ހިތްދަތި ދުވަސްތައް 1
ރ އުނގޫފާރު މޫންލައިޓް ގޭގެ ދެވަނަ ފަންގިފިލާ ގައި ހުއްޓި ހުރި އަންހެން ކުއްޖާ ބަލާބެލުމައް ވައްތަރީ 19 އަ ހަރުގެ ކުއްޖަކާއެވެ.އެކުއްޖާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމައިގެ އަސަރުތަކެވެ.ރީތި ބައްޓަން ހަށިގަނޑަކާއި ދޮން
ހަނގަނޑަކާއި މަޑު ފިޔާތޮށިކުލައިގެ ތުނފަތެކެވެ.ބޮޑު ދެ ލޮލާއި ހިތިފަތު ބުމައެކެވެ.ނަމަވެސް އެ ކަޅުކަން ގަދަ އިސްތަށިގަނޑު އޮތީ ކޮނޑާއި
ހަމައިން އެކި ވަރު ވަރަށް ކޮށާލައިފައެވެ.
“ކިޔާރާ…”. ބެލްކަނީގައި ހުރި ކިޔާރާ ސިއްސައިގެން ދިޔައީ އޭނާގެ ބޮޑުދައިތަ ރައީފާގެ އަޑުންނެވެ.
“ބަލަ ކަލޭ ކައިރީ މަ ބުނީ ފި ހާރައިން ހަނޑޫ ކިލޯއެއް ގަންނަން ދާށޭއެއނު.. ކީއްވެ މިތާ އާގަމަވެފަ ތިހުންނަނީ..؟ދޭ ހަމަ މި ހާރު.”
ކިޔާރާ ކޮއްޕާލަމުން ބެލްކަނިން ބޭރަށް ނިކުމެ ރައީފާ ބާރަކައް ދޮރު ޖެހިއެވެ.
ކިޔާރާގެ އުމުރުން އެންމެ 10 އަހަރުގައި އޭނާގެ މައިންބަފައިން ވަނީ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މި ދުނިޔެދޫކޮށް ގޮސްފައިއެވެ.އޭގެފަހުން ކިޔާރާ ދިރިއުޅެމުން ދިޔައީ އޭނާގެ ހުރި ހަމައެކަނި ތިމާގެމީހާ އޭނާގެ ބޮޑުދައިތަ ރައީފާގާތުގައެވެ.ރައީފާއަކީ އަބަދު ވެސް ކިޔާރާދެކެ ރުޅިއަންނަ މީހެކެވެ.ނަމަވެސް ކިޔާރާ އަށް މިހާހިސާބަށް އައިއިރު ވެސް ނޭނގެނީ ރުޅިއަންނަ ސަބަބެވެ.
މީހުންގެ ކުރިމަތީގައި ރައީފާ ކިޔާރާ އައް ވަރަށް ރަނގަޅުވާނެއެވެ.ނަމަވެސް މީހަކު ނޫޅޭނެޏާ އޭގެ ދިމާ އިދިކޮޅެވެ.
ކިޔާރާ އަކީ އެގޭގައި ގެންގުޅޭ ނޯކަރެކޭބުނޏަސް ދޮގަކަށް ނުވާނެއެވެ.އެގޭގައި ކިރިޔާވެސް އޭނާ އަށް ހެޔޮއެދޭ މީހަކަށް އުޅޭނީ ރައީފާގެ ހަގުދަރިި ރައުލާއެވެ.
ކިޔާރާ ފި ހާރައިން އައިސް ކައްކަން އުދަން އުޅެނިކޮށް ފަ ހަތުން މީ ހެއް ގޮވާލުމުން ބަލައިލި އެވެ.
“އައްދެ ނައު.. ހާދަ ނުގަޑިއެއްގައި ކި ހިނެއްވީ..؟”ނައުފާއަކީ ކިޔާރާގެ އެންމެ ގާތް އެކުވެރިޔާ އެވެ.ނައުފާގެ މައިންބަފައިން ކިޔާރާ ދެކެނީ އަމިއްލަ ދަރިއެއްގެ ގޮތުގައި އެވެ.
“ކިޔާ..ކިޔާގެ.. އިސްތަށިގަނޑު..ކި ހިނެއްވެފަ..؟”ނައުފާ ކިޔާރާ ކައިރިއަށް އައިސް ބުންޏެވެ.ކިޔާރާ އަނގައިންވެސް ނުބުނެ ހިމޭނުން ހުއްޓެވެ.
“މީވެސް.. ބޮޑު ދައިތަ ކަމެއްދޯ.؟”ކިޔާރާ މަޑުމަޑުން ބޯ ޖަ ހާލިއެވެ.
“ކިޔާ ދެން އަހަރެންގެ ގެއަށް ބަދަލުވާނވިނު..ކި ހާ ދުވަ ހަކު ތި ހެން އަނިޔާތަކަށް ކެތްކޮށްގެން ހުންނާނީ..؟”ނައުފާ ކިޔާރާގެ އަތުގައި ހިފާލިއެވެ.
“ނޫން ނައު.. ބޮޑު ދައިތަ އަށް އިރާދަކުރެއްވިޔާ އަދި ވިސްނޭނެ.؟”ކިޔާރާގެ ނިންމުން ބަދަލު ނުވާނެކަން އެނގުމުން ނައުފާ ފަހުން އެވާ ހަކައެއް ނުދައްކައެވެ.
ހަވީރުގެ ވަގުތެވެ.ނައުފާ އާއި ކިޔާރާ އަދި ކިޔާރާ މެންގެ ސްކޫލް ދައުރުގެ ރައްޓެއްސެއް ކަމައްވާ ނާޔާ ދިޔައީ ތުނޑި އަށެވެ.
“ވަރަށް ރީތިދޯ މޫދު…ހިނގާ ޕިކްނިކް ދަތުރެއް ރާވާލަން.؟”ނާޔާ ގާކޮޅެއް މޫދަށް އެއްލަމުން ނައުފާއާއި އެއްބަސްވިއެވެ.
“މިއަންނަ ހަފްތާގައި ބޮޑު ދައިތަ އެއުޅެނީ ކުޅުދުއްފުށްޓަށް ދާން..އެހެނވީމާ އަހަރެން އޯކޭ”
ނައުފާގެއިތުރުން ރައީފާގެ ހަގީގަތް އެނގެނީ ނާޔާ އަށެވެ.
“ރައުލާވެސް ދޭތަ..؟ރައުލާ ނޫޅޭނެޏާ ވަރަށް ފަނިވާނެދޯ..”ނާޔާ އަނގައަށް ވައްތަރެއް ޖައްސާލިއެވެ.
“އާއި މަންމާ..”ކިޔާރާ ހަޅޭއްލަވައިގަތުމުން އެންމެން އެއްފަހަރާ އެދިމާއަށް ބަލައިލި އެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

