އަޒާން ހަނދާން ނެތި ފޯނު ގޭގައި ބާއްވާފައި ދެވުމުން ފޯނު ބަލާ އަނބުރާ ގެއަށް ދިޔައެވެ. އޭރު ގޭ ކައިރިން އެހެންޔާ ނުފެންނަ ކާރެއް ފެނުނެވެ. އެކި ފިކުރު ކުރަމުން ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ދޮރު މަތީގައި އިތުރު ފައިވާނެއް ހުއްޓެވެ. އެއީ ފިރިހެނެއްގެ ފައިވާނެއްކަން އަޒާން އަށް އެނގެއެވެ. ލޯބިވާ އަނބިމީހާއަށް ޝައްކު ކުރާކަށް ބޭނުމެއް ނުވެއެވެ. އެހެންކަމުން ބޭނުންވީ ހުރިހާ އެއްޗެއް އޮޅުން ފިލުވާށެވެ. އަޒާން ކޮޓަރި ދޮރުގެ ތަޅުގައި ހިފާ ދޮރު ހުޅުވިއެވެ. ފެނުނު މަންޒަރަކުން ހިތް ހުއްޓުނު ކަހަލައެވެ.

*****************************

ލިއުޝާގެ ހަތަރު އަހަރުގެ ލީޝާ ގޮވައިގެން ގެއިން ނުކުތީ ލީޝާ ހިތަހަމަ ޖައްސާލަންށެވެ. ޖައިލަމް އާއި ނިޝާ އެވަގުތު ގެއަށް އައިސް ވަންނަނީއެވެ. ނީޝާ ހުރީ ޖައިލަމްގެ ގައިގާ ޖެހި ފިތިގެންނެވެ. ޖައިލަމް ހުރީ ނީޝާގެ އުނަގަނޑުގައި އަތްއަޅުވާލައިގެން ނެވެ. ލިއުޝާ ވަނީ މިދިޔަ މަހު ވަރިވުމަށް އެދި ފޯމެއް ކޯޓަށް ލައިފައެވެ. ލިއުޝާ ވަރިއަށް އެދުމުން ޖައިލަމް ދިނީ ބީރު ކަންފަތެކެވެ.

ނަތާޝާ މޭޒުމަތިން ތަށިތައް ނަގާފައި ވަނީ ކޮޓަރިއަށެވެ. އޭރު އިޒާން ޑިއުޓީއަށް ދާން ތައްޔާރުވަނީއެވެ. އިސްތަށިގަނޑު ރޫޅާލީ އިސްތަށިގަނޑު ރީތިކޮށް ފުނާއަޅާލާ އައްސަލާމް ށެވެ. ނަމަވެސް ނަތާޝާގެ ބޮލަށް އެނބުރުން އެރުމުން ޑްރެސިންގ ޓޭބަލް މަތީގައި އަތް އަޅުވާލެވުނެވެ. ” ނަތާ! ނަތާ! ” ނަތާޝާ ހަބަރު ހުސްވެގެން ވެއްޓެން ވާއިރަށް އިޒާން ނަތާޝާ އަތްދަނޑި މައްޗަށް ލައިގެން ގޮސް އެނދުމަތީގައި ބޭއްވިއެވެ. އަދި ހޮސްޕިޓަލަށް ގުޅާ އެންބިއުލާންސް ފޮނުވަދޭން އެދުމުން ފަދަ މިނެޓް ތެރޭ އެންބިއުލާންސް އައެވެ. ނަތާޝާ ހޮސްޕިޓަލަށް ގެނދެވުމުން ބްލަޑް ޓެސްޓު ހެދިއެވެ. ނަތީޖާ ލިބޭނީ ހަވީރުން ކަމަށް ޑޮކްޓަރު މަޢުލޫމާތު ދިނެވެ.

އަޒާންގެ އަނގައިން މަޑު އަހެއްގެ އަޑު ބޭރުވިއެވެ. މާޝާއަށް އަޑު އިވުނު ކަމުގައި ވީނަމަވެސް ރަޔާން އަށް ވަރަށް ރީއްޗަށް އެއަޑު އިވުނެވެ. ވަގު ވަގަށް އަޒާން އާއި ދިމާއަށް ލޯ އަޅު ވާލިއެވެ. އޭރު އަޒާންގެ ދެއަތް ވަނީ މުއްކެވިފައެވެ. ލޮލަށް ކަރުނަތައް ވަނީ ޖަމާވެފައެވެ. މާޝާއަށް އޮތީ ނިދިފައެވެ. ރަޔާންގެ ގައިމަތީގައި އޮތް އިރު ރަޔާން ގެ މޫނާއި މާޝާގެ މޫނު ޖެހޭ ނުޖެހޭ ހިސާބުގައެވެ. މަޑު މަޑުން މާޝާ އެނދުނަތީގަ ބަމާއްވާފައި ރަޔާން ނުކުރެވެ. އަޒާން ރަޔާންގެ ފަހަތުން ނުކުމެ އޭނާގެ ގަމީހުގެ ގިރުވާނުގައި ހިފިއެވެ. ” ކަލޭ ކީކޭ ހިތަށް އަރައިގެންތަ މަގޭ އަންހެނުންގެ ކައިރިއަށް ތިޔަ އަންނަނީ ” އަޒާން ދަތް ކުނޑި ވިކާލައިފައި މަޑު މަޑުން ބުންޔެވެ. ޖަވާބެއް ދިނުމުގެ ބަދަލުގައި ރަޔާންގެ ތުންފަތުގައި ހޭކިފައި ހުރި ކިޕްގްލޯޒް އިނގިލިން ފުހެލާފައި ކާރަށް އަރައި ދުއްވާލިއެވެ. ޖަހިތާ ބުދެއްހެން ގުޑާވެސް ނުލާ އަޒާން ހުއްޓެވެ.

” މަންމީ. ޑެޑީ ” ފައިހާން ކުޅެން ގެންގުޅޭ ހެލިކޮޕްޓަރެއް އަނގައަށް ލައިގެން ދެކޮޅަށް ދުވަނީއެވެ. ” ދަރިފުޅޫ. ނުދުވާނެ. ދުވަނިކޮށް ވެއްޓި އަނެއްކާ އަދޯ ވާނެ ” ފައިގައި އަޅާފައި އިން މަލަންކޮޅު ދައްކާލަމުން ފައިހާ ބުންޔެވެ. ފައިހާން އަކީ ނުލާހިކު ހަލަނި ކުއްޖެކެވެ. ފައިހާ ޔޯގަޓް ތައްޓެއް ކަނޑާލީ ފައިހާން އަށް ކާން ދޭށެވެ. ” ދަރިފުޅޫ. އޯޕެން ޔުއާ މައުތް. އާއާ ” ފައިހާން ބަސްއަހައިގެން އަނގްހުޅުވިއެވެ. އަނެއްކާވެސް ދުއްވައިގަތީ ކުޅޭ އެއްޗެހިތައް ހުރި ދިމާއަށެވެ. އެވަގުތު ފައިހާގެ 8 މަހަށް ދާ ބަނޑުގައި ދަރިފުޅު ތޮޅެލިއެވެ. ” ފާރިޝް! ބަލަ ބޭބީ ތޮޅެނީ ” ފައިހާން އަށް ބަނޑު ބޮޑު އިރު ފައިހާން ތޮޅިނުލައެވެ. މިއީ ފައިހާއަށް ކުރެވުނު ވަރަށް އުފާވެރި ތަޖުރިބާއެކެވެ. ފައިހާގެ ބަނޑުގައި ފާރިޝް އަތް ޖައްސާލި ވަގުތު އަނެއްކާވެސް ދަރިފުޅު ތޮޅެލިއެވެ.

ޑޮކްޓަރ އައިސް އިޒާންގެ އަތަށް ނަތީޖާ ދީފައި ބޭސް ސިޓީއެއް ދިނެވެ. އަދި ގަވައިދުން ހަފްތާއެއް ވަންދެން ބޭސް ކައި ގަޑިން ގަޑިއަށް ރަނގަޅަށް ކެއުމަށް ވެސް އެދުނެވެ. ނަތާޝާ ގެ އެރި އިރު އޮތީ ހޮސްޕިޓަލުގަ އެޑްމިޓް ކޮށްފައެވެ. އިޒާން ބޭސް ނަގައިގެން އައިސް ވަން ވަގުތު ނަތާޝާ ” އަހަރެން މިތަނަށް އައީ ކިހިނެއް ” ތޯ ސުވާލުކުރި އެވެ. އަނގައިން ބަހެއްވެސް ނުބުނެ އައިސް އިޒާން ނަތާޝާގެ އަތުގައި ހިފާލިއެވެ. އަދި ނިއްކުރިއަށް ބޮސްދިނެވެ. ” އިހަށް ޗުއްޓީއެއް ނަގަން ވީނުން ” އިޒާން ފުރަތަމަވެސް އެދުނީ ނަތާޝާ ޗުއްޓީއެއް ނެގުމަށެވެ. ” އެއީ؟ ” ނަތާޝާ އިޒާންގެ މޫނަށް ބަލާލިއެވެ. ” އަހަރެން ބޭނުން ބޭބީ އާ ނަތާ ރަނގަޅު ސިއްހަތެއްގަ ހުރުމަށް ” ނަތާޝާ ގެނެސް ގަޔާލާ ބޮނޑިކޮށްލިއެވެ. ” އޯ. އެހެންދޯ ” ނަތާޝާ ހީލިއެވެ. ” ވެއިޓް ވަޓް! އޭން އައި ޕްރެގްނެންޓް. އެންޑް އައިމް ގޮއިންޓް ބީ އަ މަދާ އެންޑް ޔޫ އާ ޑޭޑް ” ނަތާޝާ އަށް އަޒާން ބުނި އެއްޗެއް އެނގުނު އަދި ކިރިޔާއެވެ.

ޝޫޓިންގ އަށް ދާ ހިތް ކެނޑުން ޝެޑިއުލް އެހެންދުވަހަކަށް ބަދަލުކޮށްދިނުމަށް އެދި އަޒާން ކޮމްޕެނީއަށް މެސެޖެއް ފޮނުވިއެވެ. މާޝާގެ ކައިރީގައި ފުންނިންޖަކުން ނިދާފައި އޮތް ހާނިޔާ ނަގާ ހާނިޔާގެ އެނދު މަތީގައި ބޭއްވިއެވެ. ” އަނހަ. އައީތަ؟ ” މާޝާ އަށް ހޭލެވުނީ ހުނުވާވަރުބްނެވެ. ހާނިޔާއަށް މާ ފިނި ވާތީ އޭސީ ހުރީ ނިވާލާފައެވެ. ނަމަވެސް އަޒާން އަނގައިން ބަހެއްވެސް ނުބުނެ ގޮސް ސޯފާގައި އޮށޯވެލިއެވެ. މާޝާ ވާހަކަ ދައްކަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. އެކަމާ މާޝާ ވަރަށް ދެރަވިއެވެ. މާޝާ ބަދިގެއަށް ނުކުތީ ކޮޓަރީގައި ހުރި ފެންޖަގަށް ފެން އަޅާށެވެ. އަޒާން ސޯފާގައި އޮއްވާ މާޝާ ގެ ފޯނު ރިންގު ވިއެވެ. ފޯނު އޮތީ ސޯފާ ކައިރީގައި ހުރި ކުޑަ ނޭޒު މަތީގައި ކަމުން ފޯނު ނަގާ ބަލާލިއެވެ. ” ހެއި ލަވް ” މުޅިންވެސް ރަޔާން މެސެޖް ކޮށްފައި ހުރީ އެހެންނެވެ. ނަމަވެސް މާޝާ ކޮންމެ ފަހަރަކުވެސް ތިމަންނާއަކީ މީހެއްގެ އަންބެކޭ ބުނެފައި ހުއްޓެވެ. ” ކީކޭ ރަޔާން ” މާޝާ މެސެޖް ކުރާ ގޮތަށް އަޒާން މާޝާގެ ފޯނުން މެސެޖް ފޮނުވިއެވެ. ” އެއި ނީޝް ދެން އަހަރެން ކިހިނެއް ހަދަންވީ ؟” ެަ ރަޔާންގެ އެމެސެޖް އައި ވަގުތު މާޝާ އައިސް އަޒާންގެ އަތުން ފޯނު ނެގިއެވެ. އަދި މައިޝަމް އަށް ގުޅާލިއެވެ.

އަޒާން އައް އެނޫން ކަމަކާ ނުވެސް ވިސްނެއެވެ. “މިއީ މާޝާ އާއި އަހަރެން ދުރުކުރުން ކުރާ ކަމެއްތާ” އަޒާން ބޮލުގައި ހިފާ ބާރުކޮށްލިއެވެ. ދެލޯ މަރާ ބާރުކޮށްލީ މިއަދު ފޯނު ބަލައި އައި ވަގުތު ރަޔާން މާޝާ ގެ މޫނާއި މޫނު ކައިރި ކޮށްލި ވަގުތެވެ. “ރައިޓް މާޝާ އޮތީ ނިދާފަ. އެންޑް މާޝް އިޒް ސަމްވަން ހޫ އިޒް ވެރީ ނިދިގަދަ. އެންޑް އަހަރެން ދޮރު ހުޅުވި އަޑު އިވުނު ވަގުތު އެ ޖަނަވާރު މާޝާގެ ތުންފަތަށް ބޮސްދޭން ފެށީ. ދަ އެކްޗުއަލް **. ” އަޒާންގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ރަޔާންގެ ނަންބަރު ނެގުނީތީ އަޒާން ހުރީ ކުޑަކޮށް ހަމަޖެހިފައެވެ. ކަމެއް ކުރުމުގެ ކުރިން އަޒާން ބޭނުންވީ ރަޔާން އާއި ނީޝާ ގެ ގުޅުމަކީ ކޮބާތޯ ބަލާށެވެ.

” އާން އެންމެ ރަނގަޅު. ކޭސް މިހާރު އަނެންހެން ބަލަން ޖެހޭ ހުރިހާ އެއްޗެއް ބަލާ ނިމިއްޖެ ދެން ހަމަ އެކަނި ނިޝާ ގެ ބަޔާން ނަގަން ޖެހެނީ ” ފާރިޝް ފޯނެއްގައި ހުރެ ވަދެގެން އައި ވަގުތު އަޒާން ދަޅެއް ހިފައިގެން ބަދިގެއިން ނުކުންނަނީއެވެ. ” އައި ނީޑް އަ ހެލްޕް ” ފާރިޝް ފޯނު ބާއްވާފައި ޖީބަށް ލުމުން އަޒާން ބުނެލިއެވެ. ” ދެން ޔޫނޯ އަހަންނަށް ކޮށްދެވޭ ކަމެއް ވެއްޖިއްޔާ ކޮށްދޭނަން ” އަޒާންގެ ކައިރީ ސޯފާގައި ފާރިޝް އިށީނދެލިއެވެ. އަޒާން ގެ ފޯނުން ފޭސް ބުކަށޑ ވަދެ ވަރަށް ހާލުން ރަޔާންގެ ފޮޓޯއެއް ފެނުނެވެ. އެ ފޮޓޯ އާއި މާޝާއަށް ފޮނުވާފައި އިން މެސެޖް ފާރިޝް އަށް ދައްކާލިއެވެ. ” ތިކަމާ ސްޓޭޝަނުން ބޭރުގަ މަސައްކަތް ފަށަމާ. މީހަކު ނޫޅޭ ގެއެއް ހޯދާ. އަހަރެން އޭނަ ފޯނަށް އަންނަ ކޯލްސް އެންޑް މެސެޖްތައް ބަލަން ގެންގުޅޭ ސިސްޓަމް އެގެއަށް ގެންދާނަން ” ފާރިޝް ވިސްނާލުމަށްފަހު އަޒާން އަށް ބުނެލިއެވެ. ” މާޝާ ކުރިން އުޅުނުގެ. އެގޭގަ މިހާރު މީހުނެއް ނޫޅޭ. މާޝާ ކައިރީ ބުނެގެން ކީ ހޯދާނަން ” އަޒާން ފާރިޝްއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ފާރިޝް ދުރު ދުރުން ރަޔާން އަކީ ކާކުކަން ބަލަމުން ގެންދިޔައެވެ. އެގޮތަށް ހަފްތާއެއް ހޭދަވެގެން ދިޔައެވެ. ރަޔާން ނީޝާ އާއި ވަކިން ބައްދަލު ކުރާކަން ވަނީ އެމީހުންނަށް ފާހަގަ ކުރެވިފައެވެ. ނަމަވެސް ރަޔާން އާއި ނީޝާ އަކީ ކިހިނެއް ގުޅުން އޮންނަ ދެމީހުން ކަމެއް އަދިވެސް ނޭނގެއެވެ.

” މާޝް! ” ނުނިދިގެން އަޒާން މާޝާއަށް ގޮވާލިއެވެ. ” ހޫމް ” އެއޮތް ގޮތަށް އޮވެ މާޝާ ޖަވާބު ދިނެވެ. ” ސޮރީ !” އަޒާން ސީލިންގް އަށް ބަލާލިއެވެ. ” ކޮންކަމަކަށް” މާޝާ ދެލޯ މަރާލިއެވެ. ” މާޝް ޓޯކް ކުރިންވެސް އަހަރެން އަނގައިން ވެސް ނުބުނެ މާޝް އިގްނޯ ކުރެވުނީމަ” މާޝާގެ ލޮލުން ކަރުނަ ނިރާލިއެވެ. ނަމަވެސް ނުރޯން ވެގެން ކަރުނަތަށް ހިންދާލިއެވެ. ތެދުވެ އެނދުގެ ކޮޅުގައި ބުރަކަށި ޖައްސާލާފައި މާޝާ ނަގާ އަޒާންގެ ފައިމަތީގައި ބޭއްވިއެވެ. އަދި ސީދާ މާޝާގެ ދެލޮލަށް ބަލާލިއެވެ. ” ރަޔާން އަކީ މާޝާގެ ކާކު! ކީއްވެ އޭނަ އަހަރެން ނޫޅޭ ގަޑި ގަޑީގަ ގެޔަށް ގެންނަނީ ” އަޒާން ހިތަށް ތަދުވި ކަމުގައި ވިޔަސް އެކަން ނުދައްކާ ވޭތޯ ބެލިއެވެ. ” އަޒާން އަހަރެން ބަލައި އަންނާނަމޭ ކިޔާފަ ނައިސް އެތާ ބައިގަޑި އިރު ވީ ތަނާ އެތަނަށް ޓެކްސީއެއްގަ އައިސް އަހަރެން ކައިރީ ބުނީ ލިފްޓެްް ބޭނުންހޭ. އަހަރެން ބުނި އާއެކޭ. ގެއަށް އަންނަން ވެފަ ހުރިލެއް ބޮޑުކަމުން. ކާރު ތެރޭގަ އެކި ވާހަކަ ދެކެވި ރަހުމަތްތެރި ކަމަށް ބަދަލުވީ. އަހަރެންގެ ނަންބަރަށް އެދުމުން ނަންބަރު ދިނީ. އޭނަ އަހަރެން ބުނެގެންނެއް ނޫނޭ އަންނަނީކީއެެއް. ” މާޝާ ގެ ލޮލުން އޭރު ކަރުނަތަށް އޭގެ މަގާމު ދޫކޮށް މާޝާގެ ކޮލަށް ބޮސްދެމުންދިޔައެވެ.

– ނުނިމޭ –

✨ Amyra ✨

41

2 Comments

  1. Naju / Amy

    June 13, 2021 at 10:30 pm

    އަޅުގަނޑު މި ސައިޓަށް މިހާރު އާ ވާހަކައެއް އެބަލަން އެއީ ” ހާދަހާ ލޯބިވޭ” އުންމީދުކުރަން ކިޔުންތެރިންގެ ސަޕޯޓް އެވާހަކަ އެއް ވެސް ލިބޭނެ ކަމަށ😊❤️

  2. Princess

    June 14, 2021 at 9:57 pm

    Wow v reethi mi part vex mi vhk nimunee dhw dhen aneh vhk vex kiyan Eba e vhk vex v reethi♥️♥️♥️♥️♥️

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!