Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނަފްރަތުން ވެވުނު ލޯބި 45 ( ފަހު ބައި )

Najdha Level 210 Stories100 Login
June 14, 2021 4 Mins Read
9 Comments

” މާޝް! ” ނުނިދިގެން އަޒާން މާޝާއަށް ގޮވާލިއެވެ. ” ހޫމް ” އެއޮތް ގޮތަށް އޮވެ މާޝާ ޖަވާބު ދިނެވެ. ” ސޮރީ !” އަޒާން ސީލިންގް އަށް ބަލާލިއެވެ. ” ކޮންކަމަކަށް” މާޝާ ދެލޯ މަރާލިއެވެ. ” މާޝް ޓޯކް ކުރިންވެސް އަހަރެން އަނގައިން ވެސް ނުބުނެ މާޝް އިގްނޯ ކުރެވުނީމަ” މާޝާގެ ލޮލުން ކަރުނަ ނިރާލިއެވެ. ނަމަވެސް ނުރޯން ވެގެން ކަރުނަތަށް ހިންދާލިއެވެ. ތެދުވެ އެނދުގެ ކޮޅުގައި ބުރަކަށި ޖައްސާލާފައި މާޝާ ނަގާ އަޒާންގެ ފައިމަތީގައި ބޭއްވިއެވެ. އަދި ސީދާ މާޝާގެ ދެލޮލަށް ބަލާލިއެވެ. ” ރަޔާން އަކީ މާޝާގެ ކާކު! ކީއްވެ އޭނަ އަހަރެން ނޫޅޭ ގަޑި ގަޑީގަ ގެޔަށް ގެންނަނީ ” އަޒާން ހިތަށް ތަދުވި ކަމުގައި ވިޔަސް އެކަން ނުދައްކާ ވޭތޯ ބެލިއެވެ. ” އަޒާން އަހަރެން ބަލައި އަންނާނަމޭ ކިޔާފަ ނައިސް އެތާ ބައިގަޑި އިރު ވީ ތަނާ އެތަނަށް ޓެކްސީއެއްގަ އައިސް އަހަރެން ކައިރީ ބުނީ ލިފްޓެްް ބޭނުންހޭ. އަހަރެން ބުނި އާއެކޭ. ގެއަށް އަންނަން ވެފަ ހުރިލެއް ބޮޑުކަމުން. ކާރު ތެރޭގަ އެކި ވާހަކަ ދެކެވި ރަހުމަތްތެރި ކަމަށް ބަދަލުވީ. އަހަރެންގެ ނަންބަރަށް އެދުމުން ނަންބަރު ދިނީ. އޭނަ އަހަރެން ބުނެގެންނެއް ނޫނޭ އަންނަނީކީއެެއް. ” މާޝާ ގެ ލޮލުން އޭރު ކަރުނަތަށް އޭގެ މަގާމު ދޫކޮށް މާޝާގެ ކޮލަށް ބޮސްދެމުންދިޔައެވެ.

**************************

” އަހަރެން ފޯނު ބަލާ އައީ އެއްދުވަހަކު ސްޓޫޑިއޯއަށް ގޮސްފަ. އާއިރު ފައިވާނެއް ހުރީމަ އަހަރެން ދޮރު ހުޅުވީ. ހުޅުވި އިރު އެ ރަޔާން މާޝާގެ ތުންފަތަށް ބޮސްދެމުން ދިޔައީ. އެއީކީ ރަނގަޅު މީހެއް ނޫނޭ. މާޝާ.” މާޝާގެ ފޯނަށް ރަޔާން އަށް ނޭނގި ފޮނުވުނު މެސެޖް ދައްކާލިއެވެ. ” އެއި ނީޝް ދެން އަހަރެން ކިހިނެއް ހަދަންވީ ؟” މާޝާގެ ބޮލުގައި އެ މެސެޖް އެނބުރެމުން ދިޔައެވެ. ކައިވެނީގެ ކުރިން ނީޝާ އަކީ ކާކުކަން އަޒާން ވަނީ ކިޔައި ދީފައެވެ. އަދި ލިއުޝާ އަކީ ކުރީގަ އަޒާންގެ އަންހެނުންކަން ވެސް އަޒާން ވަނީ ކިޔައިދީފައެވެ މ އެއީ ކިހާ ވަރެއްގެ ކާކުކަން އެނގުމުން ރަޔާންގެ ނަންބަރު މާޝްގެ ފޯނުން ބްލޮކް ކޮށްލިއެވެ. މާޝާ އަޒާންގެ ގައިގާ ބައްދާލައިފާ މަޢާފަށް އެދުނެވެ. ދެމީހުންގެ މެދުގައި ވީ ރުޅިވެރިކަން ފިލައިގެން ދިޔައެވެ.

ހެނދުނުގެ ވަގުތު ކަމުން ނީޝާ ޓީޝާޓެއް ލައިފާ ބަލާލީ ޖައިލަމް އޮއެއް ތޯ އެވެ. ނަމަވެސް ޖައިލަމް ނެތުމުން ޖައިލަމްއަށް ގުޅާލިއެވެ. ” ހޭއި ބޭބީ. ކޮންތާކު ” ނީޝާ ލޯގަނޑު ކުރިމަތީގައި ހުއްޓިކިއިރު ތުންފަތްމަތީވައި ވިހަ ހިނިތުންވުމެއް ވިއެވެ. ” ޑިއުޓީގަ. މިއަދު ދެވޭނީ ތަންކޮޅެއް ލަހުން. ކިހިނެއް ވީ؟” ޖައިލަމް ސައިން އިން ވެފައި އޭނައަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށް ވަންނަނީއެވެ. ” ކަމެއް ނުވޭ ހަމަ މިސްވީ. ލަވް ޔޫ. ” ނިޝާ އެހެރީ ރޯ ބުހުތާނު ދޮގެވެ. އޭނަ ލޯބި ވަނީ ޖައިލަމް ދެކެ އެއް ނޫނެވެ. އޭނަގެ މުދާ ގަނޑު ދެކެއެވެ. ރަޔާން އަށް ނީޝާ ގުޅާފައި އަންނަންވީ އެޑްރެސް ބުނުމުން ފަސް މިނެޓް ތެރޭގައި ހުރީ އެގޭގައެވެ. ފާރިޝްމެންނަށް ވެސް އެހަބަރު ލިބުނެވެ. އެހެންކަމުން ފާރިޝްއަށް އިތުބާރު ކުރެވޭ ތިން ފުލުހަކު ގޮވައިގެން އެ ތަނަށް ދިއުމަށް މިސްރާބު ޖެހިއެވެ. ” ހޭއި މައި ލަވިން ހަޒްބެންޑް ” ނީޝާ ދުވެފައި ގޮސް ރަޔާންގެ ގައިގާ ބައްދާލިއެވެ. ރަޔާންވެސް އޭނާގެ ގައިގާ ބާރަށް ބައްދާލިއެވެ.

ނީޝާ ގޮވައިގެން އެނދުކައިރިއައް ދިޔައެވެ. އަދި މަޑުމަޑުން ނީޝާގެ ޓީޝާޓު ބާލުވާ ނީޝާގެ ބުރަކައްޓަށް ބޮސްދޭން ފެށިއެވެ. ފިރިމީހާގެ ޢަމަލުތަކުން ނީޝާ މަސްތުވެގެން ދިޔަ ކަހަލައެވެ. ދެލޯ މަރާލެވި ރަޔާންގެ އަތްމައްޗަށް މުޅި އަށިގަނޑު ދޫކޮށްލިއެވެ. ނިޝާ ގެންގޮސް އެނދުމަތީގައި ބާއްވާފައި ނީޝާގެ ގައިމައްޗަށް އަރާ ނީޝާގެ ތުންފަތަށް ބޮސްދޭން ފެށުމުން އެއަމަލު ގައި ވައިވެރިވެވުނެވެ. ފާރިޝްމެން އެގެއަށް ގޮސް ވަންވަގުތު ލިއުޝާ ފެނުނެވެ. ” ކޮބާ މިގޭގަ ނީޝާ އުޅޭ ކޮޓަރި ” ފާރިޝް އަވަސް އަވަހަށް އެއްސެވެ. އިނގިލީގެ އިޝާރާތުން ތަންކޮޅެއް އެތެރޭގައި ހުރި ކޮޓަރިއެއް ދައްކާލިއެވެ. ފާރިޝް ގޮސް ދޮރުގެ ތަޅުގައި ހިފާލަމުން ފަސޭހަކަމާއިއެކު ދޮރު ހުޅުވުނެވެ. އޭރު ނީޝާ އާއި ރަޔާން އޮތީ ބަރަހަނާ ހާލު އެކަކު އަނެކަކުގެ ގައިގާ ޖެހި ފިތި ބާރު ވެގެންނެވެ. ފާރިޝް އެއްޗެހި ލާށޭ ބުނުމުން ރަޔާން އާއި ނީޝާ ބިންމަތީގައި އޮތް ޓީޝާޓް ނަގާ ލިއެވެ. އަންހެން ފުލުހަކު ވަދެ ނީޝާގެ އަތުގައި ބިޑި އަޅުވާ ނެރުނެވެ. ހަމަ އެފަދައިން ރަޔާންގެ އަތުގައި ބިޑި އަޅުވާ ފިރިހެން ފުލުހަކު ނުކުމެގެން ގޮސް ފުލުސް ޖިޕަށް އެރުވިއެވެ. ” ކޮބާ ތޯ ޖައިލަމް ” ލިއުޝާ ގާތު ފާރިޝް އެއްސެވެ. ” ހޮސްޕިޓަލުގަ ވާނީ މިގަޑީގަ ” ބޭރުން ނީޝާގެ އަޑު އިވުނެވެ. މިއޮއް ހުރިހާ ދުވަހު ޖައިލަމް ނީޝާއަށް އޮޅުވާލި އެވެ. އަތޮޅު އޮފީހުގަ މަސައްކަތް ކުރާ ކަމަށް ބުނެއެވެ. ” އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފަ ވަނީ ޖައިލަމް ނީޝާ ނޫން އެހެން އަންހެނަކާއި ގަދަކަމުން ބެހުނު ކަމަށް ” ފާރިޝް ނުކުމެ ހޮސްޕިޓަލަށް ދާން މިސް ރާބު ޖެހިއެވެ.

ހާނިޔާ ކިރަން ގޮސް އަޒާން ބޭނުންވީ މާޝާ ޑޮކްޓަރަށް ދައްކާލަންށެވެ. މާޝާ ބޮލުގަ ރިއްސާ ވާހަކަ ދެތިން ދުވަހަކު ބުނުމުންނެވެ. ޑޮކްޓަރަށް ދައްކާލުން މާޝާ އިނީ އަޒާންގެ ކުއްޖަކަށް ބަލިވެކަން އެނގުނެވެ. އަޒާން އުފަލުން ގޮސް ހީވަނީ މޮޔަ ވެދާނެ ހެންނެވެ. ޑޮކްޓަރަށް ދައްކާފައި ނުކުތް ވަގުތު މާޝާ އާއި އަޒާންގެ ލޮލުގާ އަޅައިގަތީ ބިޑި އަޅުވައިގެން ނެރުނު ޖައިލަމްއެވެ. އޭރުވެސް ޖައިލަމް ރުޅިއައިސްގެން ހަޅޭލަވަމުން ދިޔައެވެ. ހައި ކޯޓުން ނީޝާ ރަޔާން އަދި ޖައިލަމްގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ.

ލިއުޝާ ނިޝާ ގޮވައިގެން ކުޅުދުއްފުށްޓަށް ބަދަލުވީ ޖައިލަމްގެ ހަނދާންތަކުން ދުރުވުމަށެވެ. އަދި އެރަށުން ލިއުޝާ ގާތު މީހަކު އަންނަން އެހުމުން އަދި އެކަމަށް ތައްޔާރު ނޫންކަމުގައި ބުންޔެވެ. ފާރިޝް އާއި ފައިހާ ވެސް ހަނިމާާދޫ އަށް ބަދަލުވީ ހިތަހަމަ ޖައްސާކިމަށެވެ. ހަނިމާދޫ އަށް ދިޔުމަށް ހުއްދަ ހޯދަން ޖެހުމުން ވަރަށް ހާލުން ހުއްދަ ލިބުނެވެ. ފްލައިޓުގައި ހަނިމާދޫއަށް ދެވުނު އިރު ހަވީރު ހަތަރެއް ޖަހަނީއެވެ. ފައިހާ އެނދުމަތީގައި އޮއްވާ ލޮލަށް ނިދިސަވާރުވުމުން ނިދިއްޖެއެވެ. ފާރިޝް ފައިހާން ގޮވައިގެން ދިޔައީ އޭނާގެ ބޮޑުދައިތަގެ ކައިރިއަށެވެ. އެތަށް ދުވަހަކަށް ފަހު ބޮޑުދައިތަ އާއި ބައްދަލުވުމުން ފާރިޝްގެ ހިތަށް ބަޔާންކުރަން ދަތި އުފަލެއް ވިއެވެ. ފައިހާން އަކީ އެންމެނާއި ވެސް ގުޅޭ މިޒާޖެއްގެ ކުއްޖެކެވެ. އެހެންކަމުން ބޮޑުދައިތަ އާއި އެކު ވެސް ފައިހާން އެތަށް ސަކަރާތެއް ޖެހިއެވެ.

ނަތާޝާގެ ހަތަރު މަހަށް ދާ ބަނޑު ލައިގެން ހުރި ހެދުމުން އެނގެން ހުއްޓެވެ. މާޝާ އަށް އެކަން ފާހަގަ ކުރެވިގެން އެހިއެވެ. އެހުމުން ހުރިހާ ވާހަކަ ތަކެއްވެސް ނަތާޝާ މާޝާ އާއި ހިއްސާކުރިއެވެ. މާޝާ ވެސް ހުރީ އޭރު ތިން މަހަށް ދާ ބަނޑުގައި ހިފަހައްޓާލައިގެން ނެވެ.

ނިކަން ދެކިބަލާށެވެ. ނަފްރަތަކީ ލޯބީގެ ފެށުމެވެ. އަޒާން ދެކެ މާޝް އަށް ނަފްރަތުން ލޯބި ވެވުނު ކަމުގައި ވީނަމަވެސް އެދެމެދުގައި ވަނީ ދުލުން ބަޔާން ނުކުރެވޭ ވަރުގެ ލޮއެއްބެއް އުފެދިފައެވެ. އެކަކު އަނެކަކަށް އިހްތިރާމް ކުރެއެވެ. އަޒާންއަށް ކޮފީއެއް ގިރައިގެން މާޝާ ކޮޓަރިއަށް ވަނެވެ. ” އަހަރެން ވާހަކައެއް ބުނަންތަ؟ ” ހާނިޔާ އުރާލައިގެން އިން އަޒާން ހޫމް އަޅުވާލިއެވެ. ” އަހަރެން އަޒާން ދެކެ ވީ ނަފްރަތު މިހާރު މުޅިން އެއްކޮށް ލޮއެއްބެއް ބަދަލުވެއްޖެ. ދުވަހަކުވެސް އަހަރެން ދޫކޮށް ނުލާތި ” އަޒާންގެ ކައިރީގައި އިށީނދެ އަޒާންގެ ކޮނޑުގައި މާޝާ ބޯ އަޅާލިއެވެ. ” ނަފްރަތުން ވެވުނު ލޮއެއްބެއް ކަމަކު މާޝާ އަހަރެން ދެކެ ލޯބި ވާ ހާ ހިނދަކު އަހަރެން މާޝާ ރުކެއް ނުކުރާނަން” މާޝާގެ ބަނޑުގައި އަތްޖައްސާލާ މާޝާގެ ނިއްކުރިއަށް ބޮސްދިނެވެ.

– ނިމުނީ –

Share Article

Follow Me Written By

Najdha

Level 210 Stories100 Login

Other Articles

Previous

ތިޔަ ލޯތްބަށް އެދެމޭ 2 – 10

Next

ހިތުގެ ޝަކުވާ… 15

Next
June 14, 2021

ހިތުގެ ޝަކުވާ… 15

Previews
June 13, 2021

ތިޔަ ލޯތްބަށް އެދެމޭ 2 – 10

9 Comments!

  1. Naju / Amy says:
    June 14, 2021 at 3:10 pm

    So here is the last part… And I am thinking of writing a part 2 of this story after finishing “haadhahaa lwbivey”
    Thank you readers for the support ❤️?

  2. Rainberry says:
    June 14, 2021 at 4:05 pm

    Wow. Sooooooooo nice. N Yh u shud write season 2. It Wud be nice.
    When will u upload haadhahaa loabi ey????
    I’m waiting
    ❤️❤️

  3. Naju / Amy says:
    June 14, 2021 at 4:15 pm

    “Haadhahaa loabivey” upload kurany ( ★ Amy ★ ) jahaafa in account in hope u like the story Rainberry ?♥️

  4. Ra Na says:
    June 14, 2021 at 9:09 pm

    Vrh vrh vrh vrh vrh reethi ?????

    1. Naju / Amy says:
      June 15, 2021 at 3:13 pm

      Thank you Ra Na ❤️❤️

  5. Princess says:
    June 14, 2021 at 10:03 pm

    V salhi vhk eh ♥️♥️♥️♥️♥️

    1. Naju / Amy says:
      June 15, 2021 at 3:13 pm

      Thank you Princess ❤️❤️
      So glad that u like the story

  6. rawrrr says:
    June 15, 2021 at 1:44 am

    Why can’t i see the first 15eps of dis story?

  7. Naju / Amy says:
    June 15, 2021 at 8:12 am

    rawrr mi vaahakaige first 15 episodes innaany ” Amyra ” jahaafa in account akun upload koffa… Login massalaeh jehigen nuvadhevumun alhugandu mi account in upload kuran feshy

Comments are closed.



All Right Reserved!