Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

ހިތުގެ ދިރުން (ޓްރެއިލާރ)

Faathii Level 410 Stories100 Comments100 Login
September 7, 2021 2 Mins Read
0 Comments

“ހިތުގެ ދިރުން” މި ވާހަކައަކީ އާންމު ދިރިއުޅުމުގައި އަންހެނުންނަށް ގިނައިން ކުރިމަތިވާ އެކި ކަހަލަ ހާލަތްތަކާއި ގުޅިގެން ކުރިމަތިވާ އެކި ކަހަލަ ނަފްސާނީ މައްސަލަތަކަށް އިސްލާމީ ސައިކޮލޮޖީގެ އިލްމުގައި ހައްލު ލިބޭނެ ގޮތްތަކާއި ބެހޭގޮތުން ލިޔެފައިވާ ވާހަކައެކެވެ. މިވާހަކާގައި ބޭނުންކޮށްފައިވާ ގިނަ ދަރުސްތަކަކަކީ ސައިކޮލޮޖީގެ ރޮނގުންނާއި، ޖާރނަލިޒަމް އަދި މާސް ކޮމިއުނިކޭޝަންގެ ރޮނގުން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި މޮޅު ލިޔުންތެރިއެއް، އަދި އިސްލާމިކް ސައިކޮލޮޖީގެ ރޮނގުން ހިތްގައިމު ދަރުސްތަކެއް ދެއްވާފައިވާ ބޭކަނބަލެއް ކަމަށްވާ ޔާސްމީން މޮޖާހިދުގެ ދަރުސްތަކަކުން ނަގައިފައިވާ ފައިދާހުރި ދަރުސްތަކެކެވެ. އަޅުގަނޑު އަމިއްލަ އަށް ދިވެހި ބަހައް ތަރުޖަމާ ކުރުމުގަޔާއި ވާހަކައިގެ ކެރެކްޓަރުގެ ދިރިއުޅުމަށް ފެއްތުމައްޓަކައި ބައެއް ދަރުހުގެ ބައެއް ޖުމްލަތަކައް އުނި އިތުރު ގެނެވިފައި ވާނެއެވެ. އަދި ބައެއް އަމިއްލަ ހަނދާންކޮށްދިނުންތައްވެސް އިތުރު ކުރެވިފައިވާނެއެވެ. މިވާހަކައިގައި ދީނާއި އަދި ސުންނަތާއި ޚިލާފް އެއްވެސް ކަމަކައް ބާރު އެޅިފައިވާނަމަ އެކަމެއް އަޅުގަނޑައް އަންގައި ފާހަގަ ކޮށްދިނުން އެދެމެވެ. އުއްމީދަކީ އަދި އެދުމަކީވެސް މިވާހަކައިން ބަޔަކައް ކޮންމެވެސް ގޮތަކުން ކޮންމެވެސް މިންވަރަކަށް ނަމަވެސް އެހީ ވެދިނުމެވެ.

 

ވާހަކައިގެ ތަންކޮޅެއް:

“އަދި ހަމަ އެ އުޚްތާ ބުނުއްވިފަދައިން އެ ވޭންތަކައް ފަރުވާ ނުކޮށް އެ އިތުރު ވަމުން ދިޔުމުން އެ ޒަހަމްތަކުގައި އިންފެކްޝަން އުފެދި ފާރުގަނޑަކަށް ބަދަލުވެ، އަހަރެންގެ ނަފްސާނީ ހާލަތު އައީ ދައްވަމުންނެވެ. އަހަރެންގެ ހިތައް އުފާވެރިކަން ލިބުނު އެންމެ ސިކުންތެއްވެސް ނާންނަ ފަދައެވެ. ވަށައިގެންވާ މީހުންގެ ކޮންމެ އަމަލެއްވެސް އިތުރު ތީރަކައް ބަދަލުވެ ސީދާ ހިތައް ވަންނަމުން ދިޔައެވެ. އަދި މި ހިތް ތީރުތަކުން ފުރި، ހިތުގެ ވޭން އަހަންނައް ބޭރުކުރެވެނީ ޝަކުވާއާއި ޒުވާބުގެ ބަސްތަކަކުންނެވެ. އިރެއްގައި ރަޙުމާއި ހަމްދަރުދީން ފުރިފައިވި މި ހިތް، ވޭނާއި ކެކުޅުުމުން ފުރުމުން، އެ ބަދަލުވީ ރަހުމެއްނެތްފަދަ ހަރުހިލަ ހިތަކަށެވެ. ހިތާމައިގެ ފުން ކަނޑަކައް ފެތި، ހަތަރު ފަރާތުން އަނދިރިކަން ވެރިވެ ނޭވާ ހާސްވެފައިވާ ފަދަ އިހްސާސްތަކެކެވެ. ކޮންމެ ވަގުތެއްގައިވެސް ނޭވާ ހުސްވެދާނެހެން ހީވާފަދަ ވޭނެކެވެ.”

 

” ދަރިންގެ ތެރޭގައި މަޖާކޮށް އެކުދިން ހީލާ ހެދިޔަސް އަހަންނަށް ސިފަވަނީ އަހަންނަށް މަލާމަތް ކުރަނީއެވެ. އެއްބަނޑު އެއްބަފާ ދެ މީހަކު ކަމަކާ މަޝްވަރާ ކޮށްލިޔަސް އަހަންނައް ފެންނަމުން ދިޔައީ އަހަރެން ބާކީ ކޮށްލާފައިވާ މަންޒަރެވެ. އަހަރެންކުރާ ކަމަކަށް ފާޑުކިޔައިފިނަމަ އަހަންނަކަށް އެ ހަޖަމެއް ނުކުރެވެއެވެ. ރުޅި ކޮންޓްރޯލުން ނެއްޓޭގޮތް ވެއެވެ. އަހަރެން ދޭ ނަސޭހަތެއް ޤަބޫލު ނުކުރާ ކޮންމެ ފަހަރަކު އެދަރިފުޅުގެ ދިރިއުޅުމުގައި އަހަރެންގެ މުހިންމުކަމެއް ނެތް ހެން ހީވެ ހިތައް އެތައް ވޭނެއް އިހްސާސް ވެއެވެ. އަދި މި ނޫންވެސް މިފަދަ އެތައް ކަމެކެވެ. އެހެންމީހުންގެ އުފާވެރި ދިރިއުޅުން ފެންނަ ކޮންމެ ވަގުތަކު މި ހިތައް ސިފަވަނީ އަހަރެންގެ ދިރިއުޅުމުގެ ހިތާމަވެރިކަމެވެ. އެހެންމީހުންގެ ދަރީންގެ މުއްސަނދިކަމާއި އިލްމީގޮތުން މޮޅުތަން ފެނި މިހިތުގައި ވޭން އަޅަނީ އަހަރެންގެ ދަރީންގެ އެފަދަ ކަމެއް ނެތުމުންނެވެ. އެހެންމީހުންގެ ފިރިންގެ ރަނގަޅުކަން ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ފިރިމީހާގެ އުނި ސިފަތައް ލޯ ކުރިމައްޗައް ސިފަވެ މި ހިތް ޝަކުވާއިން ފުރި ބަންޑުންވެއެވެ. އަހަރެންނަށް އެއްވެސް އުފަލެއް މި ދުނިޔޭގައި ނެތްފަދަ އިހްސާސްތަކެކެވެ.”

 

ވަރަށް އަވަހައް ވާހަކައިގެ އެޕިސޯޑް ތައް އަޕްލޯޑް ކޮށްދޭނަމެވެ. އިންޝާﷲ.

**ޓްރެއިލާރ**

Share Article

Follow Me Written By

Faathii

Level 410 Stories100 Comments100 Login

I write with a purpose to deliver a message and remind others about the real life of this world and hearafter.

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ހަތްވަނަ ބައި)

Next

ހިތުގެ ދިރުން (ޕާރޓް 1)

Next
September 8, 2021

ހިތުގެ ދިރުން (ޕާރޓް 1)

Previews
September 7, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ހަތްވަނަ ބައި)



All Right Reserved!