އަހަރެންނަކީ އުމުރުން 3 އަހަރުގެ އަންހެން ކުއްޖެއްގެ މަންމައަކީމެވެ. ދަރިފުޅު ޕްރީ ސްކޫލަށް ފޮނުވަން ފެށީ ނުހަނު ފޮނި އުއްމީދު ތަކާއެކުގައެވެ. ފުރަތަމަ ދުވަހު ސްކޫލަށް ގޮސްފައި އައިއިރު ދަރިފުޅުގެ މޫނުމަތީގައިވީ އުފާވެރިކަން ފެނި އަހަރެންގެ ހިތް ފޮޅިގެން އައެވެ. ދަރިފުޅު އުރާލުމާއެކު އެ ތުއްތު މޫނުގައި ވަސްގަނެލަމުން މި އުފާވެރިކަން އަބަދަށް ދަމަހައްޓަވާތޯ ހިތާ ހިތުން ދުޢާ ކުރެވުނެވެ. ޒާޔާ އަކީ އަހަރެމެން ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅު ކަމަށް ވުމާއެކު އަހަރެމެން ޒާޔާ ގެންގުޅެމުން އައީ ނުހަނު ލޯބިން ނެވެ.
އުފާވެރި ކަމާއެކު ދުވަސްތައް ފާއިތުވަމުން ގޮސް އެއްދުވަހަކަ ޒާޔާ ބަލައި ދިޔަ ވަގުތު ފެނުނު މަންޒަރުން އަހރެންގެ މެޔަށް ބާރުވެގެން އައެވެ. ޒާޔާގެ ބޮޑު ދެލޮގައި ވީ ކަރުނަތިކި ތަކާއި ކުޑަކުޑަ މޫނުގައި ވީ އަސަރު ތަކުން އަހަރެންގެ ހިތްވެސް ރޮއްވާލި ކަހަލައެވެ. ވީ ގޮތެއް އޮޅުން ފިލުވަނ ްކެތްމަދު ވެފައި އަހަރެން ހުއްޓައި އާންޓީ ދިން ޚަބަރަކުން އަހަރެންނަށް ހީވީ ހިތް ހުއްޓުނު ހެންނެވެ.އާންޓީގެ ޖުމްލަތައް އަހަރެންގެ ހިތް ހާސް ކުރުވަމުން ދިޔައީ އެހެނެއް ބަލާފައެއް ނޫނެވެ.
“ޒާޔާ ސިޑިން ވެއްޓުނިއްޔޭ؟”
ކުލާހުގައި އުސްކޮށް ސްޓޭޖެއް ފަދައިން ހަދާފައި ހުންނަ ތަނުގެ މަތިން ޒާޔާ ވެއްޓުނުކަން ގަބޫލު ކުރަން ދަތިވެފައި ހުރެ އަހަރެންނަށް އަހައިލެވުނެވެ. އާންޓީ ބޯ ޖަހާލި ތަން ފެނި އަހަރެންނަށް ހީވީ އަހަރެންގެ ހިތަށް އެތައް ހާސް ކަށިތަކެއް ހަރާލެވުނު ހެންނެވެ.
“ކީއްވެގެން ބާ ވެއްޓުނީ؟”
އަހަރެންގެ އަޑުގައި ވަނީ ހާސް ކަމެވެ. ވީގޮތެއް އޮޅުން ފިލުވުމުގެ ޝައުގުވެރި ކަމެވެ.
“ހީވަނީ ސިޑިން އަރަން އުޅެނިކޮށް ވެއްޓުނީ ހެން!”
އާންޓީގެ ޖަވާބު އަހާފައި އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ޒަޔާއަކީ ނުހަން ފަރިތަކޮށް ސިޑިން އަރައި ކުއްޖަކަށް ވާތީ އެވެ. އިތުރު ބަހެއް ބުނުމަކާއި ނުލާ އަހަރެން މިސްރާބު ޖެހީ ގެޔަށް ދިޔުމަށެވެ. އިތުރަށް ކިތަންމެ އެއްޗެއް ކިޔަސް ވީ ކަމެއް ނުވާކަމަކަށް ނުހެދޭނެ ތީއެވެ.
ގެޔަށް އައިސް ދަރިފުޅު ފެންވަރުވާ ރީތި ކުރި އިރު ވެސް އަހަރެންގެ ހިތުގައި ވަކިއަޅައި ނޮޅަމުންދިޔައީ ދަރިފުޅަށް ވާނެ ތަދެވެ. އެ ތުއްތު ކުއްޖާއަށް އިހުސާސް ކުރެވޭނެ ބިރުވެރި ކަމެވެ.
“މަންމީ”
ޒާޔާގެ މައުސޫމު އަޑު އަހރެންގެ ކަންފަތުގައި ޖެހުނު ހިނދު އަހރެންގެ ފުރިހަމަ ސަމާލުކަން ދަރިފުޅަށް ހުސްކޮށްލީމެވެ.
“މަންމީ !މިއަދު އާއިން ކޮއްކޮ ސްޓޭޖުން ކޮށްޕާލީ”
ޒަޔާގެ ބަސްތަކުން އަހަރެންނަށް ހަގީގަތް އިނގިއްޖެއެވެ. ވީ ގޮތް އޮޅުނ ްފިލައިފިއެވެ. ދަރިފުޅު ނިންދަވާލުމަށް ފަހު އަހަރެން ފޯނުނަގައި އާންޓީ އަށް ގުޅާލީމެވެ.
އެތައް ވާހަކަ ތަކެއް ދެއްކުމަށް ފަހު ފޯނު ބޭއްވިއިރު ވެސް އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އާންޓީ އަށް ޒާޔާ ކިޔައިދިން ވާހަކަތައް ކިޔައިދިނުމުން ބުނީ އެއްވެސް ކުއްޖަކު ޒާޔާ ކޮއްޕާލި ތަން ނުފެންނަ ކަމަށެވެ. އެހެނަސް އެވަގުތު އެތަން ކައިރީ އާއިން ހުރި ކަމަށް ވެސް ބުންޏެވެ.އެހެންކަމުން އަހަރެންނަށް ޒާޔާ ދެއްކި ވާހަކަ ތކަކީ ތެދުކަމަށް ހިތުގެ އަޑިން ގަބޫލު ކުރެވުނެވެ. އެހެންނޫނަސް އެވަރުގެ ތުއްތު ކުއްޖަކަށް އެފަދަ ވާހކައެއް އަމިއްލައަށް ހަދައިގެން ދައްކާކަށް ނޭނގޭނެއެވެ.
އަހަރެންގެ ހިތަށް ތަސައްލީ އެއް ނުލިބުނެވެ.ލޮލުން ފޭދުނު ކަރުނަތައް ވީ އިތުރެވެ. އަހރެންގެ ނިކަމެތި ކަން ހިތަށް އަރާ ވަރުންނެވެ. ކުއްޖަކު އަހރެންގެ ފުރާނަފަދަ ލޯބިވާ ދަރިފުޅު ސްޓޭޖް މަތިން ކޮށްޕާލި ކަން އެނގި ކުރެވޭނެ ކަމެއް ނެތުމުންނެވެ.
ގިނައިރު އަހަރެންނަށް ފިކުރު ކުރާކަށް ފުރުސަތެއް ނުލިބުނެވެ. ދަރިފުޅު ހޭލާފައި ރޯން ފެށުމުންނެވެ. ޒާޔާ އަކީ އެހެންޏާ ހޭލައިގެން ރޯ ކުއްޖެއް ވެސް ނޫނެވެ. ނަމަވެސް މިއަދު މަންޒަރު ތަފާތު ވެއްޖެއެވެ. ދަރިފުޅު ނަގައި މެޔާލާ ބޮނޑި ކޮށްލި ހިންދު އަހަރެންގެ ހިތުގައި މައިވަންތަ ލޯބި އުތުރި އަރަައިގަތެވެ. އެދަރިފުޅަށް ސްކޫލް މާހައލުނ ްކުރިމަތިވި ބިރުވެރި ތަޖުރިބާއަށް ފަހު ނަފްސާނީ ގޮތުން ގެއްލުމެއް ލިބުނީ ބާއޭ ހިތަށް އެރިއެވެ. ބޭރު ފުށުން ފެންަ ގެއްލުމެއް ލިބިފައި ނެތަށް އެތެރެހަށްޓަށް ގެއްލުމެއް ލިބުނަސް އިނގޭނެ ގޮތެއް ނެތެވެ. އަހަރެންގެ ލޮލުގެ ނޫރު ފަދަ ލޯބިވާ ދަރިފުޅަށް ލިބުނު އަނިޔަ ބދަލު ލިބޭނެ ގޮތެއް ނެތެވެ. އަނިޔާކުރި މީހާ އަހަރެންނަށް ޔަގީން ވިޔަސް އެހެން މީހުންނަށް އެކަން ސާބިތު ކޮށްދެވޭނެ ގޮތެއްނެތެވެ. ހިތާހިތުން ދުޢާ ކުރެވުނީ ކުށްވެރިންނާއި އިހުމާލުވީ މީހުންނަށް ކޮންމެވެސް ދުވަހަކުން ޝަޒާ ލިބުމަށެވެ.
އަނެއްދުވަހު ސްކޫލަށް ދާން ތައްޔާރު ކުރެވުނީ އެހާ އުނދަގުލުންނެވެ. ސްކޫލަށް ނުދާނަމޭ ކިޔާ ދަރިފުޅު ރުއި ރުއިންތަކަށް އަހަރެން ބީރު ކަންފަތެއް ދިނީ ހިތްމަތީ ހިލަ ބާއްވައިގެންނެވެ. އެ ހިލައިގެ ދަށުގައި އޮވެ އަހަރެންގެ ހިތް ކުދިކުދި ވަމުންދިޔަ ހާލުގައެވެ.
“ދޫނީ ކީއްވެ ސްކޫލަށް ނުދާން ތިއުޅެނީ؟”
ޖަވާބު އިނގި ހުރެވެސް އަހަރެން ސުވާލު ކުރީ އެ ދަރިފުޅުގެ ހިތަށް ހމަޖެހުމެއް ގެނެސްދޭން ގޮތައް ވިސްނަމުންނެވެ.
“މަންމީ! ކޮއްކޮ ވެއްޓިދާނެތީ ސްޓޭޖް މަތިން”
އެ ބޮޑު ދެލޮލުގައިވީ ބިރުވެރިކަން އަހރެންގެ ހިތުން ހިނދުކޮޅަކަށް ވިޔަސް ފިލައިގެން ނުދެއެވެ.ޒާތާ ސްކޫލަށް ނުފޮނުވާ ބަހައްޓަން ހިތް އެދުނު ނަމަވެސް ހެދޭން ގޮތެއް ނެތެވެ. ރަށުގައި އިތުރު ޕްރީ ސްކޫލެއް ވެސް ނެތެވެ. ހަތަރު ފަރާތުން މަޖުބޫރު ވުމުން ހިތުގައިވި ބިރުވެރި ކަމަށް ފުރަގަސްދެމުން ގދަކަމުން ދަރިފުޅު ސްކޫލަށް ގެންދިޔައިމެވެ. އެދުވަހު ސްކޫލުގައި މަބޮޑު ކަމެއްނުވި ނަމވެސް މެންދުރު ނިދާފައި ހޭލި ގަޑީގައި ދަރިފުޅު ވަރަށް ރުޔެވެ.
އެގޮތުގައި ދުވަސްތައް މާޒީ އާއި އެކުވަމުން ދިޔައެވެ.މަޑުމަޑުން ޒާޔާ ވެސް ހަމައަކަށް އެޅެމުން ދިޔައެވެ.ހަޔާތަށް ބަހާރު މޫސުން އައިއްޔޭ ހިތާ ހުއްޓާ އަނެއް ކޮޅިގަނޑު އައިސް ބޯމަތިވިއެވެ.
އެހެން ބެލެނިވެރިންނެކޭ އެއްފަދައިން އަހަރެންވެސް ދަރިފުޅު ބަލައި ގޮސް ކުލާހަށް ވަނީމެވެ. މަޑު މޮޅިވެފައި ހުރި ޒާޔާފެ ލޯކައިރީ ފޭދިފައި ހުރީ ކަރުނައެވެ. ދަރިފުޅަށް ކޮންމެވެސް ކަމެއް ވެއްޖެ ކަމަށް އަހަރެންގެ ހިތް ބުނލިއެވެ. މައިންނާއި ދަރިންގެ މެދުގައި އޮންނަނީ ހާދަ ބާރުގަދަ ގުޅުމެކެވެ. ބަސްމޮށުންތެރި ކމަކާއި ނުލައި ދަރިފުޅުގެ ލޮލުގައިވީ ވޭން އަހަރެންނަށް ދެނެގަނެވުނެވެ.
ވީގޮތް ދެނެގަންނަން އާންޓީ އާއި ސުވާލު ނުކުރަނީސް އާންޓީ އަމިއްލަ އަށް އައިސް ބުންޏެވެ.
“އާންޓީ އަތުން ޒާޔާ މޫނުގައި ޖެހުނީ”

އާންޓީގެ ދުލުން ބޭރުވި ބަސްތަކުން އަހަރެންގެ ހިތް ހީވީ އެތައް ހާސް އެތިކޮޅު ތަކަަކަށް ބުރައިގެން ދިޔަ ހެންނެވެ. އައި ރުޅިން އާންޓީގެ މޫނުގައި ޖަހާފާނަމޭ ވެސް އެވަގުތު އަހރެންގެ ހިތަށް އެރިއެވެ. ހަމަހަމަ ވާނީ އޭރުން ނޫން ހެއްޔެވެ؟ އޮޅިގެން ޖެހުނީމަ ވާތަދުވެސް އޭރުމް އިހުސާސް ވާނެ ނޫން ްހެއްޔެވެ؟ އެހެނަސް އިންސާނަކަށް ކެތްކުރެވޭނެ އެންމެ މައްޗަށް އަހަރެން ްކެތްކުރީމެވެ. ރުޅި މަޑު ކުރުމަށް ފުން ކޮޮށް ދެތިންނޭވާ ލީމެވެ. އަނގައިން އިތުރު ބަހެއް އަހރެން ނުބުނި ނަމަވެސް އާންޓީ އަށް ވަރުގަދަ ރައްދެއް ދޭން ހިއް އެދެމުން ދިޔައެވެ. އެކަމުކުވެސް އަހަރެންގެ މަޖުބޫރީ ހާލަތު އެކަމަށް ތަނެއް ނުދިނެވެ. މާދަމާވެސް ދަރިފުޅު ގޮވައިގެން އަންނަން ޖެހޭނީ މި ސްކޫލަށް ކަމަށް ސިކުނޑި ވިސްނައި ދިނުމުންނެވެ. އެކުވެރިކަމުގެ ގުޅުން ކެނޑިދާނެ ކަން ވިސްނުމުންނެވެ.
“މަންމީ ލޮލަށް ތަދުވަނީ!”
ެމެންދުރު ކާން އިނދެފައި ދަރިފުޅު އެހެން ބުނެލި ހިނދު އަހަރެނގެ ހިތުގައި އުފެދިފައިވީ ޒަޚަމްތަކުން ލޭ ފައިބާ ގަތެވެ. އެވަގުތު ލޮލުން ފޭދުނީ ލޭ ކަރުނައެވެ.
އަހރެންގެ ދަރިފުޅަށް ސްކޫލް މާހައިލުން ކުރިމަތިވި އަނިޔާތަށް ހިތައް ސިފަވި ވަރަކަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުންދިޔައެވެ.ދަރިފުޅު ސްކޫލަށް ނުފޮނުވުނު ނަމއޭ ވެސް އެތައް ފަހަރަކު ހިތައް އަރަމުން ދިޔައެވެ. ނަމަވެސް ދަރިފުޅު ސްކޫލަށް ނުފޮނުވާ ނުވާން ކަންވެސް ސިކުނޑި ވިސްނައިދެމުން ދިޔައެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟
ހުރިހާ ތުއްތު ކުދިންނަށް އުފާވެރި ކަމާއެކު ކިޔަވައި ދިނުމުގެ ނަމުގައި ހިންގާ ޕްރީ ސްކޫލްގެ މާހައުލުން އަހަރެންގެ ދަރިފުޅު އަތައް އަނިޔާ ތަކުގެ ޝިކާރައަކަށް ވިއެވެ. އެ އަނިޔާ ތަކުގެ ލަކުނު ބޭތުފުށުން ފެންނަން ނެތް ނަމަވެސް އެކުއްޖާގެ އެތެރެ ހައްޓަށް ލިބުނު ގެެއްލުން އިނގެނީ ކާކަށް ހެއްޔެވެ؟ އާންޓީ ގެ އިހުމާލުން ލިބުނު އަނިޔާތަކުން އެތައް ފަހަރަކު އަހރެންގެ ދަރިފުޅުގެ ލޮލުން ކަރުނަ އޮހޮރުވައިފިއެވެ. މި އަނިޔާގެ އަފްސާނާ އިން އަހރެންގެ ހިތަށް ލިބުނު ވޭން އިހުސާސް ކުރެވޭނީ އަހަރެން ކަހަލަ މަންމައިންނަށެވެ. އެހެނަސް މި ވޭނީ ފަސާނާ އަޑު އެހުމަށް ފަހު ހިތެއް ހުރި ކޮންމެ އިންސާނަކަށް ވެސް ރޮވޭނެ ކަން ގައިމެވެ. އަހަރެންގެ އަބަދުގެ ދުޢާ އަކީ ތުއްތު ކުދިންނަށް ސްކޫލް މާހައުލަކީ އަމާން ތަނަކަށް ވުމެވެ.

42

2 Comments

 1. YEOJA

  June 4, 2021 at 8:21 am

  Hello bestie❤️❤️❤️
  Masha Allah vrh reethi vhk eh mee❤️❤️❤️
  Vrh Hama iburaitheri vhk eh mee❤️❤️❤️
  Waiting for a new stry from u ❤️❤️
  Much loves ❤️❤️🥰☺️
  Stay safe ❤️❤️and tvgc ❤️❤️

 2. 🌹Zai🌹

  June 5, 2021 at 5:53 pm

  Thnk u sooooooo much bestie fr commmenting❤️❤️❤️❤️❤️❤️❤️❤️❤️
  U don’t k how much it means to mee💜
  Enme cmnt eh libuneeema vsss zaikko vrh happy vejje☺️☺️☺️☺️😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😄😄😄😄😄😄😄😄

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!