ބާބު 1 : އާދަޔާ ހިލާފު ބެރެބެދި ގަސް (1 ވަނަ ބައި) އިރު އޮއްސެމުން ދިޔަ ހިތްގައިމު ވަގުތު އަތިރިމަތީގައި ކުދިބަޔަކު ވައި މަޑި އަރުވަމުން ދިޔައެވެ. ހަމަ އެއާއި އިން ވެގެން އޮތް ގޮނޑުދޮށުގައި ހަރުފުރާގެ ކުދިންތަކެއް ކޮރަކަލި ބާނަމުން ދިޔައެވެ. އިރުގެ އަލިން މުޅި އުދަރެހަށް ވަނީ މަޑު އޮރެންޖު ކުލައެއް ގެނުވާފައެވެ. ހުދު ކުލައިގެ ކިރު ދޫނިތައް ހިނދުކޮޅަކަށް މިވަނީ މަޑު އޮރެންޖު ކުލައަށް ބަދަލު ވެފައެވެ. ވިއްސަކަށް ކިރު ދޫނި […]
ޕަރީ – Not a Fairytale ބާބު 1 : އާދަޔާާއި ހިލާފު ބެރެބެދި ގަސް ލިލީ ހައިރާންވެ ތަންކޮޅެއް ކުރިއަށް ޖެހިލާ ސުވާލު ކުރަން ފެށިއެވެ. ލިލީ: “ސަރ! ނާއިޝް ގެއްލިގެން ހޯދަން އުޅެފައި އައިސް ކީއްވެ ތި ތިބީ ހަމަޖެހިގެން ކާން؟ ނާއިޝް ފަކީރު..” މިހިސާބަށް ބުނެވުމާއިއެކު ލިލީގެ ވާހަކަ މެދުކަނޑާފައި ސޮލާހް ސަރ ބުންޏެވެ. “ނާއިޝް އޭންދީނު ކާން.” އެހެން ކުދިންވެސް ކާންތިބި ދިމާލަށް އިނގިލި ދިއްކޮށްފައި ބުންޏެވެ. އެއީ ތެދެކެވެ. ނާއިޝް […]
“އޭނާ އަކީ…. ކަލޭގެ ތިމާގެ މީހެއް.(ނަން ހާމަކުރަން ބޭނުމެއް ނޫން)” އެހެން ބުނުމަށްފަހު ކުޅު ބުރުވާލިއެވެ. ދެން ރާޤީ ޖަވާބުދިނެވެ. “ކަލޭ މުސްލިމް ވޭ! އެހެންނޫނީ ހަމަ ޤަތުލުކުރާނީ!” އެތައް ފަހަރަކު ބުނެގެންވެސް އެ ޖިންނި މުސްލިމް ވާކަށް ނޫޅުނެވެ. އުޅުނީ އެންމެ ޖިންނި އެއް ނޫނެވެ. އެކިފަހަރު އެކި އެއްޗިއްސެވެ. ނަމަވެސް އެރޭ ޖިންނި ފޮނުވާލުމަށްފަހު އެ އެއްޗެހި ޤަތުލު ކުރުމުގެ މަސައްކަތް ފެށިއެވެ. އަދި އެދުވަހުން ފެށިގެން ތިރީސް ދުވަހުގެ މުއްދަތައް މުރަނގަފަތުގެ ދިޔަ […]
އަހަރެންނަށް ހޭލެވުނީ މަންމަ އައިސް ފަތިސް ނަމާދަށް ގޮވަން ފެށުމުންނެވެ. އަދި ކުއްލިއަކަށް ރޭގައި ހިނގާދިޔަ ކަންކަން ހަނދާނަށް އަތުވެއްޖެއެވެ. ވަގުތުން މަންމަ އަށް ހުރިހާ ވާހަކައެއް ކިޔައިދިނުމާއެކު ރުޤްޔާ ކުރާ މީހާއަށް ގުޅާ، ރޭގައި ހިނގި ކަންތައްތައް ކިޔައިދިނެވެ. އެއީ ޖިންނި ޝައިތާނުން އަހަރެންގެ ލޯމައްޗައް އޮޅުވާލި އޮޅުވާލުމެއް ކަމަށް ބުންޏެވެ. އެމީހުންގެ ބޭނުމަކީ އަހަރެން ބޮޑު ނޭންގުމެއްގެ ތެރޭގައި ބަހައްޓާ، ދީނުގެ ކަންކަމަށް ހުރަސް އަޅާ، އަހަރެންގެ ހޭބުއްދި ފިލުވާލުން ކަމަށް ބުންޏެވެ. މަންމަ […]
މަޑުމަޑުން ލޯ ހުޅުވާލީމެވެ. އަހަަރެެންނަަށް ވަށައިގެންވާ ތަންތަން ފެންނަނީ ފުސްކޮށެވެ. ވާނުވާ އެނގެންފެށީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ. ގާތުގައި ރާޤީ އިނުމުން މާ ގިނައިރު ތަކެއް ނުވާކަން އަހަރެންނަށް އެނގުނެވެ. ބައްޕަ އާއި ދޮންބެ އަހަރެންގެ ގާތުގައި ހުއްޓެވެ. ބައްޕަގެ ލޮލުގައި ހުރީ ކަރުނައިގެ އަސަރެވެ. އަހަރެން ލޮލުގެ އިޝާރާތުން ވެގެން މިއުޅެނީ ކިހިނެތްތޯ އަހާލީމެވެ. ރާޤީ އަހަރެންނާ ދިމާލަށް އެނބުރިލާފައި ބުންޏެވެ. “ތިޔަހުރީ ސިހުރެއް ޖެހިފަ! އެންމެ ކަމަކަށް ނޫން. ހުރިހާ ކަމަކަށް ކަހަލަ ގޮތަށް […]
މި ވާހަކަ އަކީ ހަޤީޤީ ވާހަކައެކެވެ. މި ވާހަކައިގައި ބުއްދި ޤަބޫލު ނުކުރާ ކިތަންމެކަމެއް ހުންނާނެއެވެ. ނަމަވެސް މިއީ ހަޤީޤަތެވެ. މިއަކީ އަޅުގަނޑުގެ ހަޔާތުން ފެނިފައިވާ އެންމެ ވޭންދެނިވި އަނދިރި ދުވަސްތަކެވެ. މިތަން އެންމެ ކާރިން ފެންނާނީ އަޅުގަނޑުގެ އާއިލާ މީހުންނަށާއި އަވައްޓެރިންނަށެވެ. މިހެންކަމުން އަޅުގަނޑު މިވާހަކަ ތަޙްސީސް ކުރަނީ އަޅުގަނޑުގެ ލޯބިވާ އާއިލާ އަށެވެ. ގައިން ދާ ހިއްލަނީއެވެ. ފެންނަން އޮތީ ގަބުރުސްތާނެކެވެ. މުޅިގައިވަނީ ލެއިން ތަތްތެޅިފައެވެ. ފަހަތުންއައި މީހަކު ގަޔައް […]