ރެ އި ން ފެށިގެން އަދި ވާރޭ ނުހުއްޓައެ ވެ. ރިޝްމީ އޭ ނާގެ ހިންމިއަ ކަށް ހުޅުވާފަ އި ހުރި ދެ ލޮލުން ކުޑަދޮރުން ބޭރު ބަލާލި އެވެ.އެ އާ އެ ކު އޭ ނައައް ހީވީ އޭ ނަގެ މުޅި ހަށިގަނޑުގަ އި ކަރަންޓު ޖެ އްސިހެންނެވެ.އެ އާ އެ ކު އޭނަމާޒީގެ ތެރެޔަ އް ގެބިގެން ދިޔަ އެވެ.

………………………
ރިޝްމީ އޭނާއައް ކޮފީއެއް ހަދާލާގެން ބެލްކަނިއައް ނުކުތެވެ. އެއާއެކު އޭނާގެ ގާގާ ޖެހުނީ ތެތް ފިނި ވާރޯޅިއެކެވެ. އެއާއެކު އޭނާގެ ބޮލުގައި ތިބި އިސްތަށި ވަޔާ އެކު އޭނާގެ މޫނު މަތީގައި ސަމާސާ ކުރަން ފެށިއެވެ.
ވާރޭ ވެހޭ މޫސުމަކީ ރިޝްމީ އެހާ ގަޔާވާ މޫސުމެއް ނޫނެވެ އެއީ ވާރޭ ވެހޭ މޫސުމުގާ އޭނާ ހުން ނަން ޖެހެނީ ރޯގާޖެހިފަ ކަމައްވާތީއެވެ. ނަމަވެސް ވާރޭ ތިކިތައް ބެލްކަނީގެ ރެއިލިންގަ ނަށާ ތަން ފެނުމުން ނޭގޭ ބާރަކުން އޭނާގެ ތުންފަތައް ލުއަ ހިނިތުން ވުމެއް ވެރިވިއެވެ.

“ހިގާތެމެން ދާން”. އޭނާގެ ކަންފަތް ކާރީ ރީތި ރީތި ފިރިހެން ކުއްޖެގެ އަޑު ގުގުމާލިއެވެ. އެ އާއެކު ރިޝްމީގެ ވާރޭތިކި ތަޅަމުން ދިޔަމޫނު މަތީގައި ވި ހިނިތުން ވުން އިތުރައް ފުޅާވެގެން ދިޔައެވެ. އެ އާ އެކު އެއައްވުރެ ގިނަ ފެން ތިކިތައް އޭނާގެ މުނުގައި ބޮސްދޭން ފެއްޓިއެވެ.
ހީވަނީ މިރޭ އެ ފެން ތިކި ތައްވެސް އެ ސަމާސާގައި ބާވެރި ވަނީހެންނެވެ.
……………………….

އެެެއް މަސް ކުރި

………………………
މިއަދަކީ އަހަރެން ހައި ސުކޫލައްދާ ފުރަތަމަ ދުވަހެވެ.އަހަރެން ކުލާސް ތެރެއައް ވަނީ އިސްޖަހައިގެން ހުރެއެވެ.އަހަންނަކީ ސްޓޭޖައް އެރުމާއި ކަންކަމުގައި އިސްނަގަން ބިރު ގަންނަ ކުއްޖެކެވެ.މި ޒަމާނުގަ ބުނާނަމަ ވަރަށް “ޝައި ” ކުއްޖެކެވެ.
އަހަންނައް 16 އަރު ވިއެއް ކަމަކު އަހަންނަކީ ނުދަންނަ ކުދިންގެ ތެރޭ ގަ އުަޅެން ބިރު ގަންނަ ކުއްޖެކެވެ.

އަރަަރެންެ ހަޔާތައް އަންނަން އުޅޭ ތޫ ފާނުގެ ހިލަމެއްވެސް ނުވާ ހާލު ނުތަނަވަސް ވެފައި ވާ ހިތަކާއެކު ކުދިންގެ ތެރޭ އިށީނީމެވެ. ދެ ދުވަސް ތެރޭގައި އަހަރެން އެކު ވެރިން ހޯދީމެވެ .
އޭގެ ތެރެއިން ދުވަހެކެވެ .
އަހަރެން މިއަދު ސުކޫލައް އައީ އެހެން ދުވަސް ތަކައް ވުރެ ވެސް އަވަހަށެވެ.
އެއީ މިއަދު ފުރަތަމަ ގަޑީގައި ބިސްނަސް ޓެސްޓު އޮތީމަ އެއައް ފަރިތަ ކޮއްލަން ވެގެނެވެ.

ފަހަތައް އެބުރިގެން ހުރި ވިކާަޝް ސިހިފައި ފަހަތައް އެބުރުނީ ރީތި އަޑަކުން އަންހެން ކުއްޖަކު ހަޅޭ ލެއްވި އަޑަށެވެ……….

ވިކާޝް ގެ ގައިގާ ޖަހަން ދިޔަ ރިޝްމީ އަރި އަޅާލީ ފާ އެޅުނުގޮތަކުންނެވެ.
އެއާއެކު ދެން ވާނެގޮތް ހިތައް އައުމާއެކު ރިޝްމީގެ އަގައިން ތޫލި ހަޅޭކެއް ބޭރުވިއެވެ…. .

އެއާއެކު ރިޝްމީއާއި ދިމާލައް އެބުރުނު ވިކާޝް ހުށިޔާރު ކަމާއެކު ވެއްޓެން ދިޔަ ރިޝް މީގެ ހިމަ އުނަގަނޑުގައި ހިފެހެއްޓިއެވެ.
އެއާއެކު ވިކާޝްގެ އަތް މަތީގައި އޮތް ރިޝްމީގެ މޫނައް ބަލަން ހުރި ވިކާޝް ފެނުމުން ރިޝްމީގެ މޫނައް ޖަންބު ކުލައަރައިގެން ދިޔައެވެ.
އެއާ އެކު ހިދުކޮޅަކައް ދެމީހުންގެ ނަޒަރު ބައްދަލު ވެގެން ދިޔައެވެ.
އޭގެ ސިކުންތު ކޮޅެއް ފަހުން ތެޅި ގަނެފައި ރިޝްމީ ވިކާޝް ގެ އަތް މަތިން ތެދުވިއެވެ.

އެ އާއެކު އެެކު ލާނެތް ހުނުމަކާ އެކު އެތެރެއައް ވަދެގެން އައި އޭނާގެއެންމެ ގާާތް ރަހްމަތް ތެރިޔާ ޒެވިން އާއި އެކު ގޮސް ގޮޑި ބަރިއެއްގައި އިށީނެވެ.
އެއާއެކު ރިޝްމީ ވެސް މޫނު ހަދާލާފައި ގޮސް ޒެވިންގެ ފަސްފަހަތުން ކަހަލަ ގޮތަކައް ވައިތް އޭނާގެ އެންމެ ގާާތް އެކުވެރިޔާ ލިވްޒާއާއި އެކު ގޮސް އިށީނެވެ.
ރިޝްމީގެ މިއަމަލުން ލިވްޒާގާތައް ހިނި އައެވެ .އަދި އެހެންމެ އެހާވަރައް ހައިރާން ވެސް ވިއެވެ .
ރިޝްމީއަކީ އަލައް ފެންނަ ކުއްޖަކާ އަނގައިން ވެސް ނުބުނެ އެކުއްޖަކާ ދިމާލައް ބަލާވެސް ކުއްޖެއްނޫނެވެ .
އެކަމަާ ބެހޭގޮތުން ސުވާލުކުރަން އަނގަ ހުޅުވާލާފަވެސް އަގަ ލައްޕަން މަޖުބޫރުވީ ކުލާސް ތެރެއައް ވައިތް ކެމިސްޓްރީ ޓީޗަރު ފެނިފައެވެ.

ކެންޓީނުގަވެސްރިޝްމީ އާއި ވިކާޝް ދެމީހުން އުޅުނު ގޮތުން ވައްތަރީ ވައްތަރު ޖެއްސުމުގެ ކޮންޕެޓިޝަނެއްގަ އުޅޭހެންނެވެ.
ލިވްޒާ އާއި ޒެވިން އައް ޖެހުނީ އެދެމީހުން ކުރަމުން ދިޔަ ޅަަ ކަންތައްތަކައް ހީހީ ބަލިވެފައި ތިބޭށެވެ.

އޭ ބްރޯ އޭނަމިއަދު މަގޭ އަތް މައްޗައް ވެއްޓުނު ފަހުން މަ ފެންނަ ތަނައް މަށާ ދިމާލައް ވައްްތަރު ޖައްސަނީ އޭނަ އުޅުނީ ކިހިނެއްދޯ މަށައް އޭނަގާގަ ޖަހަނީ ރާމާމަަކުނެއް ވައްތަރު ކައެއައް އޭނަގާގަޖެހީ ކޮން ވައްތަރެއްތަ .
, ޕިސް, ޕިސް, ޕސް ކައެއާ އެއްކޮއް ގެއައް އާދެވުނު ކަމޯ މަ ހިތައް މިއަރަނީ އަދި ގެއައް އައި
ފަހުން ކައެ އެ ކުއްޖާގެ ވާހަކަ ނޫން އެހެން މީހެއްގެ ވާހަކަ ނުދަައްކާ ކައެ ރީއްޗައް ބުނެބަލަ އޭނަ ސެޓު ކޮއްދެންތަ .
ހަމަ އަސްލު ވެސްތަ އޭ ކައޭގެ ކާކުތަ .ކައޭތީ ހަމަ ބޮޓެއް އޭ މަގޭ ގާލްގެ ބެސްޓް ފްރެންޑެއް ނޫންތަ .
އެހެން ނޫނީ ކައެ މަށައް އޭނަގެ ނަންބަރު ގެނޭ މިރޭ އޭނަތަޅުވާ ލާފަ މަ ނިދާނީ .
ވިކާޝް މިހެން ބުންޏަސް އޭނަ ހަމަހަގީ ގަތުގަވެސް އެ ގޮތް ނޭގޭ އަންހެން ކުއްޖާގެ ނަންބަރު ބޭނުމެވެ. ނަމަވެސް ކީއްވެ ކަމެއްް ނޭގެއެވެ.
އާ އޯކޭ މީނީ ނަންބަރު ރިޝްމީގެ ނަންބަރު ކިޔާ ދިނުމައްފަހު ޒެވިން ގެއައް ދިޔައީޏލިވްޒާގެ ފޯނެއް އައުމުން ނެވެ .
އެހެން ކަމުން ވިކާޝް ވެސް އެހެން ކަމެއް ނުކޮއް މާދަމާ ހައި ސުކޫލައް ދާން ޖެހޭތީ ނިދަން އެރިއެވެ .
ނިދެމުން ދިޔައިރު ވެސް ވިކާޝް އައް ވިސްނެމުން ދިޔައީ އެ ގޮތް ނޭގޭ އަންހެން ކުއްޖާއާ ދޭތެރޭގައެވެ.

އަޅޭ ރިޝް ތެދުވެބަލަ، ރިޝްމީއައް ތެދުވެވުނީ ލިވްޒާ ފަތިސް ނަމާދައް އަރަން ގޮވާ އަޑަަށެވެ.އެއާ އެކު ރިޝްމީ ނިދި މޫޑްގައި އެދުގެ ހެޑް ބޯޑުގައި ލެގިލިއެވެ.
އެއާއެކު ލިވްޒާ އަނެއްކާ ގޮއުމުން ކަތްނެތް ކަމާއެކު ފާޚާނާާ އައް ވަނެވެެ.
ފާޚާނާއިން ނުކުމެ ރިޝްމީ ފަތިސްނަމާދުކުރިއެވެ އދި އަވަސް އަރުވާާލާފާ ހައި ސުކޫލައް ދާން ތައްޔާރުވިއެވެ.
ހެދުނުގެ ނާސްތާ ކޮއްގެން ވިކާޝް ގޮސް އޭނާގެ ސާކަލައް އެރިއެވެ އެއާއެކު ދުއްވާލިއެވެ.
ޕޭމެންޓުމަތީ ހިގާފައި ދިޔަ ރިޝްމީ ހުއްޓުނީ އެތަނުން ދިޔަ ކުއްޖެއްގެ ދަބަހުގައި އޮތް ގަނޑެއް ވެއްޓުމުން އެ ނަގާށެވެ ރިޝްމީގޮސް މަގު މަތީގައި އޮތްް ގަނޑު ނަގަން ދިޔައީ ޓްރެފިކް ލައިޓް ރަތް ކުލައަައް ބަދަދަލުވުމުން ނެވެ .
ގަނޑު ނަގާން ތެދުވި ރިޝްމީ ސިހުނީ އޭނާގެ އަތުގާ ހިފާ މީހަކު އޭނަ މަގުގެ އަަަނެއް ފަރާތައް ދަމާލުމުންނެވެ
………………..
ރިޝްމީ ގޮސް ތަތްވީ އެމީހާވެ މޭމަތީގައެވެ.މަޑުމަޑުން ރިޝްމީ އެ މީހާއާ ދުރުވެލިއެވެ.އެއާއެކު ފާޑަކައް ރިޝްމީގެ މޫނައް ބަލަން ހުރި ވިކާޝް ފެނިފައި ރިޝްމީ އައް ލަދުން އިސްޖަހާލެވުނެވެ. އޭ ބަލާގެން އުޅެބަލަ ރިޝްމީގެ ގަޔާދިމާލައް އައި ކާރާ ދިމާލައް އިޝާރާތް ކުރަމުން ވިކާޝް ބުންޏެވެ.އެއާއެކު ރިޝް މީއައް ބަލާލެވުނީ ވިކާޝްގެ ރުޅިވެރި މޫނަށެވެ. ރިޝްމީމާ ވަރަކަށް ވިކާޝްގެ މޫނައް ބަލާތީ ވިކާޝް އޭނާގެ މޫނުގެ ކުލަވަރު ބަދަލު ކޮއްލީ މޮޅު އެކްޓަރަކައް ވެސް ބަދަލުނުކުރެވޭނެ ގޮތަށެވެ. އެއާއެކު އޭނަ ގެންގުޅޭ ސަމާސާ ގޮތް މޫނައް ގެނައެވެ
” މަންކީ އައި ތިންކް އައި ހޭވްޓު ޕްރޮޓެކްޓު ޔޫ އިން ދަ ފިއުޗަރ”ރީތި ހިނިތުންވުމަކާ އެކު ވިކާޝް ބުންޏެވެ.
ވިކާޝް ނުސީދާ ކޮއް އެހެން ބުންޏަސް އޭނާ އެ އަންހެންކުއްޖާ ރައްކާތެރި ކުރަން އޭނާ ބޭނުމެވެ ކީއްވެ ކަމެއް ހުދު ވިކާޝް އަކަށް ވެސް ނޭގެއެވެ. ވިކާޝްގެ ރީތި ހިނިތުންވުމައް ގެއްލިފަ އިން ރިޝްމީއައް ހޭވެރިކަންވީ ސުކޫލު ބެލް ޖެއްސި އަޑަށެވެ. އެއާާއެކު ދެން އިވުނީ ޒެވިން ބިދި ބިދި ފައި ހޭ އަޑެވެ .
ތިދެމީހުންގެ ރޮމޭންސް މާބޮޑު ގާލް ފްރިއެންޑް ބޯއި ފްރެންޑައް ވުރެވެސް.
ލިވްޒާގެ އަޑު އިވުމުން ރިޝްމީ މޫނު ކުނި ކޮއްލިއެވެ.އޭރު އޭނާގެ މޫނު ރަތް ކަމުން ހިވަނީ ޖަންބެއް ހެންނެވެ.
ލިވްޒާ އަހަރެން ލިވީގެ މަންމަ ކައިރީ ލިވީގެ މަންމަ ކައިރީ ވަރަށް ރީތިކޮށް ބުނާނަން ތި ޖައްސާ ވައްތަރުތައް އޭރުން އޮންނާނީ ރޮމޭންޓިކް ވެފަ ރިޝްމީ ދެރަ ނުވާންވެގެން ބުންޏެވެ.
ރިޝްމީ މިހެން ބުނުމާ އެކު ކޮފީ ބޯންހުރި ލިވްޒާގެ އަގާގަ ތިބި ކޮފީ ކާރީގައި ހުރި ޒެވިންގެ ގަޔައް ބުރާގެން ދިޔައެވެ .
އެއާ އެކު ވިކާޝް އާއާ ރިޝްމީ ހޭން ފެއްޓިއެވެ.
އެ މީހުން ހުނުން ނުހުއްޓާތީ އެކަން މަޖާވެގެންް އެމީހުން ކައިރީގައި ކޮފީއިން ތެމި ފޯވެފައި ހުރި ޒެވިން ވެސް ހޭން ފެއްޓިއެވެ.
އެެއާއެކު ލިވްޒާ އައިސް އޮޅިގަތީ ރިޝްމީގެ ކަރުގައެވެ.
ތި މީހުން ރިޝް އާ ނުބެހޭތި ‘ބިކޯއުސް އައިމް އޮން ހާރ ސައިޑް’.
އެ ހެންތަ ކަމަނާފުޅާ މަށާ ,ހޫއެވަރ ދިސް ގާއި އިސް ,އަހަރުމެން ،،”ވިކާޝް”ރިޝްމީގެ ޖުމްލަ ފުރިހަމަ ނުވަނީސް ވިކާޝް ބުނެލިއެވެ.
ޔެސް، މަށާއި ވިކާޝް އާއި ދެމީހުން ނަށް ރޮމޭންޓިކް އޭ އެންމެން ކުރިމަތީ ބުނެފަ މީހާރު ތިބުނަނީ މަގޭ ސައިޑް ގައޭ އޭނަ ވެސް ލިވްޒާގެ ވަލުގަ ޖެއްސީތަ ،ޝޭމް އެންޔޫ ލިވީ ރިޝްމީ ބުންޏެވެ.ޔެސް އަހަރެން މިހާރު ބާކީމިވީާ ޒެވިން ލިވްޒާ އާއިދިމާލައް ލޯ އަޅަމުން ބުނެލިއެވެ.
“ސޮރީ އެކަމަކު ލިވީ ހުންނާނީ ރިޝްގެ ސައިޑުގަ”އޭކީވެ އެހެން ލިވީއައް ނެހެދޭނެ އެހެން ލިވީ ހުންނަންޖެހޭނީ މަގޭ ސައިޑުގަ ،ނޫން މަ ރިޝްގެ ސައިޑުގަ ލިވްޒާ ބުންޏެވެ.
“ހުއްޓާލާ ” އެންމެ ފަހުން ވިކާޝް ބުންޏެވެ.
ތި މީހުންގެ ރޮމޭންސް ނިމިއްޖެއްޔާ ހިނގާ އެތެރެއްއް ވަންނަން މިހާރު ޔަގީން ކެމިސްޓްރީ ޓީޗަރު ކުލާހައް ވަދެދާނެ ހިނގާ ބަލަ އެހެންނޫނީ އަހަރެމެން ބަސްޓް ވާނެ
“ޝޫޓް “އެއާއެކު ރިޝްމީ ފާގަ ހުދު ބާރެއްލާފައި އޭނާގެ އަމިއްލަ ބޮލުގައި ޖެހިއެވެ.އެ އާއި އެކު މަޑުމަޑުން އާހް ، އޭ ކިޔާލިއެވެ.
އެއާ އެކު ވިކާޝް ބުނެލި އެވެ.
ޑޯންޓް ހާރޓް ޔުއަރ ސެލްފް ރިޝް ،ހިގާ އެތެރެއަށް ވަންނަން.
އަހަރުމެން ދެމީހުން މިހާ އެކުވެރިވީ ކޮން އިރަކުން ތީނަ މަށަށް ރިޝް އޭ ކިޔާފަ ގޮވަން ރިޝްމީ މިހެން ބުނެލުމާއެކު ވިކާޝް ބޯ ހޫރު ވާލާފައި އެތެރެއައް ވަންނަން ހިނގައިގަތެވެ.
ކިތަންމެ އިރެއް ވިޔަސް ރިޝްމީ އަގަ މަޑު ނުކުރާނެ ކަން އެނގޭތީއެވެ.އެ
ގއާއެކު ރިޝްމީ ވެސް ވިކާޝް ގެ ފަހަތުން ހިގައިގަތުމުން ލިވްޒާ އާއި ޒެވިްން ވެސް ހިގައިގަތެވެ.
އެމީހުން ނައް ކުލާހާއި ހަމަޔަށް ދެވުނު އިރު ކެމިސްޓްރީ ޓީޗަރުގެ ލޯ ހީވަނީ އަގުރު އަލިފާންގަނޑެއް ހެންނެވެ އެއާ އެކު 4 މީހުން އަސްޖަހައިގެން ކުލާހައް ވަދެ އިށީނެވެ .
ކެމިސްޓްރީ ޓީޗަރު ލަސް ވީ ކީއްވެތޯ އެހުމުން ޒެވިްން އެމީހުން ޓްރެފިކް ޖޭމް އެއްގައި ޖެހުނީ ކަމައް ބުނުމުން ކެމިސްޓްރީ ޓީޗަރު އަނެއްކާވެސް ފިލާވަޅައިގެން ކުރިއައް ދިޔައެވެ. ” ރިޝްމީ “ފަހަތުން މީހަކު ގޮވާލި އަޑަށް ރިޝްމީ ސިހިފައި ބަލާލިއެވެ އެއާ އެކު ރިޝްމީގެ ދެލޯ ބޮޑުވިއެވެ

-ނުނިމޭ-

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!