އައްސަލާމު ޢަލައިކުމް. މި އިޢުލާން މި ސައިޓަށް ހުށަހަޅަން ޖެހުނީ މީގެ ކުރިން މި ސައިޓަށް ވަރަށް ރީތި ވާހަކަތަކެއް ލިޔުއްވުމަށްފަހު “ގެއްލިފައިވާ” ލިޔުންތެރިއެއްގެ މަޢުލޫމާތު ތިޔަ ލޮބުވެތި ކިޔުންތެރިންނާ ހިއްސާ ކޮށްލުމަށެވެ. ޖަނާގެ ނަން ބުނުމުން އެއީ ކޮން ލިޔުންތެރިއެއްކަން ނޭނގޭ ކިޔުންތެރިއެއް މި ސައިޓުގައި ވަރަށް މަދުވާނެކަން އަޅުގަނޑަށް ޔަގީނެވެ. މި ސައިޓަށް އައު ކިޔުންތެރިއަކަށް ފަހަރުގައި ނޭނގިދާނެއެވެ. ނަމަވެސް 2019 އާ ހަމައަށް މި ސައިޓުން ވާހަކަ ކިޔައި އުޅުނު ހުރިހާ ކިޔުންތެރިންނަށް […]
މިއީ އިސްލާމް ޓީޗަރ (ޝައިޚް) އެއްދުވަހަކު ކިޔައިދެއްވި ވާހަކައެކެވެ. ޓީޗަރ ކިޔެވީ މިސްރުންނެވެ. އޭނާ މިސްރަށް ކިޔަވަން ދިޔަތަނާހެން އެތަނުގައި އުޅުން ކުއްޖަކު އޭނާއަށް ކިޔައިދިނީއެވެ. އެއި މިސްރަށް ވަރަށް ފިނި ދުވަސްކޮޅެކެވެ. އެހެންކަމުން މަގުތައްވެސް ވަރަށް ފިންޏެވެ. ކިޔަވާ ކުދިން އުޅޭ ކޮޓަރިތައްވެސް އަބަދު ބަހައްޓަނީ ދޮރުތައް ލައްޕާފައެވެ. އެކަމަކު ޓީޗަރަށް މިވާހަކަ ކިޔައިދިން ކުއްޖާ އުޅޭ ކޮޓަރީގައި އުޅޭ ކުއްޖެކެވެ. އެކުއްޖާ ކޮންމެ ރެއަަކު ކޮޓަރިއަށް ވަދެ ކޮޓަރިތެރެ އެކަށް އަނދިރިކޮށްފައި ދޮރު ހުޅުވައިފައި އޮށުވެންނަނީ ނިދާށެވެ. މިހެން ކަންތައް ހިނގާތާ މިހާރު ހަފްތާއެއް ވެއްޖެއެވެ. އެއްރެއަކު އެ ކޮޓަރީގައި އެމީހުންނާއެކު އުޅޭ އެހެން ކުއްޖެއް އޭނާއާ ދިމާލަށް ބުންޏެވެ. “ކަލޭ ކޮންމެ ރެއަކު ތިހެން ދޮރު ހުޅުވައިފައި ވަނީރުން މިތަނަށް ހާދަ ފިންޏެއް ވެޔޭ. އަހަރެމެން މިތިބެނީ ހީކަރުވައިގަނެފަ. އަދި ކޮންމެ ރެއަކު އެބަޖެހޭ މިތަނަށް ވަންނަ ބުޅާތައްވެސް މިތަނުން ނެރެން. މިރޭ ވެސް އެހެރީ ދޮރު ނުލައްޕާ. ދޭބަލަ ލައްޕަން” އޭނާ އެހެން ބުނުމުން އެކުއްޖާ ހިތައް އެރިއެވެ. “މިތަން ވަރަށް އަނދިރި. އެއްވެސް މީހަކަށް އަހަރެން އަނދިރީގައި ކޮށްލާ ކަމެއް ނޭނގޭނެ.” ދެން ފެނުނީ އަޖައިބުން ފުރިގެންވާ މަންޒަރެކެވެ. އެކުއްޖާ ދެބުރި އެނދެއްގެ މަތީގައި އޮށޯވެ އޮވެފައި ފައި ދިގު ކޮށްލާފައި ދޮރު ލެއްޕިއެވެ. އެތަން ދޮރާ އެންމެ ކައިރީގައި އޮތް ކުއްޖާއަށް ފެނުނެވެ. އެނދު ހުރީ ދޮރާ ދިހަވަރަކަށް ފޫޓު ދުރުގައި ކަމުން މިއީ އާދައިގެ އިންސާނަކަށް ކުރެވިދާނެ ކަމެއް ނޫންކަން ވިސްނި އެކުއްޖާ ވަރަށް ބިރުގަތެވެ. އަވަހަށް ހަޅޭއް ލަވައިގަނެފައި ސެކިއުރިޓީ ބަލަހައްޓާ މީހުންގާތައް ދިއުމަށް ދުއްވައިގަތެވެ. އެއްކަލަ ކުއްޖާ ފިޔަވައި ދެން ތިބި 2 ކުދިންވެސް އެކުއްޖާގެ ފަހަތުން ދިޔައެވެ. ސެކިއުރިޓީ އަކަށް ހުރި މީހާ ބުނީ އެއީ އިންސާނެއް ނޫންކަމަށާއި އެއީ ޖިންނިއެއް ކަމުގައެވެ. ދެން އެމީހުން ކޮޓަރިއަށް ވަތް އިރު އެކުއްޖާގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. މިގޮތަށް ކިޔަވަން އެތަނުގައި ވަރަށް ގިނަ ޖިންނިން އުޅޭ ކަމަށް ޝައިޚް ބުންޏެވެ.
އެއްސަހަރެއްގައި މާކުންބޭ ނަމަކަށް ކިޔާ ވަރަށް ދަހި މީހެއް އުޅުނެވެ. އޭނާ އަބަދުވެސް ވިސްނަނީ ކެއުމާ މެދުގައެވެ. މާކުންބޭގެ 3 އަންހެން ދަރިންނާއި 4 ފިރިހެން ދަރިން ތިބެއެވެ. މާކުންބޭގެ 7 ވަނަ ދަރި ވިހެއުމަށްފަހު އެކުދިންގެ މަންމަ ނިޔާވިއެވެ. މާކުންބޭ އޭނާގެ ދަރިންކޮޅާއެކު އެކަނި އުޅެން ޖެހުމުން ވަރަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ. މިގޮތުން އެންމެ ބޮޑު މައްސަލައަކަށް ވެފައިވަނީ ކެއުމުގެ މައްސަލައެވެ. މާކުންބޭ ބަނޑު ފުރޭވަރަށް ނުކެވޭތީއެވެ. އެހެންކަމުން މާކުންބޭއަށް ގޭތެރެ ބެލެހެއްޓުމަށް އުނދަގޫވެގެން އެރަށު ފާތުމާ ނަމަކަށް ކިޔާ މީހަކާ އިނެވެ. އެ އަންހެން މީހާއަކީ ވަރަސް ރީތި އެކަމަކު ވަރަށް އަނގަ ގަދަ ދޫ ނުބައި އަންހެނެކެވެ. އޭނާ މާކުންބޭގެ ދަރިންނާ އެއްވެސް ވަރަކަސް އަޅައެއް ނުލައެވެ. އެކުދިންނާ ވާހަކަވެސް ދައްކަނީ ވަރަށް ހުތުރު ބަހުންނެވެ. އެއްދުވަހު މާކުންބޭ ވަރަސް ބޮޑަށް ބަނޑުހައިވެގެން ފާތުމާ ގާތު ބުންޏެވެ. “އަހަރެން ވަރަސް ބަނޑުހައިވެއްޖެ. ޕިއްޒާއެއް ހަދައިދީބަލަ. އަންނާނަން އެއްޗެހި ގަނެގެން.” ފާތުމާ ނުރުހުންވެފައި ހުރި ރާގެއްގައި ބުނެލިއެވެ. “މިގޭގައި ކިތަންމެ ގިނަ ޕިއްޒާ ހެދިޔަސް އަހަރެމެންނަކަށް ރަހަވެސް ނުލިބޭނެ. ކަލޭގެ ދަރިން އެވަރަށް ކައިވިއްޔާ. އެހެން މީހަކަށް ވެސް ބަލަނީއެއްނޫން.” “ތިބުނީ ދޮގެއް ނޫން.” މާކުންބޭ އެއްބަސް ވިއެވެ. “އެބައޮތް އައިޑިއާއެއް! އެމީހުން ގާތު ނުބުނެ ހަދާނީ. އަހަރެން އެއްޗެހި ގެނެސްފަ ބަހައްޓާނަން ފޮރުވާފަ. މިރޭ އެކުދިން ނިންދަވާފަ ހަދާނީ.” މާކުންބޭ ބުނެލިއެވެ. އޭނާގެ އަންހެނުން އެކަމާ އެއްބަސްވިއެވެ. އެރޭ މާކުންބޭ ވަރަށް ކުރިން ދަރިންތައް ނިންދެވިއެވެ. އަދި އޭނާގެ އަންހެނުން އެކުދިންތައް ނިދީތޯ ވަރަށް ރަނގަޅަށް ޔަޤީން ކޮށްފައި ބަދިގެއަށް ވަދެ އެއްވެސް އަޑެއް ނުލައްވާ ޕިއްޒާއަށް އެއްޗެހި ކޮށާ ޕިއްޒާ ތައްޔާރުކުރުމުގެ މަސައްކަތް ކުރަން ފެށިއެވެ. މާކުންބެވެސް ކާހިތްވެފައިވާލެއް ބޮޑުކަމުން ބަދިގެތެރޭގައި އަންހެނުންނަށް އެހީވާން އުޅުނެވެ. ވަރަށް ގިނައިރު މަސައްކަތް ކޮށްގެން 7 ޕިއްޒާ ތައްޔާރުކުރެވިއްޖެއެވެ. އެދެމީހުން ކާން ތައްޔަރުވިތަނާ އެންމެ ހަގު ދަރިފުޅު ބިރުވެރި ހުވަފެނެއް ފެނިގެން ރޮމުން ރޮމުން ބަދިގެއާ ދިމާލަށް އައެވެ. އެ ކުއްޖާ ރުއިން ހުއްޓުވާފައި މާކުންބޭ އަވަހަށް އެ ކުއްޖާ ކޮޓަރިއަށް ފޮނުވާލަން އުޅުނެވެ. އެކުއްޖާ ގަދަހަދާލަމުން ބުންޏެވެ. “ތިތަނުން ޕިއްޒާއެއް ދިނީމަ ދާނީ” މާކުންބޭ އަވަހަށް އެކުއްޖާއާ ޕިއްޒާއެއް ގާތް ކޮށްލިބާރަށް އެއް ޕިއްޒާ އެއްކޮށް ކާލައިގެން ދިޔައެވެ. އަދި ދެން ތިބި ކުދިން ގާތު ނުބުނައްޗޭ މާކުންބޭ ބުނުމުންވެސް އެކުއްޖާގެ އަނގަގަދަކަމުން ގޮސް ހުރިހާ ކުދިންނަށް ގޮވާފައި ބުންޏެވެ. “ބައްޕައާ މަންމައާ އެބައުޅޭ ޕިއްޒާ ހަދައިގެން. ވަރަށް މީރު. މަމިއައީ ކައިގެން. ކަލޭމެން ވެސް ފަހަރަކު ކުއްޖަކު ބިރުވެރި ހުވަފެނެއް ފެނުނީ ކަމަށް ހަދައިފަ ދޭބަލަ ބަދިގެއަށް. ގޮއްސަ ބުނާނީ ޕިއްޒާއެއް ދިނީރުންނޭ އަންނާނީ.” ހުރިހާ ކުދިންވެސް އެކުއްޖާ ބުނިގޮތަށް ކަންތައް ކޮށްގެން ފަހަރަކު ކުއްޖަކު ދަމުން ދަމުން ގޮސް 7 ޕިއްޒާ އެއްކޮށް ހުސްކޮށްލައިފިއެވެ. މާކުންބޭގެ ރުޅިގަނޑު އިންތިހާއަށް ގަދަވެގެން ދިޔައެވެ. ފާތުމާއަށްވެސް ވީހަމަ އެވަރެވެ. ދެމީހުންގެ މޫނު ރަތްވެ ދެ ކަންފަތުން ދުން ބުރައެވެ. “މީ ކިހާ ބޮޑު މުސީބާތެއް!” މާކުންބެ ރުޅިއައިސް ފުފިފައި ހުރެ ހަޅޭއް ލަވައިގަތެވެ. އޭނާއަށް އިތުރަށް ކެތް ނުކުރެވިގެން ގޮތެއް ނިންމިއެވެ. އަނެއް ދުވަހު ހެނދުނާ މާކުންބެ ދަރިންތައް ގޮވައިގެން މޫދަށް ދިޔައެވެ. އަދި ބޮޑު ބެޑެއް ފުއްޕާފައި ހުރިހާ ކުދިންތައް އެއަށް ލާފައި ވަރަށް ދުރަށް ގެންދިޔައެވެ. މާކުންބޭ އެކުދިންނާއެކު ހިސާބަކަށް ގޮސްފައި އެކުދިން އެތަނަށް ދޫކޮށްލާފައި އައީއެވެ. އެކުދިންނަކަށް މާކުންބޭގެ ރޭވުމެއް ނުވިސްނެއެވެ. އެއިން އެއްވެސް ކުއްޖަކަށް ފަތާކަށްވެސް ނޭނގެއެވެ. އެހެންވެ މާކުންބޭ ބަލާ އަންނާނެކަމުގެ އިންތިޒާރުގައި އެކުދިން ތިއްބެވެ. މާކުންބޭ ގެއަށް ހިންގައްޖެއެވެ. އޭރު އޭނާގެ އަންހެނުން ހުރީ ހެނދުނު ސަޔަށް ޗިލީ ޗިކަން އާއި ފަރާޓާ ހަދާފައެވެ. މާކުންބޭ އޭނާގެ އަންހެނުންނާއެކު ވަރަށް ހަމަޖެހިލައިގެން ސައިބުޔެވެ. އަދި ދަތްޕިލަ ސޭލަށް ލައިގެން އިނދެ ބުންޏެވެ. “އަދި ކިިރިޔާ ހަމަޖެހިލައިގެން ކާއެއްޗެއް މިކެވުނީ. ދޯ ފާތުމާ!” “އާނ ދޮގެއްވާ ނޫން. އެކުދިންނާ ދޭތެރޭ ދެން ވިސްނާނެކަމެއް ނެތް. އަހަރެމެން ރަނގަޅަށް ކައިލައިގެން އުފަލުގަ އުޅޭންވީ.” ފާތުމާ ކޮލުދަތްފެންނަ ވަރަށް ހީލައިގެން އިނެވެ. އެކުދިންތައް ތިބީ މާސިންގާ ބޮޑު ކަނޑުގެ މެދުގައި ކުޑަ ކުޑަ ބެޑެއްގެ މަތީ ބިރުން ވިރިވިރިއެވެ. ކައިރިން ރަށެއްފެނުމުން އެކުދިންގެ އުންމީދު އާވެގެން ދިޔައެވެ. އަދި އެރަށަށް ކައިރި ވުމާއެކު އެއްގަމަށް ފުންމައިލިއެވެ. އެކުދިންނަށް އެއީ ކޮން ރަށެއްކަމެއް ނޭނގެއެވެ. އެއީ ކޮން ރަށެއްކަން ބުނަންހެއްޔެވެ؟ އެއީ މަޝްހޫރު ކޮރެއާ އަށެވެ.އެކުދިންނަށް އެއީ ކޮންތަނެއްކަން އެނގުނީ އެތާހުރި ފިހާރައެއް ފެނުމުންނެވެ. އެ ފިހާރައަކީ އެކުދިންނަށް ޓީވީން ވަރަށް ގިނަ އިސްތިހާރުތަކުން ފެންނަ ތަނެކެވެ. އެކުދިންނަށް ހިނގަމުން ހިނގަމުން ގޮސް ވަދެވުނީ ކޮންސަރޓެއް ތެރެއަށެވެ. އެތަނުން ސްޓޭޖް މައްޗަށް ނިކުމެވުމާއެކު ސަޕޯޓަރުންގެ އަޑު ގުގުމައިގެން ދިޔައެވެ. ދެން އެކުދިން ލަވައެއް ހަދައިގެން ކިޔަން ފެށިއެވެ. އެލަވައިގައި ކީ އެކުދިންގެ ބައްޕަމެން އެކުދިންނަށް ހެދިގޮތުގެ ވާހަކައެވެ. މީހުންތައް ރޮމުން ގެންދިޔައެވެ. އެކުދިންނަށް އެ ރަށަށް އެރުނު ގޮތް އެމީހުންނަށް ކިޔައިދިނެވެ. އެދުވަހު ޚަބަރުގެ ފަލަ ސުރުޚީގައިވެސް އޮތީ އެކުދިންގެ ވާހަކައެވެ. މިޚަބަރު މާކުންބެއާ ހަމައަށް ފޯރައިފިއެވެ. އޭރު އެކުދިން އުޅެނީ އެރަށުގެ އެންމެ މުއްސަނދި މީހާގެ ގޭގައި މެހުމާނުންގެ ގޮތުގައެވެ. މާކުންބެއަށް އެތަނުން ލިބޭނެ ކާއެއްޗެހި ހިތައް އަރުވާލައިފައި އަވަހަށް ފާތުމާ ގޮވައިގެން ކޮރެއާއަށް ދިޔައެވެ. އަދި އެެކުދިން އުޅޭ ގެއަށް ގޮސްއެއީ އެކުދިންގެ ބައްޕައާއި ދޮންމަންމަ ކަމަށް ބުންޏެވެ. އެމީހުން ހީކުރިގޮތާ ޚިލާފަށް އެމީހުންނަށް މީރު ކެއުމުގެ ބަދަލުގައި ލިބުނީ އަދަބެވެ. ދަރިންނާ އަޅައި ނުލާ ދޫކޮށްލުމުގެ ސަބަބުން އެމީހުންނަށް ޙައްޤު އަދަބު ލިބުނެވެ. ނިމުނީ