Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އިއުލާންއެހެނިހެން

ޖަނާގެ ވާހަކަތަކަށް ލޯބިކުރައްވާ ކިޔުންތެރިންގެ ސަމާލުކަމަށް!

just a reader Level 1
June 2, 2021 One Min Read
0 Comments

އައްސަލާމު ޢަލައިކުމް.

މި އިޢުލާން މި ސައިޓަށް ހުށަހަޅަން ޖެހުނީ މީގެ ކުރިން މި ސައިޓަށް ވަރަށް ރީތި ވާހަކަތަކެއް ލިޔުއްވުމަށްފަހު “ގެއްލިފައިވާ” ލިޔުންތެރިއެއްގެ މަޢުލޫމާތު ތިޔަ ލޮބުވެތި ކިޔުންތެރިންނާ ހިއްސާ ކޮށްލުމަށެވެ.

ޖަނާގެ ނަން ބުނުމުން އެއީ ކޮން ލިޔުންތެރިއެއްކަން ނޭނގޭ ކިޔުންތެރިއެއް މި ސައިޓުގައި ވަރަށް މަދުވާނެކަން އަޅުގަނޑަށް ޔަގީނެވެ. މި ސައިޓަށް އައު ކިޔުންތެރިއަކަށް ފަހަރުގައި ނޭނގިދާނެއެވެ. ނަމަވެސް 2019 އާ ހަމައަށް މި ސައިޓުން ވާހަކަ ކިޔައި އުޅުނު ހުރިހާ ކިޔުންތެރިންނަށް މި ނަމަކީ އައު ނަމަކަށް ނުވާނެއެވެ. މި ސައިޓަށް ޖަނާ ލިޔުއްވި ވާހަކަތަކުގެ ތެރޭގައި “ހިޖުރަ” ، “ޢަޞްރު” ، “ނޫރު” ، “ހަދިޔާ” އަދި “ވަޢުދު” ހިމެނެއެވެ. ފަހަރުގައި ޖަނާގެ ނަމުން ނޭނގުނު ކިޔުންތެރިންނަށް މި ވާހަކަތަކުގެ ނަމުން އެއީ ކޮން ލިޔުންތެރިއެއްކަން ހަނދާންވެދާނެއެވެ. އިހަށް މި ވާހަކަތައް ބާއްވާފައި އަސްލު ވާހަކައަށް ދަމާ ހިނގާށެވެ.

ޖަނާގެ ވާހަކަތައް މިސައިޓުން ނުފެނުމުގެ މާނައަކީ ޖަނާ ވާހަކަ ލިޔުން ހުއްޓައިލުމެއް ނޫންކަން ތިޔަ ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވާލަމެވެ. މި ސައިޓުގައި ނޫނަސް، އެހެން ސައިޓެއްގައި ހަމަ މިފަދަ ރީތި ވާހަކަތަކެއް ޖަނާ އަދިވެސް ލިޔުއްވަމުން އެބަ ގެންދެއެވެ. އެގޮތުން “ހިޔާ” ވާހަކަ ވަނީ މިހާރު ނިމިފައެވެ. އަދި “ދާރިސް” މިހާރު ފެށިގެން ކުރިއަށް އެބަ ދެއެވެ. މި ދެ ވާހަކައަކީ ވެސް ކުރީގެ ވާހަކަތަކެކޭ އެއްފަދައިން، ކިޔުންތެރިން މުޅިން އައު ދުނިޔެއަކަށް ގެންގޮސްދޭ ރީތި ވާހަކަތަކެކެވެ.

އެކި ތަންތަނުން ޖަނާގެ އެކި ވާހަކަތައް ހޯދަން ޖެހިދާނެ ކަމަށް ތިޔަ ކިޔުންތެރިން ހާސްވެނުލައްވާށެވެ. ޖަނާގެ ހުރިހާ ވާހަކައެއްވެސް މިހާރު އަޕްލޯޑް ކުރެވެމުން ދަނީ ޖަނާގެ އަމިއްލަ ވާހަކަ ސައިޓަށެވެ. ކުރިން ލިޔުނު ހުރިހާ ވާހަކައެއްވެސް ފަސޭހަކަމާއެކު އެ ސައިޓުން ކިޔައިލެވޭނެއެވެ. އަދި ވާހަކަތަކަށް “ރިއެކްޓް” ކޮށް “ކޮމެންޓް” ކުރުމުގެ އިތުރުން ޖަނާއާ ހިއްސާ ކުރަން ބޭނުންވާ “ޕްރައިވެޓް” މެސެޖްތައްވެސް ސައިޓްގެ ޒަރީޢާއިން ހުރަހެއް ނެތި ހިއްސާ ކުރެވޭނެއެވެ.

އެހެންކަމުން އަލުން ޖަނާއާ ބައްދަލުވުމަށް އަވަހަށް މި ލިންކަށް ފިއްތަވާލައްވާށެވެ.
https://storiesbyjana.com/
ތިޔަ އެންމެހާ ކިޔުންތެރިންނަށް ސަލާމަތާއި ރައްކާތެރިކަމަށް އެދެމެވެ.

Share Article

Follow Me Written By

just a reader

Level 1

Other Articles

Previous

އެކުއްޖާ 2 – 36

Next

ގެއްލުނު އެކުވެރިޔާ 7

Next
June 2, 2021

ގެއްލުނު އެކުވެރިޔާ 7

Previews
June 2, 2021

އެކުއްޖާ 2 – 36



All Right Reserved!