އެ އާއިއެކު އެފޮތް ލެއްޕުނެވެ.

******

ހުއްޓުމެއް ނެތި ފައިބަމުން ދިޔަ ކަރުނަތަށް އެ ފޮތަށް ފޭބިއެވެ. ކުއްލިއަކަށް ދޮރު ޓަސްކިޔާ ހުޅުވުނެވެ. ދޮރުމަތީ ގައި ހުރި މީހާ ފެނުމުން ބިރުން ފިތްކަނޑައިގެން ނުދިޔީ ކިރިޔާއެވެ.

ދޮރުމަތީގައި ހުރީ އެއްކަލަ ފޫޅު މައި މީހައެވެ. އެ މަންޒަރުން ފެނުނު މީހައެވެ. ހަމަ އޭރު ހުރިގޮތައް އެއްވެސް ބަދަލެއް ނައިސް އެހުރީ ކީއްވެ ބާއެވެ؟ އަހަރެންގެ ހިތާ ތަކުރާރުކޮށް ސުވާލު ކުރެވުނެވެ. އިރުކޮޅެއް އެ މީހާގެ ސިފަ ބަދަލު ވިއެވެ. “ކާކު ތީ؟” ވަރަށް ބިރުން ހުރެ އަހަރެން ސުވާލު ކޮށްލީމެވެ. އަހަރެންގެ އަޑުގައި ތުރު ތުރެއް ވެއެވެ. “އަހަރެން މީ ކަލޭގެ ދައްތަ ރިޒުއާނާ. ފުދިއްޖެތަ؟” ރިޒުއާނާ ވަރަށް މަކަރުވެރި ހިނިގަނޑެއް ޖަހާލާފައި ބުނެލިއެވެ. ރިޒުއާނާ މަޑުމަޑުން އަހަރެންނާއި ގާތް ވާން ފެށިއެވެ. “ކޮބާ ފޮތް ކިޔާ ލެވިއްޖެތަ؟ ރިޒުއާނާ ވަރަށް ޒީލަ ގަދަ އަޑަކުން ބުނެލިއެވެ. “ކީއްވެ ދޮންތަ ކަޅީ ؟” އަހަރެން ކުރި ސުވާލަށް ޖަވާބު ނުދީ ބުނެލީމެވެ. ” މަ ކަޅުވާން ޖެހުނީ ހަމަ ކަލޭގެ ސަބަބުން!ހަހަހަހަހަހަހަހަ. ވަރަށް ނުބައި ރާގެއްގާ ރިޒުއާނާ ހިނިގަނޑެއް ޖަހާ ލިއެވެ. ރިޒުއާނާ ހުރިތަނަށް ކުއްލިއަކަށް ގެއްލުނެވެ.

އިރުކޮޅެއް ނުވެ އެހީތެރިޔަކު އައިސް ކާތަކެތި ތަށްޓެއް ދިއްކޮއްލިއެވެ. އެހީތެރިޔާ އަހަރެން ކައި ނިމެންދެން އަހަރެންގެ ކޮޓަރީގައި މަޑު ކުރިއެވެ. އަހަރެން ކައި ނިމުމުން ތަށިތަށް ގެންދަން ދިޔައެވެ. އަނެއްކާ ވެސް އެއްކަލަ ރިޒުއާނާ ފާޅު ވިއެވެ. “ހަހަހަހަހަހާ. ކަލޭ ދެންމެ ތިކެއީ ހުސް ސިހުރު ދެން ކަލޭ ތިހިރީ މަގޭ ބާރު ދަށަށް ގެނެސް. ދެންމެ ދިޔަ އެހީތެރިޔާ ވެސް އެހެރީ ސިހުރު ޖެހިފަ. މިހާރު ކަލޭވެސް ތިހިރީ މަގޭ ބާރު ދަށުގައި.ހަހަހަހަހާ. މަކަރުވެރި ގޮތަކަށް ހިނިގަނޑެއް ޖަހާލުމަށް ފަހު އަނެއްކާ ވެސް ރިޒުއާނާ ގެއްލުނެވެ.

އެރޭ އެއްކޮށް ދިޔައީ އެކަމާ ވިސްނުމާއި، ފިކުރު ކުރުމުގައެވެ. ލޯމަރާލިޔަސް އަޑު އިވެނީ ރިޒުއާނާ ދެއްކި ވާހަކަތަކެވެ. އެރޭގެ ދަންވަރު ދޭއް ޖެހުމާއެކީ ކޮޓަރީގެ ބޮކިތަށް ނިވި ދިއްލެން ފަށައި ފިއެވެ. އަހަރެން އިނީ ބިރުން އިންތަނުން ގުޑިލާންވެސް ނުކެރިފައެވެ. ހެނދުނު އިރު އެރުމާއި ހަމަޔަށް ބޮކި ތައް ނިވި ދިއްލުނެވެ. އަހަރެންނަށް ގޮވަން އައި އެހީތެރިޔާ އަކީ ތަންކޮޅެއް މުސްކުޅި ވައްތަރު މީހެކެވެ. އެ މީހާ އައުމުން އަހަރެން އޭނަގާތު މަޑު ކުރުމަށް އެދުނީމެވެ. އެއީ ރިޒުއާނާ އަކީ ކާކުތޯ ބަލާށެވެ. “އަހަރެން ގެ ސުވާލަކީ، މި ގަނޑުވަރުގައި ރިޒުއާނާ ކިޔާ ….” ސުވާލު ނުނިމެނީސް އެ މުސްކުޅި މީހާ ދާން އުޅުނެވެ. އެ މުސްކުޅި މީހާ ދާން ދޮރު ހުޅުވަން އުޅުންތަނާ އަހަރެންގެ އަތުން އޭނަ އެހުރިތައް ފިނި ވައި ރޯޅި އެއް ދިޔައެވެ. އިސާހިތަކު އެ މުސްކުޅި މީހާ ގެ ފައިކޮޅު ނުހިނގޭވަރަށް ގަނޑުވިއެވެ. އަހަރެންގެ އަތަކަށް ފިނިކަމުގެ އިހުސާސެއް ނުވެއެވެ. އަހަރެން ކުރި ސުވާލު ތަކުރާރު ކޮއްލީމެވެ. އޭނަ ވާހަކަ ދެއްކީ ތުރުތުރު އަޅާ ރާގެއްގައެވެ.

“ކީނަންރެހައަ ޒާނީސަ. ނާއާޒުރި ކީއަ ށްއަނާފާއިރަ ނުބުލި މަތަރަފު ރިދަ. ކީތަގޮވީ ކުހަވަދުއްއެ ށްއަނާއާޒުރި ންގެޅިއޮ ނީވުދެވަ ތުޙުތަ ގެތުރާމާއި ންއިގަރޭތެ ށްޑަނގަލޯ. ދިއަ ނީގުނެ ނިންޖި ށްނަންނުތާއިޝަ ލުދަބަ ވާ ރުހުސި އްތެފޮ. އެ އިގަތުފޮ ންއި ޑަކު އްތެވަޅުފޮ ލިޔާކި ނާތަ ޅުކަ،އިބަނު ނިންޖި ށްކައަ ވީލުދަބަ ޅިމު ށްރަމުއު. އީއެ ށްނަންރެހައަ ގޭނއި ރުވަ.( އަހަރެންނަކީ ސަނީޒާ. ރިޒުއާނާ އަކީ ރައިފާނާއަށް ލިބުނު ފުރަތަމަ ދަރި. ވީގޮތަކީ އެއްއަދުވަހަކު ރިޒުއާނާއަށް އޮޅިގެން ވަދެވުނީ ތަހުތު އިމާރާތުގެ ތެރޭގައިން ލޯގަނޑަށް. އަދި ނެގުނީ ޖިންނި ޝައިތާނުންނަށް ބަދަލުވާ ސިހުރު ފޮތެއް. އެ ފޮތުގައި އިން ކުޑަ ފޮޅުވަތެއް ކިޔާލި ތަނާ ކަޅު، ނުބައި ޖިންނި އަކަށް ބަދަލުވީ މުޅި އުމުރަށް. އެއީ އަހަރެންނަށް އިނގޭ ވަރު.)ވާހަކަ ކިޔައިދީ ނިމުން އިރު އަހަރެންވެސް އަދި އެހީތެރިޔާއަށް ވެސް ވަނީ ރޮވިފައެވެ. ދެން ބޭރުގައި އޮތް މަރުތެޔޮ ގެނެސް ގަނޑުވެފަވާ ފައިކޮޅުގަ ތެޅީމެވެ. ނަމަވެސް ތަޅައިގެން ދިއުމުގެ ބަދަލުގައި ހައްތަހާ ވީ ވަރުގަދައެވެ. އެ ގަނޑު ވިރުވޭތޯ އެއާ ދިމާލަށް އަތް ދިއްކޮއްލީމެވެ. ކުއްލިއަކަށް އަތުން އަލިފާންގަނޑެއް ނިކުތެވެ. ވަގުތުން ގަނޑުތައް ވިރުނެވެ. ގަނޑު ވިރޭއިރަށް ދިޔާވެގެން އަންނަ ފެނެއް ނައެވެ. މިރަށުގައި ހިންގާ ހުރިހާ ކަމެއް  އަހަރެންނަށް ވަނީ އަޖައިބަކަށެވެ.

އިރުގެ ހޫނުން ދޮންވެފައިވާ ވިނަގަނޑުގެ މަތީގައި ހިތް ހަމަޖައްސާލަން އަހަރެން އިށީންދެލީމެވެ. މީހެއްގެ ހިލަމެއްވެސް ނުވެއެވެ.  ކުއްލިއަކަށް އަހަރެންގެ އަތުން ކަޅު ދުންތަކެއް ނިކުންނަން ފެށިއެވެ. ތަންތަން ކަޅުވާން ފެށިއެވެ. ނޭވާ ހުއްޓިއްޖެއެވެ. ކަންފަތަށް އުނދަގޫވާފަދަ އަޑެއް އިވެން ފަށައިފިއެވެ. އިސާހިތަކު އަހަރެން ހޭނެތިގެން ވެއްޓުނެވެ.

އަހަރެން ހޭ އެރި އިރު ކައިރީގަ ހުރި ގޮނޑިއެއްގައި އިށީންދެގެން އިނީ އެއްކަލަ ރިޒުއާނާއެވެ. ވަށައިގެން ބަލާލީމެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުފެނުނެވެ. ފެންނަނީ ކަޅު އަނދިރި ކަމެވެ. އަހަރެން އޮތީ އެނދެއްގައި ބާއްވާ ހިލިހިލާ ޖަހާފައެވެ. “ކަލޭ މަށަށްވީ ގޮތް އަޑު އަހައިފިންތަ؟” ފައިމައްޗަށް ފައިވައްޓާލަމުން ރިޒުއާނާ ބުންޏެވެ. “އާނ.” އަހަރެން ބިރުން އޮވެފައި ބުނީމެވެ. “ކަލެޔަށް އިނގޭތަ އަހަރެންކަން ކަލެޔަށް އެ ވާހަކަތައް އަޑު އިވުމަށް ބާރުއެޅިކަން. އެ މުސްކުޅި މީހާއަކީ އަހަރެންގެ އަތްދަށު މީހާ. އަދި އޭނާއަށް ނުބުނެވުނީ އަހަރެންނަކީ އެއްކަލަ ސިހުރު ވެރިޔާ ކަމާއި، އަހަރެން ކަލޭ މަންމަ މަރާލި ވާހަކަ. އަހަރެން ކަޅުވީމަ އަހަރެންނާ ދިމާލަށް އެއްޗެހި ކިޔާ މީހުނަށް ވާނީ އެހެން. ސިފަ ހުތުރުކަމުން ގަނޑުވަރުން ވެސް ބޭރުކުރީ. އެހެންވެ ކަލޭވެސް މަރުވާނީ ތިހެން އޮއްވާ. އަދި ކަލޭގެ ބާރެއް ވެސް ނެތް އެއީ ވަގުތު ކޮޅަކަށް އަހަރެން ދިން ބާރެއް. އެއީ އަހަރެންގެ ވާހަކަ އަޑު އެހުވުމަށް ދިން ބާރެއް ހަހަހަހަހަހަހާހާ. ރިޒުއާނާ ވަރަށް ނުލަފާ ހިނި ގަނޑެއް ޖަހާލިއެވެ.

ހިނިގަނޑު ޖަހާލުމައްފަހު ކުއްލިއަކަށް ގެއްލުނެވެ. އަހަރެން އެތަނުން ސަލާމަތް ވާނެ ގޮތަކާ މެދު ވިސްނަން އިންދާ ހަނދާންވީ އަހަރެންގެ ހެދުމުގެ ފަސްބައިގައި ޖަހާފަ އިން ޕިނެވެ. ވަރަށް އުނދަގުލުން ހިލިހިލާ އަޅުވާފަ އިން ތަޅު ހުޅުވީ އަހަރެންގެ ސިކުނޑި ބޭނުން ކޮށްގެންނެވެ. އެނދުން ތެދުވެގެން ހިނގައިގަތީ މަގެއް ފެނޭތޯއެވެ. ހިނގާ ވަރުބަލިވެ މީހާ ތުރުތުރު އަޅާ ވަރުވެއްޖެއެވެ. ވަރަށް ދުރު ހިސާބަކުން އަލިކޮޅެއް ފެންނަން ހުއްޓެވެ. އުންމީދުގެ ހުޅުކޮޅު އާވެއްޖެއެވެ. ގާތްގަނޑަކަށް ފަނަރަ ވަރަކަށް މިނެޓު ހިނގުނުފަހުން އެ އަލިކޮޅާ ކައިރި ވިއެވެ. އެ އަލި ކޮޅަކީ ކުޑަ ލޯވަޅެއް ހެދިފައި އިން ތަނަކުން އައި އަލިކޮޅެކެވެ. އަތުންހިފާ ލޯވަޅު ބޮޑުކޮއްލަން އުޅުން ވަގުތު އިސާހިތަކު އެތަނުން ނިކުމެވުނެވެ. އެއީ ފެންނަ ފެނުމަށް ކުޑަ ލޯވަޅެކެވެ. ނަމަވެސް އެއީ ދޮރެކެވެ. ދޮރުން ނިކުމެވުނީ ބޮޑު ގަސް ތަކެއް ތެރެއަށެވެ. ބޯ ޖަންގައްޔަކަށެވެ.

(ނުނިމޭ) މި ޕާޓް ރީތި ވާނެ ކަމަށް އުންމީދު ކުރަން.😊

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!