މިއީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ބޮޑު ރަށެއްގައި ހިނގާފައިވާ ހާދިސާއެކެވެ. އަތޮޅު ހޮސްޕިޓަލް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމަށް ސަރުކާރުން އެންގުމުން ، އޭރު ތަނުގައި ތިބި ނަރުހުންގެ މަދުކަމުން ،ނަރުހުންނާއި ފެމެލީ ހެލްތް ވޯކަރުން ޑިއުޓީ އަދާކުރަންޖެހޭގޮތަށް މެނޭޖްމެންޓުން ހަމަޖެއްސިއެވެ. ގާތްގަނޑަކަށް 11:30 ހާއިރު ގެއިން ނިކުމެގެން ބައިސްކަލުގައި ހޮސްޕިޓަލަށް ދެވޭނީ 15 ވަރަކަށް މިނިޓުންނެވެ. މަގުގެ މެދަކާއި ހަމައަށް ދެވުނުތަނުން ގަހެއްގެ ގޮފިގަނޑެއް ދަމާފައި ގެނދާއިރު އިވޭ ވައްތަރެއްގެ އަޑެއް އިވެން ފެށިއެވެ.މަގުމަތިން އެއްވެސް […]
މިއީ އަޅުގަނޑުގެ މަންމަ ފަރާތު މުނިމާމަ އަޅުގަނޑަށް ކިޔައިދިން ވާހަކަ އެކެވެ. ދުވަސްވަރަކީ ނަވާރަ ސަތޭކައިގެ ކުރީކޮޅުގެ އަހަރެކެވެ. އޭރު މާމަގެ އުމުރުން ވާނީ ގާތްގަޑަކަށް ނުވަވަރަކަށް އަހަރެވެ. ގުރުއާން ކިޔަވަން ދަނީ ހެނދުނާއި ހަވީރު ރަށު ހުކުރު މިސްކިތަށެވެ. އެތަނާ އިންވެގެން ވަރަށްބޯ ކަށިކެޔޮ ގަސްތަކެއް އޮވެެއެވެ. މުޅި ހިސާބު ގަނޑު އޮންނަނީ ކަށިމާ ވަހުން އެއްވަސް ވެފައެވެ. ކިޔެވުން ނިމުމުން ހުރިހާ ކުދިންވެސް ކަށިމާ ބިނދެގެން ބޮލުގެ ހުޅިގަނޑުތެރެއަށް ލައެވެ. އެދުވަހު ކިޔެވުން ނިމުނީ […]