އައިލީ 2
އައިލީމެން ސައިބޯން ސައި ކޮޓަރިއަށް ދިޔައިރު ސައި ކޮޓަރީގައި އިށީންދެގެން ޝައިބާ އާއި އަދި އައިލީމެން ވަރުގެ އަންހެން ކުއްޖެއް އިނެވެ.މޭޒުކައިރީގައި ސަކީލާ ކޮޅަށް ހުއްޓެވެ.
“މޯމް..ކޮބާ ޑޭޑް..ސައި ބޯން ނާންނަނީތަ..؟”ޝައިލް ގޮނޑީގައި އިށީންނަމުން ޒާހިރު ފެންނަން ނެތުމުން އަހާލިއެވެ.
“ހަމަ ދެންމެ އެ ދިޔައީ ވިޔަފާރީގެ ކަމަކުއޭ ކިޔާފަ މާލެ..ދެތިންމަސް ވާނެއޭ ބުނީ..”ޝައިބާ ބުންޏެވެ.”ޑޭޑް ހާދަ ގޯހޭ.. އަޅުގަނޑު ގާތު ނުވެސް ބުނޭ..”ޝައިލް ދެރަވާކަމަށް ހަދާލިއެވެ.”އަދި މި ދޮންބެ އެބަ އެކްޓު ކުރެއެއްނު.. އެކްޓު ކުރަން އެނގޭނަމަ ރަނގަޅެއްނު..ހީހީ..””ހުހް.. ޝަބާ މާ ފޮނި ނުވައްޗޭ.. ދޮންބެ ހަދާނެ ގޮތް އެނގެއެއްނު..”ޝަބާ ޝައިލް އަށް ލޯ އަޅާލިއެވެ.
މިއޮށް ހުރިހާ އިރު ޝަބާއަށް ބަލަން އިން އަމަން ހީލަމުން މަޑުމަޑުން”ޝަބާ”އެނަން ކިޔާލިއެވެ.”ކީކޭ ކޮއްކޮ އެއްޗެކޭ ބުނިންތަ.”ޝައިލް އާއި ޝަބާ ކުޅޭތަން ބަލަން އިން އައިލީ އެނބުރިލާ އަމަން ގާތު އެހެން އެހުމުން އަމަން ސިހިފާ ބޯ ހޫރާލިއެވެ.
ރޭގަނޑުގެ ވަގުތެވެ.ޝަބާ އާއި އައިލީ ތިބީ އެގޭގެ މާބަގީޗާގައެވެ.މުޅިތަން މަޑުނޫކުލައިންނާއި ހުދުކުލައިގެ އަލިން ފެންނައިރު ނުހަނު ހިއްގައިމުކަމަށް ދައްކައެވެ.
“ހޭ ޝަބާ.. ސަކީލާ ދައްތަ އެއީ ކާކު..މިބުނީ ތިމާގެ މީހެއްހޭ ނޫނީ ހަމަ މަސައްކަތްކުރާ މީހެއްހޭ..”އައިލީ އާއި ޝަބާ އަކީ މިހާރު އެންމެ ގާތް ދެ އެކުވެރިންނެވެ.އެންމެ ދުވަހަކުން މިދެމީހުން އެހާވަރަށް ގާތްވެއްޖެ އެވެ.”އައްދޭ..ލީން ކިހިނެއްވީ ކުއްލިއަކަށް އޭނާވާހަކަ ތިދެއްކީ..އެއީ އަހަރެންނައް ޓެން އަހަރުގަ ބައްޕަ މާލެގޮސް ބިކަވެފަ އިންމީހެއް..ދެން ގޭގަ މަސައްކަތް ކުރާގޮތަށް ގެނައީ..ވަރަށް ފޫހި އޭނަ.. ކުރިން ދުވަހުވެސް ގަސްތަކަށް ފެންދޭށޭކިޔާފަ މަގޭ ފައިވާނަށް ފެން ޖަހާ އެ ހަލާކުކޮށްލައއިފި..ހާދަ ފޫއްސެއް ވެޔޭ..މޮމް ވެސް ވަރަށް ރުޅި އަންނާނެ..އެކަމް ޑޭޑް މޯމް އޭނައާ ދިމާއަށް އެއްޗެކޭ ބުނެފިއްޔާ ރުޅިއަންނާނެ.”ޝަބާ މޫނުމަތިން ފޫހިކަން ފެނުމުން އައލީ ނިންމީ ދެން އެވާހަކަ ނުދެއްކުމަށެވެ.
އާދުވަހަކަށް އިރު އެރީ އައިލީ ބަގީޗާގައި ހުއްޓައެވެ.”ހޭ..އެކަނިމާ އެކަނި މިތާހުއްޓަ ފުރޭތަ އައިއްސިއްޔާއޯ…”އައިލީ އެތާހުއްޓާ ޝަބާ އައއެވެ.”ހީހީ..ޔޫ ބިލީވް ތަ ފުރޭތައަށް..ތިއޮށް އަންނަނީ ފުރޭތަ..”އައިލީ އެހެން ބުނުމުން ޝަބާ އަވަހަށް ފަހަތަށް ބަލައިލި އެވެ.އޭރު ޝައިލް ފަހަތުން އާދެއެެވެ.އެވާހަކަ އަޑުއިވިގެން ޝައިލްގެ އަނގައަށް ހަދާލި ގޮތަކުން ދެމީހުން އެއްފަހަރާ ހެވެވުނެވެ.ތިންމީހުން އަނގަތަޅަން ތިބެފައި ޝައިބާ ސައި ބޯން ގޮވުމުން ތިން މީހުން ދިޔައީ ސައި ބޯށެވެ.
“ޝަބާ ދޭބިލަ އަމަން އަށް ގޮވަން..”އެންމެން އައި އިރުގައި ވެސް އަމަން ނައުމުން ޝައިބާ ބުންޏެވެ.ޝަބާވެސް އާއެކޭ ކިޔާފައި މައްޗަށް އެރި އެވެ.
“ލީން.. މާދަމާ ދާންޖެހެއެއްނު ކޮލެޖް އަށް..”ޝައިބާ އެހެން ބުނުމުން އައިލީ ބޯ ޖަހާލިއެވެ.”ދައްތަ ބޭނުމީ ހަތަރުކުދިންވެސް އެއްތާކަށް ދާތީ އެންމެން އެއްކޮށް ޝައިލްގެ ކާރުގަ ދާން..”ޝައިބާ އެހެން ބުނުމުން ޝައިލް އައިލީއަށް ބަލައިލަމުން ބޯ ޖަހާލީ އެއީ ތެދެކޭ ބުނާ ގޮތުންނެވެ.
ޝަބާ ދޮރުގައި ޓަކި ޖަހާ ޖަހާ ދޮރު ނުހުޅުވުމުން އެންމެފަހުން ތަޅުގައި ހިފާ އަނބުރާލީ އެއްވެސްވަރަކަށް ހުޅުވާފައި ހުރެދާނެ ކަމަކަށް ނޫނެވެ.ނަމަވެސް އަނބުރާލާއިރަށް ހުޅުވިއްޖެއެވެ.
ޝަބާ ވައިން އިރު އަމަން ފެންނާކަށް ނެތެވެ.ނަމަވެސް ފާހާނާއިން ފެން އޮހޭ އަޑާއި މީހަކު ލަވަ ކިޔާ އަޑު އިވުމުން އަމަން ވީ ފާހާނާގަކަން އެނގުނެވެ.
“އަމަން.. މަންމަ ބުނީ ސައިބޯން އަންނާށޯ….އެނީވޭސް ނައިސް ސިންގިން ހީހީ..”ޝަބާގެ އަޑުޖެހޭއިރަށް އަމަން ގެ އަޑު ކެނޑުނެވެ.ހީވާގޮތުން ލަދުންނެވެ.ޝަބާވެސް ހިނިއައިސްފައި ހުރެ އެތަނުން ނިކުތެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


very nice story
when next?
Thank you annu.Insha Allah maadhamaa submit kolla dheynan ?