Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާވުމަށް ހިތް އެދެނީ (28)

🌹YEOJA🌹 Level 610 Stories100 Login100 Comments
September 18, 2021 4 Mins Read
6 Comments

ރޭގަނޑުގެ ވަގުތެވެ. ކެއުން ނިންމާލުމަށްފަހު ލައިހާ ނޫރީން އަށް އެހީވެދިނުމަށް ތަށިތައް ނަގާމުޅިމޭޒްމަތި ސާފްކޮށްލިއެވެ. އެއިރު ސޯފާގައި ޒިޔާދު އަދި ޒަޔާން ވާހަކަ ދައްކަން ތިބިއިރު ޒަޔާން އިންތިޒާރުކުރަމުން ދިޔައީ ލައިހާ ނިމޭނެ އިރަކަށެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އޭނާ މިރޭ ލައިހާ އާ ވާހަކަ ދައްކަން ހުރީ ހިތުއަޅާގެންނެވެ. ނަމަވެސް ޒަޔާންގެ ނަސީބުގާ މިރޭ އެކަން ނެތީއެވެ. އޮފީހުން އައި ފޯނުކޯލާއެކު އެގަނޑީގައި އޭނާ އޮފިހަށް ދަންޖެހިނީ އެވެ. އެހެންކަމުން ޒިޔާދު ކައިރި ބުނެލުމަށް ފަހު ޒަޔާން ސައިކަލުގައި އޮފީހަށް ދާން މިސްރާބުޖެހިއެވެ.

ޒަޔާން ގެ އަމަލުތަކަށް ފާރަލާލާހުރި ލައިހާ މާޔޫސްވެގެން ދިޔައީ ޒަޔާން ނިކުމެގެން ދިޔުމުންނެވެ. މިރޭ ޒަޔާން ގެ އަމަލުތަކުން އޭނާއާ ވާހަކަ ދައްކަން ބޭނުންވެފާ ހުރިކަން ހާމަ ކޮށްދެއެވެ.

ޒަޔާން ނޫނަސް އެކި މުއައްޒަފުން އެވަގުތު އޮފިސްތެރޭގައި ހަރަކާތްތެރިވަމުން ދިޔައީ މާދަމާ ކުއްލިގޮތަކަށް ރޭވިގެންދިޔަ މީޓިން އަށް ތައްޔާރުވުމަށެވެ. ޒިވްޔާ ވެސް ކޮންޕިޔުޓަރ ސްކްރީން އަށް ގެއްލިފައިއިނީ ބައެއް މަސައްކަތް ތައް ނުނިމި ހުރުމުންނެވެ. ދޭތެރެ ދޭތެރެ އިން ވަށްކަޅިން ނަމަވެސް ޒިވްޔާ ޒަޔާން އާދިމާލަށް ބަލާލެވެއެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އޭނާ ކެތްކުރީ ހަމަހިތްވަރަށެވެ. ލޯބިވީތީ އެ އިމްތިހާނުންވެސް ޒިވްޔާ ޖެހުނީ ނަގާށެވެ. އެލޮއިތްބާ ދުރުގާ ހުންނަން ބޭނުން ވިޔަސް ގާތުގާ ވުމަށް އަބަދުވެސް ހިތް އެދެނީއެވެ. ޒަޔާން ގެ ހާލަކީވެސް މިއެވެ. އިތުރަށް ޒިވްޔާ ހިތްހަލާކުކޮށް ރޮތްވަން ބޭނުން ނުވިނަމަވެސް އަދި އޭނާއަކަށް މިފުރުސަތެއް ލިބިފައެއް ނެތެވެ.

ނިދަން ތައްޔާރުވެގެން އައިސް ލައިހާ އެނދުމަތީ ހަމަޖެހުނު ހެނެއް ހީނުވެ ފޯނު ރިންގްވީއަޑުއިވުނެވެ. ފޯނުސްކްރީނަށް އަރާފައި އިންނަން ފެނި އެހިތްތެޅެލީ އެއެއްމިއެތް ބަލާފައެއް ނޫނެވެ. ދުވަސްތަކަކަށް ފަހު ރިޔާން ގުޅަމުން ދާބޭނުން ބަލާލަން ވެގެން ލައިހާ ފޯނުނަގާލީ ހިތުގެ ތެޅުން ހަމައަކަށް ނޭޅެނީހެވެ. ” ލައީ ” ފޯނުނެގިތާ ތިންމިނެޓް ވީއިރުވެސް އެކަކުވެސް އަނގައިން ނުބުނެ ހުރެފާ އެންމެ ފަހުން ރިޔާން ލައިހާ ގޮވާލިއެވެ. އެއަޑުގާ ވާ ހިތްދަތިކަމާ ތަފާތު އަސަރެއް ލައިހާ އަށް ފާހަގަ ނުވެއެއް ނުދިޔައެވެ. ” މާދަމާ އަހަރެން ފުރަން ، އެހެންވެ މިގުޅާލީ ފަހުފަހަރަށް ނަމަވެސް ތިއަޑުއަހާލަން ، ލައީ އަށް އަހަރެން މިހުރީ ލައީގެ އިންތިޒާރުގާ ކަން އަންގާލަން ، އެންމެ ފަހުވަގުތާ ޖެހެންދެން ވެސް ތި ލޯބީގެ އިންތިޒާރުގާ ކަން އަންގާލަން ، ދެރައީ ފުރުމުގެ ކުރިން ވެސް ތި ލޯބިމޫނުކޮޅު ފެނިލުމުގެ ނަސީބު އަހަންނަށް ނުލިބިދާނޭތީ ، އެހެންނަމަވެސް އަހަރެން ވަގުތައް ހަމަޖެހިލާނަން ، ބަޓް ވިލް މިސްޔޫ ، އެން ދުވަހަކު ވެސް ހަނދާން ނުނައްތާލާތި އައި ލަވްޔޫ މޯދެން ޔޫތިންކް ” އަސަރާއެކު ރިޔާން ބުނެނިންމާލިއިރު ލައިހާ އަނގަމަތީ އަތް އަޅާގެން އިނދެ ކަރުނަތައް ހިފަހައްޓަމުން ދިޔައީ ރޯން ބޭނުން ނުވާތީއެވެ. އެހެންނަމަވެސް ރިޔާން ގެ އެބަސްކޮޅު އިވި އެހިތަށް ވަކި އަސަރުނުކޮށް ނުދާނެ ހެއްޔެވެ؟ ، އެއީ އެމީހަކަށްޓަކާ ކިތަންމެ ޤުރުބާނީ އެއްވާން ތައްޔާރަށް ހުރި އެކެކެވެ. ކެތްނުވެގެން އެންމެ ފަހުން ލައިހާ ފޯނުކަނޑާލީ ކޮންމެ ކަމެއްވިޔަސް ހެޔޮކަމަށް ބަލާފައެވެ. ރިޔާން ވެސް އިތުރަށް ވިސްނަން ނުހަދާ އެނދުމަތީ އޮށޯވެލީ ހިތްނުތަނަވެސް ވާހާލުއެވެ.

އޭގެ އަނެއް ދުވަހެވެ. ސްކޫލަށް ދާންވެގެން ލައިހާ އުޅެގަތީ މިއަދުވެސް އޭނާ ގަނޑިޖެހިދާނެ ކަމުގެ ބިރަށެވެ. ވިއްސާރަ ދުވަސްކޮޅަކަށްފަހު މިއަދު އަލިވެލާފާއިވުމުން މަގުމަތީގައި މީހުންވެސް ގިނަހެން ހީވެއެވެ. ބާރުހިނގުމެއް ގައި ލައިހާ ސްކޫލަށް ވަދެވުމުން ހަމަޖެހުމުގެ ނޭވާ އެއް ލެވުނީ ގަނޑިޖެހުމުގެ ފަސްމިނެޓް ކުރިން ނަމަވެސް އާދެވުމުންނެވެ. އާނާތަނެއް ނޭނގި ސިކުނޑިތެރެ އަށް ވަން ރިޔާން ގެ ހިޔާލުން މީހާ މާޔޫސް ވިއެވެ. މިއަދަކީ ރިޔާން ފުރާދުވަހެވެ. އެހެންނަމަވެސް އަދިވެސް އޭނާއަކަށް ވަކިކަމެއް ކުރެވިފައެއް ނުވެއެވެ. އުންމީދުކުޑަވެފައިވިނަމަވެސް އަދި އަދަށް ވެސް އުންމީދުކަނޑާލާކަށް ބޭނުމެއް ނުވިއެވެ. އެހިޔާލުތަކުގައި ހުރެ ލައިހާ ގޮސް ސައިން އިންވެލާފައި ކްލާސްރޫމަށް ވަތީ ކިޔެވުން ފެށެން މާގިނައިރު ނެތުމުންނެވެ. އެހިޔާލުތަކުން ދުރަށްދާން ދެތިން ފަހަރުބޯވެސް ހޫރާލެވިއްޖެއެވެ.

” ދޮންބޭ ހަމަ މަޑުކުރެވޭކަށް ނެތްތަ ، ހާދަ އަވަހަކަށޭ ތިފުރަނީ އެކަމް ” ޝަކުވާކޮށްލަމުން ޔުލީން ބުނެލީ ދަބަސް ތައްޕެކް ކޮށްނިންމާލި ރިޔާންގެ އަތުގާ ހިފާލަމުންނެވެ. ” ޔެސް މައިޑިޔާރ ސިސް ، ދެން އިތުރަށް ޝަކުވާނުކޮށްބަލަ ބޭބީ ، މިހާރު އެހެންނޫނަސް ފޫއްސެއް ނުވާނެ ޔޫއާން ހުންނާނެ އޭ ޔުލީ އާ ހަވާލުވާން ” ކައިރީ ހުރި ޔޫއާން އަށް ނަޒަރެއް ދެމުން ރިޔާން ބުނެލިއެވެ. ” ދެން ހެޔޮ ދޮންބެ ގަނޑާ ، އެހެންނޫނަސް އެއްއިރެއްގާވެސް އަހަރެން ދޮންބެ ނެތީއޭ ކިޔާފަކާ ފޫއްސެއް ނުވޭވީއްޔަ ، ލައީ ވެސް ހުންނާނެ ވީއްޔަ ” ތުންއަނބުރާލަމުން ޔުލީން ބުނެލިއެވެ. އެއާއެކުއެތާ ގުގުމާގެން ދިޔައީ ޔޫއާން އަދި ރިޔާން ގެ ހުނުމުގެ އަޑެވެ. ވަކިއެއްޗެއް ނުބުނެ ދެލޯކުޑަކޮށްގެން ޔުލީން އިނެވެ.

މެންދުރުއަތަށް އެޅިއިރު ކުރިދުވަސްތަކާބަލާފައި އަވިބާރުހެން ހީވެއެވެ. އެހެންނަމަވެސް މާލޭ މަގުމަތިން މީހަކު ނުވަތަ އުޅަނދެއް މަދުވިހެނެއް ހީނުވެއެވެ. އެއްކޮޅުން އަނެއްކޮޅަށް ދާ އުޅަނދުތަކާ މީހުންވެސް ވަކި މަދެއް ނޫނެވެ. އެއަވިގަނޑުގާ ލައިހާ އޮފީސް ނިންމާފައި ގެއަށް އަންނަން ހިނގަމުން ދިޔައީ މާޔޫސްކަމާއެކުގައެވެ.  ކަންނެތްފާޑަކަށް ހިނގާފައި އައީ ވެސް މިއަދު ހަޤީޤަތުގައި އެއްވެސް ކަމެއް ކުރާހިތް އޭނާ ނުވާތީއެވެ. ސިކުނޑިތެރޭގައި ވަށާޖަހަމުން ދިޔައީ ރިޔާން ގެ ހިޔާލުތަކެވެ. އެހެންނަމަވެސް އިސްޖަހާލަމުން ލައިހާ އޭނާގެ ގެއަށް ވަންނަން ވަންވަގުތާ ޒަޔާންވެސް އެތެރެ އަށް ވަންނަން އައިވަގުތާ ވީ އެއްވަގުތަކަށެވެ. އެއާއެކު ޒަޔާން އަށް ލައިހަގެ އަތުގާ ހިފުނީ އެފަދަ ފުރުސަތަކަށް އެދިއެދި ހުއްޓާ ލިބުމުން ރަނުގެ ފުރުސަތު ނުދުއްވާލާށެވެ. ކުއްލިއަކަށް އައިސް ލައިޙާ އަށް އޭނާއަތުގާ މީހަކު ހިފުމުން ސިއްސާގެން ގޮސް އަތްފޮޅާލަމުން ފަހަތަށް އެނބުރެލިއެވެ. އެއާއެކު ފެނުނު ޒަޔާން ގެ ސޫރައިން މީހާ ހަމައަކަށް އެޅިލިއެވެ. ވަކިއެއްޗެއް ނުބުނެ ލައިހާ އެތެރެއަށް ވަންނަން ހިނގާގަތީ އެވެ. އެހެންނަމަވެސް ޒަޔާން ގެ އަޑުން މިހާގެ ދެފާވެސް މުށިތައްމަތީ ތައްލިފަދައެވެ. ” އަމް ސޮރީ ލައިހާ ، ވަރަށް ބޮޑަށް ސޮރީ އަހަންނަށް އިނގޭ އަހަރެންނަށް ކުރެވުނީ ކުރަންޖެހޭވަރުގެ ކަމެއް ނޫންކަން ، އަދި މިއީ މާފްވެސް ހައްޤުވާ ވަރު ކަމެއް ނޫން ، އަހަރެންނަށް އެއިރު ލޯބިއެއީ ކޯންޗެއް ކަން ނޭނގޭތީ އެހެންއުޅެވުނީ އެހެންނަމަވެސް މިއަދު އަހަރެންނަށް އެއިޙްސާސް އިނގޭ ، އަހަރެންނަށް ވެސް ލޯބިވެވިއްޖެ ، އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން ކަން އަހަރެންނަށް އިނގޭ އަހަރެން މިހުރީ ކޮންމެ އަދަބެއް ލިބިގަންނަން ވެސް ތައްޔާރަށް ، ދެން އިތުރަށް ލައިހާ ކަރުނައަޅާނެކަމެއް ނެތް އިންތިޒާރުކުރަމުން ދިޔަ ލޯބިކައިރިއަށް ދާން އަހަރެން ލައިޙާ އަށް ފުރުސަތު ދީފިން ، އެން ވަންސް އެގެއިން ވަރަށް ބޮޑަށް ސޮރީ ލައިހާ ބޭނުން އަދަބެއް އަހަރެންނަށް ދިނަސް މައްސަލައެއްނެތް” އަސަރާއެކު ޒަޔާން ބުނެލިއިރު އޭނާއަށް ވަނީ އިސްޖެހިފައެވެ. ކުރެވުނު ކަންތަކާ ލަދުގަންފާވާކަން ވެސް އެމޫނުމަތިން ހާމަވެގެން ދިޔައެވެ. ކުއްލިއަކަށް ލައިޙާ އަށް ފަހަތަށް އެނބުރެވުނީ ޒަޔާން ދެއްކިވާހަކަ އަކުންނެވެ. މިއޮތްހުރިހާއިރުވެސް އިވުމަށް އެދެމުން ދިޔަ ބަސްކޮޅުއިވުމުން ލައިހާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް އަންނަން ފެށިއެވެ. ތިއްކަކަށްފަހު ތިއްކެއް އެކޯތާފަތުގައި ބޮސްދެމުން ފައިބަމުން ދިޔައެވެ. ދެން އޭނާ އަދި ރިޔާން ގެ ލޯބީގެ ދެމެދު އެއްވެސް ފާރެތް ނެތްކަން އިޙްސާސްވުމުން ލައިހާ ގެ ތުންފަތަށް ރުޔުމުގެ ތެރެއިން ހިނިތުންވުމެއް ފޭދިގެން ދިޔައެވެ. ” ޒަޔާން ލޯބިވަނީ ކާކުދެކެ އަނެތްކާ ؟ ” އެވަގުތު ހިތުގާ އުފެދުނު ސުވާލު ލައިހާ ކޮށްލިއެވެ. ” ޒިވްޔާ ” މަޑުމައިތިރިކަމާއެކު ޒަޔާން މިހެންބުނެލުމާއެކު ފެނުނީ ލައިހާގެ ދެލޯ މުދަނަށް އެރިތަނެވެ. ދެލޯބޮޑުވެގެން ގޮސް ހައިރާންވިއެވެ. އެހެންނަމަވެސް އުފާވެސް ވިއެވެ. ” އަހަރެންނަށް އިނގޭ ޒަޔާން އަށް މާފްހައްޤުނޫންކަން މާފްކުރަންވެސް އަސްލުވަރަށް ދަތި ޒަޔާން އުޅުނުގޮތުން އެހެންނަމަވެސް އަހަރެން ޒަޔާން އަށް މާފްކޮށްފިން ޒިވްއަށްޓަކާ ނަމަވެސް އަހަރެން ޒަޔާން އަށް މާފްކޮށްފިން ދެން އިތުރަށް ޒިވް އަށް ދެރައެއް ދޭންވެސް ޒަޔާން ނުވިސްނާތި ، އަދި ކުރިން އުޅުނުހެން ނޫޅޭނެކަމަށް ވެސް އަހަރެން އުންމީދުކުރަން ، ޒަޔާން އަށް ކުރެވިފައިވަނީ ކިތަންމެ ދަށުދަރަޖާގެ އަމަލެއް ނަމަވެސް އަހަރެން ވަރަށް ހިތްވަރާއެކު މާފްމިކުރީ ޒަޔާން އަށް ޒަޔާންގެ ކުށް އިޙްސާސް ވީމާ ދެވަނަފަހަރަށް ނުކުރާނެކަމުގެ ޔަޤީންކަން އޮތީމާ ، ހަޤީޤަތުގާ ވެސް އަހަރެންނަށް ވަރަށް އުނދަގޫކަމެއް މިކުރެވުނީ، އުންމީދުކުރަން ޒަޔާންގެ ފަރާތުން ހެޔޮބަދަލެއް ފެންނާނެކަމަށް  ” ހިނިތުންވެލަމުން އެހެންނަމަވެސް ހަރުކަށިކަމާއެކު ލައިހާ ބުނެލިއެވެ. ޒަޔާން އަށް ހިނިތުންވެލަމުން ލައިހާ އަށް ޝުކުރު އަދާކުރެވުނީވެސް ކިތައް ފަހަރުކަމެއް ނޭނގެ އެވެ. އެއްވެސް ވަގުތެއް ލަސްކުރުމެއް ނެތި ލައިހާ ޔުލީން އަށް ގުޅާލިއެވެ. މިހާރު ރިޔާން އެއާޕޯޓް އަށް ގޮސްދާނޭތީ ލައިހާހުރީ ވަރަށް ކަންތައް ބޮޑުވެފައެވެ. ” ޔުލީ ރިޔާން ކޮބާ ؟ ދިޔައީތަ ” ނިކަން އަވަސްއަވަހަށް ލައިހާ ބުނެލިއެވެ. ” ނޯން އަދި ނުދޭ އެކަމް ފިފްޓީން މިނެޓްތެރޭގައި ނިކުންނާނެ ގެއިން ، އެކަމް ކިހިނެއް ވީލައީ ކީއްވެ އެހާ އަވަސް އަރުވާލައިގެން ތިއޮޅެނީ ” ހައިރާންވެފާ ޔުލީން އަހާލިއެވެ. ” ވީގޮތްފަހުން ކިޔާދޭނަން ޕްލީސް އެހަށް ރިޔާން ދިޔަނުދީ ހިފަހައްޓާދީ އަހަރެން އެބަދަން ދިހަމިނެޓް ތެރޭގައި ” މާޔޫސްވެފާ ލައިހާ ބުނެލިއެވެ. ވަކިއެއްޗެއް ނުބުނެ އެއްބަސްވެލަމުން ޔުލީން ފޯނުކަނޑާލިއިރު ކޮންމެސް ވަރަކަށް ވީނުވީ އިނގުނުފަދައެވެ. ކައިރީ ހުރި ޒަޔާން އަށް ހިނިތުންވުމެއް ދެމުން ލައިހާ ގޭދޮށުން ބާރިހިނގުމެއްގާ ދިޔަނަމަވެސް ވަކިހިސާބަކުން ދުއްވާގަތެވެ. ” ލައިހާ ބަލާގެން ” ލައިޙާ އަށްއިވޭވަރަށް ޒަޔާން ތަންކޮޅެއް ބާރަށް ބުނެވުނެވެ. އޭނާގެ ތުންފަތަށް ވެސް ވަނީ ހިނިތުންވުމެއް ވެރިވެފައެވެ. ޒިވްޔާ ހާސިލް ކުރަން އޭނާ ހުރީ ނިކަން ބޭނުންވެފައެވެ.

ދިހަމިނެޓް ނުވަނީސް ފެނުނީ މާނޭވާ ލެވޭ ހާލު ލައިހާ ޔުލީންމެންގޭ ދޮރުމަތީ މަޑުކޮށްލިތަނެވެ. ލޮލުން އަންނަމުން ދިޔަ ކަރުނައަކަށް ނުބަލާ އެތެރެ އަށް ވަދެގެން ދިޔައީ ވެސް އެބާރުމިނުގައެވެ. ލައިހާގެ ނަސީބު ދިމާކުރިގޮތުން ގޭތެރޭގައި ޔުލީން ފިޔަވާ އިތުރު މީހެއް ފެންނާކަށް ނެތެވެ. ލައިހާގެ އިންތިޒާރުގައި ޔުލީން އިންދާ ލައިހާގެ ސޫރަފެނުމުން ޔުލީން އަށް ހައިރާންކަމެއް ލިބުނެވެ. މޫނުމަތީ ދާތިކިތައް ބަބުލަމުން ދިޔައިރު ދެލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ނަމަވެސް އެވަގުތު އެއްޗެއްނުބުނެ ޔުލީން ލައިހާ އަށް އިޝާރާތް ކޮށްލީ ރިޔާންވީ ކޮޓަރީގައި ކަމެވެ. ހަލުވިފިޔަވަޅުތަކެއް ގައި ލައިހާ ގޮސް ރިޔާން ގެ ކޮޓަރި ތަޅުހުޅުވާލިއިރު ފެނުނު މަންޒަރުން އެހިތް ރޯލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ޔާރު ނުބުނޭ ތިހެން … (10)

Next

ލޯބި އޭގެ އަސްލުގައި 8

Next
September 18, 2021

ލޯބި އޭގެ އަސްލުގައި 8

Previews
September 18, 2021

ޔާރު ނުބުނޭ ތިހެން … (10)

6 Comments!

  1. frozenlewender says:
    September 18, 2021 at 11:13 am

    Just wow. Even this part is awesome as usual
    Cant wait for next part ???
    Ss
    Tc

  2. ?YEOJA? says:
    September 18, 2021 at 8:32 pm

    In reply to frozenlewender
    Thank uu sooo much
    vrh ufaavehje mi part vxx kamudhiyakan inguny maa
    And yaa i saw ur cmnt on 27th part swry reply nudevuny maa
    But im happy to see that cmnt also . Tht was so sweet of u ingeyyy
    Keep waiting ingeyy next part ah
    SS and TC

  3. Nayaa Nayaa says:
    September 19, 2021 at 5:29 am

    hey nayaage lwbi lwbi ril sisooo… how r u darl…?
    mi prt vxxx hama vvvvvvvv reethi ingey as usual.. masha allah.. u never fail to satisfy ur readers.. u always leaves me speechless after every episode… and alhamdhullilah, finally that zayaan ah visnijje.. alhe riyaan no no no plzzz nudhahche ingy plzz… lai ge hiy halaaku vedhaane.. dhn ziv yes bunahche ingey zayaan ah.. he has changed a lot.. trust me when i say he won’t hurt u.. now i’m getting rly curious.. ehn is nxt prt dear..?
    lysssssssssssssssssssssssssssssssssssssssssmmm
    ss nd tvgc..
    and once again i’m really thankful for yesterday ingey… really really really thankful.. idk how i’m ever gonna repay u.. i promise that i will always stick by ur side thru the dark and light… lysm dear sisooo!!!

    1. ?YEOJA? says:
      September 19, 2021 at 6:23 pm

      Heyyy ril ge lwbi lwbii kokkiiee
      Alhamdulilaahi ril hama habeysss . Naayuu dhooni rangalutha
      Thank uu soo much doonyy. vrh ufaavehje mi part kamudhiyakan inguny maa.
      hehehe Yea i Rly try ma whole best not to disappoint nay of readers . Thank uuu.
      Yea fainally dhw zayaan ah vxx visneyney thaa ehduvahakun after all this dhw
      Riyaan aa laige baavxx balamaa dhw keethw vany
      ISA rangalah ingeyy daany juss waitu kohlaa for the right moment
      Yea naayuu vrh curiouse vefaa hurikan eba inge ehnu dhw
      Lymmmmmmmmm
      SS n TVGC
      Its owksss eyyy abadu Thank uu nubuniyas owkss eyy. Its not a big deal dear i can do that much for my lovely kokkiii. Dont even tlk about it u dont need to repay it naayuu reapy kohdeykah noon ril ekan kureekee its owks ingeyy. Thank uuuu im also with u in every time. lymmmm too kokkiee

  4. Ayshath Thasny says:
    September 19, 2021 at 10:28 am

    alhey, waiting curiously for the next part, btw, do rapists should ever be forgiven ??

    1. ?YEOJA? says:
      September 19, 2021 at 6:16 pm

      Yea keep waitting ngeyyy
      hehe ekm mihaaru 29 vana part vxx up vehje YEOJA ah cmnt mifenuy vrh lahun dhw Swry for that
      Ofcz not rapist should get punishment but YEOJA stry plane kohfaa in gothun ehn evy anywayss laii vxx ok veemaa dhw hehe

Comments are closed.

Next Episodeގާތުގާވުމަށް ހިތް އެދެނީ (29)←


All Right Reserved!