ޑޮކްޓަރ އެހެން ބުނުމުން ކިޔާރާއަށް ރޮވެގަނެވުނެވެ.”ކިޔާ ކެތްކުރޭ..އިރާދަ ކުރެއްވިއްޔާ ރަނގަޅުވާނެ..”ރައުފާ ރޮވިފައި ހުރެ ކިޔާރާއަށް ހިތްވަރު ދިނެވެ.”އެކަމް..ދޮން..އަހަ..ދެން ނުހިނ..”ކިޔާރާއަށް ރޮވޭވަރުން ވާހަކައެއްވެސް ނުދެއްކުނެވެ.

“ޑޮކްޓަރ ކިޔާ ދެން ރަނގަޅެއް ނުވާނެތޯ..؟”ޑޮކްޓަރ ބުނުމުން ޑޮކްޓަރ ފަހަތުން ވާޑުން ބޭރަށް ނުކުތް ރައުފާ ލޯ ކައިރި ފޮހެލަމުން ބުންޏެވެ.”އޮޕަރޭޝަނެއް ކުރައްވަން ޖެހެނީ..އެކަމް ރަނގަޅުވާނެކަމުގެ ޔަގީން ކަމެއް ނެތް..އެ އޮޕަރޭޝަން ކުރރވޭނީ ބޭރުން.. އޮޕަރޭޝަން ކުރަންޏާ ވަރަށް އަވަހަށް އެބަޖެހޭ ކުރަން.. އިރާދަކުރެއްވިޔާ ރަނގަޅު ވާނެ”ޑޮކްޓަރ ދިޔުމުން ރައުފާ ގޮސް ކިޔާރާ ގާތު އެވާހަކަ ބުޏްނެވެ.

ނައުފްމެން ގާތު ކިޔާރާގެ އޮޕަރޭޝަން ވާހަކަ ބުނުމުން ނަފުހާމެން ނިންމީ އެމީހުންގެ ހަރަދުގައި އޮޕަރޭޝަން ކުރާށެވެ.

ކިޔާރާމެން ފުރަން އޮތީ ދެންއަންނަ ހަފްތާގައެވެ.ރައުފާ އާއި ރައުލާ އުޅުނީ އެއްޗިސް ޕެކްް ކުރާށެވެ.ކިޔާރާ،ރައުފާ،ރައުލާ އަދި ރައީފާ އެއްޗެހިތައް ދަބަހައް އެޅީ އެދެމީހުން ވެގެނެވެ.

އޭރު ރައީފާ އުޅުނީ ކައްކާށެވެ.އޭނާ ހުރީ ހިޔާލަކައް ގެއްލިފައެވެ.ކުއްލިއަކައް އިވުނު ބާރު އަޑުފައްގަނޑަކުން ސިއްސައިގެން ދިޔަ ރައީފާ ބާރަކަށް ސިޓިންގް ރޫމް އަށް ދިޔައެވެ.ޓައިލްސް ތަކުމަތީ ގޮނޑި އާއި އެކީ ވެއްޓިފައި އޮތް ކިޔާރާ ފެނުމުން ރައީފާއަށް އެދިމާއަށް ދެވުނު ގޮތެއްވެސް ނޭނގުނެވެ.ރައީފާގޮސް ކިޔާރާ ނަގާ ގޮނޑީގައި ބޭންދިއެވެ.”ދަރިފުޅާ ބަލައިގެން އުޅެބަލަ..”ރައީފާ އޯގާތެރި ކަމާއެކު ބުންޏެވެ.އެ އޯގާތެރި ކަން ފެނުމުން ކިޔާރާގެ ލޮލުން ކަރުނަ ހިލުނެވެ.އޭނާ ހީކުރީ އޭނާއަށް ނުހިނގުމުން ރައީފާ އޭނައަށް ނަފުރަތު ކުރާނެ ކަމަށެވެ.ނަމަވެސް ކަންވީ އެއާއި ހިލާފަށެވެ.

ރައީފާއަށް ވަމުން ދާ ގޮތެއް ހުދު އޭނާ އަކައް ވެސް ނޭނގެއެވެ.އޭނަގެ ހިތުގައި ކިޔާރާ އަށް ރަހުމު އުފެދެނީ އެވެ.ނަމަވެސް ރައީފާ އެކަން ގަބޫލު ކުރާކަށް ބޭނުމެއްނޫނެވެ.

ކިޔާރާ އެނދުގައި ހެޑް ބޯޑުގައް ލެނގިލައިގެން ވާހަކަ ކިޔަން އިންދާ ފޯނައް ނުދަންނަ ނަންބަރަކުން ގުޅިއެވެ.ކިޔާރާ އެކަން މާ ބޮޑު ކަމަކަށް ނުހަދާ ބިޒީ ކޮށްލިއެވެ.އެގޮތައް ޖެހިޖެހިގެން ދެތިން ފަހަރު ކަން ކުރުމުންވެސް އެމީހަކު ގުޅުން ނުހުއްޓުމުން އެންމެފަހުން ކިޔާރާ ފޯނު ނެގި އެވެ.

“ހަލޯ ކޮން ބޭފުޅެއްތޯ..؟”އެއްމިނެޓް ވީ އިރުވެސް އެކޮޅުން އަޑެއް ނީވުމުން ކިޔާރާ ވާހަކަ ދެއްކި އެވެ.”އޯހް ކިޔާރާ.. މަހީކުރީ ފަޔާ އެކީ އަޑުވިސް ދިޔައީ ކަމައް.”އެކޮޅުން ވާހަކަ ދެއްކީ ވަރަށް ފޮނި މީހެއްކަމް އަޑުންވިސް ކިޔާރާއަށް އެނގުނެވެ.”ނޭނގުނު..””އޯހް..މީ އުޝާ އިނގެއެއްނު..މިގުޅާލީ ކިޔާރާ ހާލު ބަލަން..”.ކިޔާރާ ހައިރާންވިއެވެ.މީގެކުރިން އުޝާ އަކީ އޭނައާއި ދިމާލަށް ރަނގަޅައް ބަލައިލާފައި ވެސް ނުވާ މީހެކެވެ.ދެން މިއަދު އޭނަގެ ހާލުބާލަން މިގުޅީ ކީކުރަން ބާއެވެ.

“ކިޔާރާ..އެނގޭތަ ފިރިހެނަކު ނުކުޅެދުންތެރިކަން ހުންނަ އަންހެނެއް ބޭނުމެއް ނުވާނެކަން..ހަމަ އެގޮތައް ނައުފް ވެސް ކިޔާރާ ބޭނުމެއް ނުވާނެ..މިހާރުވެސް ޔަގީނުން ވިއްޔާ އޭނަ ހުންނާނީ ބޮލައް ބާރު ވެފަ..އެހެންނު ވާނީ ތިޔަ މީހާގެ ކަން ކަން ވިސް ކޮށްދޭންޖެހެނީ އޭނާއަށް ވިއްޔަ..ކިޔާރާ ދެން އަވަސް ނައުފްއަށް އިތުރު ބުރަ ނުޖައްސާ އޭނައާ ފުރާ…”އުޝާ އެހިސާބަށް ބުނެވުނުތަނާ ކިޔާރާ ފޯނު ކަނޑާލީ ކެތް ނުކުރެވިގެން ރޮވެން ފެށުމުންނެވެ.އުށާ ދެއްކި ހުރިހާ ވާހަކަތަކެއް ކިޔާރާއަށް ގަބޫލު ކުރެވުނެވެ.އޭނަކަހަލަ ނުކުޅެދޭމީހެއް ނައުފް ވެސް ވަކި ބޭނުންވާނެހެއްޔެވެ.ދެން ކިޔާރާ ނިންމި ނިންމުމަކީ އޭނަ ވަރަށް ވިސްނާފައި ނިންމި ނިންމުމެކެވެ.އާނއެކެވެ އޭނަ ނައުފް އާއި ވަކިވާނީއެވެ.ނަމަވެސް އޭނަގެ ހިތައް އިރުކޮޅަކާ އެއީ ރަނގަޅު ނިންމުމެއްބާއޭ ހިތައް އަރައެވެ.

ނުނިމޭ

25

1 Comment

  1. hawwa lamya

    July 8, 2021 at 11:39 am

    So I changed the cover pic.hope you guys like it 😀

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!