އަވަސްވެފައިވާ ހިތަކާއިއެކު، މާއިޝް ދިޔައީ އޭނާގެ ހިތުގެ މަލިކާ ފެނޭތޯ ހޯދަމުންނެވެ. އެތައް ދުވަހަކަށްފަހު، އޭނާ ކުރަމުން ދިޔަ އިންތިޒާރުގެ ނިމުން އައީތީއެވެ. ކަޅުކުލައިގެ އަތްދިގު ގަމީހަކާއި، ނޫކުލައިގެ ޖިންސުން މާއިޝްގެ ފިރިހެންވަންތަކަށް އިތުރުވެފައިވާ ފަދައެވެ. ގަމީހުގެ އަތުކުރި އޮޅާލެވިފައިވީއިރު، ކުރިޔަށްވުރެ ބޯކޮށް ފަޅާފައި ހުރި ތުނބުޅިން އިހަށްވުރެ، ހަރުދަނާކަމަށް ދައްކައެވެ. ކުއްލިއަކަށް މާއިޝްގެ ފިޔަވަޅުތައް މަޑުޖެހުނީ ދުރުން ފެނުނު އަންހެން ކުއްޖާގެ ސޫރައިންނެވެ. ކުރިއަށްވުރެ ހިކިވެފައި، ނިކަމެތިކަމަށް ދެއްކިޔަސް، އެ ސޫރައަކީ މާއިޝްއަށް ދުވަހަކުވެސް އޮޅުވާލެވޭނޭ ސޫރައެއް ނޫނެވެ. އެ ސޫރަ ފެނުމާއިއެކު، ލިބުނު ސިހުމަކުން އިރުކޮޅަކަށް ހުއްޓުން އަރާފައި ހުރެވުނު ނަމަވެސް، ވަގުތުން ދުއްވައިގަތީ އެ ކުޑަކުޑަ ހަށިގަނޑު އޭނާގެ އަތުތެރޭގައި ފޮރުވާލުމުގެ ނިޔަތުގައެވެ. ގައިގައި ހުރި ބާރެއް ލާފައި، ދުވެފައި ގޮސް، މާއިޝް އެ ކުއްޖާގެ ގައިގައި ބައްދައިގަތީ ލޮލުން ކަރުނަ އަންނަ ޙާލުގައެވެ. “އައި މިސްޑް ޔޫ ސޯ މަޗް.. ރައީ..” ވައި އަޑަކުން މާއިޝް ބުނެލި އިރު އެ ލޮލަށް ބޮނޑިވެފައި ހުރި ކަރުނަތައް މިނިވަންކޮށްލީ ކަރުނައިގެ ތެރެއިން ހީލަމުންނެވެ.

*******

** 25 ވަނަ ޕާރޓް**

*******

ފަސްވަރަކަށް މިނެޓު ވަންދެން އެކަކު އަނެކަކުގެ އަތުތެރޭގައި ތިބި މާއިޝް އަދި ރައިޝާ އެކަކު އަނެކަކުގެ ގައިން ދޫކޮށްލައި، އެކަކު އަނެކަކާއި ދިމާއަށް ބަލައިލިއެވެ. ތިން އަހަރު ވަންދެން ނުފެނި ހުރެފައި، މި ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފުމަށް މިވަގުތު އެ ދެހިތްވެސް އެދި ގޮވަމުން ދިޔައެވެ. “އައި މިސްޑް ޔޫ ސޯ މަޗް..” ރައިޝާގެ ދެލޯ ފެންކަޅިވިއެވެ. “އައި މިސްޑް ޔޫ މަޗް މަޗް މަޗްޗްޗް މޯރްރްރްރީ..” އަކުރުތަކަށް ދަމާލާފައި މާއިޝް ބުނެލި ގޮތުން ރައިޝާ ގާތަށް ހިނިއައެވެ. “މާއިޝް ހާދަ ބަދަލުވެއްޖޭ.. ޔޫ އާރ މޯރ ހޭންޑްސަމް ނައު..” ހުވަފެނީ ގޮތަކަށް ރައިޝާއަށް ބުނެވުނެވެ. “ދެން ތިބުނީ ކުރިން އަހަރެން ހޭންޑްސަމެއް ނޫނޭތަ..؟” ދެލޯ ކުޑަކޮށްލަމުން މާއިޝް ބުނެލި ގޮތުން ރައިޝާގެ ދެލޯ ބޮޑުވިއެވެ. “ނޯ ނޯ ނޯ.. އޮބްވިއަސްލީ ނޮޓް.. ކުރިންވެސް މިހާރުވެސް ވަރަށް ރީއްޗޭ.. ޖަސްޓް، ޔޫ ހޭވް ޗޭންޖްޑް އަ ބިޓް.. ބަޓް، ދެޓް މޭކްސް ޔޫ އީވެން މޯރ ހޭންޑްސަމް..” މާއިޝްގެ އިސްތަށިގަނޑު ހާވާލަމުން ރައިޝާ ބުނެލިއެވެ. “ހެހެ.. އައި ނޯވ.. އެންޑް ރައިވެސް ހަމަ ވަރަށް ވަރަށް ވަރަށް ބިއުޓިފުލް މާޝާﷲ.. ޔޫ ހޭވް ބިކަމް ޕަރފެކްޓް..” ރައިޝާގެ އުނަގަނޑުގައި އަތް ވަށާލަމުން މާއިޝް ބުނެލީ ލޯބިން ފުރިގެންވީ ފަދަ ގޮތަކަށެވެ.

“ރައީ.. ހާޑަ ހިކިއްޖޭ މިހާރު.. ރަނގަޅަށް ނުކަނީތަ..؟” ރައިޝާގެ ދެކޮނޑުގައި ހިފަހައްޓާލައި، ރައިޝާގެ މުޅި ހަށިގަނޑު ސްކޭންކޮށްލަމުން ކަހަލަ ގޮތަކަށް މާއިޝް އަހާލިއެވެ. “ނޯ.. ކަމޭ.. އެކަމް މާ ބިޒީކޮށް އުޅެންވާތީވެ އެހާ ރަނގަޅަށް ނުކެވެނީ..” ކުޑަކޮށް ހީލަމުން ރައިޝާ ޖަވާބުދިނެވެ. “ކިތަންމެ ބިޒީކޮށް އުޅުނަސް ރަނގަޅަށް ކައްޗެ.. ޔޫ ޑޯންޓް ނޯވ ހައު ވޮރިޑް އައި ވޯޒް އެބައުޓް ޔޫ..” މާއިޝް ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހުނެވެ. “އަޅޭ.. މައި ކިޔުޓީ.. ޔެސް ދެން ކާނަމޭ ރަނގަޅަށް.. އޯކޭނު..؟” މާއިޝްގެ ދެކޮލުގައި ހިފާލަމުން ރައިޝާ ޖަވާބުދިނެވެ. އެވަގުތު މާއިޝްގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވީ އިޚްތިޔާރަކާ ނުލައެވެ. “ދެން ހިނގާ އަވަހަށް ގެއަށް ދާން.. ހާދަ ވަރުބައްޔޭ..” ތުންކޮޅު އޫކޮށްލަމުން ރައިޝާ ބުނެލީ ކުޑަކުއްޖެއް ފަދައިންނެވެ. “ޔާހ އަވަހަށް ހިނގާ ދާން ދޯ.. ދޮންބެމެން ވަރަށް ސަޕްރައިޒްވާނެ ދޯ ރައި އައީމަ.. އެމީހުން ތިބީ ވެޑިންއަށް ރައިއަށް ނާދެވޭނޭ ބުނީމަ ވަރަށް ދެރަވެފަ.. ދޭ އާރ ގޮއިން ޓު ބީ ސޯ ހެޕީ..” އެއް އަތުން ރައިޝާގެ ސޫޓްކޭސްގައި ހިފަމުން، އަނެއް އަތް ރައިޝާގެ އަތުތެރެއަށްލާ، ބޮނޑިކޮށްލަމުން މާއިޝް ހިނގައިގަތީ އަވަހަށް ގެއަށް ދިޔުމުގެ ބޭނުމުގައެވެ. “އަސްލުވެސް.. ދޮންބެމެން ހާދަ ސަޕްރައިޒްވާނޭ.. އައި ކާންޓް ވެއިޓް ޓު ސީ ދެމް..” ކުޑަކުއްޖަކު މެޓައެއް ލިބުމުން އުފަލުން ފުންމައިގަންނަހެން ރައިޝާވެސް ފުންމައިގަތީ އެތައް ދުވަހެއް ފަހުން އޭނާގެ ޢާއިލާއާއި ބައްދަލުވެވޭތީއެވެ. އެކަކުވެސް ހަމަލޮލަށް ނުފެނި، މިވީ ތިން އަހަރުގެ ތެރޭގައި އެތައް ކަމެއް ބަދަލުވެފައިވާނޭކަން ރައިޝާއަށް އެނގުނެވެ.

*******

ގޭޓުން އެތެރެއަށް ވަދެގެން ދިޔަ ރައިޝާއަށް ދިޔައީ ވަށައިގެންވާ މާޙައުލަށް ނަޒަރު ހިންގަމުންނެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގެއަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ހުންނާނެކަމަށް ހީކުރެވުނު ނަމަވެސް، މާ ބޮޑު ބަދަލެއް އައިސްފަކާ ނެތެވެ. ނުހާ ނިކަން ލޯބިން އެ ބޮޑު ގޯތިތެރޭގައި ހައްދާފައިވާ ފެހިކަން ގަދަ ބަގީޗާ ފެނުމުން ރައިޝާއަށް މަންމައާއި އެކު ގަސް ހައްދަން އުޅުނު ހަނދާން އާވިއެވެ. ކުޑައިރު ރިއާޝްއާއި، ޔާޝްއާއި ތިން މީހުން ފިލާ، ކުޅެ، ސަކަރާތް ޖަހަން އެ ބަގީޗާ ތެރޭގައި ދުވި ހަނދާން އާވިއެވެ. އެ ފޮނި ހަނދާންތަކާއިއެކު، ރައިޝާގެ ދެލޮލުން ކަރުނަ އަންނަން ފެށީ އެތައް ދުވަހެއް ފަހުން އަނެއްކާވެސް އެ ހިތްގައިމު މަންޒަރުތައް ފެންނަން ފެށުމުންނެވެ. އެ ކުޑަކުޑަ ހިތަށް ހަމަޖެހުން ލިބިގެން ދިޔައީ އިރުކޮޅެއްގެ ތެރޭގައެވެ.

ގޭގެ ދޮރު ކުރިމަތީގައި ހުއްޓިލާފައި ރައިޝާ ފުންނޭވާއެއް ދޫކޮށްލިއެވެ. ދަބަހުން ތަޅުދަނޑި ނަގާފައި ތަޅަށް ލައްވަން އުޅުނު ގަޑީގައި ތަޅު ބަދަލުކޮށްފައި ހުރިކަން ފާހަގަވުމުން ބެލް އަޅާލިއެވެ. އެތެރެއިން މީހެއްގެ ފިޔަވަޅުތަކުގެ އަޑު އިވުމުން މާއިޝް އައިސް ރައިޝާގެ އަތުގައި ހިފާ، ބާރުކޮށްލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެޔޭ ބުނާ ފަދައަކުންނެވެ. ހަތަރު ކަޅި ހަމަވީ ވަގުތު މާއިޝް ދެލޯ މަރާލާފައި ލަސްލަހުން ހުޅުވާލަމުން ބޯ ޖަހާލި ގޮތުން ގޮތުން ރައިޝާއަށް ހަމަޖެހިލެވުނެވެ. ބޯ ޖަހާލަމުން ދޮރާ ދިމާއަށް ބަލައިލަމުން ފުން ނޭވާއެއް ދޫކޮށްލާ، ތައްޔާރުވެލިއެވެ.

“ކާކު- ވަޓް ދަ…؟؟! ރައީ!!!” ދޮރު ހުޅުވާލި ނައިރާ ބުނަން އުޅުނު ވާހަކަ ފުރިހަމަ ނުކުރެވުނީ ކުރިމަތީގައި ހުރި އޭނާގެ ފުރާނ ފަދައިން ލޯބިވާ އެކުވެރިޔާ ފެނުމުންނެވެ. ވަގުތުން ރައިޝާގެ ގައިގައި ބައްދާލި އިރު، އެ ދެލޮލުން ހޯސްލާފައި ކަރުނަ އަންނަން ފެށިއެވެ. ރައިޝާވެސް އެއަށްވުރެ ބާރަށް ނައިރާގެ ދެކޮނޑުގައި އަތް ވަށާލީ ލޮލުން އުފާވެރި ކަމުގެ ކަރުނަ އަންނަ ޙާލުގައެވެ. “އޯ މައި ގޯޑް.. އައި މިސްޑް ޔޫ ސޯ މަޗް ރައީ..! އެކަމް… ރައި ބުނީމެއްނު ވެޑިންއަކަށް ނާދެވޭނޭ.. ދެން ކީއްވެ..؟” ހިނދުކޮޅެއްގެ އުފާވެރިކަމަކަށްފަހު، ރައިޝާއާއި ދުރުވެލަމުން ނައިރާ އަހާލިއެވެ. “ހެހެ.. އިޓް ވޯންޓް ބީ އަ ސަރޕްރައިޒް އިފް އައި ޓޯލްޑް ޔޫ ބިފޯރ.. ރައިޓް…؟ ހެހެ.. ސޯ… ސަރޕްރައިޒްޒްޒް މައި ބެސްޓީ..!” ބާރުބާރަށް އެހެން ބުނުމަށްފަހު ރައިޝާ އޭނާގެ ދެއަތް ވައިގެ ތެރޭގައި ހޫރާލިއެވެ. އިއްތިފާޤުން އެވަގުތުވީ ރިއާޝްއަށާއި، ޔާޝްއަށްވެސް އައިސް ސިޓިންރޫމަށް ނުކުމެވުނު ވަގުތަށެވެ.

“ނައީ.. މަންމަ ބުނީ އެތާނގަ ހުރި ފޮށިތައް- ވަޓް..! ރާރާ!!” ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުވަނީސް ރިއާޝް ހަޅޭލަވައިގަތް އަޑުން އެތާ ތިބި އެންމެންނަށް ކަންފަތުގައި އަތް އަޅާލެވުނެވެ. މިސޮރުގެވެސް އޮންނަނީ ވަރުގަދަ އަޑެއްތާއެވެ! “ރައީ..” ރިއާޝްއާއި ޔާޝް އެއްފަހަރާ އައިސް ރައިޝާގެ ގައިގައި ބައްދައިގަތްލެއް ބާރުކަމުން ރައިޝާގެ ނޭވާ އުފުރިއަރާ ގޮތްވިއެވެ. “ދޮ- ދޮން- ބޭ.. ކުޑަ- ބޭ..” ރިއާޝްއާއި ޔާޝް ބައްދައިގަތްލެއް ބާރުކަމުން ރައިޝާއަށް ބުނަން އުޅުނު ޖުމްލަވެސް ފުރިހަމަ ނުކުރެވުނެވެ. ރައިޝާގެ އަޑު އިވުމުން އަވަސްއަވަހަށް ރިއާޝްއާއި ޔާޝް އޭނާގެ ގައިން ދޫކޮށްލިއެވެ. “ރައީ.. ހައު ކަމް އާރޔޫ އިންފްރޮންޓް އޮފް އަސް ރައިޓް ނައު..؟” ޤަބޫލު ނުކުރެވިފައި ޔާޝ ްއެހެން އަހާލި ގޮތުން ރައިޝާގެ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. “ސާޕްރާއީޒްޒްޒް!” ރައިޝާ ހަޅޭލަވައިގަތްލެއް ބާރުކަމުން އެވަގުތު ބަދިގެ ފަރާތުގައި ތިބި ނުހާއަށާއި ރިޔާޒްއަށާއި، ރީޝާއަށްވެސް އެތަނަށް އާދެވުނެވެ.

“މަންމާ.. ބައްޕާ…” މީގެ އިރުކޮޅެއް ކުރިން އުފާވެރިކަން ފެންނަން ހުރި ދެލޮލުން ކަރުނަ އަންނަން ފެށީ ތިން އަހަރު ފަހުން އުފަން މަންމައާއި ބައްޕަ ހަމަލޮލަށް ފެނުމުންނެވެ. ދުވެފައި ގޮސް، ނުހާއާއި ރިޔާޒްގެ ގައިގައި އެއްފަހަރާ ބައްދާލުމަށްފަހު، ކުޑަކުއްޖެއްހެން ރައިޝާ ރޯންފެށީ އެ މަންމަގެ ލޯބިވެތި ފިރުމުންތަކަށާއި، ބައްޕަގެ ޙިމާޔަތަށް އެދެވިފައި ހުރި ވަރުންނެވެ. ނުހާއާއި ރިޔާޒްވެސް ހިނިތުންވެފައި ރައިޝާގެ ބުރަކަށީގައި ފިރުމަން ފެށުމުން ރީޝާވެސް އައިސް ރައިޝާގެ އަތުގެ މުލައްދަނޑީގައި މަޑުމަޑުން ހިފާލިއެވެ. ނުހާގެ ގައިން ދޫކޮށްލުމަށްފަހު، ރައިޝާ މަޑުމަޑުން ރީޝާގެ ގައިގައި ބައްދާލީ ހަތްމަހަށް އަޅާފައިވާ ރީޝާގެ ބޮޑު ބަނޑަށް ބަލަމުން، ވަރަށް ފަރުވާތެރިކަމާއެކީއެވެ. އެއަށްފަހު ގުދުވެލާފައި ރީޝާގެ ބަނޑުގައި މޫނު ޖައްސާލި އިރު، އެ މޫނުގައި ވަނީ ހިިތުންވުމެކެވެ.

“ހެލޯ ދޮންތިގެ ލޯބި ލޯބި ކޮއްކީ.. ހައު އާރ ޔޫ..؟ އަދި އަލަށް ދޯ މި މީޓްވީ.. އަވަހަށް ދެން ދޫނި ނިކުމެބަ.. ދޮންތިއަށް ޕްރޮމޯޝަން ލިބޭނީ ކޮއްކި ނުކުތީމައޭ.. ކޮއްކިގެ ބައްޕިއާ، ދޮންބެއާ އަބަދު ދޮންތިއާ ދިމާކުރަނީ ދޮންތި ކުޑަވީމަ..” ތުންކޮޅު އޫކޮށްލަމުން ރައިޝާ ބުނެލި ގޮތުން އެތާ ތިބި އެންމެންނަށްވެސް ހެވެވުނެވެ. އެވަގުތު ރީޝާގެ ބަނޑުގައި އެ ދަރިފުޅު ފައިން ޖަހާލި އިޙުސާސް ރައިޝާއަށް ކުރެވުމުން ހައިރާންވެފައި، ރީޝާއާއި ދިމާއަށް ބަލައިލެވުނެވެ. “ކޮއްކިއަށްވެސް އެނގުނީއޭ ދޮންތި އައީކަން..” ރައިޝާގެ ބޮލުގައި ފިރުމާލަމުން ރީޝާ ހިނިތުންވެލިއެވެ. އެއާއެކު ރައިޝާ އުފަލުން ފުންމައިގަތެވެ. “ޔޭ ޔޭ.. ދި ބޭބީ އޯލްރެޑީ ނޯވްސް ހޫ އައި އޭމް.. އައި އޭމް ހަރ ފޭވަރިޓް..” ކުޑަކުއްޖެއްހެން ފުންމަމުން ރައިޝާ ބުނެލިއެވެ. “ހަހާ.. ނޯވޭ.. އައި އޭމް ހަރ ފޭވަރިޓް.. ޔޫ ޑޯންޓް ހޭވް އަ ޗާންސް ރާރާ..” ރިއާޝް ދޫ ނެރެލިއެވެ. “ހަހް.. ސީ ކޮއްކީ.. ދޮންބެ އިޒް ޖެލަސް..” ރައިޝާވެސް މޫނަށް ވައްތަރެއް ޖައްސާލިއެވެ. “ނޮޕް.. އެންޑް ބައިދަވޭ، ތިހާ ބޭބީކޮށް ރާރާ އުޅެންޏާ ކިހިނެއް ޕްރޮމޯޝަން ލިބޭނީ…؟ ޔަގީނޭ މި ބޭބީވެސް ރާރާއަށް ވުރެ މާ މޭޗަރ ވާނެކަން.. އައިމް ޝުއަރ..” ރިއާޝް އެހެން ބުނުމުން ރައިޝާ ރިއާޝްގެ ފަހަތުން ދުއްވައިގަތެވެ. އެ ދެމީހުންގެ ސަކަރާތަށް ބަލަން ތިބި ނުހާއާއި، ރިޔާޒްއާއި، ރީޝާއާއި، ޔާޝްއާއި، ނައިރާގެ އިތުރުން މާއިޝްގެ މޫނުމަތީގައިވެސް ވަނީ އުފާވެރިކަމުގެ ކުލަވަރުތަކެވެ.

“އެދެމީހުން ސަކަރާތް ޖަހަން ބައިތިއްބާފަ ހިނގާ އިހަށް ވެޑިން ހޯލް ރަނގަޅުތޯ ބަލަން ދާން..” ރިޔާޒް ބުނެލި އަޑަށް އެންމެންނަށްވެސް ބަލައިލެވުނެވެ. “މަންމަ މަޑުކުރޭ ރީއްތަ ކައިރި.. އިރުކޮޅަކުން އަންނާނެ މާހީން ދައްތައާ، ނިޝައްތައާ، މާނާ ދައްތަވެސް.. މާއިޝް އާދޭ އަހަރުމެންނާ އެކީ…” ރިއާޝް އެހެން ބުނުމުން އެންމެންވެސް ބޯ ޖަހާލިއެވެ. ދެ ދުވަސް ފަހުން ކައިވެނި ކުރެވޭ އިރު، ވާން ޖެހޭ ތައްޔާރީތައް ވަރަށްވެސް ގިނައެވެ. މާހީންމެންގެ އެހީތެރިކަމާއި، އެއްބާރުލުންވެސް ލިބެމުން ދާތީ ނުހާއާއި ރިޔާޒް ތިބީ ނުހަނު ހިތްހަމަޖެހިފައެވެ. އެފަދަ، ހިތްހެޔޮ، ރަނގަޅު އާއިލާއަކާއި ހުރި ހަމައެކަނި އަންހެން އަންހެން ދަރިފުޅު ގުޅުވަން ކިތަންމެހާވެސް ބޭނުންވެއެވެ.

*******

“އޯހ ނައީ.. ޑޯންޓް ބީ ސޯ ނަރވަސް..” ނޫކުލައިގެ ބޮޑު ކައިވެނީގެ ހެދުމުގައި އިން ނައިރާ ދިޔައީ ދެއަތް ދެއަތާ އުނގުޅަމުންނެވެ. ނައިރާގެ ދެފަރާތުގައި ތިބެ ރީޝާއާއި، ރައިޝާ ދިޔައީ ނައިރާ ހަމައަކަށް އެޅުވުމުގެ މަސައްކަތް ކުރަމުންނެވެ. “އަޅެ ރީއްތަވެސް މިހާ ނަރވަސް ވިތަ މެރީ ކުރި ދުވަހު..؟” މޫނުގައި ވިދާ ބަބުޅަމުން ދިޔަ ދާތިކިތައް ފުހެލަމުން ނައިރާ އެއްސެވެ. “ޔެސް.. އެންމެންވެސް ނަރވަސް ވާނެޔޭ.. ކައިވެންޏަކީ އަންހެން ކުއްޖެއްގެ މުޅި ދިރިއުޅުން ބަދަލުކޮށްލާ އެއްޗެއް.. ބަޓް، ދެޓް އިޒް އޯލްސޯ ވަން އޮފް ދޯސް މޯސްޓް އިންކްރެޑެބްލް ފީލިންގްސ ޔޫ ކުޑް އެވަރ އިމޭޖިން އޮފްް..” ނައިރާގެ އަތާ އަތް ޖޯޑުކޮށްލަމުން ރީޝާ ހީލިއެވެ. “ޔެސް.. އެންޑް ނައި ވިސްނާލަބަ.. ނައި ކިހާ ލަކީތަ.. ޔޫ އާރ މެރީންގ ދި ލަވް އޮފް ޔުއަރ ލައިފް.. ނައިއަށް ޔަގީނެއްނު ނައިއަށް ދޮންބެ ދެރަގޮތެއް ނުހަދާނެކަން.. އެނޑް ކައިވެނީގެ ފަހުންވެސް ނައިގެ މަންމަ އުޅޭނީ ނައިއާ އެކީނު.. ޔޫ އާރ ދި ލަކިއެސްޓް ގަރލް އެވަރ..” ކައިވެނީގެ ފަހުން ނިޝާވެސް އެ ގެއަށް ދިރިއުޅުން ބަދަލުކުރާ ވާހަކަ ރައިޝާ ހަނދާންކޮށްދިނީ، ނައިރާއަކީ ކިހާ ނަސީބުގަދަ އަންހެން ކުއްޖެއްކަން ހަނދާން ކޮށްދެމުންނެވެ. “ޔެސް ޔޫ އާރ ރައިޓް ރައީ.. މެރިޖްގެ ފަހުން ކޮންމެ އަންހެން ކުއްޖަކުވެސް އެ ކުއްޖެއްގެ ގެއާ އާއިލާ ދޫކޮށްފަ މުޅިން ބީރަށްޓެހި ތަނަކަށް ދާނެ.. އެކަމް އައިމް ގެޓިންގް ޓު ލިވް ވިތް ޕީޕަލް ހުމް އައި ކޮންސިޑަރޑް އޭޒް މައި ފެމިލީ ސިންސް ޗައިލްޑްހުޑް.. އެންޑް މޯސްޓް އިމްޕޯރޓެންޓްލީ.. އައިމް ގެޓިންގ ޓު ލިވް ވިތް މައި އޯވން މަދަރ.. ތެންކްސް ފޯރ ރިމައިންޑިންގ މީ މައި ލަކް ރައީ އެންޑް ރީއްތާ..” ދެފަރާތުން ރައިޝާއާއި، ރީޝާގެ ގައިގައި ބައްދާލަމުން ނައިރާ ކަރުނަތައް ހިންދާލާ، ހިނިތުންވެލީ މިފަދަ އުފާވެރި ދުވަހެއްގައި ދެރަވެ، ރޯން ބޭނުން ނުވާތީއެވެ. ރައިޝާއާއި ރީޝާވެސް ނައިރާގެ ގައިގައި ބައްދާލަމުން ހީލީ މިއީ ނައިރާގެ ޙަޔާތުގައި އަންނާނެ އެންމެ މުހިންމު އެއް ދުވަސްކަން ހަނދާން ކުރަމުންނެވެ.

*******

ކައިވެނި ކުރެވޭ މޭޒުދޮށުގައި އިށީނދެގެން އިން ރިއާޝް ދިޔައީ ދެފައި ތަޅުވަމުންނެވެ. “ބްރޯ.. އިޓްސް އޯކޭ.. ޗިލް..” ރިއާޝްގެ ކޮނޑުމަތީގައި އަތް ބާއްވާލަމުން މާއިޝް ބުނެލިއެވެ. “އަޅެ އާޝް.. އެކަމް ތީ ދެން ބޮޑު ފިރިހެނެއްވިއްޔަ.. މަށަށް ޔަގީން ނައިވެސް ތިހާ ބިރުން ނޫޅޭނެކަން..” ކައިވެނި ކުރެވޭ މޭޒުދޮށުގައި މިވަގުތު ވަރަށް ގިިނަ މީހުން ތިބުމުން ޔާޝް ވާހަކަ ދެއްކީ ހަމައެކަނި މާއިޝްއަށާއި، ރިއާޝްއަށް އަޑު އިވޭ ވަރަށެވެ. ނުހާއާއި، ރިޔާޒްއާއި، މާހީންއާއި، އަމާން އެކަކު އަނެކަކާ ވާހަކަ ދައްކަން ތަންކޮޅެއް ދުރުގައި ތިބި އިރު އެމީހުންގެ މޫނުމަތީގައިވެސް ވަނީ ހިނިތުންވުމެކެވެ. ތަފާތު އެކި ވައްތަރުތަކުގެ ބުއިންތައް އަތުރާފައިވާ މޭޒު ކައިރީގައި މާނާ، އޭނާގެ އަށް މަހަށް އަޅާފައިވާ ބޮޑު ބަނޑާއި އެކު އޭނާގެ ފިރިމީހާ އިޒްޔަން ކައިރީގައި ހުއްޓެވެ. އެމީހުންގެ ގާތުގައި އަށް އަހަރުގެ މާނިޝްވެސް ހުއްޓެވެ. ރައިޝާއާއި ރީޝާ މިވަގުތު އެތަނުން ފެންނަން ނެތީ، އެމީހުން ނައިރާގެ ގާތުގައި ތިބުމުންނެވެ. “އައިމް ޓްރައިންގ ޑޫޑް..” ފުން ނޭވާއެއް ދޫކޮށްލަމުން ރިއާޝް ހަމަޖެހިލެވޭތޯ ބެއްޔެވެ. ހުދު ކުލައިގެ ގަމީހުގެ މަތިން ލާފައިވާ ކަނޑު ނޫކުލައިގެ ކޯޓުފަޓުލޫގައި ރިއާޝް ފެންނަލެއް ވަކިން ހިތްގައިމެވެ. އަބަދު ހާވާލާފައި އޮންނަ އިސްތަށިގަނޑު ޖެލް ލައި، އޮމާންކޮށްފައި ވުމުން ވަރަށް ފިރިހެންވަންތައެވެ. “ބްރޯ.. އެއޮށް އަންނަނީ ކަލޭގެ ލޯބިވާ.. އަނެއްކާ ފެނިފަ ރީތިކަމުން ފެއިންޓް ނުވައްޗޭ..” ހިނިގަނޑެއް ޖަހާލަމުން މާއިޝް އެހެން ބުނެލުމުން ރިއާޝް ފަހަތަށް އެނބުރި ބަލައިލީ އެ ހިތުގެ ރާނީ ހޯދުމަށް އެ ހިތް ގޮވަމުން ދިޔަ ވަރުންނެވެ.

ރައިޝާއާއި ރީޝާގެ މެދުގައި ހުރެގެން ސިޑިން ފައިބައިގެން އައި ނައިރާ ހުރީ އިސްދަށަށް ޖަހައިގެންނެވެ. އެ ހުދުކުލައިގެ ބޮޑު ވެޑިން ޑްރެސްގައި ނައިރާ ފެންނަލެއް ވަކިން ފުރިހަމައެވެ. އަޅާފައިވާ ހުދު ކުލައިގެ ޝޯލް ރީތި ގޮތަކަށް އޮޅާލެވިފައިވީ އިރު، ބޮލުގެ މެދުގައި އިން ތާޖު އިނުމުން އަދި ވަކިން ޝާހީކަމަށް ދައްކައެވެ. އެހެން ދުވަސްތަކާއި ޚިލާފަށް މިއަދު މޫނުގައި ކޮށްފައި ހުރި މާ ލުއިނޫން މޭކަޕުން ނައިރާ ހީވަނީ ހަމަ ސާދަވިލޭރޭގެ ހަނދު ހެންނެވެ. އެހާވެސް ފުރިހަމައެވެ. މަޑުމަޑުން “މާޝާ ﷲ” އޭ ބުނެވުނީ އެ ހިތުގެ މަލިކާ މިއަދު ފުރިހަމަވެފައި ރީތިކަމުންނެވެ.

ރިއާޝްގެ ކައިރީގައި އިން މާއިޝްއަށްވެސް އިނީ ކަޅި ޖަހާލަން ނޭނގި އެދިމާއަށް ބަލާށެވެ. އެހެންނަމަވެސް، އެއީ ނައިރާ ފެނިގެންނެއް ނޫނެވެ. ނައިރާގެ ކައިރީގައި ކަނޑުނޫކުލައިގެ އަބާޔާއަކާއި، ހަމަ އެކުލައިގެ ޝޯލްއެއްއަޅައިގެން ހުރެ ހިނގަމުން އައި އޭނާގެ ހިތުގެ ރާނީ ރައިޝާ ފެނިފައެވެ. އެހެންޏާ ނުލާ ކަހަލަ އަބާޔާ ހެދުން ލުމުން ރައިޝާ މާ ރީއްޗޭ މާއިޝްގެ ހިތަށް އެރިއެވެ. ހިތާހިތުން “މާޝާ ﷲ” އޭ ބުނެވުނީ އެހެންވެއެވެ.

ރައިޝާގެ އެހީގައި، މަޑު ހިގުމެއްގައި އައިސް ރިއާޝްއާއި، ޖެހިގެން ހުރި ގޮނޑީގައި އިށީނދެލި ނައިރާގެ މޫނުން ރިއާޝްގެ ނަޒަރު އެއްފަހަރުވެސް ކަސިޔާރު ނުވެއެވެ. ނައިރާ ދެއަތްދެއަތާ މޮޑެން އިނުމުން ރިއާޝްއަށް ނައިރާ ބިރުގަނެފައިވީ މިންވަރު އިޙުސާސްވީ ފަދައެވެ. ނައިރާގެ މަޑު އަތްތިލަ އޭނާގެ އަތުތެރޭގައި ހައްޔަރުކޮށްލަމުން ދެލޯ މަރާލާފައި ހުޅުވާލައި، ބޯ ޖަހާލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނާ ފަދައަކުންނެވެ. ރިއާޝްގެ އެ ފުން ނަޒަރުން އެކަނިވެސް ނައިރާއަށް ރިއާޝް ބުނަން އުޅުނު އެއްޗެއް ފަހުމްވީ ފަދައެވެ. ބޯ ޖަހާލަމުން ހިނިތުންވެލީ ޣާޒީ ޚުތުބާ ކިޔަން ފެށުމުންނެވެ.

ކައިވެނީގެ ޚުތުބާ ކިޔަމުން ދިޔަ އިރު، ރިއާޝްއާއި ނައިރާ ދިޔައީ ކަނުލާ އަޑުއަހަމުންނެވެ. ނިޝާގެ ލޮލުން ކަރުނަ އަންނަން ފެށީ ބައްޕައަކާ ނުލާ އޭނަ އެކަނިމާއެކަނި ބަލާ ބޮޑުކުރި ދަރިފުޅު އަމިއްލަ ދިރިއުޅުމެއް ފަށާތަން ފެނުމުންނެވެ. ނިޝާ ރޮނީކަން އެނގުމުން އޭނާގެ ދެފަރާތުގައި ތިބި މާހީންއާއި، ނުހާ ނިޝާއާ ވާހަކަ ދެއްކިއެވެ.

“އަނބި ޤަބޫލުކޮށްފިންތަ..؟” ޣާޒީ އެ ސުވާލު ކޮށްލުމުން ރިއާޝް ނައިރާގެ މޫނަށް ބަލައިލިއެވެ. އެވަގުތު ނައިރާގެ ނަޒަރުވެސް ހުއްޓިފައިވަނީ ރިއާޝްއަށެވެ. “އަނބި ޤަބޫލުކޮށްފިން..” ޖޯޑުކޮށްލެވިފައިވީ ނައިރާގެ އަތަށް ފިތާލަމުން ރިއާޝް ބުނެލި އިރު، އެ މޫނުމަތީގައިވަނީ ހިނިތުންވުމެކެވެ. ރިއާޝްގެ އަނގައިން އެ ދެ ބަސް ނުކުތުމާއިއެކު ނައިރާއަށް ދެލޯ މަރާލެވުނީ އިޙުސާސް ކުރެވުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. އެންމެ ފަހުން އޭނާ ދެކުނު ހުވަފެން ޙަޤީގަތަކަށް ވީއެވެ. ރިއާޝްއާއި އެކު ޒަވާޖީ ޙަޔާތެއް ފެށުމަށް ކޮށި މަގު ފަހިވެގެން ދިޔައީއެވެ. ރިއާޝްގެ ހިތަށްވެސް ވަނީ ވަރަށް ބޮޑު ހަމަޖެހުމެއް ލިބިފައެވެ. އެތައް ދުވަހެއްގެ އިންތިޒާރަކަށްފަހު، ނައިރާ އޭނާގެ ޙައްޤަކަށް ހެދިއްޖެއެވެ. ވީ އުފަލެއްގެ ބޮޑުކަމުން ނައިރާގެ ދެއަތަށް ބޮސް ދެވުނު އިރު، އެތަނުގައި އިތުރު ބަޔަކު ތިބިކަން ހަނދާންވެސް ނެތް ފަދައެވެ. ރިއާޝްގެ މި ޢަމަލުން އެންމެންގެ އަތްތިލަބަޑީގެ އަޑުއިވުމުން ނައިރާގެ ކޯތާފަތް ވަގުތުން ރަތްވިއެވެ. ރިއާޝްއަށްވެސް ބޯކަހާލެވުނީ ލަދުގަތްކަން ފޮރުވުމަށެވެ.

ކައިވެނިކޮށް ނިމުމާއިއެކު، މެހެމާނުންނާ ސަލާމްކުރަން ރިއާޝްއާއި ނައިރާ ގޮސް އެމީހުންނަށް ޚާއްސަކުރެވިފައިވީ ތަނުގައި ހުއްޓިލިއެވެ. ނުލާއި، ހުދުލުކައިން މުޅި އެތަން ފަރުމާކުރެވިފައި ވީއިރު، ހުރިހާ އެންމެންވެސް ތިބީ ނުލާއި، ހުދު ހެދުމުގައެވެ. ގިނަ އިރު ކޮޅަށް ހުންނަން ޖެހުމުގެ ސަބަބުން ކިތަންމެ ވަރުބަލިވީ ނމަވެސް، ރިއާޝްއާއި، ނައިރާ ޕާރޓީއަށް އަންނަމުން ދިޔަ ކޮންމެ މެހެމާނަކާވެސް ބައްދަލު ކުރަމުން ދިޔައީ ހިނިތުންވެފައިވާ މޫނަކައިގެންނެވެ. ގާތްތިމާގެ މީހުންނާއި، އެކުވެރިންނާއި، ރިޔާޒްގެ ވިޔަފާރި އެކުވެރިންވެސް އެ އުފަލުގައި ބައިވެރިވުމަށް އެރޭ އައެވެ. އެރޭ ނުވައެއް ޖެހި އިރު ފެށި ޕާރޓީ ނިމި، މުޅި ހޯލްތެރެ ހުސްވިއިރު، ހުރީ އެރޭ ބާރަ ޖަހަން ކައިރި ވެފައެވެ. ހުރިހާ މެހެމާނުން ހުސްވުމުން، ޢާއިލީ ފޮޓޯ ނަގައި، ކެއުމަށް އިންސާފު ކުރިއެވެ.

“ކޮންގްރޭޓްސް އާޝް..” އައި ގޮތޔަށް އައިސް ރިއާޝްގެ ގައިގައި ބައްދައިގަންނަމުން މާއިޝް ބުނެލިއެވެ. މާއިޝްގެ ފަހަތުން ރައިޝާއާއި، ޔާޝްވެސް އައިސް މަރިޙަބާ ކިޔެވެ. “ތެންކްސް..” ރިއާޝްއަށާއި ނައިރާއަށް އެއްފަހަރާ ކަހަލަ ގޮތަކަށް ބުނެވުނެވެ. “ހޫމް ހޫމް.. މިރޭ ބިންހެލުމެއް ނައިސިއްޔާ ވާ ރަނގަޅު..” ވަރަށް ނޫންކަމަށް ހެދިލާފައި ރައިޝާ ބުނެލުމުން ނައިރާ ރައިޝާގެ އަތުގައި ވިކައިގަތެވެ. “ރައި އެބުނީވެސް ދޮގު ވާހަކައެއް ނޫނޭ..” މާނާވެސް ރައިޝާއާ އެއްބައިވެލިއެވެ. “އަސްލުވެސް.. މެޓް އޮފީހުން ނޯޓިސްވެސް ނެރެފި..” އޭނާގެ ކައިރީގައި ހުރި އިޒްޔަންވެސް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. “ދޯ ދޮންތަބޭ..” އިޒްޔަންއަށް ދޯ އެއްލަމުން މާއިޝް ބުނެލީ ނައިރާ ރުޅިއަރުވާލުމުގެ ނިޔަތުގައެވެ. “ދެން ހެވޭ.. އެވަރަށް ނައިމެންނާ ދިމާނުކޮށްބަ.. ނައީ.. ކާރު އައިސްފި ނައިމެން ބަލާ.. އަވަހަށް ދޭ..” އެތަނަށް އައިސް ހުއްޓުނު ރީޝާ ބުނެލުމުން ނައިރާއާއި، ރިއާޝް އަވަސްވެގަތީ އެތަނުން ދާށެވެ. އެތާ ތިބެއްޖެ ނަމަ އެމީހުން ހައްތަހާ މަލާމާތް ކުރާނީކަން އެނގުމުންނެވެ. “ބްރޯ.. ތަންކޮޅެއް ބަލައިލައިގެން އުޅެއްޗޭ… އެނދު ބިންދައިގެން ގޮސްފިއްޔާ ޒިންމާ ނަގަން ޖެހޭނެ..” ތަންކޮޅެއް ބާރަށް ޔާޝް އެހެން ބުނެލުމުން ނައިރާއާއި ރިއާޝްގެ ފިޔަވަޅުތައް ހަލުވިކޮށްލިއެވެ. ގޮސް، ކާރަށް އަރާ، ހަމަޖެހިލީ، މިރެއަށް ޚާއްސަކޮށްފައިވާ ގެސްޓްހައުސްއަށް ދިޔުމުގެ ނިޔަތުގައެވެ.

*******

ދެއަތުން ހެދުން ހިފަހައްޓާލައިގެން ހުރެ، ބަރު ފިޔަވަޅުތަކެއް ނަގަމުން ނައިރާ ގޮސް ކޮޓަރިއަށް ވަދެ އެނދުުގައި އިށީނދެލާ، މުޅި ކޮޓަރިތެރެއަށް ނަޒަރ ހިންގާލިއެވެ. މުޅި ކޮޓަރިތެރެ ރަތް ފިނިފެންމަލުގެ ފިޔަތަކުންނާއި، އުއްބަތިތަކުން ޖަރީކުރެވިފައި ވީއިރު، އޭސީގެ ފިނިކަން ހުރި ވަރުން ނައިރާ ހީކަރުވައިގަތެވެ. އެވަގުތު ކޯޓު ބާލަމުން އައިސް ކޮޓަރިއަށް ވަތް ރިއާޝް ފެނުމުން ނައިރާގެ ހިތް ތެޅިގަތީ މިރޭ ވާނެ ގޮތެއް ނޭނގުމުންނެވެ. ދޮރު ތަޅުލުމަށްފަހު، މަޑުމަޑުން އައިސް ނައިރާގެ ކައިރީގައި ރިއާޝް ހުއްޓިލި އިރު، އެ ފުން ދެލޮލުގައިވަނީ ނައިރާ ދެކެ ވާ ނިމުމެއް ނެތް، ދާއިމީ ލޯތްބެވެ. ރިއާޝް ދެން ގެންނާނެ ޙަރަކާތެއް ނޭނގުމުން ނައިރާ އިނީ މުޅީން ގަނޑުވެފައެވެ.

“ނައީ.. އަހަރެން ބޭނުން މިރެއަށް ޚާއްސަ ނަމާދު ކޮށްލަން.. ކޭން ވީ..؟” ހީކުރިގޮތާ ޚީލާފަށް ރިއާޝް އެހެން ބުނުމުން ނައިރާއަށް ހިނިތުންވެވުނީ އިޚްތިޔާރަކާ ނުލައެވެ. އަވސްއަވަހަށް ބޯ ޖަހާލުމަށްފަހު، މިއަންނަނީއޭ ބުނެ، ނައިރާ ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓިލާ، ޝޯލް ބޭލިއެވެ. ނިދާ ހެދުން ހިފައިގެން، ފާޚާނާއަށް ވަދެ ފެންވަރާލާ، ވުޟޫ ކޮށްލައިގެން ނައިރާ ނުކުމެ، ރިއާޝްއަށް ފުރުސަތު ދިނެވެ. ރިއާޝްވެސް ފާޚާނާއަށް ވަދެ، ފެންވަރާ، ވުޟޫކޮށްގެން އައި އިރު، ނައިރާ އިނީ މުސައްލަމަތީގައި ދޮޅި އަޅާށެވެ. ނައިރާ ނަމާދަށް ތައްޔާރު ވެގެން އިނުމުން ރިއާޝްވެސް އަވަސްކޮށްލުމަށްފަހު އައިސް ނައިރާއާއި ބައިވެރިވިއެވެ.

ދެމަފިރން އެކުގައި ނަމާދުކޮށްލުމަށްފަހު، ރިއާޝް ނައިރާގެ ބޮލުގައި އޭނާގެ އަތް ބާވާލާފައި، ފިރިމީހާ އަނބމީހާގެ މައްޗަށް ކުރުން ސުންނަތް ވެގެންވާ ދުޢާ ކޮށްލީ، މި ގުޅުމުގައި ބަރަލާތް ލައްވާތޯ ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ. ނަމާދުކޮށް ނިމިގެން ނައިރާ ދޮޅިއާއި އިސްޓާކީނު މުސައްލަތެރެއަށް ލާފައި މުސައްލަ އޮޅާލިއެވެ. މުސައްލަ އަލަމާރި ތެރެއަށް ލާފައި އެނބުރުނު ވަގުތު އޭނާގެ މޫނު ގޮސް ޖެހުނީ ރިއާޝްގެ ތަނަވަސް މޭމަތީގައެވެ. އެ ކަސްރަތީ ހަށިގަނޑު ހާމައަށް ފެންނަން ހުރުމުން ނައިރާ ލާން އުޅުނު ނޭވާވެސް ތާށިވި ފަދައެވެ. މަޑުމަޑުން ފަހަތަށް ޖެހެމުން ދިޔައިރު، ނައިރާ އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކަށް ރިއާޝްވެސް ދިޔައީ ފިޔަވަޅެއް އަޅަމުންނެވެ. އެހެން ގޮސް ނައިރާ ފާރާއި ލާ ފިއްތާލަމުން ރިއާޝް ނައިރާ އެ އަތުތެރޭގައި ހައްޔަރު ކޮށްލިއެވެ. “އައި ލަވް ޔޫ ނައި.” ނައިރާގެ މޫނާއި މޫނު ކައިރިކޮށްލަމުން ރިއާޝް ވައިއަޑުން ބުނެލިއެވެ. “އައި ލަވް ޔޫ ޓޫ އާޝް..” ދެލޯ މަރާލަމުން ނައިރާވެސް ބުނެލީ ރިއާޝްގެ ކައިރީގައި ހުރެވުމުން އިޙުސާސްކުރެވޭ ޙިމާޔަތުގެ ސަބަބުންނެވެ. އެރޭ ވެގެން ދިޔައީ އެ ދެމީހުންގެ ޒަވާޖީ ޙަޔާތުގެ އައު ބިންގަލެއް އެޅިގެން ދިޔަ، ލޯބިން ފުރިގެންވީ، ޚާއްސަ ރެއަކަށެވެ.

ނުނިމޭ…

26

1 Comment

  1. Nayaa

    September 19, 2021 at 2:37 pm

    Salaam dear readers… Here is the 25th part.. hope you guys loved this part as well… Love each and every single one of you… Stay safe and Take care all… Next part hama mihaaru mi submit kohlanee… Keep waiting all <33333

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!