެން ބުނަން 5:30 ވާ އަރިށް އަހަންނަށް ގޮވާލާ ށޭ” ރީށާ ބުނެލި އެވެ. “ކިތައް ފަހަރު، ކިތައް ފަހަރު ދޮންތި ރީއްކޮ އަށް ގޮވައިލީ ފުރަތަމަ 5:30 ވީ އިރު ދެން އޭގެ 15 މިނެޓް ފަހުން ދެން އޭގެ 10 މިނެޓް ފަހުން ދޮންތި ބުނަން މިއުޅޭ އެއްޗަކީ 1 ގަޑިއިރު ހޭދަ ކުރިން ރީއްކޮ އަށް ގޮވައިލަން” ރާޔާ ކިޔައި ދިނެވެ . “ހުއްޓާލަބަލަ މިހާރު އެޔަށް 7:00 ޖެހީ އަވަހަށް ސައި ބޯ ގެން ދެކުދިން ބަލަ ކޮންޕެނީ އަށް ދާން ތައްޔާރު ވާން ދޭ ބަލަ” ރުގިއްޔާ ބުނެލި އެވެ. “ޔެސް މޭމް” ރާޔާ އާއި ރީށާ މިހެން ބުނުމަށް ފަހު ސައި ބޮއެ ނިންމާފައި އެމީހަކު ކޭ ތަށި ތަށް ދެމީހުން ގޮސް ވަނީ އެމީހެއްގެ ކޮޓަރި އަށް ށެވެ. 

 

*********************************

 

“އިވާން ދަރިފުޅާ މި އާ ބޫޓަށް ކިހިނެއް ތަ ވެފައި މި ހުރީ ؟”އިވާން ގެ މަންމަ ނިޝާނާ އަހައިލި އެވެ. “ހުޅުމާލެ މަގުމަތިން ދިމާވި ފާޑެއްގެ އަންހެނެއް އޭނާ އަތުގައި ހުރި އައިސް ކްރީމް ތަށި އަޅާލީ އެއްނު… ” އިވާން ވީ ގޮތް ކިޔައި ދިނެވެ. “އިވާން ކިތައް ފަހަރު ތަ ބުނަންވީ އެހެން މަގުމަތީގައި ދިމާވާ މީހުން ނާ ވާހަކަ ނުދައްކާ ށޭ. ޕިސް ޕިސް ޕިސް” ނިޝާނާ ބުނެލި އެވެ. “ޕިސް ، މަންމާ އެ އަންހެނާ އޭ ފެށީ މުށެއް ނޫނޭ. ޕްރޫފް ދައްކަ ފާނަން. ޕްރޫފް އެއް ނޫން ވިޓްނެސް އެއް ގެންނަން ތަ އެ ހުރިހާ ކަމެއް ފެށީއިރު ލައިވް ކޮށް ބަލަން ހުރި މީހެއް” އިވާން އާދޭސް ކުރަން ފެށި އެވެ. “ހްމްމްމްމް ގެނެސް ބަލަ ތި ގެންނަން އުޅޭ މީހެއް” ނިޝާނާ ބުނެލި އެވެ. އަވަހަށް އިވާން އޭނާގެ ފޯނު ނަގައި މީހަކަށް ގުޅާލިއެވެ. “ހަލޯ އޭ މާއިން އަހތެމެންގެ ގެއަށް ޖައްސާލަ ބަލަ އޯކޭ. އޭރުން ވެގެން މިއުޅޭ ކަމެއް އެނގޭނީ. އާން ދެން ބޭއްވީ އޭ އަހަރެންގެ މަންމަ އެބަ ހުރި މިތާނގައި” އިވާން ފޯނު ބޭއްވުމަށްފަހު އޭނާގެ މަންމަ ބުނެލި އެ “މަންމަާ އެ ވިޓްނެސް އަންނާނެ އިރު ކޮޅަކުން” އިވާން އޭނާގެ ބޯ ކަހާލި އެވެ. މާ ގިނަ އިރެއް ނުވޭ މާއިން އިވާން ގެ ގެއަށް ހިނގައްޖެއެވެ. “މާއިން ބުނެ ބަލަ އަހަރެން މަންމަ ކައިރީ އަހަންނެއް ނޫނެއްނު އެ ހުރިހާ ޒުވާބެއް ފެއްޓީ” އިވާން ބުނެލި އެވެ. “ބުނާގޮތުގައި އިވާން ފެއްޓީ އެ ޒުވާބު ގަނޑު” މާއިން ބުނެލި އެވެ. “އިވާން އަހަރެމެންގެ ކޮންޕެނީ ގެ އަގު ވައްޓާލަންތަ ތި އުޅެނީ” ނިޝާނާ ބުނެލި އެވެ. “އެކަމަކު މަންމާ……” “އަޑުއަހާކަށް ބޭނުމެއް ނޫން އަވަހަށް ދޭ ތައްޔާރު ވާން ކޮންޕެނީ އަށް  ދާން “ނިޝާނާ ހިތްހަމަ ނުޖެހިފައި ހުރެ ބުނެލި އެވެ. 

 

އިވާން އެދިޔަ ގޮތަށް ގޮސް ވަނީ އޭނާގެ ކޮޓަރީގައި ހުރި ފާޚާނާ އަށް ށެވެ. ފެން ވަރާލައިގެން ނިކުތީ އޭނާގެ ތުވާލި އުޅަގަނޑާ ހަމައަށް އަނދެގެން އެވެ. ދެން އޭނާގެ ކްލޯޒިޓް އިން ކަޅު ކުލައިގެ ގަމީހަކާ ރަތް ކުލައިގެ ފަޓުލޫނެއް ލައިގެން ނިކުތެވެ. ދެން އެތާނގައި އަޅުވައިފައި އޮތް ރަތް ކުލައިގެ ސޫޓް ލައިގެން ނިކުތް އިރު އޭނާގެ ފިރިހެން ވަންތަ ކަން ހާމަކޮށް ދެއެވެ. ދެން ޑްރެސް އިން ޓޭބަލް ކައިރީގައި ގައި ހުއްޓި ލައިފައި އޭނާގެ ރީތި ސިލްކު އިސްތަށިގަނޑު ގައި ޖެލް ލުމަށް ފަހު އިސްތަށިގަނޑު މައްޗަށް ކުޑަކޮށް ހިއްލާލި އެވެ. ސެންޓު ޖަހާ ލައިގެން ދިޔައީ ކާރާ ދިމާލަށް ށެވެ. އިވާން ކާރަށް އެރާ ދުއްވަމުންގޮސް ހުއްޓުނީ ޕީ. އެޗް. އެލް ކޮންޕެނީ ކައިރީ ގައެވެ. އިވާން އަށް ހުއްޓުނީ ހަމަ ކިރިޔާ އެވެ. “އައިމް ސޯ ސޮރީ ޖެހުނުތަ” ކާރުން ފޭބުމާއި އެކު އިވާން ބުނެލި އެވެ. ދެވަނަ ސިކުންތު ގައި އިވާން ގެ ދެލޯ ބޮޑު ވި އެވެ. “އަނެއްކާ މިޖެހުނީ އަނެއް ކަމަކާ. މަރިޔަމް ރާޔާ ވީ މީޓް އަގެއިން” އިވާން އެހެން ބުނި އަޑު އިވުމުން ރާޔާ އެ ދިމާއަށް ބަލާލި އެވެ. 

 

💓—ނުނިމޭ—💓

 

☺️☺️☺️This is the 2nd story that I wrote for you all. Hope you all will like and read this story in interest just like the last one ☺️☺️☺️

 

🎶IFAA 🎶

 

1

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!