” މިއީ ސާރ ގެ ކެބިން… ވަންނަވާ.. މިވަގުތު ނެތް އެއްވެސް ޕޭޝަންޓް އެއް ބެލުމަށް ހަމަޖެހިފައެއް..” ރީތި ހިނިތުންވުމަކާ އެކު އެ ކުއްޖާ އެހެން ބުނެލުމަށްފަހު އެތަނުން ދިޔައީ ނާޔާ އިޔާޝް އަށް މުޙާތަބު ކުރި ގޮތުން އެކަނި ވެސް އެ ދެމެދުގައިވި ޙާއްސަ ގުޅުން ދެނެގަނެވުމުން ހެން ހީވިއެވެ. އެ ކުއްޖާ ދިއުމުން ނާޔާ ކުޑަކޮށް ހަމަ ޖެހިލުމަށްފަހު ފުންކޮށް ދެތިން ނޭވާ އެއް ލިއެވެ. އެއަށްފަހު ޓަކި ޖެހުމެއްނެތި ކެބިންގެ ދޮރު ހުޅުވާލީ އިޔާޝް ދެކިލުމަށް ކެތްމަދުވެފައި ވާ ހާލު އިޔާޝް އަށް ސަޕްރައިޒް އެއް ދިނުމުގެ ގޮތުންނެވެ. ނަމަވެސް ދޮރު ހުޅުވާލުމާއެކު އެތެރެއިން ފެނިގެން ދިޔަ މަންޒަރުން ނާޔާ ހުއްޓުން އަރައިގެން ދިޔައިރު މެޔަށް ތޫނު ތަދެއް އެރި ކަހަލ އިހްސާސް ކުރެވުނެވެ. އެހާ ވަރުން އިޔާޝް ދެކިލުމަށް ނާޔާ އައީ އެފަދަ މަންޒަރެއް ފެނިދާނެ ކަމަކަށް ނޫނެވެ. ލޮލަށް ބޮނޑިވި ކަރުނަތަކުން ކުރިމަތިން ފެނުނު މަންޒަރު ނާޔާ ގެ އަށް ފުސްވެގެން ދިޔައިރު ދޮރުގެ އަތގަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ.
***********************************
” ޔާޝް ” ލޮލަށް ބޮނޑިވެ ގަތް ކަރުނަތައް ގަދަކަމުން ކަހަލަ ގޮތަކަށް ހިންދާލަމުން ނާޔާ މަޑުމައިތިރި ކަމާއެކު އިޔާޝްއަށް ގޮވާލީ ކުރިމަތިން ފެނުނު މަންޒަރު ޤަބޫލުކުރަން ބޭނުންނުވާތީއެވެ. އެ ހިތުން އިޔާޝްއަށް ދެވިފައިވާ މަތިވެރި މަޤާމުގެ ސަބަބުން ސިކުނޑިވެސް އެ ހަޤީޤަތާ ދެކޮޅު ހެދުމަށް ގޮވާލީއެވެ. އިޔާޝް އަށް އިތުބާރު ކުރަމަށް ނާޔާގެ ހިތާއި ސިކުނޑި ކެނޑިނޭޅި ދެމުން ދިޔަ އިންޒާރަށް ތަބާވެވުނީ ވެސް އެ ހިތުން އިޔާޝް ދެކެ ވެވިފައިވާ ލޯބީގެ ބާރުގައެވެ.
ދޮރުމަތިން އިވިގެން ދިޔަ އަންހެންވަންތަ އަޑުން އެކަނި ވެސް އިޔާޝްގެ ހިތާއި ކުޅެލުުމުގައި ކާމިޔާބު ހޯދިއިރު އޭނާގެ ތޫނު ދެލޯ އެ ދިމާލަށް އަމާޒުވީވެސް އެއްވެސް އިޙްތިޔާރަކާ ނުލައެވެ. އެއާއެކު ކުރިމަތިން ފެނިގެން ދިޔައީ އޭނާގެ ދެލޯ ދުށުމަށް އެ ހިތް ބޭގަރާރުވެފައިވާ އެ ހިތުގައި ކުރަހާ ލެވިފައިވާ ނާޔާގެ ލޮބުވެތި ސޫރައެވެ. އެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލީ ވެސް ނުވެސް އެނގި ހުއްޓައެވެ. ނަމަވެސް ހުރެވުނު ގޮތް ހިތަށް އަރާ އިޔާޝް އަށް އަވަސްް އަވަހަށް އާރާ ގައިން ދޫކޮށްލެވުނެވެ. އެއާއެކު ވަގުތުން އަރާ ވެއްޓުނުއިރު އުނަގަނޑަށް އަރައިގެން ދިޔަ ތަދުން އާރާގެ އަނގައިން މަޑު މަޑު ވޭނީ އާހެއްގެ އަޑު ނިކުތެވެ. ކައިރީގައި ހުރި އިޔާޝްް އާއި ދިމާލަށް ބަލައިލީ ޝަކުވާގެ ނަޒަރަކުންނެވެ. ނަމަވެސް އިޔާޝްގެ ނަޒަރު ހުއްޓިފައި ހުރީ އޭނާގެ ކުރިމަތީގައި ހުރި ނާޔާ އަށެވެ.
ނާޔާ އާއި ދުރުގައި ނުހުރެވުމުން އިޔާޝް ނާޔާ އާއި ދިމާލަށް ދިއުމަށް ހިނގައިގަތް ނަމަވެސް ހުރިތަނުގައި ހުއްޓެން މަޖުބޫރުވީ އޭނާ ކައިރިން އަޅާފައި ނާޔާ ގޮސް އާރާ ކައިރި އިށީންދެ ކުޑަ ކަކޫ ޖަހާލުމުންނެވެ.
” އާރ ޔޫ އޯކޭ؟ ” އޯގާތެރި ކަމާއެކު ނާޔާ އާރާ ކުރެން އެހެން އަހާލިއިރު ދެންމެ ފެނުނު މަންޒަރުން އެ ހިތުގައި އުފެދުނު ހިތްދަތިކަން ވައިން ތަނެއް ވެސް ނޭނގެއެވެ. ” ޔެއާ އައިމް ފައިން..” އުނދަގު ގޮތަކަށް ހުރެ ނާޔާގެ އެހީގައި ތެދުވެލަމުން އާރާ ބުނެލިއެވެ. ނަމަވެސް ތެދުވެވުނު ހެނެއް ހިޔެއް ނުވެ އާރާ ނާޔާގެ އަތް ފޮޅުވާލީ ނާޔާގެ އެހީތެރިކަން ތިމަންނަ ބޭނުމެއް ނުވެޔޭ ބުނާ ފަދައަކުންނެވެ. އެއަށްފަހު އުނދަގޫ ގޮތަކަށް އުނނަގަނޑުގައި އަތް އަޅައިން ހުރެ އެ ކެބިން އިން ބޭރަށް ނުކުމެގެން ދިޔައީ ނުރައްކާތެރި ނަޒަރެއް އޭނާ ކައިރީގައި ހުރި ނާޔާ އަށް ދިނުމަށްފަހުގައެވެ. އެ ނަޒަރުގެ ހޫނުކަމުން އެކަނި ވެސް ނާޔާ އަނދާ އަޅިއަށް ހަދާލި ފަދައެވެ.
” ނާޔޫ ” އާރާގެ އެ ރުޅިވެރި ނަޒަރުން ސަލާމަތް ވުމަށް އިސްޖަހާލައިގެން ހުރި ނާޔާގެ ނަޒަރު އޭނާގެ ކުރިމަތިން އެއްފަރާތެއްގައި ހުރި އިޔާޝް އަށް އަމާޒުކޮށްލީ ވަރަށް ލޯބިން އިޔާޝް އޭނާއަށް ގޮވާލުމުންނެވެ. އެ އަޑުގައި ކޮންމެސް ވަރަކަށް ހިތްދަތިކަން ވުމުން ވީ ގޮތް ދެނެގަންނަން ސިކުންތުކޮޅެއް ވެސް ނާޔާ އަށް ނުނެގިއެވެ. ލުއި ލުއި ހިނިތުންވުމަކުން ނާޔާގެ ކުޑަ ވަށް މޫނުކޮޅަށް އިތުރު ދިރުމެއް ގެނެސްދިނީ އިސްޖަހާލުމަށްފަހު ވައި އަޑުން ކަހަލަ ގޮތަކަށް އިޔާޝް ބުނެލި ޖުމްލައިންނެވެ.
” އައިމް ސޮރީ ނާޔޫ..އައި….” އިޔާޝް އަށް އޭނާގެ ޖުމްލަ ފުރިހަމަ ކުރެވޭ ގޮތް ނުވީ ނާޔާ އޭނާގެ ކުޑަ ކުޑަ އަތް ތިލައިން އިޔާޝްގެ އަނގަމަތި ފޮރުވާލުމުންނެވެ. ” އިޓްސް އޯކޭ ޔާޝް… ނާޔޫ އަށް އިނގޭ ޔާޝް ގަސްތުގައިި ނޫންކަން..” މަޑުމައިތިރި ކަމާއެކު ހިނިތުންވެލަމުން ނާޔާ އެހެން ބުނި ނަމަވެސް މިފަހަރު އިޔާޝްގެ ސަމާލުކަން އެ ރީތި އަޑަކަށް ނުހުއްޓުނެވެ. އޭނާގެ ނަޒަރު އަމާޒުވެފައި ހުރީ ނާޔާ އޭނާގެ އަނގަމަތީގައި އަޅައިގެން ހުރި އަތުގެ ކަށި އިނގިލީގައި އަޅާލެވިފައިވާ ރިހި ކުލައިގެ ރީތި އަނގޮއްޓިއަށެވެ.
އިޔާޝްގެ ނަޒަރު ހުރި ދިމާލަށް ނާޔާ ވެސް އޭނާގެ ނަޒަރު އަމާޒުކޮށްލީ އިޔާޝްގެ ފަރާތުން އެއްވެސް އިޝާރާތެއްނުވުމުންނެވެ. ހިނދުކޮޅެއް ވެސް ނުވެ އިޔާޝް ނާޔާގެ ލޮލާ އޭނާގެ ނަޒަރު ސީދާ ކޮށްލީ ތިމަންނަ އަށް މިފެންނަނީ ހަޤީޤަތެއްހޭ ބުނާ ކަހަލަ ގޮތަކަށެވެ. އެއާއެކު އެ ނަޒަރުގެ މާނަ ވިސްނި ނާޔާ ބޯޖަހާލީ އެއީ ތެދެއްކަން ކަށަވަރު ކޮށްދިނުމުގެ ގޮތުންނެވެ. އެކަން ޤަބޫލުކުރާށޭ ނާޔާގެ އެ ނަޒަރުން އެކަނި ވެސް އިޔާޝް ކައިރި ބުނާ ފަދައެވެ.
” ސޭ އިޓް ނާޔޫ ” ނާޔާ އޭނާ އަނގަމަތީގައި އަޅާފައިވާ އަތް ތިރިކޮށްލަމުން އިޔާޝް ބުނެލީ ނާޔާގެ ދެ ކޮނޑުގައި އޭނާގެ ދެއަތުން ހިފާލަމުންނެވެ. ބޮޑަށް ހީވީ ސިއްރެއް ބުލިހެންނެވެ. ” އައި ލަވް ޔޫ ޔާޝް.. އައި ލަވް ޔޫ ސޯމަޗް..” އިޔާޝް އަށް ވީ ގޮތް ފެނި އުފަލުން ހެމުން ރޮމުން ކަހަލަ ގޮތަކަށް ނާޔާ ބުނެލީ ލޮލުން ކަރުނަ ހިލޭ ހާލުގައެވެ. އިޔާޝްގެ ދެލޯވެސް އިޙްތިޔާރަކާ ނުލާ ފުރިގެން އައި ހިތަށް ލިބިގެން ދިޔަ ހިތްހަމަޖެހުމުންނެވެ. ހިތާހިތުން ﷲ އަށް ހަމްދު ކޮށްލެވުނީ މިދުވަސް އޭނާ އަށްް ދެއްކެވި ކަމަށްޓަކައި އުފާކުރާ ހާލުގައެވެ. ކުއްލި ހަރަކާތަކާއެކު ނާޔާ ގެނެސް އޭނާގެ ވަރުގަދަ އަތުގެ ތެރޭ ހައްޔަރުކޮށްލެވުނީ ވެސް އިތުރަށް ކެތް ނުކުރެވުމުންނެވެ. އޭރުވެސް އެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ހިތްދަތި ވެގެން ނޫންނަމަވެސްް އެހިތަށް ލިބިގެން ދިޔަަ ބަޔާންކުރަން ދަތި ހިތްހަމަޖެހުމުންނެވެ.
އިރުކޮޅެއް ވަންދެން އެގޮތުގައި ދެމީހުން ތިބުމަށްފަހު އިޔާޝް ނާޔާ އާއި ދުރުވެލަމުން ނާޔާގެ ނިއްކުރިއަށް ލޯބިން ބޮސްދިނުމަށް ފަހު ނާޔާގެ އުނަގަނޑުގައި އަތްވަށާލައިގެން ހުރެ ކެބިން އިން ނުކުންނަން ދިޔައީ ހޮސްޕިޓަލްގެ ފުރަގަހުގައި ހެދިފައިވި ރީތި ބަގީޗާއަށް ދިއުމުގެ މަޤްސަދުގައެވެ. ހަމަޖެހިލައިގެންް ތިބެ ވާހަަކަ ދައްކާލުމަށް ދެހިތް ވެސް އެދެމުން ދިޔުމުންނެވެ. ނާޔާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ހުރެ ކެބިން އިން ނުކުމެގެން ދިޔަ އިޔާޝް ފެނި ދުރުގައި ހުރި އާރާގެ ނަފްސުގެ މައްޗަށް ހިތާމައަށްވުރެ ބޮޑަށް މިފަހަރު ކުރި ހޯދީ ރުޅިވެރިކަމެވެ. އޭނާގެ ދެލޮލުގައިވީ ނުރައްކާތެރި ވިދުވަރެކެވެ.
***********************************
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. މަގުމަތި ފުރި ބާރުވެފައިވަނީ އެކި ދިމަދިމާލަށް ދުއްވަމުން ދިޔަ އުޅަނދުތަކުންނެވެ. ހިނގާފައި އުޅޭ މީހުންނައިގެން ވެސް މަގުމަތި ތޮއްޖެހިފައި ވީއިރު އެއިން އެކަކަށް ވެސް ހަމަޖެހިގެން އެންމެ ނޭވާއެއްވެސް ލެވޭނެ ކަމާމެދު ޝައްކެވެ.
” ދެދީ ޔާޝޫ މެން ކޮންތާކަށް މި ދަނީ.؟” ކާރުގެ ކުރީ ސީޓުގައި އިނދެ ތޮއްޖެހިފައިވި މަގުމަތީގައި ފަރިތަކާމާއެކު ކާރު ދުއްވަމުން ދިޔަ ޝާނިމް ކުރެން ޔާޝާ އަހާލިއެވެ. ދަރިފުޅުގެ ތުއްތު ބަހުރުވައިން ލޯބިކަމާއެކު ކޮއްލި ސުވާލުން ސާޔާއާއި ޝާނިމް ގެ މޫނުމައްޗަށް ވެސް ހިނިތުންވުން ގެނެސްްދިނުމުގައި ކާމިޔާބު ހޯދިއެވެ.
” މިދަނީ އެއްކަލަ ޔާޝް ބޭބެ ކޮއްކޮ ގޮވައިންް އަންނާށޭ ބުނީމަ ރަސްފަންނަށް..” ޔާޝާ އަށް ފަހުމުވާނެ ފަދައިން ޝާނިމް ދަރިފުޅުގެ ސުވާލަށް ޖަވާބު ދިނެވެ. އެއާއެކު ޔާޝާ އޭނާގެ ކުދި ކުދި ހުދު ދަތްތައް ދައްކާލަމުންް ހީލީ ހިތްތަކަށް ހަމަޖެހުން ގެނެސްދޭ ފަދައަކުންނެވެ.
މަންޒިލަށް ވާސިލްވުމާއެކު މަގުގެ އެއްފަރާތުގައި ކާރު ޕާކްކޮށްލަމުން ޝާނިމް ކާރުން ފޭބުމަށްފަހު އޭނާގެ ލޯބިވާ އަންހެނުންނާ ދެލޮލުގެ ނޫރު ފަދަ ދަރިފުޅު ކާރުން ފޭބުމަށް އެހީތެރިވިއެވެ. ޔާޝާ އުރާލުމަށްފަހު އޭނާގެ ކައިރީ ހުރި ލޯބިވާ އަންހެނުންގެ އުނަގަނޑުގައި އަތް އަޅުވާލަމުން ރަސްފަންނަށް ވަނުމަށްް ހިނގައިގަތެވެ. މާޝަﷲ ފުރިހަމަ އާއިލާއެކެވެ.
ޝާނިމްގެ ކުޑަކުޑަ އާއިލާ އެތަނަށް ވައިން ވަގުތުވީ ޒިވާން އާއި ޝިމާ އައި ކާރު ވެސް އެތަނަށް މަޑުކޮށްްލި ވަގުތު ކަމުން އެތަނުގެ ތެރެއަށްް ވަނީ ދެބައި މީހުން އެއްކޮށެވެ. އިރުކޮޅެއް ނުވެ ސައިކަލުގައި އައިސް އެތަނަށް މަޑުކޮށްލި އަޔާން ވެސް އެމީހުނާ އެއްވަރު ކުރުމަށްްފަހު ޔާޝާގެ ކޮލުގައި ކޮށްޓާލުމަށްފަހު ހީލިއެވެ. ނަމަވެސް ގަދަކަމުން ކަހަލަ ގޮތަކަށެވެ. އެކަން ބާކީ ތިބި އެންމެނަށް ވެސް އިނގުނެވެ. ހިތްދަތިވީ ނަމަވެސް އަޔާން އަށް އެހީވާނެ ގޮތެއް އެއިން އެކަކަށް ވެސް ނޭނގުނެވެ. ހިތާ ހިތުން ދުޢާކޮށްލެވުނީ މީޝާ އާއެކު އަލުން އަޔާންގެ ދިރިއުޅުން އަރާސްތުވުމަށެވެ.
ފަސް މީހުންގެ ނަޒަރު ކުއްލިއަކަށް އަމާޒުވީ އަތުގުޅުވާލައިގެން ތިބެ ރަސްފަންނުގެ ތެރެއަށް ވަދެގެން އައި ޒުވާންް ލޯބި ޖޯޑަށެވެ. މާޝަﷲ މި ލަފްްޒު އެ ކުދިންގެ ދުލުކުރިއަށް ވެސް އައީ އެއްވެސް އިޙްތިޔާރަކާ ނުލައެވެ.
” ނާޔޫ…” ކުލިއަކަށް ތޫލި އަޑަކުން ހަޅެއް ލަވައިގަތުމަށް ފަހު ސާޔާ ނާޔާ އާ ދިމާލަށް ދުއްވައިގަތީ ނުވެސް އެނގި ހުއްޓާ ނާޔާ ފެނުމުން ޤަބޫލުނުކުރެވިފައިވި ހާލުގައެވެ. ޝިމާގެ ހާލަތު ހުރި ގޮތުން އިރުކޮޅަކު ދެކުދިން އެ ގޮތުގައި ތިބުމަށް ފަހު ޝިމާ ކައިރިއަށް އައިސް ދެކުދީން އެކީ ޝިމާ ގައިގާ ވެސް ލޯބިން ބައްދާލިއެވެ. އެއަށްފަހު ނާޔާ މަޑުމަޑުން ޝިމާގެ ބޮޑުވެފައިވި ބަނޑުގައި އަތް ޖައްސާލިއެވެ. ތިންް ކުދިންގެ އަމަލުތަކުން ދުރުގައި ހުރި އަޔާންގެ ހިތުގައި މިފަހަރުވެސް ވޭން އެޅިއެވެ. މީޝާ ހުރި ނަމަ އެ ކުއްޖާވެސްް މިއަދު ހުންނާނީ އެފަދައިން ހެވިފައޭ އަޔާންގެ ހިތް ބުނެލިއެވެ. ހުއްޓުމެއްނެެތި އަޔާާންްގެ ހިތް މީޝާގެ ނަމުން ގޮވަމުން ދިޔައެވެ.
” ހެލޯ ޔާޝޫ…ދޮންތި ކައިރި އަށް ނާންނާނަންތަ؟ ” ސާޔާ މެންނާ ދުރަށް ޖެހިލަމުން ނާޔާ ދެން ކުރިމަތިލީ ކުޑަ ކުޑަ ޔާޝާ އާއެވެ. އެއާއެކު އުފަލަުން ހުރެ ޝާނިމްގެ އަތުގެ ތެރެއިން ލޫދިގެންް ޔާޝާ ނާޔާ ގާތަށް ދިޔައިރު ހީވީ އެކަމަށް ނާޔާ ނުބުނެގެންް ހުރިހެންނެވެ. ކިތަންްމެ ދުރުގައި ވީ ނަމަވެސް ނާޔާ އާއި ޔާޝާގެ މެދުގައިވި ވަރުގަދަ ގުޅުމަކީ އެތަނުންް އެކަކަށް ވެސް ސިއްރު ވެފައިވާ ކަމެއް ނޫނެވެ. އެންމެން ވެސް މަޖަލާ ސަކަރާތުގައި ވަގުތު ގުނަމުން ދިޔައީ އަލުން ބައްދަލުވުމުން އެކަމާ އުފާކުރާ ހާލުގައެވެ. އެއިން ކޮންމެ ވަގުތަކު ވެސް މަދު މަދުން ނަމަވެސް ނާޔާގެ ނަޒަރު އަޔާން އަށް ހުއްޓެމުން ދިޔައެވެ. އެ ނަޒަރުގައި ކުރިން ފޫހިކަމާއި ބީރައްޓެހިކަން ވީ ނަމަވެސް އަޔާން އޭނާގެ މޫނުމައްޗަށް ގަދަކަމުން ކަހަލަ ގޮތަކަށް ވެރިކުރުވަމުން ދިޔަ ހިނިތުންވުން ފެނި ނާޔާގެ އެ ނަޒަރު ތަފާތު ވަމުން ދިޔައެވެ. ކޮންްމެސް ނުބައެއް އުޅޭ ކަމަށްް އެހިތް ބުނަމުން ދިޔައެވެ. އަދި ނާޔާ އަށް އެހެން އެކަކަށް ވެސް ނޭނގޭ ބޮޑުކަމެއް އިނގޭ ކަންް އޭނާގެ އަމަލުތަކުންް ފެންނަމުން ދިޔައެވެ. ޙުދު އަޔާން އަށް ވެސް ނާޔާގެ ދުރުކަން ފާހަގަވަމުން ދިޔައެވެ.
ޔާޝާ ގޮވައިންް ސާޔާާ އަދި ޝާނިމް ގޮނޑުދޮށުގައި ހިނގާލަން ދިޔަ ވަަގުތު ޒީވާންް ވެސް ޝިމާ ގޮވައިގެންް އެދިމާލަށްް ދިއުމަށް ހިނގައިގަތެވެ. ނާޔާ އާއި އިޔާޝް ގޮސް އެތަނުގައި ހުރި ހަޓް ދަށުގައި އިށީނުމާއެކު އެމީހުން ފަހަތުން ގޮސް އަޔާން ވެސް އެތަނުގައި ޖައްސާލިއެވެ.
” މީޝް ކޮބާ؟ ” އަޔާން އަށް ރަނގަޅަށް ހަމަވެސް ނުޖެހެވެނީސް ނާޔާ އޭނާއަށް އަމާޒުކޮށްލި ސުވާލުން އަޔާންގެ މުޅި ތަބީޢަތަށްް އަސަރުކުރިއެވެ. އިޔާޝް ވެސް މަޑުމަޑުންް ނާޔާ އަށް ގޮވާލީ ތި ވާހަކަ ނުދައްކާށޭ ބުނާ ފަދައަކުންނެވެ. ނަމަވެސް ނާޔާ އެ އަޑު އިވޭ ކަމަށް ވެސް ނުހަދާ އޭނާ ކުރި ސުވާލު ތަކުރާރު ކޮށްލުމާއެކު އަޔާން އޭނާގެ ނަޒަރު ދުރަށް ހުއްޓާލިއެވެ.
” މީޝް ހޯދާކަށް ވެސް ނޫޅެންތަ؟ ” ދެން ނާޔާ އޭނާއަށް އަމާޒުކޮށްލި ސުވާލުން އަޔާންގެ މޫނުމައްޗަށް ހިތި ހިނިތުން ވުމެއް ވެރިވިއެވެ. އޭނާ މީޝާ ހޯދަން އުޅުނު ވަރު ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ. ނަމަވެސް އަދިވެސް އެކަން ކާމިޔާބު ވެފަކާ ނެތެވެ. އެހެން ހިތަށް އެރުމާއެކު އަޔާން ގެ ލޮލުން ކަރުނަ ތިކެއް ވެއްޓުނެވެ. ނަމަވެސްް އަވަސް އަވަހަށް ފޮހެލުމަށްފަހު ހަމަޖެހެން މަސައްކަތް ކުރި ނަމަވެސް އެކަން ނާޔާ އަކަށް ސިރެއް ނުވިއެވެ. އެއާއެކު މިކަމުގައި ކޮންމެސްް ނުބައެއް އުޅޭކަން ނާޔާ އަށް ޔަޤީންވެގެން ދިޔައެވެ.
” ނާޔޫ އަށް އިނގޭ މީޝް ވީތަންް..” ދެން ނާޔާ ބުނެލި އެއްޗަކުން އަޔާން ނާޔާ އާއި ދިމާލަށް ބަލައިލީ ސިހިފައެވެ. އިޔާޝްް ވެސް ދެލޯ ބޮޑުކޮށްލަމުން ނާޔާ އަށް ބަލައިލީ ޤަބޫލުނުކުރެވިފައި ހުރެއެވެެ. އެއީ އަދި އޭނައަށް ވެސް އެނގިފައިވާ ކަމެއް ނޫނެވެ. އެވަގުތުވީ ޝާނިމް މެން ވެސް އެތަނަށް އައި ވަގުތު ކަމުން ނާޔާ ބުނެލި ވާހަކަ އެއެންމެނަށް ވެސް އަޑު އިވުނެވެ. އެއާއެކު ހައިރާންވެގެން ގޮސް އެ އެންމެންގެ އަނގަ ވެސް ހުޅުވިގެން ދިޔައެވެ. އެއެންމެންގެ މޫނުމަތީގެ ކުލަވަރުން މިއިން އެއްވެސް ކަމެއް އެއިން އެކަކަށް ވެސް ނޭނގޭ ކަން ނާޔާ އަށް އިނގުމާއެކު ފުންނޭވާއެއް ދޫކޮށްްލެވުނެވެ. ދެން ފެނުނީ ނާޔާ އޭނާގެ ފޯނު ހުުޅުވާލުމަށްފަހު އަޔާން އަށް އޭގައިވާ އެއްޗެއް ދައްކާލިތަނެވެ. ދެންތިބި އެންމެން ވެސް ކައިރިވެލީ އޭގައި އޮތް އެއްޗެއް ބަލާލުމުގެ ޝައުޤު ހިތުގައި އޮތްލެއް ބޮޑުކަމުންނެވެ.
ނާޔާ ގެ ފޯނުން ފެންނަމުން ދިޔަ ފޮޓޯއިން ހައިރާންވީ އަޔާން އެކަންޔެއް ނޫނެވެ. ދެންތިބި މީހުންވެސް އެއްފަހަރު ފޮޓޯއަށް އަނެއް ފަހަރު އަޔާން އަށް ބަލަމުން ދިޔައީ ޤަބޫލުނުކުރެވިފައި ތިބެއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. ލޯބި ހިނިތުންވުމަކާ އެކު އެ ފޮޓޯގައި އިން ކުޑަ ފިރިހެން ކުއްޖާ އަޔާން އާއި އެއްވެސް ތަފާތެއް ނެތެވެ. ހީވަނީ ހަމަ ކުޑަ ކުޑަ އަޔާން އެއް ހެންނެވެ.
” އަޒާން މުޙައްމަދް އަޔާން .. އެއް އަހަރު.. މާދަމާ ދެއަހަރު ފުރޭނެ..” އެންމެންގެ މޫނަށްް ވަކި ވަކިން ބަލާލުމާއެކު ނާޔާ މަޑު މަޑު ބުނެލިއެވެ. އެއާއެކު އެތަނުގައި ހީވީ ކުޑަ ބޮމެއް ގޮވިހެންނެވެ. އެވަގުތު ފުންމައިގެންް އަޔާން އިން ތަނުން ތެދުވިއިރު ލޮލަށް ބޮނޑިވެފައިވި ކަރުނަތަށް އޭގެ ހައްޔަރުން ދޫވެ އޭނާގެ ކޯތާފަތުގައި ބޮސްދޭން ފަށައިފިއެވެ.
( ނުނިމޭ )
** ގިނަ ދުވަސްތަކެއް ވަންދެން ވާހަކަ ނުގެނެސްދެވި މެދުކެނޑުނު ކަމަށްޓަކައި ހުރިހާ ކިޔުންތެރިންގެ ކިބައިން އަޅުގަނޑު ނިހާޔަތަށް މާފަށް އެދެން.. ލިޔުން މެދުކަނޑާލަން ބޭނުންނުވި ނަމަވެސް އަޅުގަނޑުގެ ފައިނަލް އިމްތިޙާން ފެށުމަށް ކުޑަތަން ވެފައިވުމާއެކު އެކަން ކުރަން މަޖުބޫރުވީއެވެ. އަދި މިކަން އަޅުގަނޑުގެ ލޮބުވެތި ކިޔުންތެރިންނަށް ކުރިން އަންގާ ނުލެވުނު ކަމަށްޓަކާ ވެސް ނިހާޔަތަށް މާފަށް އެދެމެވެ.***
15 Comments!
Comments are closed.



haaa yayy yayyy.. me first.. yayyyy sisooo kiyaalafa ehnnu dhw cmnt eh kolleveynee
Hey aisaa.. Hmm kiyaalaafa kiyunu irakun hama cmnnt eh kohlan v dhaitha ngey??❤️❤️
Mee hageegatheh tha.. nooney fenna goiy tha.. hehe.. kiyaalaafa cmnt eh kohlaanan ingey sisoooo???♥️?
Heii Sisooooo.. haadha dhuvaheh kohfa.. v v miss vi..?????
Wow Maashallah v v reethi..♥️♥️♥️ hama angain bas huss vehje.. bunaane ehcheh vx neyge.. naseebeh Naayoo iyaash ah ithubaaru kurikan.. ?ehn noonama kihineh vee hee.. hama gaimu vx lam v v dhera vees.. Aaraa.. ??Naayoo aa Iyaash aa dhemedhah dhn nuvannaathi plx… ?alhey.. kihinehtha vee Meeshaa n Ayaan ah.. kobaatha Meeshaa.. Naayoo ah ingey Meeshaa veethan..? E meehun Naayoo ah keevehtha ehvx ehcheh nukiyaadhinee.. Naayoo avahah buney Meeshaa veethan Ayaan kairee.. ?Meeshaa ah baby eh libunee.. Azaan v loabi.. v v beynun Ayaan n Meeshaa ge life ah veegoiy balan.. ?alhey konthaakutha meesh vee.. hehe.. yaasha v v loabi?♥️ Naayoo aa Iyaash aa dhn dhuvahakun vx ISA dhureh nuvaane..?? lam dhuaa kohdheynan ingey sis Naayoo n Iyaash dhuvahaku vx dhuru nuveythw.. ???dhn enme inthizaaru kureveynee meesh n Ayaan bahdhalu vaane dhuvahakah.. ?plx sis dhn dhera vaa kahala kameh nukurahchey ingey??????
It’s ok ey sisoooo.. exam othyma ehnu medhu kandaalan jehunee.. ekam vx sis genes dheefeemehnu ehaa dhuvas kohfa vx stry..?? v v happy vehje miadhu.. aloabi verieh thinooney masheh neyfhemey up vefa in than fenuneema kiriyaa shok eh nulibunee.. happy vee varun.. gaboolu vx nukurevunu Mee mi stry kamakah.. hehehe?
Lyyysssmm ??♥️?♥️♥️ Mysmm
Stay safe and Tc sisoooo♥️
Sis kihinehtha examthah dhiyaee.. Faseyhatha.. undhagootha? ???
Curiously waiting for the nxt part..
Avahah up kohla dhehchey ingey.. v v kiyaahithun mihuree 33 vana part?
Hellloo my lovely sis❤️❤️❤️
Masha Allah vrh reethi ❤️❤️❤️
Duvas thaka kah fahu vhk kiyaalaln libuny maa vrh ufaavefaa Ril huree❤️❤️❤️❤️
Hama surprised vi mi part fenuny maaa❤️❤️❤️❤️❤️❤️❤️❤️☺️?
Aleyyyy I am soo happy sisoo❤️❤️❤️
Thank uuuu mi part genesdiny maa .❤️❤️❤️❤️❤️❤️?❤️
Aleyy first I thought misunderstanding kama vaany naayuu aa iyaash aa medu ❤️❤️but glade they trust each other sooo much ❤️❤️❤️❤️❤️
Masha Allah vrh lwbi ❤️❤️❤️❤️
Aleyyyy ayaan ah vee goi dhw I am so sad for him . ????Meeshaa aa demeehun avaha reunion vaane duvahaka waiting??❤️❤️
Ayaan dhn dhaany dhw meesha and dairifulu hoodan ❤️❤️❤️❤️
I am so curious❤️❤️
Sis avaha next part up kohladeychey ingey❤️❤️❤️❤️❤️❤️
Lyssssssmmm❤️❤️
Stay safe❤️❤️ and tvgc❤️❤️
Sisooo Ril ge hangout id inaane Rilge stry gaa sis ge cmnt ge reply gaa bunedeefaa
I am so excited to talk uuuu
Awwwww I can’t wait heheeh
alhey…. mi vaahaka alun feshii tha
varah inthizaaru kurevunu vaahakaeh mee
keep up the good work
tc ss
Nice story is this
I love you for this story ??????
I love you ❤️❤️❤️
thnk yuh so much dear…means a lot to me..lym dear
Yeyyyyy finallyyyyyy
Eyru ves Naa ah ingeyey euphoria kameh nuve story up kurun huttaa nulaanekan
Alheyy Meesha ge dhontha haadha goahey???
Anekka meesh men ge kanthah settle vaa irah anekka e Aara gandu fashaane aneh kulhigandu???
I’M SOOOO CURIOUS TO KNOW WHAT WILL HAPPEN NEXT
Hope you’ll upload this story often
And euphoria ?? ge aneh story ves varh kiyaafa hih veyey
Aslu euphoria story up nukuraatha gina dhuvas vegen ulhunin comment kuran
But mihaaru mi site update kuri fahun e gothakah nukurevet
Ehnve varh dheravi aslu ????
Mi story mathin hadhaan nethi dhaanethy mi ulhenyy mi story ge ss eh ves jahaigen
Much luvsssss
Takecare dear
Heii euphoria.. kurin cmnt nukuriyas baraabarah keen … ? Love this prt too.. dhn kn irakun euphoria ge second story kiyanlibeynee . ?
sisooooooooooooooooooo… finally dhwww… yayyyyy… vrh wait kohgen huttaa enme fahun……… vvvvvvvvvvvvv salhi ingey mi prt vx.. hama 1 vana.. sis kihinehtha? hope u r doing fine.. how ur exams going?
alheyyy enme fahun ayaan ah meesh fennan ulheytha? asluga nayaa vx vrh surprise vi naayoo kudakoh vx yaash ah shakku nukoh trust kureema.. nd she even helprd aaraa… she is such an angel.. sis mihaaru kobaatha ekkala aizan men? nayaa handhaaneh vx neiy mihaaru v gotheh vx.. hehe adhi mirey kiyaalaanan… alheyy saya ad shanim ge fmily haadha cute ey… masha allah.. dhn kon irakuntha naayoo and iyaash ge wedding othee? mifaharu aizan keteema villain akah Aaraa dhw.. huh i hate her so much… btw sis ah ingeytha AAraa kiyaane alhugandge 2nd cousin akah vx.. hehehe.. what a coincident dhw.. sisooo plxx let ayaan meet meesha plxxx… kobaatha meesha? naayoo kebvetha kurin nubunee meeshaa ulhey than ingey vhk? kon thaakutha meeeshaa mioh hurihaa dhvahaku ulhunee? was she alright? she had a baby? hus javaabu liben beynunvaa suvaaluthah.. dhn enme inthizaaru kurevenee naayoo and yaash ge weding ah and ayaan and meesh reunite vaane dhuvahakah.. story nimen gaaiy vejjetha mihaaru? noon dhw.. anyways waiting for the nxt prt… and btw it’s ok.. nayaa ah ingey sis bxy vaane kan vx.. nayaa vx mi ulhny exam thakaa hedhi hama neyvaa nulevigen.. hehehe.. ok bye for now
lyssssssssssssssssssmmm
,mysssssssssssssssssssssssssmmm
keep it up!
stay safe nd take care darl..
good night!
good luck on ur exams!
Thank you for your story and stay safe stay home☺️☺️☺️?????????
MI VAAHAKA VARAH MISS VEY