Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އިންތިހާ -3

Thooba Level 1
July 2, 2021 3 Mins Read
2 Comments

ކުރީގެ އެޕިސޯޑުގެ ތެރެއިން…..

އަވްނީ ޖެހުނީ އެދިމާލުން ލާފައި ފޯނާ ކުޅެމުން ކުލާހުން ނިކުންނަން ދިޔަ ރެހާން ގައިގައެވެ.ނަމަވެސް ރެހާން ނުވިސްނާ ހުރުމުގެ ސަބަބުން ދެމީހުން ބިންމައްޗަށް ވެއްޓުނީ އެކީއެވެ.ވެއްޓުނު ވަގުތު އަވްނީ ފުރަތަމަ ބިއްމަތީގަޖެހުނެވެ.ރެހާން ޖެހުނީ އަވްނީގެ ގައިގައެވެ.ބިރުން ހުރި އަވްނީ ވަރަށް ބާރަށް  ރެހާން ގައިގައި ބައްދާލިއެވެ.ރެހާންއަށް އަށް އަވްނީގެ މޫނު ވަރަށް ރީޗަށް ފެނުނެވެ.ރެހާން އަށް ކުރުވީ ދުލުން ބަޔާންކުރަން ނޭނގޭފަދަ އިހުސާސްތަކެކެވެ.ނަމަވެސް ލޯމަރާ ބާރު ކޮށްގެން ހުރި އަވްނީއަކަށް އެއީ އަދި ކާކުކަމެއްވެސް ނޭނގެއެވެ.

# 3 ވަނަ އެޕިސޯޑު ……

އަވްނީ ލޯހޮޅުވި ގަޑީ ފެނުނު ސޫރައިން އޭނާގެ އޭނާ އެގަތް ބިރުވެސް ކެނޑުން ފަދައެވެ.އަވްނީ ރުޅިއައިސް ތެދުވަން އުޅުން ގަޑީ އޭނާ އަނިއްކާ ވެއްޓުނެވެ.”އޭއި ކޯއްޗެއްތަ ބަލަން ތިއޮތީ ތެދުވެބަލަ”ރުޅިއައިސް ރަތް ވެފައި ހުރެ އަވްނީ ބުންޔެވެ.ނަމަވެސް ރެހާން އަށް އަވްނީގެ އެރީތި އަޑު އިވުނު މީ ފުރަތަމަ ފަހަރެވެ.އަވްނީ އެހާ ރުޅިއައިސްފަ ބުނުމުން ވެސް އޭނާއަށް އެއަޑު ރީތިވިޔެވެ.ރެހާން އަށް އަވްނީގެ އަޑު މިއުޒިކެއް ހާ ރީތި ވިއެވެ.އެ އަޑަށް ރެހާންއަށް އެތާ އޮވެ ތަރުރީފު ވެސް މީހާރު ކުރެވުނުއަދެއްވެސް ނޭނގެއެވެ.އަވްނީގެ ރުޅި ދިޔައީ އިރަކުން އިރެއް ގަދަވަމުންނެވެ.އޭނާ ބުނުމުން ވެސް އޭނާގެ ގައިމަތިން ރެހާން ނުތެދުވުމުންނެވެ.އަވްނީ                       ރެހާންގެ މޭގަ ޖަހާ އޭނާ ދުރަށް ކޮށްޕާލިއެވެ.އަދި އަވަހަށް އެތަނުން ދިޔައެވެ.

އޭނާ ކާރުކައިރިއަށް ދިޔައިރު އިވީ ހުރީ ފިރިހެން ކުއްޖަކާ ވާހަކަ ދަށްކަން ށެވެ.އެއީ ޒިވިޔާން ކަން އަވްނީ އަށް އެނގުނެވެ.އެމީހުން އިންޓުރޮޑަކްޝަން ދިންގަޑީ ސަމާލުކަން ނުދީ އިނަކަސް އޭނާ އަށް ޒިވިޔާން ނަން ބުނިއަޑު އިވުނެވެ.ނަމަވެސް ރެހާންގެ ނަމެއް އޭނާއަކަށް އަދިވެސް ނޭނގެއެވެ.އޭނާ އިނގޭކަށްވެސް ބޭނުމެއް ނޫނެވެ.”އަވް..”ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުރި އަވްނީ އަށް އިވީ ގޮވިއަޑު އިވުމުން އިވީ އާދިމާލަށް ބަލާލިއެވެ.”ކީކޭ އިވީ””މީ..އަވް، މީޓް މައި ނިއު ފުރެންޑް ޒިވިޔާން،ޒިވިޔާން މީ އަވް””ހައި އަވް”އަވްނީ އަނގައިންވެސް ނުބުނެ ކުޑަކޮށް ހީލީވެސް އިވީ ދެރަނުކުރަންށެވެ.”އަވްނީ، މިއަދު ޒިވިޔާންއާ އޭނަގެ ފުރެންޑް ދާނީ އަހަރުންނާ އެކު އަހަރުންގެ ގެއަށް ،އެމީހުން އަލަށެއްނު އެ ކޮލެޖަށް ޖޯއިންވީ އެހެންވީމަ އެމީހުން ނެއް އިރު ފާއިތުވި 3ން ހަފްތާގަ ދިން ނޯޓްސް ތަށް ނަގަން އަހަރުންގެ ގެއައް އެމީހުން އަންނާނީ.އެކަމް ފުރަތަމަ ކާރު މަޑު ކުރާނީ އެމީހުންގެ ގޭގަ އެމީހުން ޗޭންޖުކޮށްލާގެން އަންނަން ދެން،ޒިވިޔާން ކޮބާ ޒިވިޔާންގެ ފުރެންޑް ” “އޭނާ އެހެރަ އަންނަނީ “އަވްނީ އެތާ ބޭރުގައި ނުހުންނަން ވެގެން ކާރުގެ ކުރީސީޓުގައި އިނދެ ސީޓްބެލްޓު ރަނގަޅަށް އަޅުވާލިއެވެ. އަދި ފޯނުނަގާ ލަވައެއް ޖަހާލާފައި ހެޑްސެޓް ކަންފަތަށް ޖަހާލިއެވެ.                                                                                                                          ރެހާން އައިސް ޒިވިޔާން ކައިރީ މަޑުކުރިއެވެ.”ރެހާން މީޓް މައި ފުރެންޑް އިވީ.އިވީ މީ ރެހާންއަކީ.”ހާއި ރެހާން”ހާއި” “ރެހާން މިއަދު އަހަރުން ދަނީ އިވީމެންގެއަށް ނޯޓްސް ނަގަން ،އަހަރުންގެ ގެއިން ޗޭންޖް ކޮށްގެން.””ދެން ދެމީހުން އަރާ ކާރަށް”އެތިން މީހުން ކާރަށް އެރުމުން ކާރުގެ މިސްރާބު ރެހާންމެން އުޅޭ ގެއާހިސާބަށް ޖެހިއެވެ.ރެހާނަށް ކާރުގެ ފުރަތަމަ ސީޓުގައިއިން އަވްނީ ފެނުނީ މާފަހުންނެވެ.އަވްނީ ފެންނައިރަށް އޭނާއަށް އަވްނީއާދިމާލަށް ބަލަން އިނދެވުނީއެވެ.އެހެން ހުއްޓާ ކާރު ގޮސް މަޑުކުރީ ރެހާން މެންގެ ކުރިމަތީގައެވެ.ރެހާން އަވްނީ އަށް ގެއްލިފައި ހުއްޓާ ޒިވިޔާން ގޮވުމުން ދިޔައީވެސް ސިއްސައިގެންނެވެ.ޒިވިޔާން އަވަހަށް ފައިބާށޭ ބުންޔެވެ.ޒިވިޔާން އިވީ ކައިރީ ވަރަށް އަވަހަށް މިއަންނަނީއޭ ބުނެފަ ދިޔައެވެ.ކާރު އެތަނަށް މަޑު ކުރިކަމެއްވެސް އަވްނީ އަކަށް ނޭނގެއެވެ.އޭނާ ހުރީ އޭނާގެ އަމިއްލަ ހިޔާލުތަކަށް ގެއްލިފައެވެ.15 މިނެޓް ތެރޭގައި ޒިވިޔާން އައިސް ކާރަށް އެރިއެވެ. ޒިވިޔާންގެ އެރީތި ސޫރައަށް ބަލަން އިވީ އަށް އިނދެވުނެވެ.ޒިވިޔާން ލާއިގެން ހުރި ކަޅުކުލައިގެ ޖިންސާއި އައިތް ދިގު ރަތް ކުލައިގެ ޓީޝާޓުން އޭނާ އަދި ވަކިން ރީތިކަމަށް ދަށްކައެވެ.”ރެހާން އަބައާދެ ،އޭނަ ނިކަން ލަސްވާނެ ފެންވަރަން…އެއޮށް އަންނަނީ ރެހާން” ރެހާން ވެސް ލައިގެން ހުރީ ހުދު ކުލައިގެ އައިތް ދިގު ޓީޝާޓަކާއި ނޫކުލައިގެ ޖީންސް އެކެވެ.އެ ރީތި ފަން އިސްތަށިކޮޅު އޮތި ވަޔާ ވިހުރިލައެވެ.ރެހާންވެސް އައިސް ކާރުގައި އިށީންނެވެ.

އެންމެން ކާރުގައި ހަމަޖެހިލުމުން ކާރުގެ މިސްރާބު ބަދަލު ކުރީ ގުރީސްގަ ހުންނަ އެންމެ މަޝްހޫރު ބިޒްނަސް މޭން ކުރިސް ޓޮފާރ މެންގެ ގެއަށެވެ.އެއީ އިވީމެން އުޅޭގެއެވެ.ކާރުގޮސްއެގޭކައިރިއަށް މަޑު ކުރުމުން އެ ބޮޑު ބަންގްލާރ އެއް ކަހަލަ ގޭގެ ގަރާޖު ހޮޅުވުނެވެ. ޒިވިޔާން ވެސް އިނީ އެގޭގެ ބޮޑުކަމާއި ރީތި ކަން ފެނި ހައިރާން ވެފައެވެ.ދުލުން ނުބުންޔަކަސް ހިތުން އެގެޔަށް އެތަށް ތައުރީފް އެއް ޒިވިޔާން ކުރިއެވެ. ރެހާން އަށް  ވެސް އިނދެވުނީ އާޝޯހް ވެފައެވެ.”އޭ ރެހާން މީހާދަ ރީތި ގެއެކޭދޯ،މަ އަދި އެހާ ރީތި ގެޔެއް ނުދެކެން….ހަމަ ހުވާ މިގެ ހަމަ ހީވަނީ ބޮޑު ބަންގްލާރ އެއް ހެން …”ޒިވިޔާން އަކަށް އަނގައިން ނުބުނު ނީންދެވުނެވެ.ރެހާން ވެސް އެކަމަށް އެއްބަސް ވިއެވެ.ކާރު ގޮސް އެގޭގޭޓުން ވަނުމުން އެގޭގަ އުޅޭ މަސަކަތުމީހުންގެ ތެރެއިން މީހެއް އައިސް ކާރުގެ ކުރީ ސީޓުގެ ދޮރު ހޮޅު ވުމުން އަވްނީ ނިކުމެގެން ގެއަވަންނަން ދިޔައެވެ.ދެން އެމީހާ އައިސް ފަހަތު ސީޓުގެ ވެސް ދޮރު ހޮޅުވަދިނެވެ.ދޮރުހޮޅުވުމުން ރެހާން،ޒިވިޔާން އަދި އިވީ ވެސް ފޭބިއެވެ.އެމީހުން ކާރުން ފޭބުމުން ޑުރައިވާރ ދިޔައީ ކާރު ޕާކުކުރަންށެވެ.

އެތިންމީހުން ގޮސް އެތެރެއަށް ވަންއިރު އަވްނީ ސިޑިން އަރަނީ އެވެ.އިވީ ގޮސް އޭނާގެ ދައްތަ އަށް އެދެމީހުން ތައާރަފް ކޮށް ދިނެވެ.ޖޫން ވެސް ހުރީ ފުރަތަމަ ފަހަރަށް ގެއަށް އެދެކުދިންގެ ރަށްޓެހި  ކުއްދިން އައުމުން ވަރަށް އުފާވެފައެވެ.އަދި މިއަދު ވަރަށް ރަނގަޅު އެއްޗެއް ތައްޔާރު ކުރާނަމޭ ބުނެފަ ދިޔައީ ބަދިގެއަށްށެވެ.ރެހާން އާއި ޒިވިޔާން ވެސް ހުރީ އެގޯތި މީހުން ހެޔޮކަމުން ވަރަށް ހިންހަމަ ޖެހިފައެވެ.”ތި މީހުން މިތާ އިށީންދެބަލަ އައިވިލް ބީ ބެކް …ފުރެޝްވެލައިގެން މި އަންނަނީ  އިނގޭ…ކާކާ، ކެން ޔޫ ޕުލިޒް ސާރވް ދެމް ވޯޓާ އެންޑް ސަމްތިންގް ސުވީޓް…..ދެން ތިމީހުން ވެސް ބޭނުން އެއްޗެއް ކާކާ ކައިރީ ބުނޭ އޭރުން ގެނެސް ދޭނެ ، ހީ އިސް ވެރީ ސުއީޓް ޓު އެވްރީވަން.،،،،ދިޔައީއޭ ވަރަށް އަވަހަށް އަންނާނަން ….” އިވީ އެހެން ބުނުމަށް ފަހު ދިޔައީ އޭނާގެ ކޮޓަރިއަށެވެ.ރެހާން އާއި ޒިވިޔާން ވެސް ސޯފާގައި ރީޗަށް ހަމަޖެހިލިއެވެ.

–ނުނިމޭ–

ނޯޓް: މިބައި ލަހުން އަޕްލޯޑު ކުރެވުނު ކަމަށް ޓަކައި ކިޔުންތެރިންގެ ކިބައިން މާފަށްއެދެމެވެ.އަޅުގަނޑު ވާހަކަ ލަމުން އަންނަނީ ދެ ސައިޓަކަށެވެ.އެހެންކަމުން އެއް ސައިޓަށް ވާހަކަ އަޕްލޯޑު ނުވެ އިނުމުގެ ސަބަބުން އަޅުގަނޑު މިސައިޓަށްވެސް ނުލާ މަޑު ކޮށްލީއެވެ ، ނަމަވެސް އަދިވެސް އެ ސައިޓް އަކަަށް ފުރަތަމަ ބައިވެސް އަދި ދެވަނަ ބައިވެސް އަޕްލޯޑް އެއް ނުވެއެވެ. އެކަމު ވެސް އަޅުގަނޑު މި ސައިޓަށް މި އަޕްކޮށްލީ… ދެން އިރާދުކުރެއްވިއްޔާމު އަޕްލޯޑު ކުރާނަން ..ކިޔުންތެރިން ‘އިންތިހާގެ’ 4 ވަނަ ބަޔަށް އިންތިޒާރު ކުރާނެކަމަށް އަޅުގަނޑު އުންމީދު ކުރަމެވެ. އަދިވެސް އެއްފަހަރު ވާހަކަ އަޕްލޯޑު ކުރުން ލަސްވިކަމަށް ޓަކައި ނިހާޔަތަށް މާފަށް އެދެމެވެ…. 🙂

=Thooba=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Thooba

Level 1

Other Articles

Previous

ހިތްދަތި ދުވަސްތައް 17

Next

ތަމަންނާ 15-16

Next
July 3, 2021

ތަމަންނާ 15-16

Previews
July 2, 2021

ހިތްދަތި ދުވަސްތައް 17

2 Comments!

  1. Rishu says:
    July 3, 2021 at 5:28 pm

    VARAH REETHI OWWW 🙂 WAITING 4 THE NEXT EPISODE…..

  2. Thooba says:
    July 3, 2021 at 11:44 pm

    In response of @Rishu
    Thank u so much dear 🙂

Comments are closed.

Next Episodeއިންތިހާ -4←


All Right Reserved!