ރިއާޝްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ރައިޝާ ގޮސް ޔާޝްގެ ކައިރީގައި ހުއްޓިލިއެވެ. އަދި ހަމަ އެ ސުވާލު ތަކުރާރު ކޮށްލިއެވެ. ރައިޝާގެ ހާލަތު ފެނުމުން ރީޝާއާއި، ދުރުގައި އެ މަންޒަރު ބަލަން ހުރި ނައިރާގެ ހިތުގައިވެސް ރިއްސާލިއެވެ. “ރައީ……” ޔާޝްއަށް ބުނެވުނީ އެހިސާބަށެވެ. “ކިހިނެއްވީ..؟ ކިހިނެއްހޭވީ..؟!” މިފަހަރު ރައިޝާއަށް ހަޅޭއްލަވައިގަނެވުނީއެވެ. މާއިޝް ހެޔޮހާލުގައި ލެއްވުމަށް އެދި އޭނާ ދިޔައީ ހިތާހިތުން ކޮންމެ ސިކުންތަކުވެސް ދުޢާ ކުރަމުންނެވެ. އެކަމުންވެސް މަންފާއެއް ލިބޭނެކަމުގެ ފޮނި އުންމީދުގައެވެ. އެހެންނަމަވެސް، ދެން ޔާޝްގެ ފަރާތުން ލިބުނީ އޭނާ ދުވަހަކުވެސް އަޑުއަހަން ބޭނުންވި ޖަވާބެއް ޖަވާބެއް ނޫނެވެ. “އައިމް ސޮރީ ރައި… ބަޓް މާއިޝް އިޒް ނޯ މޯރ…” އެހެން ބުނެވުނު ތަނާހެން ޔާޝްގެ ލޮލުންވެސް ކަރުނަ ފައިބަން ފެށިއެވެ. އެއާއެކު ރައިޝާއަށް ހީވީ މުޅި ދުނިޔެ އެނބުރިގަތްހެނެވެ. އެ ކުޑަކުޑަ ހިތުގެ މައްޗަށް މީހަކު ފައިން އަރާ ޗިސްކޮށްލާ ކަހަލަ އިޙުސާސެއް ކުރެވުނެވެ. ދެފައިން ވަރު ދޫވެގެން ބިންމައްޗަށް ވެއްޓުނު އިރު އެ ދެލޮލުން ހޯސްލާފައި ކަރުނަތައް އާދެއެވެ.

“ގޯޑް… ވައި..؟ ވައި އިޒް ދިސް ހެޕަނިން ޓު މީ..؟ ޖަސްޓް ވައި..؟ ވައި މީ..؟” ގިސްލަގިސްލާފައި ބާރަށް ރޯން ފެށުނު އިރު، ރައިޝާއަށް ދިޔައީ އަމިއްލަ ހާލަތާއި މެދު ޝަކުވާ ކުރެވެމުންނެވެ. މިވަގުތު ރައިޝާގެ ހާލަތު ފެނުމުން އެންމެ ހަރު ހިތްވެސް މަޑު ކަފަކޮޅަކަށް ވާނެކަން ޔަޤީނެވެ. މި މަންޒަރު ބަލަން ކުޅަދާނަ ނުވުމުން ރީޝާ ގޮސް ރައިޝާގެ ކައިރީގައި ހުއްޓުނެވެ. އަދި ރައިޝާއާ އެއްވަރަށް ގުދުވެލުމަށްފަހު، ރައިޝާގެ ގައިގައި ބައްދާލިއެވެ. “ރައީ.. ޕްލީޒް.. ސްޓޮޕް ކްރައިންގ.. ލިސެން ޓު މީ ފަރސްޓް.. ކާމް ޑައުން-” ރައިޝާގެ ގައިން ދޫކޮށްލުމަށްފަހު ރީޝާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވެނީ ރައިޝާ ރީޝާގެ އަތް ފޮޅުވާލުމުންނެވެ. ހައިރާންވެފައި ރީޝާއަށް ރައިޝާއާ ދިމާއަށް ބަލައިލެވުނީ ރައިޝާ ރުޅިއައިސްފައި ހުރިކަން އެނގުމުންނެވެ.

“ކާމް ޑައުން..؟! ހައު އޮން އަރތް ކޭން އައި ކާމް ޑައުން އިން އަ ސިޓުއޭޝަން ލައިކް ދިސް..؟! ޓެލް މީ…؟! ޑޫ ޔޫ އީވެން ނޯވ ހައު ޑިފިކަލްޓް ދިސް ސިޓުއޭޝަން އިޒް ފޯރ މީ..؟! ޑޫ ޔޫ ހޭވް އެނީ އައިޑިއާ..؟! ހާނ..؟! ޓެލް މީ..” ވެފައި ހުރި ދެރައާއިއެކު އައިސްފައި ހުރި ރުޅިން ރައިޝާއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގޭ ފަދައެވެ. “ބަޓް ރައީ… ފަރސްޓް ލިސެން ޓު ވަޓް އައިމް ސޭއިން! މާއިޝް އިޒް-” ރީޝާ މިފަހަރުވެސް ކިޔައިދޭން އުޅުނެވެ. އެހެނަސް، އެކަން ކާމިޔާބުނުވީ އަނެއްކާވެސް ރައިޝާ ހަޅޭއްލަވައިގަތުމުންނެވެ. “ޔެސް އައި ނޯވ! އައި ނޯވ ދެޓް ހީ އިޒް ޑެޑް! ނޯ ނީޑް ޓު ޓެލް މީ އެގެއިން އެގެއިން! ޕްލީޒް… ޖަސްޓް… ޖަސްޓް ސްޓޮޕް…” ރުޅިއައިސް ރަތްވެފައި ހުރެ އޭނާގެ ވާހަކަ ފެށިނަމަވެސް، ނިންމާލި އިރު އެ އަޑު ވަނީ ކުރަކިވެފައެވެ. އެންމެ ފަހު ޖުމްލަ ރައިޝާއަށް ބުނެވުނީވެސް ވައި އަޑަކުންނެވެ. ހާލަތު އިތުރަށް ގޯސްވަމުން ދާތީ ރީޝާއަށް ޔާޝްއާއި ދިމާއަށް ބަލައިލެވުނެވެ. ދެން ހުއްޓާލާށޭ ބުނާފަދަ ގޮތަކަށެވެ. ޔާޝްވެސް ބޯޖަހާލީ ރީޝާއާ އެއްބަސްވުމުގެ ގޮތުންނެވެ. އެދެމެދުގައި ސިއްރުން ލޮލުގެ މެސެޖެއް ބަދަލު ކުރެވުނު ފަދައެވެ.

ބިންމަތީގައި ކަކޫ ޖަހައިގެން އިނދެ ރޮމުން ދިޔަ ރައިޝާއަށް ގިނަ ބައެއްގެ ހަމްދަރުދީގެ ނަޒަރުތައް ހުއްޓެމުން ދިޔައެވެ. ގިސްލަގިސްލާފައި ރޮމުން ދިޔައިރު ހީވަނީ ދުވަހަކުވެސް އުފަލެއް ނުލިބޭ އިންސާނެއްހެންނެވެ. ދުނިޔެމަތިން ފޫހިވެފައިވާ ފަދައަކުންނެވެ. އޭނާއާ ދިމާއަށް ބަލަމުން ދިޔަ އެންމެންގެ ނަޒަރުތައް ހުއްޓިފައިވީ ނަމަވެސް، ރައިޝާއަށް އެއިން އެއްވެސް މަންޒަރެއްވެސް ނުފެންނަ ފަދައެވެ. އެ ދެލޮލުން އަދިވެސް ދިޔައީ ހުއްޓުމެއްނެތި ކަރުނަ ފައިބަމުންނެވެ. ހީވަނީ އޭނާގެ ހިތުގައި މީހަކު ވަޅިއަޅާ ކޮށާލާހެންނެވެ.

އެހެނަސް، އެ ކަރުނަތަކަށް ހުއްޓުމެއް އައީ ކުރިމަތިން އިވުނު ފިރިހެންވަންތަ އަޑުންނެވެ. ފުރަތަމަ ބަލައިލާ ހިތްވެސް ނުވެފައި އޭނާ އިނީ އެއީ ހީވި ހީވުމެކޭ ހިތަށް އަރާފައެވެ. އެހެންނަމަވެސް، ކުރިމައްޗަށް ބަލައިލަން މަޖުބޫރުވީ އަނެއްކާވެސް ހަމަ އެ އަޑުން “ރައި”އޭ ކިޔާ ގޮވާލުމުންނެވެ. މިފަހަރު ދަންނަ އަޑެކޭވެސް ހީވިއެވެ. ތިންވަނަ ފަހަރަށްވެސް ހަމަ އެމީހަކު ރައިޝާގެ ނަން ގޮވާލުމުން ރައިޝާއަށް ބަލައިލަން މަޖުބޫރުވީ އެއީ ކާކުކަން ޔަޤީން ވުމުންނެވެ.

އިސްޖަހައިގެން އިން ރައިޝާ މަޑުމަޑުން އިސް ނަގާފައި އެ އަޑު އައި ދިމާއަށް ނަޒަރު ހިންގާލިއެވެ. އެމީހާގެ މޫނު ފެނުނު ހިނދުު ޤަބޫލުވެސް ނުކުރެވިފައި ރައިޝާއަށް ބަލަހައްޓައިގެން އިނދެވުނެވެ. ކުރިމަތީގައި ހުރި މީހާ ހިނިތުންވެލުމުން ރައިޝާއަށް ކޮޅަށް ތެދުވެވުނީ ކުއްލިއަކަށެވެ. އަދި ހުވަފެނެއްގައިވާ ފަދައިން ރައިޝާއަށް އެ މީހާއާ ދިމާއަށް ދެވުނެވެ. އަދިވެސް ޤަބޫލު ނުކުރެވިފައި ހުރެ ރައިޝާއަށް ގޮސް އެމީހާގެ މޫނުގައި ދެއަތުން ހިފަހައްޓާލެވުނެވެ.

“މާއިޝް……” ރައިޝާގެ އަނގައިން ބޭރުވި ހަމައެކަނި ނަމަކީ އެއީއެވެ. “ވެއިޓް.. ވެއިޓް.. ނޯ ނޯ ނޯ.. އިޒް ދިސް ރިއަލް..؟ ބަޓް… ބަޓް ހައު ކޭން ދިސް ބީ ރިއަލް..؟ އޭމް އައި ހެލޫސިނޭޓިންގ..؟ ގޯޑް.. ނޯ…” ކުރިމަތީގައި ހުރި މާއިޝްގެ މޫނުން އަތް ދޫކޮށްލާފައި ރައިޝާއަށް އަމިއްލަ ބޮލުގައި ދެއަތުން ހިފަހައްޓާލެވުނީ ވާނުވާ ނޭނގުމުންނެވެ. އަނެއްކާވެސް ރައިޝާއަށް މާއިޝްއާ ދިމާއަށް ބަލައިލެވުނެވެ. އާއެކެވެ. ކުރިމަތީގައި އެ ހުރީ ހަމަ މާއިޝްއެވެ. އޭނާގެ މާއިޝްއެވެ. އެ ހުރީ ހަމަ ހެޔޮ ހާލުގައެވެ. ގައިގެ ހަންގަނޑުގައި ކޫރުމެއްހާ ހިސާބުވެސް ނެތެވެ. ދެން ޔާޝްމެން އެބުނީ ކީކޭހެއްޔެވެ؟ އަނެއްކާ އޭނާއަށް އެކަނި މާއިޝް ފެންނަނީ ބާވައެވެ؟ އެކަމަކު އެހެން ވާނީ ކިހިނެއް ހެއްޔެވެ؟ “އެކަމް… ދެންމެގަ… ދެންމެގަ ކުޑަބެ އެ ބުނީ… މާއިޝް.. ކިހިނެއް…؟” ރައިޝާގެ އަޑު ނުކުތީ މަޑުމަޑުންނެވެ. ކައިރީގައި ހުންނަ މީހަކަށް ކިރިޔާ އިވޭ ވަރަށެވެ. އެއާއެކު، އަނެއްކާވެސް އެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. އެ ގިސްލުމުގެ އަޑު މަޑުންމަޑުން ބާރުވާން ފެށިއެވެ. ދެންމެ ދެންމެ ބިންމައްޗަށް ވެއްޓިދާނެއޭ ހީވާ ވަރަށް ބޮލުގައި ރިހެން ފެށިއެވެ.

ރައިޝާގެ މި ހާލަތު ބަލަން އިތުރަށް ކުޅަދާނަ ނުވުމުން މާއިޝް ކުރިއަށް ޖެހިލާ ރައިޝާގެ ގައިގައި ބައްދާލިއެވެ. އެ ބާރުގަދަ ދެއަތުގެ ތެރޭގައި ރައިޝާ ހައްޔަރު ކޮށްލީ ދުވަހަކުވެސް ދޫނުކުރާނަމޭ ބުނާ ފަދައަކުންނެވެ. “ރައީ.. ޔެސް އިޓްސް މީ.. މީ ހަމަ މާއިޝްއޭ.. ރައިގެ މާއިޝްއޭ.. ޓްރަސްޓް މީ..” ރައިޝާގެ ބުރަކަށީގައި މަޑުމަޑުން ފިރުމަމުން މާއިޝް ވާހަކަ ދެއްކީ ރައިޝާ ހަމައަކަށް އެޅުވުމުގެ ގޮތުންނެވެ. ކުރިމަތީގައި މި ހުރީ ހަމަ މާއިޝްކަން ޔަޤީންވުމާއެކު ރައިޝާއަށް އަނެއްކާވެސް ރޮވެން ފެށުނެވެ. މާއިޝް ހެޔޮހާލުގައި ހުރިތަން ފެނުމުން އެ ހިތަށް ބުނަން ނޭނގޭ ފަދަ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެ ދެލޮލުން އޮހޮރެމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. މާއިޝްގެ އުނަގަނޑުގައި އަތް ވަށާލުމަށްފަހު އެ މޭމަތީގައި ބޯއަޅައިގެން ރައިޝާ އެތައް އިރެއް ވާންދެން އޮތެވެ. ދުވަހަކުވެސް ދޫކޮށްލަންބޭނުންނުވާ ފަދައަކުންނެވެ. ދޫކޮށްލައިފިއްޔާ މުޅި އުމުރަށް މާއިޝް ގެއްލިގެން ދާނެޔޭ ހިތަށް އަރަނީއެވެ. ދެން ދުވަހަކުވެސް މާއިޝް ނުފެންނާނެޔޭ ހީވަނީއެވެ.

ކައިރީގައި ތިބެގެން އެ މަންޒަރު ބަލަމުން ދިޔަ ނައިރާ، ރިއާޝް، ޔާޝް، އަދި ރީޝާގެ ލޯވެސް ވަނީ ފެންކަޅި ވެފައެވެ. އެދެމީހުންނާ ދިމާއަށް ބަލައިހައްޓައިގެން ތިބި އިރު އެމީހުންގެ ރޭވުން ކާމިޔާބުވީތީ އުފާކުރެވުނެވެ. “އެހެމް އެހެމް.. އަދިވެސް ދޫކުރާކަށް ނުވޭތަ..؟ މިހާރު މަށަށް ހީވަނީ ވާ ވަރަށް ބެއްދިފަހެން ހުންނާނީ..” ކަރުކެހިލުމަށްފަހު ރިއާޝް ބުނެލީ އެމީހުންގެ ސަމާލުކަން ހޯދުމަށެވެ. އެ އަޑު އިވުމުން ރައިޝާއާ މާއިޝް މަޑުމަޑުން ދުރުވެލިއެވެ. ރައިޝާގެ މޫނުމަތި ފެނުމުން މާއިޝްގެ ހިތުގައި ރިއްސާލިއެވެ. ގިނަ އިރު ރުއިމުގެ ސަބަބުން އެ ބޯކިރު ކޮޅެއް ފަދަ ހުދު ދެލޯ ވަނީ އެކަށް ރަތްވެފައެވެ. މުޅި މޫނުމަތީގެ ތާޒާކަން ގެއްލިފައި ހުރި އިރު ކޮށްފައި ހުރި މޭކަޕްތައްވެސް ވަނީ ފޭދިފައެވެ. އޭރުވެސް ރައިޝާގެ މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދާކަން މާއިޝްއަށް ފާހަގަ ކުރެވުނެވެ.

“ރައީ.. އިޓްސް އޯކޭ.. ސްޓޮޕް ކްރައިންގ ނައު.. އައި އޭމް އެލައިވް.. ކޮމްޕްލީޓްލީ ހެލްތީ.. އިޓްސް އޯކޭ ނައު.. ޕްލީޒް ސްޓޮޕް ކްރައިންގ.. އިޓް ރިއަލީ ހަރޓްސް މީ ޓު ސީ ޔޫ ކްރައި…” ރައިޝާގެ މޫނުގައި ދެއަތުން ހިފެހެއްޓުމަށްފަހު މާއިޝް ބުނެލިއެވެ. “ރިއަލީ..؟ އިޓް ހަރޓްސް ޔޫ ޓު ސީ މީ ކްރައި..؟ ވައި..؟” ނޭފަތް ދަމާލަމުން ރައިޝާ އަހާލިއެވެ. އެ ނޭފަތް ރަތްވެފައި، ދެކޯ ފުއްޕާލާފައި ރައިޝާ އެހެން އަހާލި ގޮތުން މާއިޝް ގާތަށް ހިނި އައެވެ. “ބިކޯޒް އައި ލަވް ޔޫ.. އައި ލަވް ޔޫ ސޯ މަޗް ރައީ.. އީވެން ވޯރޑްސް ކާންޓް ޑިސްކްރައިބް މައި ލަވް ފޯރ ޔޫ..” ރައިޝާގެ ކަރުނަތަށް ފުހެދިނުމަށްފަހު މާއިޝް ސީދާ ރައިޝާގެ ލޮލަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. އެއާއެކު ރައިޝާގެ ހިތް އުފަލުން ފޮޅުނު ފަދައެވެ. މާއިޝްގެ އެ ލޯބިވެތި ލަފްޒުތައް އޭނާގެ ކަންފަތަށް އިވުނީ ލުއިލުއި މިޔުޒިކެއް ފަދައިންނެވެ. “އައި ލަވް ޔޫ ޓޫ މާއިޝް..” ރައިޝާއަށް ބުނެވުނީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ، އެހެންނަމަވެސް، އެއީ އޭނާގެ ހިތުގެ އެދުމެވެ. ހިތުގައިވާ ލަފްޒުތަކެވެ. ލޯތްބަކީ އެހާވެސް ބާރު ގަދަ އެއްޗެކެވެ. ހިތުގައި އޮންނަ އެއްޗެއް ފޮރުވަން ނުކުޅެދޭ ވަރު ކޮށްލާ ފަދަ އިޙުސާސެކެވެ. ރައިޝާގެ އެ  ޖަވާބުން މާއިޝްގެ ހިތްވެސް އުފަލުން ފޮޅުނެވެ. ހަމަ އެވަގުތު ބަނޑުގައި ކޮކާ އުދުހޭ ފަދަ އިޙުސާސެއް ކުރެވުނެވެ. ވަގުތުން ރައިޝާ ގެނެސް އެ މޭތެރޭގައި ބޮނޑި ކޮށްލެވުނެވެ. އޭރު އެދެމީހުންގެ ހިތުގެ ތެޅުން ހުރި ބާރުމިން އެކަކު އަނެކަކަށް ވަޒަން ކޮށްލެވުނެވެ.

“އަޅެ ދެން ހުއްޓާލަބަލަ.. ހެޔޮ ނުވާނެ… މަގޭ ލޯ..” ލޯމަތީގައި އަތް އަޅައިގެން ހުރެ ރިއާޝް އެހެން ބުނެލި ގޮތުން ރައިޝާއަށާއި މާއިޝްއަށް އެދިމާ ބަލައިލެވުނެވެ. އެއާއެކު ރައިޝާއަށް ފޯރި އަރައިގަތެވެ. “އެހެން ދޯ.. ގައިމު އެ ދުވަހު ދޮންބެއާ ނައިއާ ދެމީހުން ގަތް ގަނޑު މަ ދުށީމޭ.. ހަހް..” ރައިޝާ ލޯ ހަނިކޮށްލިއެވެ. ރައިޝާގެ ޖަވާބުން ރިއާޝްއަށް ބުނާނެ އެއްޗެއް ނޭނގި ބޯ ކަހާލެވުނީއެވެ. ނައިރާ ވަގުތުން އިސްދަށަށް ޖެހިއެވެ. އެވަގުތު އެތާނގައި ގުގުމާލީ އެންމެންގެ ހުނުމުގެ އަޑެވެ. އެހެންނަމަވެސް ރައިޝަ ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދައަކުން މާއިޝްގެ އަތުން ވީއްލިގަނެ، ވަކިވަކިން އެންމެންގެ މޫނަށް ނަޒަރު ހިންގާލިއެވެ.

“މީ އަސްލު ކޮން ކަމެއް..؟ ދޮންބެމެން ކިހިނެއް ޕްލޭނބް ކުރީ..؟ ދޮންބެއަށާ ކުޑަބެއަށް ނުވެސް އެނގޭނު މާއިޝްއެއް.. ދެން ކިހިނެއް..؟” ރައިޝާ އަހާލީ ނޭނގިފައި ހުރެއެވެ. “ހޫމް.. އަސްލު ވީ ގޮތަކީ…… މަ ވަރަށް ކުރިން މާއިޝްއާ ވާހަކަ ދެއްކިން.. ހަނދާންވޭތަ އެއްކަލަ ދުވަހު މަ ލަންޗް ބްރޭކް ނަގަން ނުގޮސް ކްލާހުގަ އިނީމެއްނު ބޮލުގަ ރިއްސަނީއޭ ކިޔާފަ.. އެދުވަހު މަ އަސްލު އިނީ މާއިޝް ކުރާ ނުކުރާ ކަމެއް ބަލަން ވެގެން.. ދެން ރައި ބުނީމެއްނު ކޮންމެސް މީހަކު ރައިއަށް ދިން ނޯޓްކޮޅެކޭ ދޯ.. މަށަށް އެދުވަހު އެނގުނީ މާއިޝްގެ ނޯޓްފޮތުގަވެސް ހުރީ ހަމަ އެކުލައިގެ ގަނޑުތަކެއްކަން.. ރައިއަށް އެ ނޯޓްކޮޅު ދިނީ މާއިޝް.. ދެން މާއިޝްއަށް ފަޅާއެރީ މަ ފާރަލީކަން.. ދެން އަހަރުން ދެމީހުން އޭރުއްސުރެ މިކަންތައް ޕްލޭން ކުރަމުން ދިޔައީ.. އާޝްމެން ކައިރިވެސް ބުނީ މަ.. މީގެ ވީކެއްވަރު ކުރިން އަހަރުން އެންމެން ވެގެން ޕްލޭންކޮށް ނިންމީ.. މަށެއް ބޭނުމެއް ނޫން އެހާ ލޭމްކޮށް ރައިގެ ޕްރޮޕޯޒަލް ޕްލޭން ކުރާކަށް.. އެހެންވެ މިގޮތަށް ޕްލޭން ކުރީ.. ތަންކޮޅެއް ދިގުކޮށް ކުޅިކޮށް.. އައި އޭމް ސޯ ގްރޭޓް..” އަމިއްލަ ނަފްސާއިމެދު ފަޚުރުވެރި ވެފައިވާ ގޮތަކަށް ނައިރާ ވާހަކަ ނިންމާލިއެވެ.

“ޕިސް ޕިސް.. މަށަށް އޭރުވެސް އެނގުނޭ މީނަ ބްރޭކް ގަޑީގަ ލަންޗް ނުނަގާ އިނދެގެން ކޮންމެވެސް ގަނޑެއް ގަންނާނެކަން.. ދެން މަށަށް އެ ނޯޓްކޮޅު ދިނީ މާއިޝްއޭ.. އެއީ ހަމަ މާއިޝް ލިޔެފަތަ..؟ ހާދަ ހީނުވޭ..” ރައިޝާ މާއިޝްއާ ދިމާއަށް މަލާމަތް ކޮށްލިއެވެ. މާއިޝް އިސްޖަހާލާފައި ބޯ ކަހާލި އިރު އެތުންފަތުގައި ރަކި ހިނިތުންވުމެއް ވިއެވެ. “އެކަމް.. ނައި ގިނަ ވަގުތު އުޅެނީ މަށާ އެއްކޮށެއްނު.. ދެން ކިހިނެއް މަށަށް ނޭނގުނީ ރައިއާ މާއިޝްއާ ދެމީހުން ޓަަޗްގަ ތިބިކަން..؟” ރައިޝާ އަނެއްކާވެސް އަހާލިއެވެ. “ޕިސް.. ނޫނެކޭ.. ރައިއަށް ފެންނާނެ.. ޔާޝްބެމެންގެ ވެޑިން އޮތް ދުވަހު މާއިޝް ގުޅީމަ ރައިއެއްނު ފޯނު ނެގީ.. މަ ބުނީމެއްނު ކޮންމެސް ޝަޒާނެކޭ ދޯ.. އެއީ މާއިޝްއޭ ގަޅިބޯ..” ނައިރާ ރައިޝާގެ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ. “އާނ.. އެއްކަލަ ފޮނިބޮކިބާ ދޯ.. އެކަމް ކީއްވެ ފޮނިބޯކިބާގެ ނަމުގަ ސޭވްކޮށްފަ އިނީ..؟” ނައިރާ ޖެހި ހިސާބުގައި ފިރުމާލަމުން ރައިޝާ ވާހަކަ ދެއްކިއެވެ. “ވަޓް ދަ ހެލް..؟ ފޮނިބޯކިބަލޭ..؟ ބަލަ މަންޖޭ.. މަ ކޮން ގޮތަކުން ފޮނިބޯކިބަލަކާ ވައްތަރީ..؟ އޭނނ..؟” މާއިޝް އެހެން ބުނުމުން ނައިރާ ދެލޯ މަރާ ބާރުކޮށްލިއެވެ. “އާން.. އެއީ ދޯ.. އަނޭ.. މީ.. މަ.. އަސްލުގަ ދެން.. ދެން ސޮރީއޭ ބްރޯ.. މިއަދު ބަދަލު ކުރާނަމޭ.. އޯކޭނު..” ބުނާނެ އެއްޗެއް ނޭނގުމުން ނައިރާ ކޮންމެވެސް އެއްޗެކޭ ކިޔާފައި މަތިބައްދާލިއެވެ. އެއާއެކު އަނެއްކާވެސް އެންމެން ހޭން ފެށިއެވެ.

“އެކަމް މަ މި ހުރީ ވަރަށް ރުޅި އައިސް އިނގޭ.. ހެޔޮނުވާނެ ތިކަހަލަ ބޮޑެތި ދޮގު ހަދާކަށް.. މަ ކިރިޔާއޭ ބިރުން މަރުނުވީ.. އެކަހަލަ ކަންތައް ކުރާކަށްވެސް ނުވާނު.. މަ ކިރިޔާ ދުނިޔޭގަ ހުރީ..” ރައިޝާ ކޮންމެެވެެސް ވަރަކަށް ހިތްހަމަ ނުޖެހުނެވެ. “ސޮރީ ރާރާ.. އިޓް ވޯޒް ނައިރާގެ އައިޑިއާއެއް.. ސޯ ބްލޭމް ހަރ..” ރިއާޝް އަވަހަށް ނައިރާގެ ބޮލުގައި ހުރިހާ އިލްޒާމެއް އެޅުވުމުން ނައިރާއަށް ހައިރާންވެފައި ރިއާޝްއާ ދިމާއަށް ބަލައިލެވުނެވެ. “ނޯ.. އީވެން ޔޫ ޕާރޓިސިޕޭޓެޑް އިން ދިސް ޕްލޭން.. ވީ އޯލް ޑިޑް! ޔޫ ޖަސްޓް ކާންޓް ޕުޓް ދަ ހޯލް ބްލޭމް އޮން މީ..” ނައިރާ ކުސްތަޅާލި ގޮތުން ރައިޝާ ކައިރިއަށް ހިނިއައެވެ. “ހެހެ.. އިޓްސް އޯކޭ.. ނައު އައިމް ހެޕީ.. ހެޕީ ދޭން އައި އެވަރ ވޯޒް..” މާއިޝްއާ ދިމާއަށް ލޯބިން ފުރިގެންވީ ނަޒަރަކުން ބަލައިލަމުން ރައިޝާ ބުންޏެވެ. ބަދަލުގައި މާއިޝްވެސް ހިނިތުންވެލިއިރު، އެ ލޮލުގައި ވަނީ ރައިޝާއަށްޓަކައި ނިމުމެއް ނެތް ފުން ލޯތްބެވެ.

“އެކަމް ތިމީހުން ހާދަ މޮޅޭ އެކްޓް ކުރަން.. އެސްޕެޝަލީ ނައި.. އާނ އެތާނގަ ހުރި ގޮތަށް ހުރެފަ ހަމަ ފެއްޓީ ބިންމައްޗަށް ވެއްޓިގަނެފަ ރޯން ވިއްޔަ.. އަދި ރޯން ފެށީވެސް އެހާ ބާރަށޭ.. މަ ބިރާ އެއްވަރަށް ލަދުވެސް ގަތް.. އެތާ ތިބި އެންމެން މީނަޔާ ދިމާއަށް ބަލަން ތިބި އިރުވެސް މީނަ ހަމަ އެކްޓިންގަ.. ތިބިއްޔާ ތިބިހާ ބަޔަކު ތިބީ އަހަރުމެންނާ ދިމާއަށް ބަލަން.. މަ ލަދުވެސް ގަނެއްޖެ.. އެ ހުރިހާ ޑްރާމާއެއް އެތާ ކުޅުނު އިރު… ޕިސް ޕިސް.. ބޯ ހަލާކު..” ރައިޝާ މަޑުމަޑުން ނިތުގައި ޖަހާލިއެވެ. “ހަހާ! އައި ނޯވ.. ކުރިޔަށް އޮތީ ފާތިމަތް ނަހުލާގެ ފިލްމެއް.. މިއުޅޭ ނިއުމާާ މެންނަށް ވުރެ މޮޅަށް އެކްޓް ކޮށްލާނަން.. މި އާޝްއަށް ރޯން ނޭނގިގެން އެންމެ ފަހުން އަހަރުންނަށް ޖެހުނީ ލޮލަށް އަޅަން ބޭސް ގަންނަން.. އެވަރުން މީނައަށް އެ ކަރުނަތިއްކެއް އޮއްސުނީ.. މަ ކިހާ މޮޅު ދޯ..” ނައިރާ އުނަގަނޑުގައި އަތް ވިއްދާލާފައި ބުމަ އަރުވާލިއެވެ. “ވެއިޓް.. ބްރޯ.. މަންޖެގެ ފޯނުވެސް ވީ އެތާ ބިންމަތީގަ ދޯ.. ޔަގީނޭ ނުނަގާކަން ތި އައީ.. މިހާރު ނޭނގެ ސަލާމަތުން އެތާ އޮންނާނެ ކަމެއްވެސް..” ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދައިން ރައިޝާ ބުނުމުން ނައިރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. “އޯހ މޭން ހޮލީ ޝިޓް! ޝިޓް! ޝިޓް! ޝިޓް! މަގޭ ފޯނު.. މަ ހަނދާންވެސް ނެތް.. ހުސްވެސް އެކްޓިންގަ މަށަށް އުޅެވުނީ.. ޝިޓް.. މަ ދަނީ..” އެހެން ބުނެފައި ނައިރާ ދުއްވައިގަތެވެ. “އޭ.. ނައީ މަޑުކުރޭ.. މަ މިދަނީ.. ސައިކުގަ ދާން މަޑުކުރޭ.. އޭރުން އަވަސްވާނެ.. އޭއި! ޕިސް ޕިސް.. މި މަންޖެ ކަންފަތް ބީރުވީތޯޗެއް.. ނައީ…” ނައިރާއަށް ގޮވަމުން ގޮވަމުން ރިއާޝްވެސް ގޮސް ލިފްޓަށް އެރިއެވެ.

ނައިރާމެން ދިޔުމުން ރައިޝާއަށް ޔާޝްމެންނާ ދިމާއަށް ބަލައިލެވުނެވެ. އަދި މަޑުމަޑުން ގޮސް ރީޝާގެ ދެއަތުގައި ހިފާލިއެވެ. “ކުޑަބެދައްތާ އައިމް ސޯ ސޮރީ.. ވަރަށް ވަރަށް ބޮޑަށް ސޮރީ މާ ބާރަށް ވާހަކަ ދެއްކުނީމަ.. އައި ޖަސްޓް.. އައި ޑިޑިންޓް ނޯވ ވަޓް ވޯޒް ހެޕަނިންގ.. އޯލް އޮފް ދެޓް ވޯޒް ޖަސްޓް ޓޫ މަޗް ފޯރ މީ ޓު ހޭންޑްލް އެޓް ވަންސް.. ދެޓް ވޯޒް ޖަސްޓް ޓޫ މަޗް ޕްރެޝަރ އޮން މީ އެންޑް އައި-” ރައިޝާގެ ޖުމްލަ ފުރިހަމަ ނުކުރެވުނީ ރީޝާ ވާހަކަ ދައްކަން ފެށުމުންނެވެ. “އިޓްސް އޯކޭ ރައީ.. އައި ކޭން އަންޑަރސްޓޭންޑް.. އިފް އައި ވޯޒް އިން ޔުއަރ ޝޫޒްް އީވެން އައި ވުޑެވް ހޭޑް ދި ސޭމް ރިއެކްޝަން.. އިޓްސް އޯކޭ.. ނައު ޗީރ އަޕް.. ވިޝް ޔޫ ބޯތް އަ ބްރައިޓް ފިޔުޗަރ..” ރައިޝާގެ ކޮލުގައި ހިފާލުމަށްފަހު، ހީލާފައި ރީޝާ ދިޔައީ އޭނާގެ ރޫމްއަށެވެ. އޭނާގެ ބްރޭކް ގަޑި ހަމަވެފައިވާތީއާވެސް އެކުގައެވެ.”ރައި ކުޑަބެވެސް ދަނީ އިނގޭ ކޮމްޕެނީއަށް.. ބައްޕަ އުޅޭނެ މިހާރު ލަސްވެގެން.. މާއިޝް ރައި ގެއަށް ލައިދެއްޗެ އިނގޭ.. އޯކޭ ބާއި..” ޔާޝްވެސް ހީލާފައި ގޮސް ލިފްޓަށް އެރިއެވެ.

ޔާޝް ދިޔުމުން ރައިޝާއާއި މާއިޝް އެކަކު އަނެކާ ދިމާއަށް ބަލައިލިއެވެ. ކުޑަ އިރުކޮޅަކަށް ދެމީހުންނަށް އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ތިބެވުނެވެ. އެހެން ތިބެވުނު އިރު އެތާ އިތުރު ބަޔަކު ތިބިކަން ހަނދާންވެސް ނެތް ފަދައެވެ. އެހެންނަމަވެސް، އެ ހިމޭންކަން ފޫދުއްވާލީ ރައިޝާގެ އަޑުންނެވެ. “މޫނު ވަރަށް ހަޑިވެފަ ހުރީ.. އެބަ އަންނަން ވޮޝްރޫމްއަށް ގޮއްސަ މޫނު ދޮވެލައިގެން..” އިސްޖަހާލަމުން ރައިޝާ ބުނެލީ މަޑުމަޑުންނެވެ. ބަދަލުގައި މާއިޝް ހަމައެކަނި ބޯޖަހާލާފައި ހިނިތުންވުމަކުން ފުއްދާލީއެވެ. ރައިޝާ ގޮސް ފާޚާނާއަށް ވަނުމުން މާއިޝް އެތާ ހުރި ގޮނޑިބަރީގައި އިށީނދެލާ، ފޯނާ ކުޅެން ފެށީ ވަގުތު ދުއްވާލުމުގެ ގޮތުންނެވެ. “މާއިޝް…” ކުރިމަތިން މީހަކު އޭނާއަށް ގޮވާލި އަޑު އިވުމުން މާއިޝް ފޯނުން ނަޒަރު ވަކިކޮށްލިއެވެ. އަދި ކުރިމައްޗަށް ބަލައިލީ ދަންނަ އަޑެއްހެން ހީވާތީއެވެ. އެވަގުތު ފެނުނު ސޫރައަކުން މާއިޝްއަށް ކުއްލި ސިހުމެއް ލިބުނެވެ. ކުރިމަތީގައި އެ ހުރީ އޭނާ މިތަނުން ބައްދަލުވެދާނެ ކަމަށް އުންމީދު ކުރި މީހެއް ނޫނެވެ. އަވަސްއަވަހަށް ފާޚާނާއާ ދިމާއަށް ބަލައިލެވުނީ ރައިޝާ އެ މަންޒަރު ފެންނަ ހިސާބުގައި ހުރިތޯ ބެލުމަށެވެ. ރައިޝާ އެތާ ބޭރުގައި ނެތުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު މާއިޝް ކުރިމަތީގައި ހުރި މީހާއާ ދިމާއަށް ބަލައިލީ ސުވާލުން ފުރިގެންވީ ނަޒަރަކުންނެވެ.

ނުނިމޭ…

30

11 Comments

  1. 🌻LamHaa🌻

    August 4, 2021 at 8:26 pm

    Wow v v salhi ingey mi part vx Naayoo ❤️
    Alhey Raisha ah Ehn hadhan heyo vx nuvaanu.. E dhari Haadha varakah roe laafiyeyey.. Ethaa thibi meehunge hithah vx thadhu nuvany dhw😂Ekam e act thah vhk aeema handhaan vee Ehkala Rey rulhi aiss gen ulhunu mathin😂fathimath nahula ge film eh nooney kiyaafa..
    Kaakutha Maaish kairiah aeee.. V v serious ingey 😉☺️
    Lyyyyyyssssmmm n myyyyyyssmmmm loabikolhooo😘❤️💕
    Stay safe n Tc
    Gud night n sweet dreams 😂🌃

    • Nayaa

      August 5, 2021 at 10:35 am

      hey lampuriii…
      awwwwn tyssssmm lwbikolhuuu… haha aan dhw ehn hadhan heyo vx nuvaanu… evarah rounu iru vx e meehunge hithah hama ekahcheh vx naaranee kanneynge dhw.. lol..
      aan ekkala rey dhw.. pis pis.. dhn e reyge vhk nudhakkabala brooo… ekm ma adhivx mi huree ekmaa vrh curious vefa ingey.. just saying.. hehe…
      eii kaaku kan ingeyne nxt prt ga… inthizaaru kohlaa!
      lymmmmmmmmm nd mymmmmmmmmmm dhooneeee
      u 2 ss nd tvgc darling
      gud morning mashah migadeega kiyeynee… hahahahaha…

  2. 🌹YEOJA🌹

    August 4, 2021 at 8:34 pm

    Wow naayuuuu wow what a suprise ❤️❤️❤️
    Vrh nice mi part vxx Masha Allah ❤️
    I was Hama shocked naayuuu haahda moleyy
    Galde that maaish alive Kan brw ma vxx ❤️❤️raishaa akaa ehvarah shocked vi ❤️
    Hahahahaha foni bowkibaa vxx falaaereenu hahahahah ❤️❤️🤣🤣🤣🤣🤣
    Hinyaa gen huvaaa❤️❤️🤣🤣🤣🤣🤣
    Btw kaaku baa eyyy maasih ah govee so curious❤️❤️
    Hahahaha moley moley acting gadu molu ❤️❤️🤣🤣🤣🤣🤣🤣
    Waiting for the next part ❤️❤️
    Stay safe and tvgc ❤️❤️

    • Nayaa

      August 5, 2021 at 10:39 am

      hha surprise vejje dhw.. nayoo eyruvx buneemennu eaa dhera nuvaashey dhw..
      thankiu sooo much sisoooo… yhh glad shw maaish alive kan… alhamdhu lillah! haha manje raisha ah vure dhera vefaviyya huree maaish maru veemavx…
      hahahaha aan dha lmaoooo…
      eii kaaku kan ingeyne nxt prt ga…let’s wait…
      hahaha aan mo;hu dhw…
      keep waiting..
      u 2 ss nd tvgc darl…

  3. Ryyn

    August 5, 2021 at 9:55 am

    Waa waa vrh vrh vrh rythi mi prt vex ❤😘 Masha Allah.. Nai haadha molhei dhw act vex kuran.. filmeh kulhuniyyaa vaa rangalhu 😂 Vrh birun ingei hurrvuny mi prt kiyamun dhiya iruvex.. n ryn buneemehnnu dhw prank kurany kamah vex vedhaane eyy 😎😆 hehe.. anekkaa Maai ah e gowy kaaku baa.. vrh curious 💕 Cyu in nxt prt nayu dhoony 💖
    Take care
    Stay safe
    Ly

    • Nayaa

      August 5, 2021 at 10:43 am

      awwwnnn thaniuuu Ryyn darl… haha nai vx molhee hama ekani kaakah nooney 😉 act kuran vx e manje molhey… hahahaha lmaooo… aan jeheyne filmeh kulhen laan vx dhw… dhn ekamaa ulhenvee kanneynge dhw… lol.. alheyyy thioyoh ganna bireh dhw… thi biru kandaalaafa thankolheh bold vebala darl… hahahahaha nayaa maru nuvaneeheh maaish mareh nuvaane… lol.. yhhh ryyn ge guess rangalhey dhw… congrats… dhn hadhiyaa eh onnan vaane dhw guess rangalhu veema.. hehehe… koacheh beynumeee?? eii kaaku kan vx ingeyne nxt prt ga.. mifaharuvx guess eh kohlaba dhoonee… ryyn vrh molhennu guess kuran dhw 😉 hehehe… yhhh c u in nxt prt lwbii…
      u 2 ssnd tc darling…
      lyt

    • Ryyn

      August 5, 2021 at 3:07 pm

      Ehehe anytime nayu darlu ❤😊 ryn beynumy nxt prt 😄😅 oof.. guess eh kollafaanan dhn.. maai ge dad kanneyge govaaly.. wedhaane mum kamah vex .. assu ryn ehaa molheh nuvaane ingei guess kiraakah.. nayu ah ehn hyviyas 😆❤
      Ly 💖

    • Nayaa

      August 6, 2021 at 5:07 pm

      ohh heheh.. nt prt kudakoh las vedhaane kuda personal kameh dhimaa gn… dhn school feshenvaa irah ready vaatheeaa ekuvx.. sorry…
      ohh guess rangalhuthw balaalan jeheynee hama nxt prt ah wait kohlaashey… haha.. ehn dhw… nayoo ah hama heevanee ryn vrh molhu vaaney guess kuran.. heheh..
      lyt darling!

  4. luvza

    August 5, 2021 at 10:50 am

    naa ma mifaharu nethin dhigukoh cmnt liyaakah ekam kurukoh fonikon bunagnyaa
    vaahaak hama habeys ehvvana nai ah ves reesh ah ves dhen thibi characters ahves actu kurun hama varah furihama so wow that was nice 🥰🥰👍
    dhen maaish kon kuhjakaa vaahaka dhahkkan huttaa baa rai ah fennnaaanee😁

  5. Ryyn

    August 5, 2021 at 3:09 pm

    Ehehe anytime nayu darlu ❤😊 ryn beynumy nxt prt 😄😅 oof.. guess eh kollafaanan dhn.. maai ge dad kanneyge govaaly.. wedhaane mum kamah vex .. assu ryn ehaa molheh nuvaane ingei guess kiraakah.. nayu ah ehn hyviyas 😆❤
    Ly 💖

  6. Nayaa

    August 6, 2021 at 5:10 pm

    alhey magey lwbi lwbi luvzyyyyy… haha haan kuru koh foni koh dhw mifaharu thi bunely.. heheh…
    awww thaniu darlooo… rly appreciate that ingey! haha nai mn vx bunee vrh bodah thanks oa thi kohdhevvi thaureef ah 😉 hahahahaha lmao… maaish vhk dhakkan huri kujjaa ingeynee nxt prt ga… inthizaaru kohlaa dhen ingey.. heheh… ly!

Comments are closed.