Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީބިރުވެރި

ތުލުސްމު 4

Ille Level 1
June 24, 2021 2 Mins Read
1 Comment

“އޭނާ އަކީ…. ކަލޭގެ ތިމާގެ މީހެއް.(ނަން ހާމަކުރަން ބޭނުމެއް ނޫން)” އެހެން ބުނުމަށްފަހު ކުޅު ބުރުވާލިއެވެ. ދެން ރާޤީ ޖަވާބުދިނެވެ. “ކަލޭ މުސްލިމް ވޭ! އެހެންނޫނީ ހަމަ ޤަތުލުކުރާނީ!” އެތައް ފަހަރަކު ބުނެގެންވެސް އެ ޖިންނި މުސްލިމް ވާކަށް ނޫޅުނެވެ. އުޅުނީ އެންމެ ޖިންނި އެއް ނޫނެވެ. އެކިފަހަރު އެކި އެއްޗިއްސެވެ. ނަމަވެސް އެރޭ ޖިންނި ފޮނުވާލުމަށްފަހު އެ އެއްޗެހި ޤަތުލު ކުރުމުގެ މަސައްކަތް ފެށިއެވެ. އަދި އެދުވަހުން ފެށިގެން ތިރީސް ދުވަހުގެ މުއްދަތައް މުރަނގަފަތުގެ ދިޔަ ބުއީމެވެ. ކޮންމެ ރެއަކުވެސް މަޢްރިބު ނަމާދުކޮށްގެން ބައިތަށި މުރަނގަފަތް ދިޔައަށް އާޔަތުލް ކުރުސި ތިން ފަހަރު ކިޔެވުމަށްފަހު ބުއީމެވެ. ޖެހިގެން އައި ދުވަހު އަހަރެންގެ ގަޔަށް އޮތީ ކުންނާރު ފަތު ފެން އެޅުމެވެ.
ދުވަހުގެ ވަގުތު ހިނގަމުން ގޮސް އަސުރު ނަމާދަށް ބަންގި ގޮވައިފިއެވެ. އަދި އަސުރު ނަމާދު ކުރުމަށްފަހު ފެން އަޅަން ނުކުތީމެވެ. ފުނޑާފައި ހުރި ކުންނާރު ފަތް އެތި ފެނުގެ ތެރެއަށް ގިރުވާލުމަށް ފަހު ފެންއެތި ތެރެއަށް އަހަރެންގެ ޝަހާދަތް އިނގިލި ލައިފިއެވެ. ގައިގެ ރިހުން ގަދަވާހެން ހީވާން ފަށައިފިއެވެ. ފާހާނަ ކުރަން ދާންޖެހޭ ހެންވެސް ހީވާން ފަށައިފިއެވެ. ބޯ އަނބުރާ ހަމައިން ނެއްޓި ހަޅޭއްލަވަން ފެށުނެވެ. ކިޔޭ ނުކިޔޭއެއް ނޭންގުނެވެ. ގޭދަށަށް އައިސް ތިބި އަވައްޓެރި ބަޔަކު ވެސް ތިބީ ކޮސްވެފައެވެ. އަދި އަހަރެން ކާރީ ހަޅޭއްނުލަވަން ބުނުމުން ދުލަށް އައިހާ ހުތުރު އެއްޗެއް ކިޔަން ފެށުނެވެ. ފެންއަޅާ ނިންމާލުމަށްފަހު އަހަރެން އެމީހުންގެ ކިބައިން މާފަށްވެސް އެދުނީމެވެ. އަހަރެން އެއްޗެހިކީ އަމިއްލަ އިޚުތިޔާރަކުނޫނެވެ. މިގޮތައް ތިން ދުވަހު ފެން އެޅިއެވެ. އަދި ފެން އަޅަން ފެށުމާއިއެކު އެއް ދުވަހަށް ވުރެ އަނެއްދުވަސް ލުއިވާކަން އެންގެމުން ދިޔައެވެ.
ހަނދުގެ ފަނޑުއަލިކަން މުޅި ރަށަށް ވަނީ ވެރިވެފައެވެ. މިރޭ ރާޤީ އައީ ގަބުރަށްހަދާފައިވާ ސިހުރުގެ އަސްލު ބެލުމަށެވެ. އެ ސިހުރު ގުޅިފައިވާ މަހާނަ ބެލުމަށެވެ. އަހަރެން ލޯ މަރާލުމާއިއެކު ރާޤީ އާޔަތުލް މަޤާބިރު ކިޔަވަން ފެށިއެވެ. އަދި އިރުކޮޅެއްނުވެ އަހަރެންނަށް މިހާރު މިރަށުގައި މީހުން ވަޅުލާ ސަހަރާ ފެންނަން ފަށައިފިއެވެ. އަދި އަހަރެންނަށް ފެންނަނީ ސަހަރާގެ ބޭރުގައި ހުންނަ މީހަކަށް ފެންނަ ފަދައިންނެވެ. އިރުމަތީގައި ހުރި ގުލްޗަމްޕާ ގަހެއްގެ ކާރީގައިވާ މަހާނަތައް އަހަރެންނަށް ތަކުރާރުކޮށް ފެންނަން ފަށައިފިއެވެ. އަދި އަހަރެންނަށް ފެނުން މަންޒަރު އިންނަ ގޮތައް ފޮޓޮއެއް ޕްރިންޓް ނަގައިގެން ގެންނަން އެދުނެވެ.
ޖެހިގެން އައިރޭ އެތަނުގެ ފޮޓޯގަނޑު ގެނެސް ސިދާ އެ މަހާނައަކީ ކޮބާތޯ ބެލުމުގެ މަސައްކަތް ފަށައިފިއެވެ. ގަލަމެއްގެ ތުނޑަށް ކިޔެވުމަށްފަހު އެ ފޮޓޯގައި ޖައްސަން ފަށައިފިއެވެ. އަދި އާޔަތުލް މަޤާބިރުގެ އާޔަތްތައް ތަކުރާރުކޮށް ކިޔަމުން ގެންދިޔައެވެ. އަދި އަހަރެންނަށް ހީވި ކުރި ގޮތައް އެ ގުލްޗަމްޕާ ގަހުގެ ކާރީ ހުރި މަހާނައެއްގައި ގަލަން ޖައްސަންފެށުމުން އުނދަގޫވާން ފަށައިފިއެވެ. ގަބުރަށް ކޮށްފައި ހުރި ސިހުރު ގުޅިފައިވާ މަހާނަ ޔަގީން ވެއްޖެއެވެ. ދެން ރާޤީ އަވަސްވެގަތީ ސިހުރުގެ ބާރު ހުރިވަރު ބެލުމަށެވެ. ލުނބޮލެއްގެ ހުތް ނެގުމަށްފަހު އޭގެތެރެއަށް އެއް ސައި ސަމްސަލެއްހާ ލޮނު އެޅުމަށްފަހު ބޯލުމަށް އެދުނެވެ. އަދި އެ ބުޔުމާއިއެކު ބިލެތް އަރި އަކަށް ކިޔަވާ ފުމެލުމަށްފަހު އެ ކެއުމުން އަނގައިގައި ލާ ރަހަ ބުނުމަށް އެދުނެވެ. އެ ކެއުމުން ކުޅި ރަހަ ނުވަތަ ހިތި ރަހަ ލާނެ ކަމަށްވެސް ބުންނެވެ. އެ ދެ ރަހަ އަކީ ސިހުރުގެ ބާރު ދެނެގަތުމަށް އެހީވެދޭނެ އެއްޗެކެވެ. އެ ކެއުމާއިއެކު ލިބުނީ އުފާވެރިކަމުގެ ޙަބަރެވެ. ސިހުރުގެ ބާރު ހުރީ ވަރަށްބޮޑަށް ދަށްވެފައެވެ.
މިއަދު ކުރަން ނިންމާފައިވަނީ ފެން އެޅުމެވެ. އެއީ ޖުމްލަ ހަތަރު ފެނެވެ. މާ ކައްކަކާފައި ހުރި ފެނާއި ގަނޑުކޮށްފައިހުރި ލޮނުފެނާއި ވަޅުފެން އަދި ވާރޭ ފެނެވެ. ހަތަރުފެން އަޅާ ނިމެންދެން އިނދެވޭނެބާއޭ ވެސް އަހަރެން ހިތައް އަރަމުން ދިޔައެވެ. ގަނޑުފެން އަޅަމުން
ދިޔައިރު އަހަރެންގެ ދަތްދޮޅި ތެޅެމުން ދިޔައެވެ. ހުރިހާ ފެނެއް އަޅާ ނިންމުމާއިއެކު އަހަރެންގެ ގަޔައް އަރާފައިހުރި ތަދު ގަދަވަމުން ދާތީ އަހަރެން އަވަސްވެގަތީ އޮށޯވެލަން ދިއުމަށެވެ. ފެންވެސް ނުވަރާ އޮށޯވެ އޮވެ ތަދު މަޑުވުމާއިއެކު ފެންވަރަން ވަނީމެވެ. އަދިވެސް އަހަރެން ފެންވަރުވައިދެނީ އަހަރެންގެލޮބުވެތި ބައްޕައެވެ. ސަބަބަކީ އަހަރެންނަށް ގައި އުނގުޅަން އަތް ހަރަކާތް ނުކުރެވި މުޅިގައިގައި ސައިބޯނި ނުހޭކޭތީއެވެ. އަދި ފެންވަރާ ނިމުމާއިއެކު އަހަރެންގެ ގައިގާ އުނގުޅަން ދީފައިހުރި ބާމު ހޭކުމަށްފަހު އޮށޯވެލީމެވެ. އޭރު އަހަރެންނަށް މާނޭވާލެވި ވަމުންދިޔަ ތަދަށް ކުކުރެމުން ގެންދިޔައީމެވެ. އަހަރެން ކުޑަކޮށް ހަމަޖެހިލުމާއިއެކު ބައްޕަ ދިޔައީ ދަނޑަށް ފެންޖަހާށެވެ.
ހަވީރު އަޑުއަހަން ދީފައި އޮތް އޯޑިއޯ އަޑުއަހަން އޮއްވާ އަހަރެންގެ ބުޑުމަސްގަނޑާ ފައިގެ ފަލަމަސްގަނޑަށް ވަރަށް އެހެންކަހަލަ ހޫނެއް ވާން ފަށައިފިއެވެ. ބަނޑަށް ހޫނުވެ…..

(ނުނިމޭ). ދެން ގެނެސްދެވޭ ބަޔަކީ އެންމެ ފަހުބައި. ތަންކޮޅެއް ދިގުކޮށް ލިޔުމަށްފަހު ހަފްތާއެއްހާ ދުވަސްތެރޭ ކިޔުންތެރިންނަށް ގެސްދެވޭނެ ވާހަކަ ދަންނަވަން.

Share Article

Follow Me Written By

Ille

Level 1

Other Articles

Previous

ތީއޭ މިހިތުގެ ދިރުމަކީ (14)

Next

ހިތް ބޭނުމޭ ދުލުން 9

Next
June 24, 2021

ހިތް ބޭނުމޭ ދުލުން 9

Previews
June 24, 2021

ތީއޭ މިހިތުގެ ދިރުމަކީ (14)

One Comment

  1. leaf says:
    June 24, 2021 at 6:49 pm

    Can’t wait for the last part. One week is a long time. I’m a very big fan of your story “thulusmu”. Every part ends with a question in my head . Like what would happen next. And unexpected happenings happen in this story. A really good story.

Comments are closed.



All Right Reserved!