އަހަރެން ނުކުތުމުން ކާރުވީ އެކޮޅުގައި ކަމަށް ބުނެ ހިނގައިގަތުމުން އަހަރެންވެސް ރީޙާން ފަހަތުން ހިނގައިގަތީމެވެ. ކާރަށް އަރައި ދުއްވާލުމަށްފަހުވެސް އެއްވެސް ވާހަކައެއް ރީޙާން ނުދައްކައެވެ. އަހަރެންވެސް އެއްވެސް ވާހަކައެއް ނުދައްކާ ފޯނާއި ކުޅެން އިނީއެވެ. އަހަރެން ފޯނާއި ކުޅެން އިނަސް އަހަރެން ވިސްނަމުންދިޔައީ ރީޙާން އާއި ދޭތެރޭގައެވެ. އަހަރެންނަށް ހޭވެރިކަންވީ ރީޙާން ފައިބަންވީނޫންހޭ ބުނުމުންނެވެ. އަހަރެން ކާރުން ފައިބައިގެން ރީހާން ފަހަތުންގޮސް ކުރިމަތިން ހުރި ރެސްޓޯރަންޓަށް ވަނީމެވެ. ރީޙާން މޭޒެއްގެ ކައިރީ ހުރި ގޮޑިއެއް ފަހަތަށް ދަމާލުމަށް […]
މާޔަން އައުމުން ހަތަރުމީހުން ކާން ދިއުމަށް ނުކުތީމެވެ. އެމޭލިއާ ކައިރީ މާޔަން ގެ ސައިކަލަށް އަރަން ބުނަމުން އަހަރެން ޒިޔާންގެ ސައިކަލަށް އެރީމެވެ. ކޮންތާކަށްތޯ ދާނީ މާޔަން ޒިޔާން ކައިރީ އެހިއެވެ. ދާންވީތަން ބުނަމުން ޒިޔާން ނައްޓާލިއެވެ. މާޔަންވެސް އަހަރުމެން ފަހަތުން ނައްޓާލިއެވެ. އަހަރެންނަށް ފޯނެއް އައެވެ. އަހަރެން ފޯންބަލާލީ ރެސްޓޯރެންޓް ކައިރިއަށް ފައިބާފައެވެ. ގުޅާފަ އޮތީ ނީންތައެވެ. އަހަރެން ރެސްޓޯރެންޓަށް ވަންނަމުން ނީންތައާއި ގުޅީމެވެ. ނީންތަ ގުޅީ އެއްޗެއް ކައިފިތޯ ބަލަންށެވެ. އެއްޗެއްކާން ދާންވެގެން، ދާންނޭނގޭނެތީ […]
ހުޅުމާލެއިން އާދެވުނުއިރު ހަތެއްޖަހަނީއެވެ. އަހަރެން އަވަހަށް ނަމާދުކޮށްލަން ބޭނުންވިއެވެ.ކޮޓަރިއަށް ވަދެ ނަމާދުކޮށްލައިގެން ނީންތައާއި ރިޔާޒުބެއަށް ގެނައި އެއްޗެހި ހިފައިގެން ބޭރަށް ނުކުތް އިރު އެއްވެސް މީހަކު ފެންނަން ނެތުމުން ނީންތަ ކޮޓަރިދޮރުގައި ޖަހައިލީމެވެ. ދޮރުހުޅުވީ ރިޔާޒުބެއެވެ. “ނީންތަ ނަމާދު ކުރަން އިނީ” ދޮރުހުޅުވާލަމުން ރިޔާޒުބެ ބުންޏެވެ. އަހަރެން ރިޔާޒުބެއަތަށް އެއްޗެހި ދިނުމުން މީ ކޮންއެއްޗެއްތޯ އަހައިލުމަށްފަހު އެތެރެއަށް ވަނެވެ. އަހަރެން ދާން ހިނގާގަތްތަނުން ނީންތަ ނުކުމެ އަހަންނަށް ގޮވާލައިފައި އަށެއްޖަހާއިރު ބޭނުންވާއެއްޗެހި ގަންނަން ބޭރަށްދާން ނުކުންނަންވާނެ ވާހަކަ […]
” ފާރިޝް ވާހަކަދައްކަނީ، ހެނދުނުވެސް ދެފަހަރަކު ގުޅާލިން، ކިހިނެއް ކަންތައްތައް؟” ކަންތައްތައް ރަނގަޅު ކަމުގަޔާއި މިއަދު ހޭލީ ތަނކޮޅެއްލަހުން ކަމުގައި އަހަރެން ބުނީމެވެ. “މިއަދު ބަންދު ދުވަހެއްވީމަ ލަންޗައް ބޭރަށްދާން އިންވައިޓް ކުރަން ހެނދުނު ގުޅާލީ” ވަރަށް ގިނަކަންތައް ކުރަން ހުރީމަ ގުޅާނުލެވިގެން އުޅެނިކޮށް އަނެއްކާވެސް ފާރިޝް ތިގުޅީ ކަމުގައި އަހަރެން ބުނީމެވެ. ” އެނގޭ ވަރަށް ބިޒީ ވާނެކަން، ކޮންމެވެސް ވަގުތަކުން މީޓް ވެލަން ބޭނުން.” އަހަރެން ވަގުތެއް ލިބުނީމަ ގުޅާނެ ކަމުގައި ބުނަމުން ފޯން […]
ދުވަސްތައްމާޒީއާއި އެކުވަމުންދެއެވެ. އަހަރެން ހުސްވަގުތު ފުރާލުމުގެ ގޮތުން އިންޓަރނޭސަނަލް ނިއުސް ޗެނަލަކުން ވަޒީފާ ހަމަޖެއްސީމެވެ. މާބޮޑު އުނދަގުލަކާއި ނުލާ ވަޒީފާ ހަމަޖެހުމުން އަހަރެން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އެހެންނަމަވެސް މިކަމަކީ ރިޔާޒުބެ އެހާ ހިތްހަމަޖެހޭކަމަކަށް ނުވިއެވެ. ކިޔެވުމަށް ދަތިވާނެކަމުގަޔާއި ،އަހަރެންނަށް މާ ބޮޑަށް ބުރަވާނެކަމަށް ބުނެ ވަރަށް ވާހަކަދެއްކިއެވެ. އަހަރެން ކިޔެވުމަށް ދަތި ނުވާނެ ކަމުގައި ބުނީމެވެ. އަދި މިކަން ކުރަން ނިންމީ ހުސްވަގުތު ގިނަކަމުންކަމުގައި ބުނެ ރިޔާޒުބެގެ ހިތްހަމަޖެއްސީމެވެ. ޒިޔާން އާއި ނީންތަ އަހަރެނަށް ވަރަށް […]
ބޯޓް ނަންޓާލައިފިއެެވެ. މިއަދު އެހާ ނާރވަސް ނުވާތީ އަހަރެން އިނީ ތަންކޮޅެއް ހަމަޖެހިފައެވެ. ޑައިރެކްޓް ފުލައިޓެއް ކަމުން ތޭރަވަރަކަށް ގަޑިއިރު ބޯޓްގައި ހޭދަ ކުރަންޖެހޭނެތީ އަހަރެން ހުރީ ވަރަށް ރަނގަޅަށް ތައްޔާރުވެގެނެވެ. އިރުކޮޅަކުން ކާތަކެތި ބަހަންފެށިއެވެ. އަހަރެން މި ދަތުރުގައި ކާން އޮތީ މާކުރިން އަޒުމް ކަނޑައާޅާފައެވެ. ކާތަކެތި ގެނައުމުން ކެއުމުގެ ކަންތައް ނިންމާލުމަށްހަފު ގޮނޑި ތިރިކޮށްލައިފައި ހަމަޖެހިލީމެވެ. ނީންތަވެސް ބުލޭންކެޓް އަޅައިލުމަށްފަހު ގޮޑީގައި ހަމަޖެހިލިއެވެ. އަހަރެން ލޯމަރައިލައިގެން ނިދޭތޯ މަސައްކަތް ފެށިމެވެ. ދިގު ދަތުރަކަށްފަހު ހީތުރޯ […]
މޯލްއިން ނުކުމެގެން އެކިހިސާބުތަކުގައި ދުއްވުމަށްފަު އެއްޗެއްކާން ދިއުމުގެ ވާހަކަ ފެށުނެވެ. މިވާހަކަ ފެށީ ރަމީޒުއެވެ. ރަމީޒުއަށް ބަލާލުމުންވެސް ކެއުމުގައި ވަރަށް ފަރުވާތެރި މީހެއްކަން އެނގެއެވެ. “މާޔަން ހާދަ ހިތްވަރު ގަދައެވެ. މިއޮށް ހުރިހާ އިރު ވީއިރުވެސް އެއްޗެއް ކެއުމުގެ ވާހަކައެއް ނުދެއްކިއެވެ. އަހަރެން ހިތްވަރު މިކުރީ ތީގެން މީހަކު އެކަހަލަ ވާހަކައެއް ދައްކާތޯއެވެ. އެއްވެސް މީހަކު އެކަހަލަ ވިސްނުމެއް ނެތްހެން ހީވުމުން ކެއްނުވެގެން ބުނެވުނީއެވެ. އަހަރެން ބަނޑުހާވެގެން ހަލާކުވާން ކާރިވެއްޖެއެވެ. މޫނުމަތީ ކޮކާ ބުރާހެންވެސް ހީވެއެވެ.” “އެހެންތަ. […]
މާޔަންގެ އަސްލުނަމަކީ ޔާނިޝް އެވެ. މާޔަން އެއީ ޒިޔާން ޔާނިޝް އަށް ލޯބިންކީ ނަމެކެވެ. ކާރުން ފާބައިގެންގޮސް ކުރިމަތިން ހުރިދޮރުން ވަދެވުނީ ބޮޑުހޯލަކަށެވެ. ކުރިމަތީ ބޮޑުކައުންޓަރެއް ހުއްޓެވެ. ކައުންޓަރުގައި ތިބީ އިމާރާތުގެ ސެކިޔުރިޓީ ބަލަހައްޓާ މުވައްޒަފުންނެވެ. ފޮށިތައްދަމަމުންގޮސް ލިފްޓަށް އެރުމަށްފަހު ސާޅީސް ވަނަ ބުރިއަށް ދިއުމަށް ލިފްޓް ހިނަގާލިއެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭ ލިފްޓްގޮސް ސާޅީސްވަނަބުރިއަށް ހުއްޓުމުން ލިފްޓުންފާބައިގެން ފޮށިތައްދަމަމުން މާޔަންގެ ފަހަތުން ހިނގާގަތީމެވެ. ތަންކޮޅަކަށް ހިނގުމަށްފަހު އެޕާރޓްމަންޓެއްގެ ދޮރަށް ތަޅުދަނޑި ޖަހާ މާޔަން ދޮރުހުޅުވާލިއެވެ. ތަނަވަސް ބޮޑުއެޕާރޓްމަންޓެކެވެ. […]
“ދޮންތަ އަހަރެންނަށް މަޢާފްކުރޭ. އަހަރެން ދޮންތަދެކެ ލޯބިވޭ އަހަންނަށް މީގެ ކުރިން އެކަން ފާޅު ނުކުރެވުނީ އެއިރު ކަންތައް ހުރިގޮތުން ބަޖުބޫރުވެގެން. ވަރަށް ގިނަދުވަސްވެއްޖެ ދޮންތައަށް ގުޅަން އުޅޭތާ. ހަމަ ނުކެރިގެން މިހާ ލަސްވީ.” ތަންޙާ ވަރަށް ދެރަވެ ހުރެ ވާހަކަ ދެއްކިއެވެ. “ދެންއަޅާ ނުލާ ތަންޙާ އެކަންތައް އެނިމުނީ. ކޮއްކޮ ކިހާ ނަސީބު ރަނގަޅު ސުކޫލްގަ ގުރޭޑް އެގާރަ އުފެއްދީވެސް ކޮއްކޮ އަށްޓަކާ ކަންނޭގެ.” ކޮއްކޮގެ ސީރިއެސްކަން ފިލުވާލުމުގެ ގޮތުން މިހެން ބުނުމުން ކޮއްކޮ ހިނިގަނޑެއް […]