ނަފްރަތަކީ ލޯބީގެ ފެށުން 4
އަޔާނީ ހޭލި އިރު އިވުނީ ފިރިހެން ކުއްޖެއް ގުގުރިދެމި އަޑެވެ.އަޔާނީ ސިއްސައިގެން ގޮސް އޭނާގެ ފޯނު ހޫރު ވާލެވުނީ އިޙްތިޔާރަކާ ނުލައެވެ.އަޔާނީ ތެދުވެ ގޮސް ފޯނަށް ބަލާލި އިރު ކަމަކު ދާކަށް ނެތެވެ….
***********
ޒާރާ ކިޔަން ޖެހޭ ދިވެހި ލަވަ ދަސް ކޮއްލައިގެން ދިޔައީ ކޮމްޕެނީ އައް ދާޔުމަށް ތައްޔާރު ވާންށެވެ.”ކޮއްކީ މިދަނީ އެކަމަކު މިއަދު ކަމެއް ވެއްޖިއްޔާމުން ގުޅާތި” ޒާރާގެ އަތްދަބަސް އަޅުވައިލައިގެން ހިނގައިގަތެވެ.”އޯކޭ” ބަދިގެ ތެރޭގަ ހުރި އަނާރާ ބުނެލިއެވެ.”ޓޭކް ކެއަރ!”ޒާރާ ގޭތެރޭ ދޮރު ލައްޕަމުން ބުނެލިއެވެ.”ޔޫޓޫ!!” އަނާރާ ބާރަށް ބުނެލީ ޒާރާއަށް އަޑު ނީވި ދާނެތީއެވެ.ޒާރާ ހަމަ އެކަނި ޖަހާލީ ހިނި ގަނޑެކެވެ.ޒާރާަ ކޮމްޕެނީ ކައިރީ ގަ ހުރި ޕާކިން ޒޯނުގާ ކާރު ޕާކު ކޮއްފަ ޒާރާ މިސްރާބުޖެހީ ކޮމްޕެނީއައް ވަންނާށެވެ.ވަތް ތަނާހެން މީހަކު އޭނާ އަތުގަ ހިފާ ހަނި ގޯޅިގަނޑެއް ތެރެއަށް ޒާރާ ގޮވައިގެން ވެއްދިއެވެ.
“ކޮބާ އެ ކުޑަ ސޮރު؟” ޔާނިޝް ރީޝާއައް ސުވާލު ކޮއްލިއެވެ.”އެބައިން ރޮއެލަ ރޮއެލާ…ދޮންތަ ކޮބާހޭ ކިޔާފަ އޭނާއެ ރޮނީވެސް…ކަލެއައް އިނގޭތަ އަނެއްކަ އޭނާގެ ދައްތަ އައް ކިޔާނަން؟”ރީޝާވެސް ކޮއްލީ ސުވާލެކެވެ.”އާން މަށަށް އިނގޭ އޭނަ އެކަމަކު މަށަކަށް ނޭނގެ އޭނައައް ކިޔާނަމެއް…އޭނަ އެއީ ހަމަ ގައިމުންވެސް އެ ވިޝާން ކިޑްނެޕް ކުރި އަންހެން ކުއްޖާގެ ކުލާސް ކުއްޖެއް..ދެން ކިއެއް ދޯ ކުރާނީ ހަަމަ އެކަނި ވިޝާން އައް ވިއްޔަ އިނގޭ ސްކޫލް ކުދިންގެ ނަންވެސް…. އަހަރުމެންނަށް މިހާރު އަށާރަ އަހަރު ވީމަ”ޔާނިޝް ފަތިވަރުތައް އަމުނާލިއެވެ.”ދެން އަހާބަލަ އެ ވިޝާން ކައިރީ… އެކުއްޖަ އެކިޔާ ދޮންތަ އަކީ ކާކު ތޯ” ރީޝާ އަމިއްލަ އައް ގިރާފަ ހުރި ކޮފީ ތަށިން ކޯވަރެއް ބޯލަމުން ބުންޔެވެ.”އާންމިއަދު އަހާނަން އޭނަ އާ ދިމާވާނެ ވަގުތަކުން..ދިމާނުވަންޔާމުން އޭނަ އައް ގުޅާނީ” ޔާނިޝް ހީލަމުން ބުނެލިއެވެ.
ފެންވަރައިލައިގެން ނިކުތް ޝިމާން ފެނުމުން ޝައިމަން ޕިސް ޕިސް ތަޅަންފެށިއެވެ.”ކީއްވީ..މަ ގައިގަ އަދިވެސް މިލަ ހުރީތަ؟”ޝިމާން ކޮއްލީ މޮޔަ ސުވާލެކެވެ.”ހަހަހަ…ކަލޭ ގައިގަ މިލަ ހުރީމަ މަ އެބަ އުޅެންތަ ކަލޭ ލައްވާ ގަދަކަމުން އެ ފިލުވަން؟” ޝިމާންގެ ކޮއްކޮ ޝައިމަން ބުންޏެވެ.”ގަޑި ޖެހޭނީބަލަ ދޮންބެ ގަނޑާ” ޝިމާން އެއްޗެކޭ ބުނުމުގެ ކުރިން އަނެއްކަވެސް ޝައިމަން ވާހަކަ ދައްކަން ފެށިއެވެ.”އަނެއްކަވެސް ދޮނބެ މި ދަނީ ނިދާލަން އިނގޭ”ޝިމާން އާފުރެލަމުން ބުންޏެވެ.ފަސް މިނެޓު ނުވަނީސް ޝިމާން އައް ނިދުން ތަނާ ޝައިމަން އައް އައީ ރަނގަޅު ހިޔާލެކެވެ.ޝައިމަން ބޮޑު ބާލިއްޖެއް ފުރެންދެން ފެން އަޅާފަ ދަމަމުން ދަމަމުން ގޮސް އެ ބާލީދި ޝިމާންގެ މޫނަށް އޮއްސާލިއެވެ.ޝީމާން ސިއްސައިގެން ގޮސް މަންމާ އޭ ކިޔާފަ ހަޅޭއްލަވައިގެތެވެ.”ކިހިނެއް ތަ ވީ ދަރިފުޅާ” ކޮޓަރި އަށް ވަދެގެން އައި ޝައިމަން އާއި ޝިމަންގެ މަންމަ ޝަހީމާ އަހާލިއެވެ.ޝަހީމާއައް އެދެކުދިން ތިބި ގޮތުން ކަމެއް ވެއްޖެ ކަން އިނގުނެވެ.”ޝިމާން ކީއްވެ ތީނީ އެނދު މަތީގަ ތެމިފޯވެގެން؟ ޝައިމަން ކީއްވެ ތީނީ ތި ބޮޑު ބާލިދި ހިފައިގެން؟” ޝަހީމާ ކޮއްލީ ދިގު ސުވާލެކެވެ.ދެ ކުދިންވެސް އެއޗެކޭ ނުބުނުމުން ޝަހީމާ އެސުވާލު ތަކުރާރު ކޮއްލި އެވެ.”އެއީ..ދޮންބެ ޑިއުޓީ އައް ދާންޝޭ ކިޔާފަ ފެންވަރައިގެން އަނެއްކަ އެރީ ނިދަން އޮއްތަން…އެހެންވެގެން” ޝައިމަން ހެވި ދިލި ހުރެ އޭނާގެ މަންމަ އަށް ކިޔައިދިނެވެ.”އެތެދެއްތަ ޝިމާން؟” ޝަހީމާ ކޮއްލީ ކުރު ސުވާލެެކެވެ.”ޔެސް އެއީ ތެދެއް” ޝައިމަންއަށް ނުހުރެވިގެން އެހެން ބުންޏެވެ.
އެވަގުތު ޒާރާއަށް ހުރެވުނީ ދެލޯ ތަގުޅި ކޮއްލައިގެންނެވެ.އެއްވެސް އެއްޗެއްގެ އަޑެއް ނީވޭތީ ޒާރާ ލޯހުޅުވާލި ތަނާ ޒާރާ ސިހުނެވެ.އެއީ ދެވަނަ މީހެއް ނޫނެވެ.އާނއެކޭ އާލިޝްއެވެ.”ޒާރާ ލެޓްސް ބީ ފްރެންޑްސް އެޓްލީސްޓް” އާލިޝް ކުރިއަށް ވުރެއް ޒާރާ އާއި ގާތް ވެލިއެވެ.އޭރު ޒާރާ ހުރީ ނޭވާ ލާންވެސް އުނދަގޫވެފައެވެ.ވާނީވެސް އެހެންތާއެވެ.އާލިޝަ ހުރީ ޒާރާ އާއި އެއް ސެންޓްމީޓަރެކޭވެސް ނުބުނެވޭނެހާ ގާތް ވެގެންނެވެ.ޒާރާއަށް މާބޮޑަށް އުނދަގޫވުމުން އާލިޝްގެ މޭގާއަޅައި ކޮއްޕާލިއެވެ.”ތިހެން އެހި ދާނެ ދޯ މަށާ ދުރުގަ ހުރެވެސް” ޒާރާގެ ދަބަހުން ޓިޝިލެއް ނަގައި މޫނު ފުުހެލަމުން އެހެން ބުންޏެވެ.”އާނ މަ ދެން އެހެންނެއް ނަހަދާނަން…ހަމަ އެކަނި ފްރެންޑް އަކަށް ވެވިދާނެތަ” އާލިޝް އހެން އަހާލުމުން ޒާރާ ބޯޖަހާލާފަ ދިޔައީ އެތާކައިރީގަ އިން ގޮނޑި އެއްގާ އިށީންނަންށެވެ.”ކޮބާ ޒާރާ އެންޑް އާލިޝް އަރ ޔޫ ގާއިސް ރެޑީ؟” ޝާބިން ޒާރާ އާއި އާލިޝް ކައިރީ އިން ގޮނޑި އެއްގާ އިޝީންނަމުން އަހާލިއެވެ.”ޔެސް އަހަރެން ބައި ހަރޓް ކޮއްފިން” ޒާރާ ބުނެލީ ވަރަށް ފަސޭހަ ކަމާއި އެކީގެއެވެ.”ވަޓް އެބައުޓް ޔޫ އާލިޝް؟” އާލިޝްގެ ޖަވާބެއް ނައުމުން ޝާބިން އެ ސުވާލު ތަކުރާރު ކުރިއެވެ.”ޔާހް…އޭމް ރެޑީ” އާލިޝް ޝާބިން ކުރި ސުވާލައް ޖަވާބުދިނެވެ.”އައި މި ދަނީ ސެކަންޑް ލަވަ ދަސްކުރަން”ޒާރާ ގޮނޑިންތެދުވަމުން އެހެންބުނެލިއެވެ.”ނޯ ވެއިޓް އަހަރެން ވެސް އަންނާނަން”އާލިޝް ޒާރާގެ އަތުގައި ހިފާ މަޑު ކުރުވިއެވެ.”އޯކޭ ލެޓްސްގޯ” ޒާރާ ލަވަ ދަސްކުރާ ރޫމް އަށް ހިނގައިގަތެވެ.އެ މަންޒަރު ބަލާ ކޮންމެ މީހަކު ވެސް ބުނާނީ އެއީ ލޯބިވެރިންނެވެ.ޝާބިން ހެމުން ހެމުން ގޮސް ވަނީ އެތާ ކައިރީގައިން ފިހާރައަކަށެވެ.
“އޯ މައި ގޯޑް އިޒް ދިސް އަ ޑްރީމް” އަޔާނީ ރޭގަ ވިޝާން އައް ގުޅަައިގެން އޮއްވަ ނިދިފައި އަނެއް ދުވަހު ހޭލި އިރު ވެސް ފޯނު އިނީ ނުކަނޑާ އިނިމުން އޭނާ އަށް އެހެން ބުނެވުނެވެ.އަޔާނީ ވަރަށް ބާރަށް ހަޅޭއް ލަވައިގަތުމުން ވިޝާން ސިއްސައިގެން ގޮސް އޭނާ އެނދުން ވެއްޓުނެވެ.ވާނީވެސް އެހެންތާއެވެ.ކޮންމެ މީހަކަށް ގުޅިޔަސް އޭނާ އެއީ ހެޑްސެޓް ޖަހައިގެން އަޑު އެންމެ ބާރު ކޮއްގެން އިންން ކުއްޖާއެވެ.ވަކި ސިއްސައިގެން ނުދާނީ ކާކުހެއްޔެވެ.”ހޭ…ކީއްވެ އެހާ ބާރަށް ތި ހަޅޭއްލަވައިގަތީ…ހަމަ ކިރޔާމަ ކަންފަތް އެދިޔައީ ސަލާމަތް ވެގެން” ފޯނު ނުކަނޑާލައި އޮތުމުން ވިޝާން ވާހަކަ ދައްކަން ފެށިއެވެ.”އަދި ތިހޭލީ ތަ؟”އަޔާނީ ކޮއްލީ ސުވާލެކެވެ.”އާނ އަދި މި ހޭލީ..އެކަމަކު ޔޫ ހަޅޭއް ލަވައިގަތްތަނާ އަހަރެންނަށް ހޭލެވިއްޖެ އަދި ނިދިވެސް ފިލައިފި” ވިޝާން ބުންޏެވެ.”އޯހް..އައި އޭމް ސޯސޮރީ” އަޔާނީ ވިޝާން ކައިރިން މަޢާފަށް އެދުނެވެ.”ލޮލް އިޓްސް އޯކޭ…އެހެން ނޫނަސް މި ދަނީ ފްރެންޑްއެއްގެ ގެއައް ދާން” ވިޝާނަ ހީނލަމުން ބުނެލިއެވެ.އަޔާނީ ބާއްވަނީއޭ ކިޔާފަ ދިޔައީ ތާޒާ ވެލައިގެން މަގުމައްޗަށް ފޫހި ފިލު ވާލަންށެވެ.
ޒާރާއާއި އާލިޝް ލަވަ ކިޔައި ނިންމާލާފަ މާ ދުރުނޫން ކެފޭ އަކަށް ދިޔައީ ވެފަ ހުރި ވާޅެއްގެ ބޮޑުކަމުންނެވެ.”ކޯކު ދަޅެއް””އައިސް ކޮފީ ދަޅެއް”ޒާރާއާއި އާލިޝް ވަރަށް އަވަހަށް ކެފޭ އަށް ވަދެފަ ބުނީ ދެވައްތަރުގެ ދެދަޅުގެ ނަމެވެ.”އެއްކަލަ ކޯކު ބޯ ފުރެއިތަ” އާލިޝް އުޅުނީ ޒާރާ ރުޅި އަރުވާލަންށެވެ.ހަމަ އެކަން ވީވެސް އާލިޝް ހިތައް އެރި ގޮތަށެވެ.”ދިވެހި ލަވަ ދަސް ކޮއްފިން”އާލިޝް މަޢުލޫ އޮޅުވާލިއެވެ.ނޫނީ ޒާރާ އޭނާއާއި ދިމާލަށް ކޮންމެ ފަދަ އެއްޗެކޭވެސް ކިޔާ ފާނެއެވެ.”ޔެސް އައި ޑިޑް..ވަޓް އެބައުޓް ޔޫ”ޒާރާ އާލިޝްއަށް ޖަވާބު ދީފަ އޭނާ ކުރީ އާލިޝް އަށް ސުވާލެކެވެ.”މަ އިންނާނެ އަދި އެއްބައި”އާލިޝްގެ ކޮފީ ދަޅުންކޯވަރެއް ބޯލަމުން އެހެން ބުނެލިއެވެ.ދެމީހުން ވާހަކަ ދައްކާ ވަރަކަށް އެދެމީހުން ދަނީ ކުރިއަށް ވުރެވެސް ގާތް އެކުވެރިންނަށް ވަމުންނެވެ.
ޝަހީމާ ކޮޓަރިން ނިކުތް ތަނާ ޝިމާން ޝައިމަން ބޮލުގައި ޓަތްކެއް ޖަހާލިއެވެ.”އައްދިއްޔޯއި” ވީތަދަކުން ޝައިމަންއަށް ބުނެވުނެވެ.”ކިހިނެއްތަ ވެގެން ތި އުޅެނީ ދޮންބެ އައް!” ޝައިމަން އަށް އެހެން ބުނެވުނީ ވަރަށް ބާރަށްށެވެ.”ކީއްވެ އެހާ އަނގަގަދަ ވެފަ ތި ބުނީ މިއަދު މަ ވަޒީފާއައް ދާން ޖެހޭ ވާހަކަ؟ ކޮއްކޮ އައް އިނގޭތަ ކޮއްކޮ ސްކޫލް އައް ދިޔައިމަ މަންމަ މަގައިގަ ޖަހާލާވަރު؟” ޝިމާން ކޮއްލީ ސުވާލެކެވެ.”އިޓްސް އޯލް ޔުއަރ ފޯލްޓް..ރައިޓް” ޝައިމަން ޝިމާންގެ ކޮޓަރިން ބޭރަށް ދުއްވައި ގަންނަމުން ބުންޔެވެ.
މާއިން އެ އަނދިރި ގުދަނު ތެރޭގަ ރޯން އިންތަ ކޮންމެސް ހަތަރު މީހަކު އެތާތެރެއަށް ވަދެގެން އައެވެ.މާއިން ބިރުންގޮސް ރުޔުމުގެ އަޑު ކެނޑިގެންދޔަ ފަދަވެ.އެތާގަ ތިބީ ތިން ފިރިހެނުންނާއި އެންމެ އަންހެންކުއްޖެކެވެ.އެތާގަ އިން އެއް ފިރިހެން ކުއްޖެއްހުޜީ ރާޅު ބާނީ ކަޅު ކުލައިގެ އިސްތަށިގަނޑެކެވެ.ދެވަނަ ކުއްޖާގެ ހުރީ ކަޅު ކުލައިގެ ފަން އިސްތަށިގަނޑެކެވެ.ތިން ވަނަ ކުއްޖާއަކީ މާއިން އަށް ވަރަށް ރީއްޗަށް ދަންނަ ފިރިހެނެކެވެ.އޭނާގެ ހުންނަނީ ފެހިކުލަ ފާޑެއްގެ ކުލަައިގެ ރާޅުބާނީ އިސްތަށިގަނޑެކެވެ.އަދި އެ އަންހެން ކުއްޖާގެ ހުރީ ކަޅު ކުލައިގެ ޕޯރނީޓެއިލްގެ ސްޓައިލައަކަށް އިސްތަށި ގަނޑު ހަދާލާފައެވެ..މާއިން އެންމެ ބިރު ގަތީ އެފެހި ކުލަ ފަދަ އިސްތަށިގަނޑު ހުރި ފިރިހެން ކުއްޖާ ފެނުމުންނެވެ.އެއީ އޭނާއަށް އަލަށްވެޔަސް އޮޅޭނެ މީހެއް ނޫނެވެ.
~ނުނިމޭ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


V reethi ❤️❤️❤️❤️❤️ kon irakun next??