” މަގޭ ކުރިމަތިން ދުރަށްދޭ ގަމާރާ. ” އިމްޝާ ލައިލާގެ ގައިގައި ޖެހުމަށް ފަހު ނިކުމެ ބަދިގެއަށް ވަދެ ސައިބޯން ފެށިއެވެ. ލައިލާ ހުރިހާ ކޮޓަރިތައް ސާފުކުރުމަށް ފަހު ލީލާ ފެންވެރުވިއެވެ. ބަނޑުހައިވެފައި ހުރުމުން ބަނޑަށް ކާއެއްޗެއް ލުމަށް އޭނާ ބަދިގެއަށް ވަނެވެ. ލައިލާ ކާން ރޮށި އަޅާ ހޮޓުގެ މަތި ނެގިއެވެ. އޭގައި ރޮށިފަޅިއެއްވެސް ނެތެވެ. އެއްލި ކަޅިއަކުން އޭނާއަށް ފެނުނީ އަމްނާއެވެ. އޭނާ ހުރިހާ ކާއެއްޗެއް ޑަސްބިނަށް އަޅާލީ ލައިލާ ކައިފާނެތީ އެވެ. 

ހުސް ބަނޑާހުރެ ލައިލާ ކަބަޑުގެ ދޮރުގައި ހިފިއެވެ. އަތްގަނޑުގައި ހިފައި އަނބުރާ ލުމުން ދޮރު ތަޅުލައިފައި ހުރި ކަން އެނގުނެވެ. އައިސް އަލަމާރި ތެރެއިން ފެންފުޅި އެއް ނަގައ ހުސްކޮށް ލުމަށްފަހު ބަދިގެއިން ލައިލާ ނިކުތެވެ. ” ކަލޭ އަރާމު ކުރާކަށް ނޫނޭ ޖެހޭނީ ދޭ މެންދުރަށް ކައްކަން.” ދޮންމަންމަގެ ހޫނު ބަސްތައް އަނެއްކާ ވެސް އޮއްސާލި އެވެ.

ލިޔާން އަމްނާއާއި ކައިވެނި ކުރި ފަހުން ލައިލާ އެގޭގައި އުޅެން ޖެހެނީ ނޯކަރެއް ހެންނެވެ. އޭނާއާއި ދިމާވަނީ ހުސް ހިތްދަތި ގޮތްތަކެވެ. އަމްނާ ކުރާ އަނިޔާއިން އޭނާގެ އޮމާން ހަށިގަނޑު ލަކުނުން ފުރާލައިފިއެވެ. ލިޔާން ކުރި ބުރަ މަސައްކަތުން ގެ އަލުން މަރާމާތު ކުރިއެވެ. ސުހޭލް ވެސް ކިޔަވައި ނިމިގެން މާލޭގައި ވަޒީފާ އަދާކުރާ މީހަކަށް ވެއްޖެއެވެ. މިހެން ގޮސް ލައިލާއަށް ވޭނުން ފުރިގެންވި އެއް އަހަރު ފާއިތުވެގެން ހިނގައްޖެއެވެ.

ލައިލާ ރޭގަނޑުގެ އެކްސްޓްރާ ކުލާހެއް ނިންމާލައިފައި ސުކޫލުން ނިކުތީ އެކަންޏެވެ. ވިއްސާރަ ވިލާތަކުން އުޑުމަތި ފޮރުވިފައިވާ ވާތީ ވަރަށް މަގުމަތި ވަރަށް އަނދިރި އެވެ. ވައި ވެސް ވަކި މަޑެއް ނޫނެވެ. ލައިލާ ހިނގަމުން ދިޔައިރު އޭނާގެ ހިތް ފާޑުފާޑުގެ ބިރުވެރި ވަސްވާހުން ފުރެނީއެވެ.

އަމްނާ ލައިލާ މިއަދު ހެދި ބަތާއި ކުޅި ދިޔަ އަޅައިގެން ގޮނޑީގައި އިނެވެ. ކަމުން ދިޔައިރު ފޯނުން މީހަކަށް މެސެޖު ކުރަމުން ދިޔައެވެ. އޭނާގެ މޫނުމަތީގައިވާ ވިހަ ހިނިތުން ވުމުން އެ ކުރަން އުޅެނީ ރަނގަޅު ކަމެއް ނޫން ކަން އެނގެއެވެ. ކަނިކޮށް ބަދިގެއަށް އިމްޝާ ވަނެވެ. ” މަންމާ މި ލީލާ ގަނޑުގެ ކަމެއް ދެރައެއް ނުން. އޭއްޗަކު ރޯ ވަރުން ބޮލަށް އުނދަގޫވޭބެ” އިމްޝާ ފުރަތަމަ ވެސް ކޮއްލީ ޝަކުވާއެވެ. ” ހަހަހަހާ! މިރޭ އޭނާ މަރާލާ ނަން. މަޑުން ހުރޭ.” އަމްނާ އޭނާ ކުރަން އުޅޭ ކަންތައް ހާމަ ކޮށްލީ ޖެހިލުންވުމެއް ނެތިއެވެ.

ލައިލާ ރޯޒްވިލާގޭގެ މަގަށް އެޅުމުން ގެއަށް ދާން ޖެހިލުން ވިއެވެ. ކޮންމެ ވެސް ކަމެއް ވާން އުޅެނީ ބާއޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ. އޭނާ ގެއަށް ވަންނަން ދޮރު ހުޅުވިއެވެ. ގެއަށް ވަދެ ދޮރު ލައްޕާފައި އޭނާގެ ކޮޓަރިއަށް ދާން ސިޑިން އަރަން ފެށިއެވެ. އޭނާގެ ކޮޓަރިއަށް ވަދެ ވުމުން ދޮރު ތަޅުލާ ހެދުން ބަދަލު ކުރިއެވެ. ހެދުން ބަދަލު ކޮށްފައި ތިރިއަށް ދިޔައީ ބަދިގެ ނިންމާށެވެ. ނަސީބު ރަނގަޅު ކަމުން މިއަދު ލައިލާއަށް ރަނގަޅަށް ކާން ބަތް ލިބުނެވެ. ކޮންމެ ދުވަހަކުހެން އަމްނާ ލައިލާ ކެޔަކު ނުދޭން ކާތަކެތި ޑަސްބިނަށް އަޅައެވެ. މިއަދު އޭނާގެ ފޯނުން  މެސެޖް ކުރަން އުޅުނު ވަރުން ހަނދާން ނެތުނީއެވެ.

ކައި ނިމިގެން ލައިލާ ބަދިގެއިން ނިމުމުން ކޮޓަރިއަށް ވަނެވެ. ލީލާ އުޅެނީ ލިޔާންގެ ކޮޓަރީގައެވެ. ލިޔާންގެ މަސައްކަތް ހުންނަ ގޮތުން ލައިލާއަކަށް ނުބެލެއެވެ. ދެވަނަ ބައިގައި އުޅެނީ ލައިލާގެ އިތުރުން އިމްޝާ އެވެ. ގެސްޓް ރޫމު ވެސް ހުންނަނީ އެބައިގައެވެ. ލައިލާ ކޮޓަރިއަށް ވަދެ ހަރު ގޮދަޑީގައި ނިދަން އޮށޯތެވެ. އޭނާއަށް ނިދުނީ ވަރަށް ފަހުންނެވެ.

ލިޔާން ނިދަން އޮށޯތުމުން އަމްނާ ފެން ތައްޓެއް ހިފައިގެން އައެވެ. ” ލިޔާން މިހިރީ ގެންނަން ބުނި ފެންތަށި.” އަމްނާ ފެންތަށި ލިޔާން އަށް ދިނެވެ. ލިޔާން ފެން ތަށި ބޯލައިފައި އޮށޯތުމާހެން ނިދުނެވެ. ލިޔާން ނިދުނު ކަން ޔަގީން ވުމުން އަމްނާ ލީލާގެ އެނދު ކައިރިއަށް ދިޔައެވެ. ބާލީހެއް ނެގުމަށް ފަހު އެމައުސޫމް ކުއްޖާގެ މޫނު މައްޗަށް ލައި ފިއްތާލީ އޭނާ އަވަސް ހަރަކާތަކާއި އެކުގައެވެ. ލީލާ ނޭވާ ނުލެވިގެން ތެޅިގަތެވެ. ” އަވަހަށް މަރުވެބަލަ” އަމްނާ ގައިގައި ހުރި ބާރެއް ލާފައި ބާލީހައް ބާރު ކޮށްލިއެވެ. ލީލާ އިރުކޮޅަކު ތެޅި ތެޅި އޮތުމަށް ފަހު ހަރަކާތް ހުއްޓުނެވެ. އަމްނާގެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލިއެވެ. ލީލާ މަރުވި ކަން އެނގުމުން ބާލީސް އޮތް ތަނުގައި ބާއްވާފައި އެނދުގައި ނިދަން އޮށޯތީ ދެނެހުރިކަމަށް ނަހަދާ އެެވެ.

އިރުގެ ރަން ދޯދި ތަކުން ދުނިޔެ އަލިކޮށް ލައިފިއެވެ. ލައިލާ ބަދިގޭގައި އުޅޭއިރު އޭނާގެ ހަރަކާތްތައް ހުރީ އަވަސް ވެފައެވެ. ސައި ހަދައި ނިންމާފައި އިމްޝާގެ އިންޓަވަލް ތައްޔާރު ކުރުމައިގެން އޭނާ އުޅުނެވެ. އިމްޝާގެ ތަށި ދަބަސް ތެރެއަށް ލައިފައި ލައިލާގެ އިންޓަވަލްވެސް ތައްޔާރު ކުރިއެވެ. އަވަސް އަވަހަށް ލައިލާ ކޮޓަރިއަށް ވަދެ ފެންވަރައިގެން ނިކުމެ ސްކޫލަށް ދާން ތައްޔާރު ވިއެވެ. އެހެން ދުވަސް ދުވަހެކޭ އެއްފަދައިން ލައިލާ ދާން ޖެހުނީ ހިނގައިފައެވެ. އިމްޝާ ކާރުގައި ދަނީ އެކަންޏެވެ. އެހެން ނޫނަސް ބަދިގެއިން ނިމޭނީ ލަހުންނެވެ. ސުކޫލަށް ވަންނަން ފައި ހިއްލާލި ތަނާހެން ލޭޓް ބެލް ޖެއްސި އަޑު އިވުނެވެ. ކުޑަކޮށް ޖެހިލުންވެ ހުރެ ލައިލާ ކުލާހަށް ވަނެވެ.

” ލައިލާ!! މިއަދު ވެސް ގަޑި ޖެހިގެން ތިއައީ. މިއަހަރު އެންމެ ފަހަރަކު ވެސް ގަޑި ޖެހިގެން ނޫނީ ނާދެވޭ. ވެއްޖެންނު ތިކަމަށް ހައްލެއް ގެންނަން. ދޭ ހަމަ މިހާރު ލީޑިން ޓީޗަރާއި ބައްދަލު ކުރަން ” ކުލާސް ޓީޗަރު ހުރީ ރުޅިއައިސްގެން ފަޅައިގެން ދާވަރު ވެފައެވެ. ލައިލާ އިސްޖަހާލަމުން ކުލާހުން ނިކުތެވެ. މަޑު މަޑުން ހިނގަމުން ގޮސް ސުޕަވައިޒާސް ރޫމަށް ވަނެވެ.

” އަހަނ! ލައިލާ ތި އައީ ދޯ ” ލީޑިން ޓީޗަރު ފޮތް ލައްޕާލާފައި މޭޒުމަތީގައި ބޭއްވި އެވެ. އެއީ ޒައިނާއެވެ. ” ލައިލާ ކީއްވެ ސުކޫލަށް މިހާރު ގަޑިޖެހިގެން އަންނަނީ. ކުރީގަ ލައިލާ ސުކޫލަށް އަވަހަށް އާދޭ. ކަމެއް ބޭއްވިއަސް ލައިލާ ކޮންމެވެސް ވަނައެއްގައި ނުލައި ނުދާނެ. ” ލީޑިން ޓީޗަރު އޯގާތެރި ކަމާއެކު ވާހަކަ ދެއްކި އެވެ.

” ކަ ކަ ކަމެއް.. ކަމެއް ނުވޭ… ” ލައިލާ އޮޅުވާލީ އަމްނާ ރުޅި އައިސް ފާނެތީއެވެ. ލީޑިން ޓީޗަރު ވަރަށް ފުންކޮށް ލައިލާގެ ލޮލަށް ބަލާލި އެވެ. ” ހުސް ދޮގު. ލައިލާ ބުނެ ބަލަ މިސްގާތު މިސް ރުޅިއެއް ނާންނާނަމޭ! ” ” ގެ އާއި ސްކޫލް މާ ދުރުވީމަ. ދެން ގަޑި ނުޖެހި އާދެވޭ ތޯ ބަލާނަން. ” ލީޑިން ޓީޗަރު ކިޔާވަރުން ލައިލާ ބުންޏެވެ. އެއީ ވެސް މުޅިން ދޮގެއް ނޫނެވެ. ނަމަވެސް އޭނާއަށް އަސްލު ނާދެވޭ ސަބަބެއް ނުބުންޏެވެ.

” ދެން އޯކޭ ދިޔަޔަސް ” ލައިލާ އަވަހަށް އެތަނުން ނިކުމެގެން ކުލާހަށް ދިޔައެވެ. އޭރު ކިޔަވަދޭން ފަށައިފިއެވެ. ލައިލާ ވެސް ހާސް ކަން ފޮރުވާލައިފައި ކިޔެވުމައިގެން ކުރިއަށް ދިޔައެވެ.

ނުނިމޭ

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!