ތިޔަ ލޯތްބަށް އެދެމޭ 2 – 15
އިޝާ ނަމާދަށް ގޮވީ އިންޝާ ވިސްނަން އޮއްވައެވެ. މާއިން އަޝްލީން މެންގެއިން އެހާ އަވަހަށް އައި ސަބަބެއް ވިސްނަންވެސް ހަނދާންވީ މިވަގުތެވެ. ނަމަވެސް އިޝާ ނަމާދު ކޮށްލައިގެން އިންޝާ ނިކުތެވެ. މިޝްޔާ ވެސް ނަމާދުކޮށްގެން ނިކުމެ އިނެވެ.” އިނާ މިޝް ދޭބަލަ ދޮންބެ މެންނަށް ކާން ގޮވަން… ” ހިޝާ ބުންޏެވެ. މިޝްޔާ އޯކޭއޭ ބުނެފައި ރާކިންގެ ކޮޓަރިކައިރިއަށް ގޮސް ދޮރު ހުޅުވާލިއެވެ.” ދޮންބޭ ތިއްތީ..ކާން އަންނާށޯ… ” މިޝްޔާ އެހެން ބުނި ގަޑީގައި ލޮލުގައި އަޅައިގަތީ އިޝާންގެ ޓީޝާޓާއި ޖީންސް އެވެ. މިޝްޔާ ދެލޯ ބޮޑުކޮށްލާފައި މާއިން އާއި ދިމަ ބަލާލިއެވެ.” ކީއްވެ ޝާންބެ އެއްޗެހި ބައިލައިގެން… ” މިޝްޔާ އަހާލިއެވެ.” ސާބަހޭ މަ މިހުރީ ތުވާލި އަނދެގެންނޭ… އެއްޗެހިތައް ތެތްވީމަ ބޭލީ.. ” އިޝާން ހޭން ފެށިއެވެ. މިޝްޔާ ބޯ ކަހާލާފައި ނިކުތެވެ.
**15 ވަނަ ޕާޓު**
އެކި ދުވަސްތައް ފާއިތު ވަމުން ދިޔައެވެ. ރާކިންގެ ދިރިއުޅުން ރަނގަޅުވެ ގޭ މީހުންނާ އެއްކޮށް ގިނައިން ވަގުތު ހޭދަކުރެވެމުން ދިޔައެވެ. ރާއިލް އާއި ހިޝާގެ އިތުރުން އެގޭ އެންމެން ވެސް އެކަމާ އުފާ ކުރެއެވެ. ނަމަވެސް އަލްވާ އާއި މާއިން ތިބެނީ ވާހަކަ ދައްކަން ނުކެރިފައެވެ. އޭރު ވެސް އިޔާން އާއި އިންޝާގެ ތަޅާފޮޅުމަށް މެދުކެނޑުމެއް ނެތި އެ ކަންތައް މާ ގިނަ ދުވަހަށް ދިގުދެމިގެން ދާތީ މިޝްޔާމެން އިޔާން އާއި އިންޝާއަށް އަޅުވައިކިޔަން ފަށައިފިއެވެ.
” އިންޝާގަނޑާ އަވަސް ކޮށްބަލަ… ” މާއިން ދިޔައީ އިންޝާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހަމުންނެވެ.” އަޅެ ސާބަހޭ… ކޮން ކަމަކާތަ ފަޔަށް ހިނި އަރައިގެން ތިޔަ އުޅެނީ.. ” އިންޝާ ނިކުމެފައި ހަޅޭއްލަވައި ގަތެވެ.” ކަމެއް ވެގެނެއް ނޫން… ހަމަ އުނދަގު ކޮށްލާހިތްވީ… ” މާއިން ދަތްޕިލަ ސޭލް އަޅުވާލިއެވެ.” ދެން ވަރަށް ފޫހި.. ” އިންޝާ މާއިންގެ ގައިގައި ޖަހަން ދުއްވައިގަތެވެ. މާއިން ވެސް އަތު ނުވަން ވެގެން ގެއިން ބޭރަށް ނިކުތެވެ. ދެމީހުން އެހެން ދުވަމުން ދަނިކޮށް ނިކުމެވުނީ މަސައްކަތްކުރާ ހިސާބަކަށެވެ. އެތަން ވަށައިގެން އޮތީ ލަކުޑި އާއި ދަގަނޑު ކަހަލަ އެއްޗެއްސެވެ.
މާއިން މާ ބާރަށް ދާން ފެށުމުން އިންޝާ ވެސް އެއަށް ވުރެ ދުވުން ބާރުކޮށްލަށް އުޅުނެވެ. ނަމަވެސް ލަކުޑި ގަނޑެއްގައި އަޅައިގަނެފައި އިންޝާ ވެއްޓުން ގޮތަށް ބޯ ފަޅައިގެން ގޮސް ހޭނެތުނެވެ . އިންޝާ ވެއްޓުނު ލަކުޑި ގަނޑު ގައި ޖެހިފައި ކައިރީގައި ހުރި ތޫނު ދަގަނޑު ގަނޑެއް އިންޝާގެ އަތާއި ދިމާއަށް ވެއްޓެން ދިޔައެވެ. އެތަން ބަލަން ހުރި މާއިން ހަޅޭއްލަވައި ގަނެފައި އިންޝާ އާއި ދިމާއަށް ދުއްވައިގަތެވެ. އޭގެ ކުރިން އެހެން މީހަކު އައިސް އެ ދަގަނޑު ހިފެހެއްޓިއެވެ. އޭރު ވެސް އެއްބައި އޮތީ އަތަށް ވަދެފައިވެ. އިންޝާގެ އަތްތިލަ އަކީ ވަރަށް ތުނި އަތްތިލައެއް ކަމުން އިތުރަށް ހެރިއްޖެއްޔާ އަތްތިލަ ތެރެއިން އެ ދަގަނޑު ނިކުންނާނެއެވެ.
” އިޔާން… ” މާއިން ދެލޯ ބޮޑުވިއެވެ.” އަވަހަށް އެމްބިއުލެންސްއަށް ގުޅާ.. ” އިޔާން އެ ދަގަނޑު ގަޑި ނަގަން ނޭނގިފައި ހުރެ ބުންޏެވެ. މާއިން އަވަސް އަވަހަށް އެމްބިއުލެންސް އަށް ގުޅިއެވެ. އަދި އިލްޔާ މެންނަށް ވެސް އެކަން އެންގިއެވެ. އިރުކޮޅެއް ނުވަނީސް އެމްބިއުލެންސް އައެވެ. ނަރުހުން އައިސް އިންޝާ ވަށައިގެން ހުއްޓުނެވެ. އަދި މާއިން އާއި އިޔާން ކައިރީގައި ތަންކޮޅެއް ދުރުގައި ހުރުމަށް އެދުނެވެ. އޭރު ވަރަށް ގިނަ މީހުން ވީގޮތް ބަލާ ހިތުން އެތަނަށް އެއްވަމުން ދިޔައެވެ.
” އިނާ… އިނާއަށް ކިހިނެއްވީ.. ” އިލްޔާ އަހާލީ ކަންބޮޑުވެ ހުރެއެވެ. އިޔާން ވީގޮތް ކިޔައިދިނެވެ. އިލްޔާގެ ލޮލުން ކަރުނަ ފައިބަންފެށިއެވެ. ހިޝާ އާއި ލުޔާއަށް ވެސް ރޮވުނެވެ. މަޔާން ވެސް ހުރީ ފެންކަޅި ވެފައެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅު އެހެން އޮތްތަން ބަލަން ކެތްވާނެ ބާއެވެ؟ މިޝްޔާ ހުރީ ގުޑިލަންވެސް ނޭނގިފައެވެ. ރާކިން ހުރީ މިޝްޔާ ދުއްވައި ގަނެފާނެތީ ކައިރީގައެވެ. އިލްޔާ އާއި ހިޝާ އަދި ލުޔާ ހަމައަކަށް އަޅުވަންވެގެން މަޔާން އާއި ރާއިލް އަދި ޔަޒާން އުޅުނެވެ. ކަންވީ ވެސް ރާކިން ހީކުރި ގޮތަށެވެ. މިޝްޔާ އުޅުނީ އިންޝާ އާއި ދިމާއަށް ދުއްވައި ގަންނަންށެވެ. ރާކިން މިޝްޔާ ހިފަހައްޓާފައި އެތަނަށް ނުދިއުމަށް ބުންޏެވެ.
ވެއިޓިން އޭރިއާގައި އިން މާއިން އިނީ ޑޮކްޓަރ ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. ބޯ ދިޔައީ ހާސް ވަމުންނެވެ. ނިއްކުރިމަތިން ފެންތިކިތައް ބަބުޅަމުން ދިޔައިރު މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. އިޔާންގެ ހާލަކީތޯއެވެ. އިންޝާއާއި މެދު އެހެން ކަހަލަ އިހުސާސްތަކެއް ހިތުގައި އުފެދުނުކަން އިޔާންއަށް ރޭކާލީ އަދި ކިރިޔާއެވެ. ހިތް އުދާސް ވަމުން ދިޔަ ނަމަވެސް އިތުރު މީހަކަށް މިކަން އެނގޭކަށް އިޔާން ބޭނުމެއް ނޫނެވެ.
ފުދޭވަރަކަށް ގިނައިރުގެ އިންތިޒާރަކަށް ނިމުމެއް އައީ ޑޮކްޓަރ ނުކުތުމުންނެވެ. ޑޮކްޓަރ ވާހަކަ ދައްކާ ނިމުނުއިރު މާއިން ހިންދިރުވާލިއެވެ.” އިންޝާ ރަނގަޅުވާން ވަރަށް ދުވަސް ނަގާނެ… ބޯ ފަޅައިގެން ގޮސް ކިރިޔާ ސިކުނޑި އަށް ލޭ ނޭޅި އިނީ… ” ޑޮކްޓަރ ކީ ދެ ޖުމްލަ މާއިންގެ ބޯ ތެރޭގައި އެނބުރެމުން ދިޔައެވެ. މާޔޫސްވެފައިވާ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނީ އަޝްލީން އާއި އެކު ހުރި އަލްވާ ފެނުމުންނެވެ. ” މާއިން… އިންޝާ ﷲ… ހުރިހާ ކަމެއް ވެސް ވަރަށް އަވަހަށް ރަނގަޅުވެ ދާނެ… އެހާ ދެރަ ނުވައްޗޭ… ” އަލްވާ ހިތްވަރު ކޮށްލާފައި މާއިން ކައިރިއަށް ގޮސް ބުންޏެވެ.” ހިނގާ ބޭރަށް ނިކުމެލަން… އޭރުން ހިތަށް ހަމަޖެހުމެއް ލިބިދާނެ.. ” އަލްވާ ހީލާފައި އެދުނެވެ. މާއިން އަލްވާއަ އެކީގައި ހިނގައިގަތެވެ.
” ކޮންމެސް ވާހަކައެއް ދައްކަބަލަ… ” ހޮސްޕިޓަލާއި ކައިރީގައި ހުރި ބެންޗެއްގައި އިށީންނަމުން އަލްވާ ބުންޏެވެ.” ކޮންޗެކޭ ކިޔާނީ.. ” މާއިން އަހާލިއެވެ.” އޯކޭތަ ސުވާލެއް ކޮށްލިޔަސް… ” އަލްވާ ދުރު ބަލާލިއެވެ.” މާއިން ލޯބިވެރިއެއް ހުރޭތަ.. ” އަލްވާ އެހެން ބުނުމުން މާއިން ހިތް ތެޅިލިއެވެ.” ނޫން ކިހިނެއްވީ… އަލްވާ ހުރޭތަ.. ” މާއިން ހަމަޖެހިލިއެވެ.” ނޫނޭ އަހަރެން ސިންގަލް… ހަމަ އަސްލު ވެސް ތަ… ތިހާ ރީތި މީހަކު ސިންގަލް ވާނެކަމަށް ހީކުރާނީ ކާކު ހެހެ… ” އަލްވާގެ ހިތް އުފަލުން ނަށާލިއެވެ. މާއިންއަށް ވެސް ވީ އެވަރެވެ.” އެކަމް ވަރަށް ލޯބިވާ ކުއްޖަކު ހުރޭ… އެކުއްޖާއަށް ނޭނގިދާނެ އަހަރެން ލޯބިވާ ކަން… ވަރަށް ލޯބި ލޯބި ކުއްޖެއް… ” މާއިން އަލްވާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އުފަލުން ނަށަ ނަށަ އޮތް އަލްވާގެ ހިތް ވަގުތުން ނުތަނަވަސްވިއެވެ. އޭނާގެ ފުރަތަމަ ލޯބި ކާމިޔާބު ނުވީ ބާއޭ ހިތަށް އެރިއެވެ.
” ތި ލަކީ ކުއްޖަކީ ކޮބާތަ.. ” އަލްވާ ފަނޑު ހިނިތުންވުމަކާ އެކު އަހާލިއެވެ.” ހަމަ އަސްލު ވެސް އެނގެން ބޭނުންތަ… ” މާއިން އަލްވާ އާއި ދިމަ ބަލާލިއެވެ.” ޔާ ބުނެބަ އަލްވާ ރުޅި އެއް ނާންނާނަމޭ… ” އަލްވާ ބުންޏެވެ.” އޯކޭ މާއިން… ދިސް އިޒް ދަ ޗާންސް.. ” މާއިން އަމިއްލަ ނަފްސާއި ވާހަަކަ ދެއްކުމަށްފަހު ލޯމާރާފައި ފުން ނޭވާއެއް ލިއެވެ. އަދި އަލްވާގެ ގައިގައި ބައްދާލިއެވެ.” އިޓްސް ޔޫ… އަލްވާ… އަހަރެން އެންމެ ލޯބިވަނީ އަލްވާ ދެކެ… ” މާއިން އަލްވާގެ ހަށިގަނޑުގައި ބައްދައިގެން ހުރެ ބުންޏެވެ.” އަޅޭ… އަސްލު ވެސްތަ… އަހަރެން ވެސް.. ” އަލްވާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފައިބަންފެށިއެވެ.” އަލްވާ އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިން ދުވަހުން ފަށައިގެން އަހަރެން ދިޔައީ އަލްވާއަށް އިންތިޒާރު ކުރަމުން.. ” މާއިން ހަތަރު އަހަރު ކުރީގެ ހަނދާނެއް އާކޮށްލަމުން ބުންޏެވެ. އެހެން ބުނުމުން އަލްވާ ކުރީގެ ހަނދާންތައް އާވިއެވެ.
**********
އަލްވާ ރަށުގެ ވަލާއި ދިމާއަށް ދަނިކޮށް ފެނުނީ ތޭރަ އަހަރުގެ ފިރިހެން ކުއްޖަކު ކައިރީގައި ވަޅި ހިފައިގެން ހުރި ފިރިހެނެކެވެ. އެ ތޭރަ އަހަރުގެ ފިރިހެން ކުއްޖާ ކައިރީގައި އެއަށްވުރެ ބޮޑު އެހެން ފިރިހެން ކުއްޖެއް ވެސް ހުއްޓެވެ. އަލްވާއަށް ނުބައެއް އުޅޭހެން ހީވިއެވެ. ލަސްނުކޮށް އެ ފިރިހެން މީހާ ކުރިމައްޗަށް އަލްވާ އެރިއެވެ.” އަލްވާ ކީއްކުރަނީ މިތާ.. ” އެމީހާ ސިހިފައި ވަޅި ފޮރުވިއެވެ.” ބޮޑުބޭބެ ކީއްކުރަނީ ތި… މަންމަ ކައިރީގަ ބުނާނަން.. ” އަލްވާ ބުންޏެވެ.” ނުބުނާތި… ” އެމީހާ ދެލޯ ބޮޑުކޮށްލިއެވެ.” ކޮބާ ސަބަބަކީ މިކުދިންނަށް ގެއްލުންދޭން… ” އަލްވާ އަހާލިއެވެ.” މަގޭ ގަޔަށް ވަޅި ހަރާލީމަ… ” އެ ފިރިހެންމީހާ ލޯ އަޅާލިއެވެ.
” ނޫން.. އަހަރެމެން ދަނިކޮށް ބޭބެ ގައިގަ ޖެހިފަ ނޭނގިގެން ހެރުނީ.. ގަސްތުގައި ކުރި ކަމެއް ނޫން… ” ތޭރަ އަހަރުގެ ފިރިހެން ކުއްޖާ ވާހަކަ ދެއްކިއެވެ. އެ ފިރިހެން މީހާ ފާޑަކަށް ބަލަން ހުރެފައި ދުރަށް ހިނގައިގަތެވެ.” ޝުކުރިއްޔާ.. އެ ބޭބެ އުޅުނީ އަހަރެމެން މަރާލަން… ” މާއިން ޝުކުރު އަދާ ކުރިއެވެ.” ވެލްކަމް… އެއީ ވަރަށް ރުޅިގަދަ މީހެއް… މީހުން ވަރަށް ރުޅި އަންނާނެ އޭނަ ދެކެ… އެކަމް އެއީ އަޅުގަނޑުގެ ބޮޑުބޭބެ.. .. ” އަލްވާ ޖަވާބުގައި ބުންޏެވެ.” އޯހ… މީ މާއިން ދެން މީ ރާކިން… ” މާއިން ހިނިތުންވެލިއެވެ.” މީ އަލްވާ.. ” އަލްވާ ވެސް ތައާރަފް ވެލިއެވެ.
” އެން ކީއްވެ ވަލަށް ދަނީ… ” މާއިން އަހާލިއެވެ.” ކަ.. ކަމެއް ނުވެ… ވަގުތެއް ނެތް… ކަމެއް ކޮށްދެންޏާ ވެސް މި ފަށް ރައްކާތެރިކޮށްދީ… އަހަރެން ދެން ތި ކުދިންނަށް ފެނުނަސް ނުފެނުނަސް ތި ދެކުދިން ނުލާ އިތުރު މީހަކު މީގަ އަތްލިޔަ ނުދައްޗޭ ޕްލީޒް… އަހަރެން ހަވާލުކުރާ ވަރަށް ބޮޑު އަމާނާތެއް ތިއީ.. ” އަލްވާ ކަރުގައި އިން ފަށް މާއިންގެ އަތަށް ލައިދިނެވެ.” އަދި އެއް ވާހަކަ… ތީގެ ބޭނުން ދާނެ ވަރަށް އަވަހަށް… ބޭނުން ދިޔައީމަ އޯކޭ ތި އެއްލާލިޔަސް… ” އަލްވާ މާއިންގެ އަތުން ދޫކޮށްލަމުން ދުއްވައިގަތެވެ. މާއިން ހުރީ ވާނުވާ ނޭނގިފައެވެ. އެބުނާ ބޭނުމަކީ ކޮބައިކަން ނޭނގިފައެވެ. އެ ބޭނުން ނޭނގޭތީ ރާކިން ކިޔަމުން ދިޔައީ އެފަށް އެއްލާލުމަށެވެ. ނަމަވެސް މާއިން އެއަށް ވުރެ ބޮޑަށް އެކަމަށް ސަމާލުކަން ހުއްޓިއްޖެއެވެ.
**********
” އަލްވާ… ” މާއިން މަޑުމަޑުން ގޮވާލިއެވެ.” ހްމްމްމް؟.. ” އަލްވާ މާއިންގެ އަތުގައި ހިފާލިއެވެ.” އަލްވާގެ ފަށް އަހަރެންގެ އަތުގައި ރައްކާތެރިކަމާއެކު އެބޮތް… އަސްލު ކިޔާދީބަލަ ވީގޮތް… ” މާއިން އަލްވާގެ ލޮލަށް ބަލާލިއެވެ. އަލްވާގެ މޫނުމަތިން ޖެހިލުންވުމުގެ އަސަރު ފެންނުނެވެ. ނަމަވެސް ކިޔައިދޭން ފެށިއެވެ.” މި ވާހަކަ އެނގުނީމަ ފަހަރެއްގާ މާން އަހަރެން ދޫކޮށްލަފާނެ… އަހަރެން މި ދައްކާ ވާހަކަ ނިމެންދެން އެއްޗެކޭ ނުބުނެ އިންނައްޗޭ… ބޮޑުބޭބެ ހެން އަހަރެންގެ ބައްޕަ އަކީ ވެސް ވަރަށް ގޯސް މީހެއް… ބައްޕަ ގަސްތުގައި އަހަރެންނަށް މީހަކު ލައްވާ ސިހުރު ހެދީ… އަހަރެންނަކަށް ނޭނގެ އޭރަކު ބައްޕަ ކަމެއް އެކަން ކުރީއެއް… އޭގެ ފަހުން ދަންވަރު ޖެހޭ ގަސްތަކު ތެރެއަށް ދާން… ނުގޮއްސިއްޔާ އޭގެ ބާރުން ވެސް ގެންދޭ… އެހެންވެ އަހަރެންނަށް މަޖުބޫރުވީ ކޮންމެރެއަކު ވެސް ދާން… ”
” އެއްރެއަކު އެތަނަށް ދިޔަތަނާ އޭތި ފާޑެއްގެ ފަށެއް ދިނީ…. އެ ފަށަށް އެއްވެސް ގެއްލުމެއް ދީފިއްޔާ އަހަރެންގެ ދުވަސް ދުއްވާލާނަމޭ ވެސް ބުނި… އަސްލު އަހަރެންނަކަށް ވެސް ނޭނގެ އެތަނަށް ގޮއްސަ ވާނުވާއެއް… އެ ފަށް ދޭތަން ފެނުނީވެސް ހުވަފެނެއްގެ ގޮތަށް…… ދެން އޭތި އަހަރެންގެ ގަޔަށް ވަދެގެން އަހަރެންގެ ސިކުނޑިއާ ކުޅެފައި އެހެން މީހުންނަށް އުނދަގޫ ކުރަން ފެށީ… އެހެން އުޅެގެން އެންމެންނަށް އިނގުނީ އަހަރެންނަށް ހުންނަނީ ސިހުރު ހަދައިފަކަން… ފަހުން އަހަރެން ލައްވާ މީހުން ވެސް މަރައި… އަހަރެންނަށް ހިތްވަރު ދޭން ހުރީ ހަމައެކަނި އަހަރެންގެ ދައްތަ… އެކަމަކު…… ރާކިންގެ މައްސަލައިގަ އަހަރެންގެ ދައްތަ ވެސް އަހަރެން ދޫކޮށްލީ…. އޭރު އެދެމީހުން ތިބީ ބްރޭކް އަޕް ވެފަ… އަހަރެން ވަރަށް އާދޭސް ކުރިން ރާކިން ކައިރިއަށް އަނބުރާ ދާށޭ ކިޔާފަ… އެކަމަކު އަޝްލީން ހުރީ މާ ބޮޑަށް ރުޅިއައިއްސަ… އެހެންވެގެން އަޝްލީން އަހަރެން ދޫކޮށްފަ ދިޔައީ… ބައްޕަ މާކުރިން ފިލައިގެން ގޮއްސި މިކަން މިހެން ވާނެކަން އިނގޭތީ… ” އަލްވާ ވާހަކަ ކިޔައިދީ ނިމުނުއިރު އިނީ ރޮވިފައެވެ.
” މިހާރު ކޮބާ އޭތި.. ” މާއިން އަހާލިއެވެ.” މާން ބިރެއް ނުގަނޭތަ އަހަރެން ދެކެ އެއް.. ” އަލްވާ މާއިންއާއި ދިމަ ބަލާލިއެވެ.” ހްމްމް… ދެން ކިޔާދީބަލަ.. ” މާއިން އަނެއްކާ ވެސް އެދުނެވެ.” މިހާރު އެކަމުން ސަލާމަތް ވެއްޖެ… އެ ޖިންނިއަށް އެފަށް ނެތްކަން އިނގުނީ އެއަށް އެކި ކަހަލަ އުނދަގޫތައް ވާކަން އިނގުނީމަ… އަހަރެން ކަރުގަ އެފަށް އޮންނަހާ ހިނދަކު އެއަށް ރަނގަޅަށް ދިރިއުޅެވޭނީ… އޭތި އެހެން އޮވެފަ މަރުވީ.. ” އަލްވާ ކިޔައިދިނެވެ. މާއިން ހުރީ އަޖައިބުވެފައެވެ.” އަހަރެން ދޫކޮށެއް ނުލާނެތަ.. ” އަލްވާ އަހާލިއެވެ.” ކީއްކުރަން ދޫކޮށްލަންވީ… މިހާރު ނެތެންނު އެޔެއް… ” މާއިން ހިނިތުންވިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


