ހިތި ނިމުން-1
ޕާރޓް-1
ހިތްގައިމު ނަލަނަލަ ހަވީރެކެވެ. ޖުނޭދު އަދި ޝަކީލު ތިބީ ގޮނޑުދޮށުގައި ހުރި އަޅޮލެއްގައި ކުރުނބާ ބައްނާށެވެ.ޝަކީލް ހަދާއިފައިވާ ކުރުނބައެއް ޖުނޭދު އަށް ދިނެވެ.އަދި ޝަކީލު ވެސް ކުރުނބައެއް ހަދާލުމަށްފަހު ބޯންފެށިއެވެ.ދެމީހުން ވެސް ކުރުނބާ ބޯ ނިންމާލައިފައި އޮލަ ވާހަކައެއްގައި ތިއްބެވެ.އިރުކޮޅެއް ފަހުން ޖުނައިދުގެ މަންމަ ފާތުމާ ހަވީރުގެ ސައިބޯނި ގޮވިއެވެ.”އާނ މަންމާ މިދަނީ”ޖުނައިދު ގޮވައިލިއެވެ.
އުމުރުން 18 އަހަރުގެ ޖުނައިދު އަކީ އެރަށުގައި ހުރި އެންމެ ރީތި ސޮރޭ ބުންޏަސް ދޮގަކަށް. ނުވާނެއެވެ.ކަސްރަތީ ހަށިގަނޑަށް ބަލާލައިފާ ޖުނައިދު އަކީ ބަރާބަރަށް ޖިމަށް ދާ މީހެއްކަން އިނގޭނެއެވެ.ކަޅުކަންގަދަ ޖާދޫވީ ކަޅިއާ ބާރުގަދަ މުލައްދަނޑިން އަންހެން ކުދިން ގެ ހިތްތައް ކަތިލާ ހައި ވެއެވެ.އަދި ރީތިކޮށް ޓްރިމް ކޮށްފައިވާ ތުނބުޅިން އިތުރަށް ހިތްގައިމުކަމަށް ދައްކައެވެ.ނަމަވެސް ރީތިކަން ލިބިފައިވިޔަސް ޖުނައިދު އަކީ ވަރަށް ފަގީރު ދެމަފިރިންގެ ހުރި ހަމައެކަނި ދަރފުޅެވެ.
ޝަކީލު އަކީވެސް ހުތުރު ފިރިހެނެއް ނޫނެވެ. އޭނާގެވެސް ހަމަ ޖުނައިދުގެ ގައިގައި ހުރި ސިފަތައް އެބަހުއްޓެވެ.އިތުރަށް ސިފަކޮށްދޭ ކަށް ނެތީމެވެ.
…………………………………………….،
ނާޒިމާ އަކީ ވަރަށް މުރާލި ކުއްޖެކެވެ.ނާޒީމާ އަކީ އެރަށުގެ ކަތީބުކަމާއި ހަވާލުވެވަޑައިގެންހުންވި އިބްރާހީމް އަދި އައިމިނަތު ގެ ހުރި ހަމައެކަނި ފުރާނައެވެ.އައިމިނަތު ނާޒިމާ ވިހެއުމުގެ ތެރޭގައި ނިޔާވި އެވެ . އައިމިނަތު ނިޔާވިއްސުރެން އިބްރާހީމް އެހެން ކައިވެންޏެއް ނުކޮށް ހަމަ އެ ހުންނަނީ އޭނާގެ ފުރާނަ ފަދައިން ލޯބިވާ ދަރިފުޅަށްޓަކައެވެ.
“އޭ މާދަން އެއީ ރަށު މަސައްކަތު ދުވަސްދޯ.”.ޖުނޭދު ބުންޏެވެ.
“އާނ..މަވެސް ދަން އެތަނަށް ކަލޭނުދަންތަ”. ޝަކީލު ބުންޏެވެ.
“އުހުނ މަވެސް ދަން އެތަނަށް ރީއްޗަށް އޮންނަން ހަހަހަ”.ޖުނޭދު.
“ރަނގަޅުވާނެ އެތަނަށް ދިޔަ ކަމަށް ވާނެއެންނު ދޯ.މާދަން އެކަމަކު ކަލޭ ވާނެ ކަލޭ ލޯބިވާ ކުއްޖާ ގެ ނަން މަ ކައިރީ ބުނަން އޭރަށްތާ މަށަށް ވެސް އެހީއެއް ވެވޭނީ”. ޝަކީލު ބުންޏެވެ.
“އޯކޭ…މާދަން ބުނާނަން”.ޖުނޭދު ބުންޏެވެ.
?ނުނިމޭ….❤️
ކިޔުންތެރިނަށް ހީވާ ގޮތުގައި ޖުނައިދު ގެ ލޯބިވާ ކުއްޖާ އަކީ ކަކު؟؟
2 Comments!
Comments are closed.


achi
mee koacheh?
ޝުކުރިއްޔާ