ތަމަންނާ 11
ބޯޓް ނަންޓާލައިފިއެެވެ. މިއަދު އެހާ ނާރވަސް ނުވާތީ އަހަރެން އިނީ ތަންކޮޅެއް ހަމަޖެހިފައެވެ. ޑައިރެކްޓް ފުލައިޓެއް ކަމުން ތޭރަވަރަކަށް ގަޑިއިރު ބޯޓްގައި ހޭދަ ކުރަންޖެހޭނެތީ އަހަރެން ހުރީ ވަރަށް ރަނގަޅަށް ތައްޔާރުވެގެނެވެ. އިރުކޮޅަކުން ކާތަކެތި ބަހަންފެށިއެވެ. އަހަރެން މި ދަތުރުގައި ކާން އޮތީ މާކުރިން އަޒުމް ކަނޑައާޅާފައެވެ. ކާތަކެތި ގެނައުމުން ކެއުމުގެ ކަންތައް ނިންމާލުމަށްހަފު ގޮނޑި ތިރިކޮށްލައިފައި ހަމަޖެހިލީމެވެ. ނީންތަވެސް ބުލޭންކެޓް އަޅައިލުމަށްފަހު ގޮޑީގައި ހަމަޖެހިލިއެވެ. އަހަރެން ލޯމަރައިލައިގެން ނިދޭތޯ މަސައްކަތް ފެށިމެވެ. ދިގު ދަތުރަކަށްފަހު ހީތުރޯ އެއަރޕޯރޓްގައި ބޯޓް ޖެއްސިއެވެ. ހޭންޑް ބޭގް ނަގައިގެން ބޯޓުން ފޭބުމަށްޓަކައި ނީންތަ ފަހަތުން ހިނގާގަތީމެވެ. ޓާރމިނަލްއިން ނުކުމެގެން ޓެކުސީއަކަށް އަރާ ހޮޓަލަށް ދިޔުމަށްޓަކައި ނައްޓާލީމެވެ. ދުައްވަމުންގޮސް އަހަރުމެން ތިބުމަށް ހަމަޖެހިފައިވާ ހޮޓަލުގެ ދޮރުމަށްޗައް ކާރު މަޑުކޮށް ލުމުން ފައިސާ ދެއްކުމަށްފަހު ކާރުން ފޭބި އިރު އަހަރުމެންގެ ލަގެޖުތައް ޓުރޮލީއަކަށް އަރުވައިގެން ހޮޓަލުގެ ސުޓާފެއް މަޑުކޮށްލައިގެން ހުއްޓެވެ. އަހަރުމެން ކާރުން ފޭބުމުން އަންނާށޭ ބުނަމުން އޭނަ ހިނގާގަތެވެ. އަހަރުމެން އޭނަގެ ފަހަތުން ގޮސް ހޮޓަލަށްވަދެ ރިސެޕްސަން ކައުންޓަރުން ޗެކިންގ ނިންމާލުމަށް ފަހު އަހަރުމެންގެ ފޮށިތަށް ހިފައިގެން އައިމީހާއާއި އެކު ހިނގާގަތީމެވެ. ލިފްޓަށް އަރައި އަހަރުމެންގެ ކޮޓަރި ހުންނަ ފްލޯރ އަށް ދިއުމަށް ލިފްޓް ހިންގާލިއެވެ. ކޮޓަރިއަށް ވަންއިރު ތަނަވަސް ބޮޑު ތަނެކެެވެ. ކުރިމަތިން ހުރީ ބޮޑުސޯފާއެކެވެ. ވަދެގެެން ގޮސް ކުރިމަތިން ހުރި ދޮރު ހުޅުވާލިއިރު ދެ އެނދު ހުރި ތަނަވަސްތަނެކެވެ. ފޮށިތަށް ހިފައިގެން އައިމީހާ ދިއުމުން ދޮރުލައްޕާލުމަށްފަހު ނީންތަވެސް ކޮޓަރިއަށް ވަނެވެ. ” މިހާރު އެހެރެ ދިހައެއްޖަހަނީ އަވަހަށް ހިނގާ އެއްޗެއް ކާލައިގެން އަންނަން، ހެނދުނު ކޮލެޖަށް ދާންޖެހޭނެ ރެޖިސްޓްރޭސަން ކަންތައް ނިންމަން” ނީންތަ މިހެން ބުނަމުން ފާޚާނާއަށް ވަނެވެ.
ހެނދުނު ކޮލެޖްގެ ކަންތައް ނިންމާލުމަށްފަހު އެކަމަޑޭސަންގެ ކަންތައް ހުރިގޮތް ބަލާލަންދާން ބޭނުންވިއެވެ. އެކަމަށް ވަގުތުކޮޅެއް ނަގާނެ ވާހަކަ ބުނުމުން ބޭރަށް ނުކުމެ އެއްޗެއްކާން ތަނަކަށް ވަނީމެވެ. އެކަމުން ނިމިގެން ކޮލެޖަށްގޮސް އެކަމަޑޭސަންގެ ކަންތައް ހުރިގޮތެއް ބަލާލީމެވެ. އެތަނުގައި ހަތަރު ކެޓަގަރީއެއްގެ އެކަމަޑޭސަން ލިބެން ހުއްޓެވެ. އަހަރެން ބޭނުންވީ ދެކޮޓަރި އެޕާރޓްމަންޓް އަކުން އެއްކޮޓަރީގައި އެކަނި ހުންނަންށެވެ. އެކަމަޑޭސަންގެ ކަންތައް ހަމަޖައްސާލުމަށް ފަހު ހޮޓަލަށް ދިޔުމަށް ދަތުރުފެށީމެވެ. އަހަރުމެން ތިބީ ކޮލެޖާއި ކައިރި ހޮޓަލެއްގަ ކަމުން އިރުކޮޅެއްގެ ތެރޭ ހޮޓަލަށް ދެވުނެވެ. އަހަރެން ބޭނުންވީ ކޮޓަރިއަށް ވަދެ އަރާމްކޮށްލަންށެވެ. “މިއަދު ރެސްޓަށް ދޫކޮށްލާފަ، ކުރިއަށް އޮތް ފަސްދުވަހު އަހަރުމެން ތަންތަން ބަލާލަން ދުއްވާލުން ކިހިނެއްވާނީ؟” އޯކޭ ވާނެ. އަހަރެން ނީންތަގެ ސުވާލަށް ޖަވާބު ދިނީމެވެ. “ދޭއްޖަހާލާއިރު ކާންދާނީ” އަހަރެން ނީންތައަށް ޖަވާބު ދިނުމަށްފަހު ފާޚާނާއަށް ވަނީމެވެ. އަހަރެން ފާޚާނާއިން ނުކުމެގެން ހޯލުގެ ސޯފާގައި ޤުރުއާން ކިޔަވާލަން އިށީނީމެވެ. “ނީންތަ ހީކުރީ ޖައްސާލަން އުޅެނީކަމަށް” ނީންތަ ބޭރަށް ނުކުމެ މިހެން ބުނުމުން “ބަންގިގޮވާގަޑި ކައިރިވެފަ ހުރީމަ ނަމާދުކޮށްލައިގެން ޖައްސާލަން މަޑުކޮށްލީ” ޖަވާބުދިނީމެވެ. “ކިހާއިރަކު ބަންގި ގޮވަނީ؟” ނީންތަ ސުވާލު ކުރިއެވެ. “އެކެއްޖަހާއިރު” އެހެންވިއްޔާ ނަމާދުކޮށްލައިގެން ކާންދާނީ، ކައިގެން އައިސް ރެސްޓްކޮށްލާނީ ދޯ” އަހަރެން ބޮލުގެ އިސާރާތުން އާއެކޭ ބުނީމެވެ. ނީންތަ ކޮޓަރިއަށް ވަނުމުން އަހަރެން ކިޔަވަން ފެށީމެވެ.
މެންދުރުގެ ކެއުމުގެ ކަންތައް ނިމިގެން ކޮޓަރިއަށް އައިސް ކުރިއަށް އޮތް ފަސްދުވަހުގެ ޕުލޭންތައް ނީންތަ ރާވާލީއެވެ. ” މާދަމާ ހެނދުނު ބުރޭކްފާސްޓް ނަގައިގެން ފުރަތަމަ ދާނީ ސޮޕިންގއަށް، ތަމަންނާ ގެ ސޮޕިންގް ނިންމާލަން، ބާލީސް، ބެޑްސީޓް ތަށި ތެލިގަންނަން ޖެހޭނެ، ބޭނުންވާނެ އެއްޗެހީގެ ލިސްޓެއް ތައްޔާރު ކޮށްލާތި މިއަދު ހިނގާ ސިމްއެއްނަގަން ދާން ” ނީންތަ މިހެން ބުނުމުން އަހަރެން ލިސްޓް ތައްޔާރު ކޮށްލުމަށްފަހު ބޭރަށް ދިއުމަށް ތައްޔާރުވެލީމެވެ. ސިމްއެއްނަގައިގެން އެނބުރި ހޮޓަލަށް އައިސް ދެމީހުންވެސް އަރާމް ކޮށްލަން ޖައްސާލީމެވެ. ދެމީހުން އެކިއެކި ވާހަކާގައި ތިބެފައި ނީންތަ ޒިޔާން އަށް ގުޅިއެވެ. ވިޔަފާރީގެ ކަންތަކާއި ބެހޭގޮތުން އޮޅުންފިލުވާލުމަށްފަހު ވަރަށް އަވަހަށް ފޯންބާއްވައިފިއެވެ. ” ޒިޔާން މީޓިންގއެއްގަ އިނީ، ހަމަޖެހިލައިގެން ގުޅާލާނަމޯ” ނީންތަ އަހަރެންނާއި ދިމާއަށް މިހެން ބުނުމަށް ފަހު ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ. އަހަރެން ނިދަން ބޭނުންނުވާތީ ތެދުވެ ފޮށިހުޅުވާލުމަށް ފަހު ފޮތެއްނަގައިގެން ފޮތްކިޔާލަން ޖައްސާލީމެވެ. މަޤުރިބް ނަމާދު ވަގުތު ވުމުން ތެދުވެ ފާޚާނާއަށް ވަދެ ވުޟޫކޮށްލައިގެން ނުކުމެ ނަމާދުކޮށްލަން ތައްޔާރުވެލިތަނުން ނީންތަވެސް ވުޟޫކުރުމަށް ފާޚާނާއަށް ވެނެވެ. އަހަރެން ނަމާދުކުރަން ނުކުތީ ހޯލަށެވެ. ނަމާދުކޮށްގެން ސޯފާގައި ކިޔަވާލަން އިންދައި ނީންތަ ނުކުމެ ސޯފާގައި އިށިނުމުން ފޯންބާއްވާފައި ނީންތައާއި ވާހަކަ ދައްކަންފެށީމެވެ. ” ދެން ކާން ދާންވީދޯ، އަވަހަށް ނިދަން ވާނެނު” ނީންތަ މިހެން ބުނުމުން އަހަރެންވެސް އާނއެކޭ ބުނަމުން މުސައްލަނަގައި ފައްޖަހާލީމެވެ. އަދި މިހާރު ކާން ދާނީތޯ ސުވާލުކުރީމެވެ. “އާނ ހިނގާދާން” ދެމީހުން ކޮޓަރިންނިކުމެގެން ރެސްޓޯރެންޓަށް ގޮސް ކައިގެން އެނބުރި އައިސް ސޯފާގައި އިރުކޮޅަކު ޓީވީ ބަލަން ތިބުމަށްފަު ކޮޓަރިއަށް ވަދެ ނިދަން ތައްޔާރުވެލައިގެން ޖައްސާލީމެވެ.
ހެނދުނު ހޭލައިގެން ބުރޭކްފާސްޓް ނެގުމަށްފަހު ބާޒާރުކޮށްލުމަށް ނައްޓާލީމެވެ. ބޭނުންވާ އެއްޗެހިގަނެގެން ހޮޓަލަށް އައިސް އެއްޗެހިތައް ބެހެއްޓުމަށްފަހު ދެމީހުން މެންދުރު ނާމާދުކޮށްލައިގެން އަނެއްކާވެސް ބޭރަށް ނައްޓާލީމެވެ. ލަންޑަނުގެ އެކި ދިމަދިމާގައި ދުއްވުމަށްފަހު އެއްޗެއްކެއުމުގެ ބޭނުމުގައި ރެސްޓޯރަންޓަކަށް ވަނީމެވެ. ކެއުމުގެ ކަންތަކުން ނިމިގެން ދެން ދިޔައީ ހޮޓަލަށެވެ. އެއިރު އިރުވެސް އޮއްސިއްޖެއެވެ. މިގޮތުގައި ހަތަރުދުވަސް ވޭތުވެގެން ގޮސް މިއަދަކީ އަހަރެން ހުރުމަށް ހަމަޖެހިފައިވާތަނަށް ބަދަލުވާން ހަމަޖެހިފައި އޮތް ދުވަސްކަމުން އެއްޗެހިތައް ޕެކުކޮށްލައިގެން ދާން ތައްޔާރުވެލީމެވެ. ނީންތަވެސް މާދަމާ ފުރަންޖެހޭތީ މިރޭ އަހަރެންނާއި އެކު އެތަނުގައި މަޑުކުރާގޮތައް ހަމަޖެހިފައިވާތީ ހޮޓަލުގެ ބިލްތަކަށް ފައިސާދެއްކުމަށްފަހު ކާރަށް އަރާ ނައްޓާލީމެވެ.
ހެނދުނު ނިދާ ހޭލައިގެން ނީންތަ ފުރުވާލަން ދިއުމަށްޓަކައި ތައްޔާރުވާން ފެށީމެވެ. ކޮފީއެއް ބޮއެލައިގެން އެއަރޕޯރޓުން ބުރޭކްފާސްޓް ނެގުމަށް އެއަރޕޯރޓަށް ނައްޓާލީމެވެ. އެއަރޕޯރޓަށް ދެވުންއިރު ވަގުތު އޮތުމާއިއެކު ފުރަތަމަ އެއްޗެއްކައިލުމަށް ތަނަކަށް ވަނީމެވެ. އެއްޗެއްކާހަދައިގެން އެތެރެއަށްވަދެ ޗެކިންނިންމާލުމަށްފަހު ނީންތަ އަހަރެންނަށް ވަރަށް ނަސޭހަތާއި ހިތްވަރު ދިނުމަށްފަހު ނީންތަ ވަނުމުން އަހަރެން ނުކުމެގެން އަހަރެން ހުންނަ ތަނަށް ދިއުމަށްޓަކައި ކާރަކަށް އެރީމެވެ. ދާންވީތަން ބުނުމުން ކާރު ނައްޓާލިއެވެ. އިރުގަނޑަކު ދުއްވުމަށްފަހު ކޮލެޖްކައިރިއަށް ކާރު މަޑުކޮށްލުމުން ފައިސާދެއްކުމަށްފަހު ކާރުން ފާބައިގެން ހިނގާގަތީ ހޮސްޓެލް އާއި ދިމާއަށެވެ. ފަހަތުން މީހަކު އަހަންނާ ވާހަކަދެއްކިއެވެ. “ހައި! އާރ ޔޫ އަ މޯލްޑިވިއަން؟” އަހަރެން ޖަވާބުގައި ހަމައެކަނި “ޔެސް” މިހެން ބުނެލީމެވެ. “އަހަންނަށް ކިޔަނީ ފާރިޝް، އަހަރެންވެސް މީ ދިވެއްސެއް” “ތަމަންނާ” ހަމައެކަނި މިހެން ބުނެލުމަށްފަހު ހިނގާގަތީމެވެ. އަހަރެން ގޮސް ކޮޓަރިއަށް ވަދެ ޖައްސާލީމެވެ. ކުޑަކޮށް ރެސްޓްކޮށްލުމަށްފަހު އަހަރެންގެ އެއްޗެހިތަށް ނަގާ އަލަމާރީގައި ހަމަޖައްސާލުމަށްފަހު، ކެއްކުމާއި ބެހޭތަކެތި ބަދިގެ ކަބަޑެއްގައި އަތުރާލީމެވެ.
ކިޔެވުންފެށިއްޖެއެވެ. އަހަރެންގެ ހުރިހާ ސަމާލުކަމެއް ކިޔެވުމަށްދީގެން ކިޔަވަންފެށީމެވެ. ދުވަސްތައް މާޒީއާއި އެކުވަމުންގޮސް ފުރަތަމަ ސެމިސްޓާ ނިމި އެއްހަފުތާގެ ބުރޭކެއް ލިބުނެވެ. ރިޒާރލްޓް ލިބުމުން ނީންތަ، ރިޔާޒުބެ އަދި ޒިޔާން އަށް ރިޒާރލްޓް ފޮނުވީމެވެ. ތިންމީހުންވެސް އަހރެންނަށް ގުޅާ ކިޔެވުމުގެ ކަންތަކާއި އަހަރެންގެ އެހެންކަންތައްތައް ރަނގަޅުތޯ ބަލައެވެ. ނީންތަ އާއި ޒިޔާން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަހަރެންނަށް ގުޅައެވެ. މާޔަންވެސް ދޭތެރެއަކުން ގުޅާހަދައެވެ. އަހަރެންވެސް ވަގުތު ލިބުންވަރަކުން އެމީހުނަށް ގުޅަމެވެ. ބުރޭކްހަފްތާ އެއްކޮށް އަހަރެން ބޭނުންވީ ވާހަކަ ލިޔުމުގަހޭދަކުރާށެވެ. ވާހަކަ އެއކޮށް ނިންމާލަން ބޭނުންވާތީއެވެ. މީ އަހަރެންގެ ތިންވަނަ ވާހަކައެވެ. ދެވަނަ ވާހަކަވެސް މާކެޓްގައި ވަރަށް ރަނގަޅަށް ވިކެމުންދެއެވެ. މިކަމުގެ ހުރިހާ ޒިންމާއެއް ނަގައިގެން މިކަމުގެ ހުރިހާކަމެއް ކުރަމުން ދަނީ ޒިޔާން އެވެ. ލިބޭފައިސާވެސް ބަރާބަރަށް އަހަރެންގެ އެކައުންޓަށް ޖަމާކުރަމުން ގެންދެއެވެ. ފުރަތަމަ ވާހަކައަށް ވުރެ ދެވަނަ ވާހަކަ ވިކެމުންދާލެއް ގިނަކަމަށް ޒިޔާން ބުނެއެވެ. އަހަރެން ހީކުރީ ބޮޑަށް ވިކޭނީ ލޯބީގެ ވާހަކަ ކަމަށެވެ. ނަމަވެސް ބޮޑަށް ވިކެމުންއެދަނީ އެކުސަން ވާހަކައެކެވެ. އެހެން ކަމުން މިފަހަރުވެސް އަހަރެން ލިޔަން ގަސްދުކުރީ އެކުސަން ވާހަކައެކެވެ. އެއްހަފުތާ ތެރޭ ވާހަކަ ލިޔެ އެއްކޮށް ނިންމާލީމެވެ. މިކަމުގެ ސަބަބުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.
ބުރޭކް ނިމި ކިޔެވުން ފެށިއްޖެއެވެ. ކިޔެވުމުގެ ކަންތައް ހީކުރެވުނު ވަރަށްވުރެ ފަސޭހައެވެ. ކުލާހުގައި އުޅެންޖެހޭ ވަގުތު މަދުކަމުން ވަރަށް ފޫހިވާންފެށިއެވެ. އަހަރެން ބޭރަށް ދަނީ ވީކަކު އެއްފަހަރު ބޭނުންވާ ކާއެއްޗެހިގަނެލަންށެވެ. ފޫހިވާން ފެށުމުން ކުޑަކޮށް ބޭރަށް ނުކުމެލާ އުޅުމުގެ ޚިޔާލް އަންނަން ފެށިއެވެ. އަދި އަހަރެންގެ އެޕާރޓްމަންޓް ފުރެއިންޑާއި އެކު އަންނަ ސަންޑޭގައި ބޭރަށް ދިއުމަށް ނިންމީމެވެ. މިވާހަކަ ދެއްކުމުގެ ތެރޭގައި ހުސްވަގުތު ޖޮބަކަށް ދާން އުޅޭވާހަކަ އޭނަ ބުންޗެވެ. އަދި އަހަރެންވެސް ޖޮބަކަށްދާން ލަފާދިނެވެ. އަދި ތި ފީލްޑްއަކީ ވަރަށް ފަސޭހައިން ޖޮބެއް ހޯދިދާނެ ފީލްޑެއްކަމުގައާއި، ގޭގައި ހުރެގެންވެސް މަސައްކަތް ކުރެވޭނެ ކަމުގައި ބުނުމުން އަހަރެން އެކަމަށް އެއްބަސްވެ ޖޮބެއްހޯދަން އުޅެންވީކަމުގައި ބުނީމެވެ.
*****
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Maa shaa Allah v reethi mi vaahaka.?