Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޯބި އޭގެ އަސްލުގައި 8

Shyyyms
Shyyyms Level 510 Stories100 Login100 Comments100 Stories
September 18, 2021 6 Mins Read
0 Comments

Hey. Guys. I just wanna tell you that.. Yhh. I know that there are a lot of bad words. It’s not that I don’t understand that some of you guys feel uncomfortable when bad words are used. I personally am not one to curse a lot. I only include them in stories.

I want to tell you guys that the reason why I include so many bad words in this story is because Aaliyaa is a delinquent type of girl. So to match her personality I make her say those words. Then Shanaah, Yakzal and Maldha and other characters too. You know how kids are nowadays. I’m just matching the personality of mihaaruge kids. I know that’s no excuse though.

But I hope you guys understand.
….

“އެލީ. މިހާރު އޯކޭ ތަ؟” މަލްދާ އާލިޔާ ގާތު އިށީނދެލަމުން އެއްސެވެ. އާލިޔާ އިނީ ދުރަށް ބަލަހައްޓައިގެންނެވެ. “ޔާ. އައިމް ފައިން. އެޓް ލީސްޓް ބެޓާ ދޭން ބިފޯ.” އާލިޔާ މަޑުމަޑުން ބުނެލިއެވެ.

“ވެން އާ ޔޫ ގޮނާ ޓެލް މީ އެބައުޓް ދެމް؟” މަލްދާ އެއްސެވެ. އާލިޔާ ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. އަދި އުނދޯލިން ތެދުވެގެން ގޮސް ޓެރެސްގެ ބެލްކަނި ކައިރީގައި ހުއްޓެލިއެވެ. “މަލޫ. އައި ރިއަލީ ވޯންޓް ޓު ޓެލް ޔޫ. އައި ރިއަލީ ޑޫ. ބަޓް.. އައި ކާންޓް.. އެކަމާ ބެހޭގޮތުން ވާހަކަ ދައްކާނެ ހިތްވަރެއް ނެތް އެލީ ގަޔަކު.” އާލިޔާގެ އަޑުގައި ވަނީ މަޑުމޮޅިކަމެވެ.

“އިޓްސް އޯކޭ. ބަޓް އެލީ ހަނދާން ކުރާތި. މަލޫ އަބަދުވެސް މިހިރީ މިތާ. އެލީ އާއެކު. އިފް ޔޫ ނީޑް މައި ހެލްޕް، އައިމް ހިޔާ. އެލީއަށް ތި ވާހަކަ ދައްކަން ހިތްވަރު ލިބެންދެން ވެސް މަލޫ ހުންނާނަން. އެން އިފް ޔޫ ވޯންޓް ޓު ކްރޭޝް އެ ޕްލޭސް، ދެން މައި ހޯމް އިޒް އޯލްވޭސް އޯޕެން ފޯ ޔޫ. އޯކޭ؟” މަލްދާ އައިސް އާލިޔާ ގާތު އިށީނެވެ.

“އައި ނޯ، މަލޫ. އައި ނޯ ޔޫ ވިލް އޯލްވޭސް ބީ ވިތު މީ.”

 

“އެނީވޭސް… އައި ހާޑް އަދާ ސްކޫލަށް އަނބުރާ އައި ވާހަކަ. މާދަން ފަށާނެޔޯ.” މަލްދާ މަޢުލޫ ބަދަލު ކޮށްލިއެވެ.

“އަސްލުތަ؟ ކަންތަކާ ޖެހުނީ ދެން މި. ހުވާ މިބުނީ ބޯ ހަލާކު.” އާލިޔާ ބޮލުގައި އަތް އަޅާލިއެވެ.

………..

ޖެހިގެން އައި ދުވަސް

_____________

“އާލާ! މޮޔަވީތަ އޭނ؟ ކިތައް ފަހަރު ބުނަންވީ މަގޭ ބަހައްޓާ އެއްޗެހީގައި އަތް ނުލާށޭ! އޭނ؟ އަމިއްލައަށް ގޮސް އެއްޗެހި ގަނެގެން ކައިބަލަ! ކޮންމެހެން މަ ގަންނަ އެއްޗެހީގަ އަތްކާތަން އުޅޭނެ ކަމެއް ނެތް!” އާލިޔާ ހަޅޭއްލަވައިގަތެވެ.

“މަށަށް ޑޭޑް ދިން ރުފިޔާ ހުސް ވެއްޖެޔޭ!” އާލާ ރައްދުގައި ބުންޏެވެ. “ދެން އެއީ މަގޭ މައްސަލަތަ؟ ބައްޕައަށް ގުޅާފަ ބުނެބަލަ ހުސްވެއްޖެޔޭ!” އާލިޔާ ލޯ އަޅާލިއެވެ. “ހޫން. ބުނެފާނަމޭ. ދެންމެ އޭ އެނގުނީ ހުސްވެފަ ހުރިކަން. އެހެންނޫނަސް އާލިޔާ އަތުގަ ރުފިޔާ އެބަހުއްޓެއްނު؟ ގަނެބަލަ ކޯކު ފުޅިއެއް. ސިގިރޭޓް ގަންނާނެ ރުފިޔާ ހުރިއްޔާ ދެން ވެސް ހުންނާނެއްނު؟” މަލާމާތުގެ ރާގަކަށް އާލާ ބުންޏެވެ.

އާލިޔާގެ ރުޅިގަނޑު އުތުރި އަރައިގެން ދިޔައީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. “ދެޓްސް އިނަފް އާލާ! ޔޫ ހޭވް ސެއިޑް އިނަފްފްފްފް! އަހަރެންގެ ލައިފް ގަ ހިނގާ ކަންތައްތަކެއް އާލާއަކަށް ނޭނގޭނެ! ސޯ ސްޓޮޕްޕްޕްޕް!” އާލިޔާ އަވަސް އަވަހަށް ދަބަސް އެއްކޮނޑުގައި އަޅުވާލަމުން ހިނގައި ގަތެވެ. ދަމުން ދިޔައީ މޭޒުދޮށުގައި ހުރި ގޮނޑި ވެސް ވައްޓާލާފައެވެ.

 

އާލިޔާ ދިޔަ މަންޒަރު ބަލަހައްޓައިގެން އާލާ ހުއްޓެވެ. ކުށެއް ކުރެވިއްޖެ ކަން އޭނާއަށް އެނގިއްޖެއެވެ. ކިތަންމެ ވަރަކަށް އާލިޔާ އާއި ދެމީހުން ޒުވާބު ކުރިޔަސް އާލާ މި ނޫނިއްޔާ އެއްވެސް ފަހަރަކު ސިގިރޭޓް ވާހަކައެއް ނުބުނެއެވެ. އޭނާ ކިތަންމެ ހިތްހަމަ ނުޖެހުނަސް އެވާހަކައެއް ނުދައްކައެވެ.

އަމިއްލަ ނަފްސާ މެދު ހިތްހަމަނުޖެހިފައި ހުރެ އާލާ އާލިޔާ ވައްޓާލި ގޮނޑި ނަގައި ހަމަ ޖައްސާލިއެވެ. އަދި އޭނާ ކުރިން އިން ގޮނޑީގައި އިށީނެވެ.

………………

 

“ހޭ މައި ބިޗްޗްޗްޗް!!” މަލްދާ ދުވެފައި ގޮސް ލޮކަރު ކައިރީގައި ހުއްޓިލައިގެން ހުރި އަލިޔާ ގައިގައި ބައްދާލިއެވެ. އާލިޔާ ދިޔައީ ސިއްސައިގެނެވެ. “މަލޫ!!! އެކަމަކުވާ ދޯ؟!” މަލްދާ ދޫކޮށްލުމުން އާލިޔާ ކުސްތަޅާލިއެވެ.

“ސޯ ޑިޑް ޔޫ މީޓް ހާ؟ އޮރް ޑިޑް ޔޫ ސީ ހާ؟ ދި ޑެވިލް އިން ޑިސްގައިސް އައި މީން.” މަލްދާ ސުވާލު ކުރިއެވެ. “ނަހް. އައި ޑޯންޓް ރިއަލީ ކެއާ އެނީވޭ.” އާލިޔާ ދެކޮނޑު އަރުވާލިއެވެ. “ތިކަމެއް އެނގޭނީ ދިމާވީމަތާ އަދި.” މަލްދާ ބުނެލިއެވެ.

 

“އޮހް ޔޫ ގާލްސް ޓޯކިން އެބައުޓް މީ؟”

އާލިޔާމެންގެ ފަހަތުން ތޫލި އަޑެއް އިވުނެވެ. އާލިޔާ އާއި މަލްދާ ދެލޯ ހަނިކޮށް ލާފައި އަނެއްފަރާތަށް އެނބުރުނީ ޝައްކެއް ވެގެނެވެ. އެމީހުންނަށް ޝައްކުވީ ރަނގަޅަށް ކަން އެނގުމާއިއެކު ދެމީހުންގެ ދެލޯ ބޮޑުވިއެވެ.

“އައި ނޯ ޔޫ މިސްޑް މީ، ގާލްސް.”

މާގިނަ އިރެއް ނުވިއެވެ. މަލްދާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ނަމަވެސް އާލިޔާ ދެލޯ ހަނިކޮށްލައިގެން ހުރި ގޮތަށް ހުރީއެވެ. “ނުބެހޭ ކަންކަމާއި ކާޅު ކެޔަސް ސޮއް ނުގޮވާށޭ ބުނާތީ އަޑުނާހަންތަ؟”

“ނާހާތީ ކަންނެ.” ޔަކްޒަލް ބޯ ކަހާލިއެވެ. “ކޮބާ ދެންމެ ވާހަކަ ދެއްކި އަންހެން އަޑު؟ ކާޅު އައިސް ކާލީތަ؟ ހަފާ ކުދިކޮށްފަ، މަސްތަކާ، ކަށިތަކާ އެއްކޮށް ދިރުވާލީތަ؟ އެހެންވެގެނެއްނު ތިމާ އާއި ނުބެހޭ ވާހަކަތައް އެހެންމީހުން ދައްކާތީ ހަޖަމު ނުކުރެވިގެން ތިއުޅެނީ.” އާލިޔާ ދެލޯ އަޅާލިއެވެ. “އޮހް ހިޔާ ކަމްސް ހާ ސާކަސްޓިކް ރިމާކްސް. ބޭބް، ޔޫ ނޯ ޔޫ ލަވް މީ.” ޔަކްޒަލް އެއްމިޔަކަނުން ހީލިއެވެ.

“އަރގްގްގް! ވަޓެވާ. ގެޓް ލޮސްޓް.”

 

ކުއްލިއަކަށް މުޅި ތަން ހަމަހިމޭންވެގެން ދިޔައެވެ. ކުދިންތައް މަޑުމަޑުން ވާހަކަ ދައްކާ އަޑު އިވެން ފެށީ އޭގެ އިރުކޮޅެއް ފަހުންނެވެ. ބައެއް ކުދިން އާލިޔާމެނާއި ދިމާއަށް ބަލާލައެވެ. އަނެއްބައި ކުދިން ދޮރާއި ދިމާއަށް ބަލައިލައެވެ. އާލިޔާމެނަށް ވާނުވާ ރޭކާލަން މާކަ ގިނައިރެއް ނުނެގިއެވެ.

“އޮހް ލޯރޑް!” މަލްދާ އައި ރޯލް ކޮށްލިއެވެ.

 

“ވެލް ވެލް ވެލް… ލުކް ހޫ އިޒް ބެކް. ޓްސްކް ޓްސްކް.” އާލިޔާ އެހެން ބުނެލީ އަންހެން ކުއްޖެއް ވަދެގެން އައުމުނެވެ. އޭނާއަށް އިވޭ ވަރަށެވެ. އެ ކުއްޖާއަށް އެ އަޑު އިވިފައި އާލިޔާ އާއި ދިމާއަށް ބަލައިލިއެވެ. އަދި އެއްމިޔަކަނުން ހީލިއެވެ.

“އައި ކޭން އޯލްރެޑީ ޓެލް ދެޓް ދިސް އިޒް ގޮނާ ބީ ކުވައިޓް އޭން އިންޓެރެސްޓިން އިޔާ. އައި ކޭން އޯލްރެޑީ ސްމެލް ދި ޑްރާމާ.” އެ ކުއްޖާ އައިސް ހުއްޓެލީ އާލިޔާގެ ކުރިމަތީގައެވެ.

އާލިޔާގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. “މީ ޓޫ. އެން އައި ތިންކް އައިމް ގޮނާ އެންޖޯއި އެވްރީ ސެކަންޑް އޮފް ދިސް އިޔާ.”

“ޔޫ ހޭވް ޗޭންޖްޑް އެލޮޓް. ލިޓްލް ނާޑީ ބާޑީ.”

“ލުކްސް ލައިކް ޔޫ ހޭވް ޓޫ.” އާލިޔާ ބުނެލިއެވެ.

 

“އޮހް. އާލިޔާ. ސޯ އިޓް ވޯޒް ޓްރޫ. ޔޫ ރިއަލީ ހޭވް ގޮޓް ކުވައިޓް ދި އެޓިޓިއުޑް. އިޓް އިޒް ގޮނާ ޑްރޭގް ޔޫ ޑައުން، އާލިޔާ. ސޯ ބެކް އޮފް.” އެ ކުއްޖާ އާލިޔާ އާއި ދިމާއަށް ފިޔަވަޅެއް އެޅިއެވެ.

“ވެލް ވެލް ވެލް މައި ޑިއާ އަދާ. ނައު ދެޓް ޔޫ ހޭވް ރިއަލައިޒްޑް ދެޓް އައިމް ނޮޓް ދި ގާލް ޔޫ ނިއު ބިފޯ، ވައި ޑޯންޓް ޔޫ ބެކް އޮފް؟” އާލިޔާ ވެސް އެކުއްޖާ، ‘އަދާ’ އާއި ދިމާއަށް ފިޔަވަޅެއް އަޅާލިއެވެ.

“އައިމް ޓެލިން ޔޫ އިޓް ވިލް ޑްރޭގް ޔޫ ޑައުން. މަރކް މައި ވޯޑްސް.”

“އޯކޭ ސޯ؟ ޑިޑް ޔޫ އެވާ ނޯ ދެޓް އިފް އައިމް ގޮއިން ޑައުން އައިލް ޑްރޭގް ޔޫ ޑައުން ވިތު މީ.” އާލިޔާ އެއްމިޔަކަނުން ހީލިއެވެ.

“ހަހް. ގިވް އިޓް އެ ޓްރައި ދެން. ކަޒް އިޓް އައިންޓް ގޮނާ ވޯކް.” އަދާ ފޮނިކޮށް ހީލިއެވެ.

“އޮހް ޔާ؟ ވީ ވިލް ސީ އެބައުޓް ދެޓް.”

 

އާލިޔާ ލޮކަރުން ފޮތްތައް ނަގައިގެން ހިނގައި ގަތެވެ. “އާލިޔާ!” މަލްދާ އައިސް އެއްވަރު ކުރިއެވެ. “ކޮން ތާކަށް؟”. “މިއުޒިކް ރޫމަށް. މި ގަނޑިއަކު އިތުރު މީހަކު އެ ކުލާހުގައެއް ނީންނާނެ.” އާލިޔާ އެހެން ބުނެފައި ދިޔައެވެ.

. …

އޭނާ ގޮސް މިއުޒިކް ކުލާހަށް ވަނެވެ. އަދި ޕިއާނޯ ދޮށުގައި އިށީނެވެ. އޭނާގެ ފަހަތުގައި އިތުރު މީހަކު ހުރި ކަމެއް އޭރަކު އޭނާއަކަށް ރޭކައެއް ނުލައެވެ. އެއީ އެ ހިނދުކޮޅަށް އޭނާގެ ނަސީބު ވެސް ކަމަށް ވެދާނެއެވެ. ނޫނީ ބަދުނަސީބު ކަމަށް ވެސް ވެދާނެއެވެ. އެހެނީ އެއީ އޭނާގެ ދިރިއުޅުން ބަދަލުވެގެން ހިނގައިދާނެ ވަގުތު ކޮޅެކެވެ.

އާލިޔާ ޕިއާނޯ ކުޅެން ފެށިއެވެ.

 

“އައި ނޯ ޔޫ އާ ސަމްވެއާ އައުޓް ދެއާ

ސަމްވެއާ ފަރ އަވޭ

އައި ވޯންޓް ޔޫ ބެކް، އައި ވޯންޓް ޔޫ ބެކް

މައި ނެއިބާސް ތިންކް އައިމް ކްރޭޒީ

ބަޓް ދޭ ޑޯންޓް އަންޑާސްޓޭންޑް

ޔޫ އާ އޯލް އައި ހޭޑް، ޔޫ އާ އޯލް އައި ހޭޑް…” އާލިޔާ ތުންފަތް ފޫއަޅުވާލާފައި އޭނާގެ މިއުޒިކެއް ފަދަ އަޑު ނިކުތެވެ. އޭނާ ކިޔަމުން ދިޔަ ލަވަޔާއި އެއްވަރަށް އޭނާގެ އިނގިލިތައް ޕިއާނޯގެ ފިއްތަކާއި ކުޅެމުން ދިޔައެވެ. އޭނާގެ ބޯ ދެފަރާތަށް ހަލުވަމުން ދިޔައެވެ.

ފަހަތުގައި ހުރި މީހާ ދިޔައީ ސިހިގެންނެވެ. އެހާ ގިނަ އަހަރުތަކެއް ފަހުން އެހާ ކާރިން އާލިޔާ ފެނުމުގެ އިތުރުން އާލިޔާގެ އެ އަޑު އިވުމުން ވެސް މެއެވެ. އާލިޔާގެ އަޑުގައި ރޯވެފައިވި ޖަޒުބާތު ތަކުގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ.

 

“އެޓް ނައިޓް، ވެން ދި ސްޓާސް ލައިޓް އަޕް މައި ރޫމް

އައި ސިޓް ބައި މައިސެލްފް…”

“ޓޯކިން ޓު ދި މޫން

ޓްރައިން ޓު ގެޓް ޓު ޔޫ

އިން ހޯޕްސް ޔޫ އާ އޮން ދި އަދާ ސައިޑް ޓޯކިން ޓު މީ، ޓޫ

އޮރް އޭމް އައި އެ ފޫލް ހޫ ސިޓްސް އެލޯން ޓޯކިން ޓު ދި މޫން

އޮހް-އޮހް…” އާލިޔާގެ ތުންފަތީގައި ވަނީ ހިތި ހިނިތުންވުމެކެވެ. އޭނާގެ މާޒީގެ ހަނދާންތަކުން ކަމަށް ވެސް ވެދާނެއެވެ.

 

އާލިޔާ ލަވަ ކިޔަމުން ދިޔައެވެ. އެވަގުތު މިއުޒިކް ރޫމް ކައިރިން ދިޔަ ޔާޒަނަށް މި އަޑު އިވުނެވެ. އޭނާގެ ފިޔަވަޅު ތަކަށް ހުއްޓުމެއް އައީ އެއީ ހަމަ އާލިޔާގެ އަޑުކަން އިވުމުންނެވެ. ބޭއިޚްތިޔާރުގައި ހިނިތުންވުމެއް އޭނާގެ ތުންފަތްމައްޗަށް ވެރިވިއެވެ. އެ އަޑާއި ދުރަށް ދާން އޭނާގެ ހިތަށް ނުކުޅެދުންވިއެވެ. އެހެންކަމުން ދޮރުގައި ލައްގަނެލައިގެން އާލިޔާ ލަވަ ކިޔައި ނިމެންދެން ހުއްޓެވެ.

 

“…. އައި ނޯ ޔޫ އާ ސަމްވެއާ އައުޓް ދެއާ

ސަމްވެއާ ފަރ އަވޭ….”

 

އާލިޔާ ލަވަ ކިޔާ ނިންމާލިއެވެ. އޭނާގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައީ މީގެ އަހަރުތަކެއް ކުރީގެ ހަނދާންތަކެވެ. އެ އުފާވެރި ދުވަސްތަކެވެ. އޭނާގެ ތުންފަތް މަތީގައި ނުފިލާ ހިނިތުންވުމެއް ވީ ދުވަސްތަކެވެ. އޭނާގެ ޙަޔާތުގެ އެންމެ އުފާވެރި ދުވަސްތަކެވެ. އެ ދުވަސްތަކަކުން އޭނާގެ ހިތުގައި ކަޅު ކުލައިން ލައް ޖެހިގެން ދިޔަ ދުވަސްތަކެވެ. އޭނާގެ ޙަޔާތް ބަނަކޮށްލި ދުވަސްތަކެވެ.

“އާލް..” އާލިޔާގެ ދުލުން ބޭރުވިއެވެ.

އެ އަޑު އިވިފައި ފަހަތުގައި ހުރި ޒުވާނާގެ އަތްފައި ފިނިވެގެން ދިޔައެވެ. އޭނާގެ އަރުގައި ނޭވާ ވެސް ތާށިވި ކަހަލައެވެ. އޭނާގެ އަތް ތުރުތުރު އަޅަން ފެށިއެވެ. އޭނާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އާލިޔާ ގެނެސް އޭނާގެ މޭގައި ފޮރުވާލުމަށް ހިތް އެދެވުނެވެ.

ހުރިހާ ހަޤީޤަތެއް ކިޔާދޭން ބޭނުންވިއެވެ. ނަމަވެސް އެއީ ނުވާނެ ކަމެއްކަން އޭނާއަށް އެނގުނެވެ. ކޮންމެ ގޮތެއްވިޔަސް އާލިޔާއަށް ހަޤީގަތް އެނގިއްޖެނަމަ އޭނާ މާބޮޑަށް ދެރަވާނެއެވެ. އޭނާ އިތުރަށް ދެރަ ކުރުމަށް ވުރެ މިހާރު ހުރި ގޮތަށް ބެހެއްޓުން މާ ރަނގަޅު ވާނެއެވެ.

އާލިޔާ ތެދުވާހެން ހީވާން ފެށުމުން ‘އާލް’ ގޮސް އެތާ ހުރި ފޮށިގަނޑުތަކުގެ ނިވަލަށް ވަނެވެ. މިވަގުތު އާލިޔާ އަށް އޭނާ ފެނުން ބުއްދިވެރިއެއް ނޫނެވެ.

..

 

ދޮރު ހުޅުވޭހެން ހީވުމުން ޔާޒަން އަވަހަށް ހިނގައިގަތެވެ. އަދި ގޮސް ފިރިހެން ކުދިންގެ ޗޭންޖިން ރޫމަށް ވަނެވެ. އެއަށްފަހު ބޭރަށް ބޯ ދިއްކޮށްލިއެވެ.

އޭނާ ހީކުރި ފަދައިން އާލިޔާ ނުކުތެވެ. ނަމަވެސް އޭނާ ހައިރާންވީ އާލިޔާގެ މޫނުމަތީގެ ކުލަވަރު ފެނިފައެވެ. މުޅި މޫނުމަތިން ވެސް ފެންނަނީ ހިތާމަވެރިކަމެވެ. ޝަކުވާއެވެ. އާދޭހެވެ. އެކަނިވެރިކަމެވެ. ނަމަވެސް އޭނާ ބަލަބަލާހުއްޓައި އާލިޔާ އޭނާގެ މޫނުމަތީގައި ވާ އަސަރުތައް ފޮރުވާލިއެވެ. މިހާރު އެއީ އޭނާ އާންމުކޮށް ދަންނަ އާލިޔާއެވެ.

އާލިޔާ އޭނާގެ ލޮލުކޮޅުން އޮބާލަންދެން ފިލާ ހުރުމަށްފަހު ޔާޒަން ނުކުތެވެ. ޔާޒަންގެ ހިތުގައި އެތަކެއް ބައިވަރު ސުވާލުތަކެއް އުފެދިގެން ދިޔައެވެ. އާލިޔާގެ މޫނުމަތިން އެހާ ހިތްދަތި ކުލަވަރެއް އެ ފެނުނީ ކީއްވެ ބާވައެވެ؟ އަނެއްކާ އާލިޔާގެ މާޒީގައި ކަމެއް ހިނގީ ބާވައެވެ؟

އޭނާ މުޅިން ވެސް ހީކޮށްގެން ހުރީ އާލިޔާއަށް ކަމުދާނީ ހަމައެކަނި އިންޑީ މިއުޒިކް ފަދަ މިއުޒިކު ކަމަށެވެ. ނޫނީ ކޮންމެވެސް ‘ބޭޑްއޭސް’ ލަވައެއް ކަމަށެވެ.

ދުވަހެއްގެ ކޮޅުން ވެސް އާލިޔާ ލޯބީގެ ލަވައަކަށް ޝައުގު ހުންނާނެ ކަމަކަށް ހިއެއް ނުކުރެއެވެ. ޙާއްޞަކޮށް.. ލޯބީގެ ލަވައެއް ކިޔާނެ ކަމަކަށް ކީއްހެއްޔެވެ؟ އެހާ މޮޅަށް ޕިއާނޯ ކުޅޭނެ ކަމަކަށް ވެސް ޔާޒަން ހިއެއް ނުކުރެއެވެ.

 

އޭނާގެ ސިކުނޑީގައި އަދިވެސް އާލިޔާގެ އެ ޖާދުވީ އަޑު ގުގުމަމުން ދިޔަފަދައެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ލޯ މަރާލަމުން، މޭގައި އަތް އަޅާލެވުނެވެ. އޭނާގެ ތުންފަތްމަތީގައި ހިނިތުންވުމެއް ދުވެލިއެވެ.

“ހާދަ ފުރިހަމައޭ.”

????
Sorry about the late update،

And hope you guys like this chap. Please don’t forget to vote and comment ?♥️

Quinn?

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ގާތުގާވުމަށް ހިތް އެދެނީ (28)

Next

ކަލާޔާ ނުލާ

Next
September 18, 2021

ކަލާޔާ ނުލާ

Previews
September 18, 2021

ގާތުގާވުމަށް ހިތް އެދެނީ (28)



All Right Reserved!