Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީކުރުވާހަކައެހެނިހެންމަޖާލޯބި

ރައިން (5)

Anusha Mohamed Level 110 Stories100 Login
June 15, 2021 2 Mins Read
0 Comments

ކޮންމެ މީހަކީވެސް އެމީހެއްގެ ހަޔާތުގައި އެތަކެއް ހާދިސާއެއް ހިނގައިފައިވާނެ މީހެއްކަން ޔަޤީނެވެ. އަދި އެކަންތައްތައް ހިތުތެރޭ މީހަކަށް ނުކިޔައިދީ ހުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެސް ފަހަރުގައި ވެދާނެއެވެ. އެގޮތުން އަހަރެންގެ ހުރިހައި ކަމެއް އިނގޭނެ ހަމައެކަނި މީހަކީ އާލާ އެވެ. އާލާ އަކީ މިދުނިޔޭގައިވެސް އަހަރެން އެންމެ އިތުބާރު ކުރާ އެކަކުއެވެ. ނަމަވެސް މިހާރު އަހަރެންނާއި ރައިންގެ ދެމެދު ހިނގާ އެތަކެއް ވާހަކައެއް އާލާއަކަށް ނޭނގޭނެއެވެ. ކިތަންމެ ކިޔައިދޭން ބޭނުންވިޔަސް ކިޔައިދޭކަށް ނުކެރެއެވެ. މަޑުމައިތިރި ރައިންގެ ފަރާތުން އެކި ވާހަކަތަށް އަހަންނަށް އެނގެން ފެށިއެވެ. “އަހަރެން ވަރަށް ލޯބިވިން ކުއްޖެއްދެކެ. އަދި އެކުއްޖާއާއި ލޯބީގެ ގޮތުން ގުޅުގެން ދެ ތިން އަހަރު އުޅެވުން. ވަރަށް ރީތި ކުއްޖެއް އެއީ. އެކަމަކު މާ ގިނަދުވަސްވީ ކަންނޭގެ ދެމީހުން އެކީ އުޅޭތާ، ކުއްލިއަކަށް ހުރެފައި އަހަރެން މަތިން ފޫހިވީ” ރައިން އަހަންނަށް ރައިންގެ ކުރީގެ ލޯބިވެރިޔާއާއި ދުރުވި ގޮތުގެ ވާހަކަ ކިޔައިދިނެވެ. އަހަރެން އިނީ ކެތްތެރިކަމާއި އެކީ އަޑުއަހާށެވެ. އެނަލަ އަޑު އަހަން އެއްވެސް ފޫހިކަމެއްނެތި އެތައްއިރެއްވަންދެންވެސް ހުރެފާނަމެވެ. މިހެން ވާހަކަދައްކަމުންގޮސް ސަރާ އޭކިޔާފައި ނުހަނު ލޯބިން އަހަންނަށް ރައިން ގޮވައިލިއެވެ. “ހިނގާބަލަ އެއްދުވަހު ދިމާވާން. އޯކޭ ސަރާ އޮފް ދުވަހަކަށް ސެޓުކޮށްލާފަ ބުންޏަސް. ސަރާ ބޭނުންވަންޏާ…..” ނޫނެކޭ ބުނަން ކެރޭނީ ކާކަށް ހެއްޔެވެ. ރައިން ވިއްޔާއެވެ. ހޮނިހިރު ދުވަހު ޑިއުޓީ ނެތީމައާއި އެކު އަހަރެން ރައިން އާއި ބައްދަލުކުރަން ނިންމީމެވެ.

“އުހުމްމމމ..” ޗާކޯލް ކެފޭ ކުރިމައްޗަށް ސައިކަލެއްގައި މަޑުކޮށްލައިގެން އަހަރެންގެ އިންތިޒާރުގައި ރައިން ހުއްޓެވެ. “ވަރަށް ލަސްވެއްޖެ ދޯ؟” ވާހަކަ ދައްކަން ކުޑަކޮށް ޖެހިލުންވިޔެއްކަމަކު އަހަރެން ހީކުރިވަރެއް ނޫނެވެ. ދެމީހުން އެކީ އެހައި ވާހަކަ ފޯނުން ދެކެވިފައި ހުރީމާ ކަމަށްވެސް ވެދާނެއެވެ. “ކޮންތާކަށް ދާނީ؟” ރައިން އަހަންނާ ސުވާލު ކުރިއިރު އަހަރެން އިނީ އެހެން ހިޔާލެއްގައެވެ. ރައިން ގެ ގައިން ދުވާ މީރުވަސް އަހަރެން އަޅައިގެން ހުރި މާސްކުން ދުވަހަކުވެސް ނުފިލާނެހައި ކައިރީގައި އިށީނދެގެން އިނީމެވެ. އެންމެ ފުރަތަމަވެސް އަހަރެން ގޮވައިގެން ރައިން ދިޔައީ ޕެޓްރޯލު އަޅާ ތަނަކަށެވެ. ބޭރުގައި މަޑުކޮއްލައިގެން ރައިން އާއި ދިމާއަށް އެސްފިޔަޖަހައިނުލައި ބަލަން އަހަރެން ހުރީމެވެ. އަދި ފޯނު ނަގައި ރައިންއަށް ނޭނގޭގޮތަށް ފޮޓޯއެއް ނެގީމެވެ. މާގިނައިރުތަކެއް އެކީ ހޭދަ ނުކުރެވުނަސް ވަރަށް ވާހަކަ ދެކެވުނެވެ. އަދި ކުއްލިގޮތަކަށް އޮފީހުން ގުޅައިގެން ރައިން ދާންޖެހުމުން އަހަރެމެން ދެމީހުންގެ އުފާވެރި ވަގުތުތައް މެދުކަނޑައިލަން ޖެހުނެވެ. ގެޔަށް އައިސް އަހަރެންގެ ޑައިރީ ނަގާފައި ކުރިޔެކޭވެސް އެއްފަދައިން ވީ ހުރިހައި ކަމެއް ލިޔުނީމެވެ.

އަވިގަދަ ދުވަހެކެވެ. މާލޭގެ އެންމެ ހަލަބޮލި މަގު ކަމަށްވާ މަޖީދީމަގު ހުރަސްކޮށް ހަލުވި ފިޔަވަޅުތަކެއްގެ މަތީ ފިހާރައާއި ދިމާއަށް މިސްރާބު ބެހެއްޓީމެވެ. “އަހހްހހހ..” ގަޑި ޖެހެން ކައިރިވެފައިވާތީ މިއަދު ޑިއުޓީއަށް އައީ ވަރަށް ބާރަށް ހިނގައިލާފައި ކަމަށްވުމުން އަހަރެން ކައުންޓަރު ކައިރީ އިށީނދެ ފުން ނޭވާއެއްލީމެވެ. ކޮންމެ ދުވަހަކުވެސް ޑިއުޓީއަށް ދަނީ ނަލަ ހެދި ފުލްމޭކަޕެއް ކޮށްލައިގެން ހަމަ ރައިން އަންނާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް މިހާރު ރައިން ނުފެންނަތާ ދުވަސްކޮޅެއްވެއްޖެއެވެ. އަބަދުވެސް ބުނަނީ ބިޒީ ވާހަކައެވެ. އެހެންކަމުން މިއަދު އަހަރެން ޑިއުޓީއަށް ދިޔައީ ކުޑަމިނުން ތުންފަތުގައި ކުލަކޮޅެއްވެސް ހާކާނުލައެވެ. އަދި މާޔޫސްކަންމަތީ ފޯނަށް ބަލަހައްޓައިގެން ހުއްޓައި ބޯވަ ހުރިހެއްޔޭ ކިޔާފައި ރައިން ފިހާރައަށް ވަނެވެ. “މީބޯވަ ވިއްކާ ތަނެއްކަމެއް ނުދެނެހުރިން” އަހަރެން ހީލާފައި މަޖަލަކަށް ބުނީމެވެ. ތެދުވެގެންގޮސް ޑީފްރިޖުން ބޯވަ ނަގައިދޭން ހުރިއިރު ރައިން އިސްޖަހައިނުލާ އަހަންނާއި ދިމާއަށް ބަލަން ހުރިކަން އަހަންނަށް އިނގުނެވެ. “މިއުޅެނީ އޮފީސް މީހުން ބާބެކިއުއެއް ޖައްސަން އުޅޭތީ” ބޯވަ ކޮތަޅު ހިފައިގެން  ރައިން ބޭރަށް ނިކުތް ގަޑިއަކީ އަހަރެންގެ ބްރޭކު ގަޑި ކަމުން ރައިން ފަހަތުން ނުކުތީމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anusha Mohamed

Level 110 Stories100 Login

<21 writer

Other Articles

Previous

ނަފްރަތަކީ ލޯބީގެ ފެށުން 4

Next

ލޯބިވެވުމުން

Next
June 15, 2021

ލޯބިވެވުމުން

Previews
June 15, 2021

ނަފްރަތަކީ ލޯބީގެ ފެށުން 4



All Right Reserved!