މުނީޒު ދިޔައީ ސިއްސައިގެނެވެ. ކޮފީ ތަށި ބަންޑުން ވީމަކާއެއް ނޫނެވެ. ހަނާ ހާސްވެ، ހަޅޭއްލަވައިގަތީމައެވެ. ހަނާ އަވަސް ވެގަތީ އެތަން ސާފުކުރާށެވެ.  މޭޒުމަތީގައި އޮތް ފޮތިގަނޑެއް ނަގައި ސާފުކުރަމުން ދިޔައެވެ. ޝަހީދާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މުނީޒުވެސް ހަމަ އެހާލުގައެވެ. “އައްޗާ.. ހާދަ ރަނގަޅު މަންޖެ އެކޭދޯ… މުނީޒު އަވަހަށް އޭނައާ މެރީ ކުރޭ… ރަނގަޅު އަތްބެއް….” ހުދާ ހަނާއާ ދިމާކުރަމުން ބުންޏެވެ. “އާނ… ދޯ.. ތިކަމާ އުޅެން އެބަ ވިސްނަން….” މުނީޒު މިހެން ބުނުމާއި އެކު ހަނާ ދިޔައީ ސިއްސައިގެންނެވެ. އަދި ކުރަމުން ދިޔަ މަސައްކަތަށް ހުއްޓުން އެރިއެވެ. މުނީޒު އެހެން ބުނީ ސަމާސާ އަކަށް ނޫނެވެ. ހަގީގަތުގަވެސް އެކަން ކުރަން މުނީޒުގެ ހިތުގަ އޮތީމައެވެ.

އޮފީސް ނިންމައި އެންމެން ގެއަށް ދާން ހިގައިގަތެވެ. ހަނާ ހުރީ ވަރަށް އުފާވެފައެވެ. މުނީޒު ދެއްކި ވާހަކައިންނެވެ. ހަނާއަށް ގެއަށް ނުދެވެނީސް ފޯނެއް އައެވެ. ހަަނާ ހީކުރީ އެއީ ޝަހީދާގެ ފޯނެއް ކަމަށެވެ. އެހެންކަމުން އަވަހަށްް ޖީބުން ފޯނު ނަގާ ބެލިއެވެ. ހަނާ ހީކުރި ގޮތާ ހިލާފެވެ. އެއީ ޝަހީދާގެ ފޯނެއް ނޫނެވެ. އެއީ މުނީޒުގެ ފޯނެކެވެ. ހަނާ ވަރަށް އުފަލުން ހުރެ ފޯނު ނެގިއެވެ. “ހަލޯ… އޭ ނީޒް… ވަރަށް ދެރައޭ.. ބުނަން އުޅުނު ވާހަކަ މިއަދު ނުބުނެވުނީމަަ… މިހާރު ދިމާ ކުރަންވީއެއްނު… މިހުރީ ގެ ކައިރީ.. އާދޭ މިތަނަށް..” ހަނާ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. މުނީޒު މި އަންނަނީއޭ ބުނެ ފޯނު ބޭއްވިއެވެ. މުނީޒު އެތަނަށް ދިޔައިރު ހަނާ ހުރީ އެގޭ ދޮރުކައިރީގައެވެ. ފުރަގަސް ދީގެންނެވެ. “ދެން ތި ރީތި ލަތީފީ މޫނު އަހަންނަށް ދައްކަބަލަ..” މުނީޒު ސައިކަލް މަތި އިދެ ބުންޏެވެ. މުނީޒު މިހެން ބުނުމާއި އެކު ހަނާ އެބުރި ވަރަށް ލަދު ރަކި ގޮތަކަށް ހީލާފައި އިސްޖަހައިލިއެވެ. ‘އާނ… ދެން ބުނެބަލަ.. ނުބުނެވިގެން ތި އުޅޭ ވާހަކަ..”  މުނީޒު މިހެން ބުނެ ހީލިއެވެ. ހަނާ ލަދުން ހުރެ ސީދާ ދައްކަން ބޭނުންވި ވާހަކަ ބުންޏެވެ. ” އަހަރެން ނީޒް ދެކެ ވަރަށް ލޯބިވޭ…” ހަނާ މިހެން ބުނުމާއި އެކު މުނީޒުއަށް އައީ ކުއްލި ސިހުމެކެވެ. މުނީޒު ހަނާ ދެކެ ލޯބިނުވާތީއެއް ނޫނެވެ. އަންހެން ކުއްޖަކު އިސްވެ ލޯތްބަށް އެދުނީމައެވެ. މުނީޒު ހުރީ ދޭނެ ޖަވާބެއް ނެނގިފައެވެ. މުނީޒު ހަނާ ދެކެ ލޯބިވާ ވާހަކަ ބުނަން ނުކެރިފައެވެ. މުނީޒު އެހެން އިންދާ ހަނާ ބުންޏެވެ. “އަހަންނަށް ހީވަނީ ނީޒް ވެސް އަހަރެންދެކެ ލޯބިވޭހެން..” މުނީޒު ސިހިފައި އެހިއެވެ. “އެކީއްވެ އެހެން ހީވަނީ؟” “އެއީ… މިއަދު ކޮފީތަށި ބަންޑުން ވި ގަނޑީގަ ނީޒް ބުނި އެއްޗަކުން.” ހަނާ މިހެން ބުނެ މުނީޒުއާ ދިމާލަށް ބަލައިލިއެވެ. އެވަގުތަކީ މުނީޒުވެސް ހަނާއާ ދިމާލަށް ބަލާލި ވަގުތެވެ. ދެމީހުންގެ ހަތަރު ކަޅިހަމަވިއެވެ. މުނީޒުއަށް ހަނާގެ ލޮލުން އަގު ބޮޑު ޖަވާހިރުތަކެއް ފެނުނެވެ. އަދި ބުނެވުނެވެ. “އަހަރެންވެސް ހަނާ ދެކެ ވަރަށް ލޯބިވޭ..” އަދި ޖީބުން ކުޑަ ކުޑަ ފޮއްޓެއް ނަގަމުން ސައިކަލުން ފޭބިއެވެ. އަދި ހަނާގެ ކުރިމައްޗަށް ހުއްޓި ހުރެ ތިރިވަމުން އެފޮށި ހުޅުވިއެވެ. އޭގައި އޮތީ ރީތި އަނގޮޓިއެކެވެ. މުނީޒު އެހިއެވެ. “ވިލް ޔޫ މަރީ މީ ؟” މުނީޒު އެހީ ކައިވެންޏަށެވެ. ރައްޓެހި ވާކަށް ނޫނެވެ. ހަނާ ވަރަށް އުފާވަފައި ބުނަޏެވެ. “ޔެސް..” ހަނާ މިހެން ބުނުމާއި އެކު މުނީޒު އެ އަނގޮޓި ނަގާ ހަނާގެ އަތުގައި އެޅުވިއެވެ. އަދި ބުންޏެވެ. “މިއީ ވަގުތީ އެއްޗެއް ނޫން އިނގޭ.. ދާއިމަށް އަޅުވާއެއްޗެއް..” މުނީޒު މިހެން ބުނުމާއި އެކު ހަނާ އަށް އުފަލުން ގޮސް ރޮވުނެވެ. މުނީޒުގެ މޫނުމައްޗަށްވެސް އުފާވެރިކަމުގެ ހިނިތުންމެއް ވެރިވިއެވެ. ޑިނާއަށް ދައުވަތުދެމުން މުނީޒު ސައިކަލަށް އަރާ ގެއަށް ދާން ދުއްވާލިއެވެ. ހަނާ ވަރަށް އުފާވެފައި ގެއަށް ވަނެވެ.

ހަނާ އެތެރެއަށް ވަދެ، ޝަހީދާއަށް ގުޅައި، މުނީޒު އިންނަން އެހި ވާހަކަ ބުންޏެވެ. ޝަހީދާ ވަރަށް އުފާވެފައި ބުންޏެވެ. “ކޮންގްރާ ހަނާ.. އަވަަހަށް މެރީ ކުރަން އުޅޭ.. އެހެން ނޫނީ ގޯހެއް ހެދިދާނެ…” ޝަހީދާ މިހެން ބުނުމާއި އެކު ހަނާ ބުންޏެވެ. “އަދި ނެތެއްނު ނުކުރެވިފަ، އަދިބުނަން.. މިރޭ ޑިނާ އަކަށް އިންވައިޓް ވެސް ކުރި..” ހަނާ މިހެން ބުނެ ވާހަކަ ކުރުކޮއްލައި ފޯނު ބޭއްވިއެވެ

ގަނޑިން އިރުއޮއްސި ހަތެއް ޖެހީއެވެ. ހަނާ ފެންވަރަން ވަންނަން އުޅެނިކޮށް ކަޔާ އެހިއެވެ. “ދޮންތާ… ކޮންތާކަށް ދާން ތިއުޅެނީ..؟” “ކޮއްކޯ… ދައްތަ މި އުޅެނީ ފްރެންޑަކާއި އެކީ މިރޭ ކާން ދާން ވެގެން…” ހަނާ މިހެން ބުނި ވަގުތު ކަޔާއަށް ހަނާގެ އިނގިލީގައި އަޅާފައި އޮތް އަނގޮޓި ފެނުނެވެ. އަދި އެހިއެވެ. “ދޮންތާ.. މި ކާކު ދިން އެއްޗެއް؟ ހާދަ ރީތި އެއްޗެކޭ.. ކޮއްކޮ ވެސް ބޭނުން ތިކަހަލަ އެއްޗެއް…” ހަނާ ހެވިފައި ބުންޏެވެ. “ކޮއްކޮއަށް ވެސް އަދި މިކަހަލަ އެއްޗެއް ލިބޭނެ.. މަންމަ ކައިރީ ނުބުނާތި ދައްތަ އަތުގަ މި އޮތް ވާހަކަ..” ހަނާ މިހެން ބުނީ ކަޔާ ދެން ކުރާނެ ސުވާލު އިނގޭތީ ކަޔާ ކޮޓަރިން ބޭރަށް ފޮނުވާލާށެވެ. ހަނާ އެހެން ބުނުމާއި އެކު ކަޔާ ދުއްވައިގަތެވެ. އަދި މަންމަ ނިއުމާ ކައިރީ އެވާހަކަ ބުންޏެވެ. “މަންމާ.. ދޮންތަ އަތުގަ އަޅާފަ އެބައޮތް ވަރަށް ރީތި އެއްޗެއް.. ދޮންތަ ބުނީ ކޮއްކޮއަށް ވެސް އެކަހަލަ އެއްޗެއް ލިބޭނެއޭ..” ކަޔާ މިހެން ބުނުމާއި އެކު ނިއުމާ އެހިއެވެ. “އެ ކޯއްޗެއްތަ ދަރިފުޅާ..؟” “ކޮއްކޮއަކަށް ނޭނގެ.އެކަމަކު ދެން މަންމަ އަކަށް އެ ނުފެންނާނެ.. ދޮންތަވީ މިހާރު ފެންވަރަން ފާހާނައިގަ..” ކަޔާ ހުރިހާ ވާހަކަ އެއް ނިއުމާ ކައިރީ ބުންޏެވެ. ހަނާ ފެންވަރައި ނިމިގެން ރީތިވާން ލޯގަނޑު ކައިރީ ހުއްޓާ ނިއުމާ ގޮސް އެހިއެވެ. “ދަރިފުޅާ… ކޮއްކޮ އެދައްކަނީ ކޯއްޗެއްގެ ވާހަކަތަ؟” ހަނާ އަކީ މައިންބަފައިންނަށް އެއްވެސް އެއްޗެއް ސިއްރު ކުރާ ކުއްޖެއް ނޫނެވެ. އެހެން ކަމުން ހަނާ މަންމަ ކައިރީ ބުންޏެވެ. އެއީ މުނީޒު އަޅުގަނޑު ކައިރިން އިންނަން އަހާފަ، އަޅުގަނޑު އާއެކޭބުނީމަ، އޭނަ އެޅުވި އަނގޮޓިއެއް…” ނިއުމާ ވަރަށް އުފާވެފައި ބުންޏެވެ. ” އެހެންތަ ދަރިފުޅާ، މަންމަ ހާދަ އުފާވެއްޖެއޭ… ދަރިފުޅު މީހަކާ އިންނަ ޚަބަރު ލިބުނީމަ… ބައްޕަ ކައިރީ ބުނެފިންތަ؟” ހަނާ ބޯހޫރާލަމުން ނޫނެކޭ ބުންޏެވެ. އަދި މުނީޒުއާއި އެކު މިރޭ ކާން ދާ ވާހަކަވެސް ބުންޏެވެ. ނިއުމާ  ވަރަށް އުފާވެފައި ކޮޓަރިން ނުކުމެގެން ދިޔައެވެ

 

 

*******************************ނުނިމޭ***************************************

24

1 Comment

  1. Mohamed Maixan

    September 13, 2021 at 1:29 pm

    Mihaaru mi part ah inthizaaru koh koh varubali vefa hutta adhikiriyaa mi kiyan libunee ✨❤️
    Waiting for next part ❤️
    Next part thankolheh avas kolladhechey 😊

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!