Skip to content
އެސްފިޔަ

ވާ ލޯބި އެނގޭނަމަ-5

“މި އައީ ހިނގާލަން ގޮއްސަ އެއް ނުން ..ދެން ކޮން ތާކުން”..ލައިހާ ވެސް ޝައިރާ ބުނި ރާގަށް ބުނެލި އެވެ..”އެހެން..ޝައި މި އުޅެނީ ފޫހިވާ ތީވެ”..ޝައިރާ ހިނގައިގަތީ ސޯފާ ތަކާ ދިމާ އަށެވެ..”ކޮބާ ފިރި ސޮރު”…އައިމަން ވެސް ޝައިރާ ފަހަތުން ސޯފާ އާ ދިމާއަށް ހިނގައިގަތެވެ..ލައިހާ ވެސް އެތާ ނުުހުންނަން ވެގެން އެމީހުން ކައިރި އަށް ދިޔައެވެ..”އަަހަރެން މި އުޅެނީ އަންނަ ހަފްތާ ރަށަށް ދާން”…ދެމްމެ އަކު ހެވިފައި އިން ލައިހާ ގެ މޫނު އެކަށް ހެން މިލާ މޯޅި ވިތަން ފެނުމުން އައިމަން ބެލީ ކޮމްމެވެސް ގޮތަކުން ލައިހާ އުފާ ކޮށް ލެ ވޭތޯ އެވެ.. “ލައި.. އަދި އަންނާނަމޭ ލައި ކައިރި އަށް… މިދަނީ މަންމަ މެން ކައިރިއަށް ހަފްތާއަކަށް މަންމަ މެން ކިޔާ ވަރުން… ލައި ދާންބޭނުމީ އާ ރެޑީވޭ އަހަންނާއެކީ ރަށަށް ދާން”.. އައިލެންޑ މިހެން ބުނުމުން ލައިހާ ގެ މޫޑު އެއްކޮށް ރަގަޅުވެގެން ދިޔައެވެ..” ލައި ދާނަން “…. ލައިހާ ބޭނުން ވީ އައިމަން އާ އެކީ އެރަށް ދާންށެވެ.. އައިމަން އާ ދުރުގައި އޭނާއަށް ހަމަ އެންމެ ދުވަހެއްގައި ވެސް ހަމަ ޖެހިލައިގެން އޭނަ އަށް ނޫޅެވޭނެކަން އޭނަ އަށް ޔަގީން އެވެ..” އެހެންވިއްޔާ އާދިއްތަ ދުވަހު ހެދުނު ހަތެއް ޖަހާލާ ކަން ހައިރު ރެޑީ ވާތި އިނގޭ… އަހަރެން މިދަނީ ކޮޓަރި އަށް..ހޭވް ފަން “.. އައިމަން ހިނގައި ގަތީ އޭނަގެ ކޮޓަރި އާ ދިމާ އަށެވެ…

އެއް ހަފްތާ ފަސް…

ލައިހާ އަށް ހޭލެވުނީ ފޯނު އެލާމު ވާ އަޑަށެވެ..ކަންނެތް ކޮށް ތެފުވެގެން ގޮސް ފާހަނަ އަށް ވަދެ ދަތް އުނގުޅައި މޫނު ދޮވެގެން އައިސް ފުރަތަމައިނުން ވެސް ލައިހާ ބެލީ ނަމާދު ކުރެވޭތޯ އެވެ..

އައިމަން އަށް ހޭލެވުނީ ފޯނު އެލާމު ވާވަރުން ބޮލަށް އުދަގޫވެގެންނެވެ..ގަޑި ބަލައިލި އިރު ކަަމަކު ދާކަށް ނެތެވެ…ގަޑިން ހަތެއް ޖަހަން ބާކީ އިނީ އެމްމެ ފަނަރަ މިނެޓެވެ..ވަގުތުން އައިމަން ގެ ނިދިފިލައިގެން ދިޔަ ފަދަ އެވެ..އަވަހަށް ހުމްމައިގެން ތެދުވެ ފާހަނަ އަށް ވަދެ ތާޒާވެލައިގެން ނިކުމެ ރީތި ވެގެން ގޭތެރެ އަށް ނިކުތީ ލައިހާ ނިކުމެފި ތޯ ބަލާށެވެ..

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. Horror queen

    Wow amazing MI part Wes v v v v v reethi ❤️❤️?

  2. Eevss

    thank u Horror queen?

  3. Eevss

    in reply to ayaa

    thank u ayaa ..vrh fahun ayaa ge comment fenunee …???

  4. rudhaina rafeeu

    v reethi. adhi thankolhe dhigukolha dheefiyya rangalhu

  5. Horror queen

    Hope the next part is as nice as this one ❤️

    1. Eevss
      Horror queen

      yh..insha allah

  6. ayaa

    mi part vs vrh vrh reethi ..keep it up..when next?

    1. Eevss
      ayaa

      thanki u ayaa..dhn in part adhi neynge kon irakun kameh …liye nimunu haa avahah up kohllaanan

Comments are closed.