Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ޝަކުވާއޭ މިހިތުގައިވަނީ އަބަދުވެސް (ނުވަވަނަ ބައި)

Flame Gurl Level 210 Stories
June 1, 2021 4 Mins Read
0 Comments

ޒަޖާވެސް ބޯ ޖަހަމުން ދޮރު ލައްޕައިލުމަށްފަހު ޖަޝަމްގެ ފަހަތުން ކޮޓަރީގެ ދޮރު ލައްޕައިލުމަށްފަހު ހިނގައިގަތެވެ. ތޫ އެހެން އެ ރުއީ ލޫ ދައްތަ ދޮންބެ މިގެއަށް ގެނައިމަބާއެވެ؟ ނުވަތަ ލޫ ދައްތަ ތޫ އާއި ދިމާއަށް އެއްޗެހި ކީމަ ބާއެވެ؟ ނޫނީ ދޮންބެ ތޫ ދެކެ ލޯބި ނުވާތީ ބާއެވެ؟ ޖަޝަމް ސިޑިން ފައިބަމުން ދިޔައިރު އޭނާގެ ވިސްނުމުގައިވަނީ މިކަހަލަ އެއްޗެއްސެވެ. ޒަޖާގެ ޙާލަކީވެސް ހަމަ މިއީއެވެ. އަހަރެންނަށް ހަމަޖެހިލައިގެން އުފާވެރިކަމާއިއެކު ދިރިއުޅެވޭނީ ކޮން ދުވަހަކުން ބާވައެވެ؟ އަހަރެންނަށް ކޮންމެ ދުވަހަކުވެސް ހިތުގައި ޝަކުވާއަކާއިނުލައި އުޅެވޭނީ ކޮން ދުވަހަކުން ބާވައެވެ؟ ޒަޖާ މިކަހަލަ ޚިޔާލުތަކެއްގައި ހުރި އިރު ޒާހިޔާ ބުނަން އުޅުނު ވާހަކަ ހަނދާންވީ އަދި ކިރިޔާއެވެ. ‘ތިއީ އަހަރެންގެ ދަރި..’ މިހިސާބަށްގޮސް ޒާހޔާ ބުނަން އުޅުނު ވާހަކަ އާއިމެދު ޒަޖާގެ ހިތުގައި ޝައްކު އުފެދުނެވެ. އަނެއްކާ ޒާހިޔާ އެ ބުނަން އުޅުނީ ކީކޭބާއެވެ؟ އަނެއްދުވެހުގެ ހެނދުނުގެ ވަގުތެވެ. އެއިރު ގަޑިން ހަތެއް ޖަހަނީއެވެ. ޒަޖާ އާއި ޖަޝަމްގެ އިތުރުން އެގޭގައި ގެންގުޅޭ ނޯކަރެއްކަމުގައިވާ ޖޫލީ އުޅުނީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރާށެވެ. އެތިން މީހުންގެ ދެމެދުގައިވެސް ފެންނަނީ އެކުވެރިކަމާއި އުފާވެރިކަމާއި ހިތްހެޔޮކަމެވެ. މިކަމުންވެސް އެއީ ވަރަށް ގާތް ތިން މީހުންކަން ބަލައިލާ ކޮންމެ މީހަކަށްވެސް ނޭނގިއެއް ނުދާނެއެވެ. މި ތިން މީހުން މަސައްކަތް ކުރާތަން ބަލަން ބަދިގޭގެ ދޮރު ކުރިމަތީގައި ހުރި ޖުމްނާގެ ތުންފަތުގައި ދުވެލައިފައިވަނީ އުފާވެރި ހިނިތުންވުމެކެވެ. ޖުމްނާ އެހެން ހުއްޓައި ސިހުނީ ޖީޒާން ސިޓިން ރޫމްގައި ހުރެގެން ގޮވާ އަޑަށެވެ. ޖުމްނާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ސިޓިން ރޫމަށް ދިޔައިރު ޖީޒާން އެތާ ދެކޮޅުން ދެކޮޅަށް ހިނގައިލަ ހިނގައިލަ ހުއްޓެވެ. އޭނާގެ މޫނު މަތީގެ ކުލަވަރު ހުރި ގޮތުން ހީވަނީ ވަރަށް ބޮޑު ކަމަކާއި މެދު ކަންބޮޑުވެފައި ހުރި ހެންނެވެ. ޖުމްނާގޮސް ޖީޒާންގެ ކޮނޑުގައި އަތް ބޭއްވި ތަނާ ޖީޒާން ސިހިފައި ޖުމްނާއަށް ބަލައިލިއެވެ.

“ދަރިފުޅާ.. ކިހިނެތްވީ؟ ކަމަކާ ވިސްނަނީތަ؟” ޖުމްނާ ކަންބޮޑުވެފައި އަހައިލިއެވެ.

“މަންމާ! ކީތްވެތަ ޒަޖާ އައި ފަހުން ކޮންމެ ދުވަހަކު ކޮންމެ ގަޑިއަކު ޖަޝޫ ބަދިގޭގަ އަބަދު ނޯކަރެއްހެން އުޅެނީއެ؟” ޖީޒާން މިހެން އެހި އިރު އޭނާ އެހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިކަން އޭނާގެ އަޑުންވެސް ފަހަގަވެއެވެ.

“ދަރިފުޅާ. ޖަޝޫ އެ ކައްކަނީއެއްނު؟ ކިހިނެތްވީ؟ ޖީޒާން އާ ބެހޭ ކަމެއްތަ؟” ޖުމްނާގޮސް ސޯފާގައި އިށީންނަމުން ބުންޏެވެ.

“ލައްބަ މަންމާ! އެއީ އަހަރެންގެ ކޮއްކޮ. އެއީ މިގޭގަ ގެންގުޅޭ ނޯކަރެއް ނޫން! މި ޒަޖާއެއް މިގެއަށް އައި ފަހުންނޭ ޖަޝޫ އެ މަސައްކަތްތައް ކުރަނީ.. ކާރސެސް އޮން ހާރ.. ޒަޖާ އަމިއްލައަށް މަސައްކަތްކުރަން ނުކެރިގެން އަހަރެންގެ ކޮއްކޮވެސް އެ މަސައްކަތްކުރަން އެ ގެންދިޔައީ. އެއީ އަހަރެންގެ ކޮއްކޮ ކުރަން ޖެހޭ ކަންތަކެއް ނޫން.” ޖީޒާން ދެބުމަގޮއް ޖަހައިލަމުން ވާހަކަ ދައްކަމުން ދިޔައިރު ހީވަނީ ދެންމެ ދެންމެ ދެ ކަންފަތުން އަލިފާން ނިކުމެދާނެ ހެންނެވެ.

“ޖީޒާން، ބުނަންތަ ވާހަކައެއް؟ ޖަޝޫ އެކުރަނީ ގޯސްކަމެއް ނޫން. އެއީ ކޮންމެ އަންހެން ކުއްޖަކުވެސް ކޮންމެވެސް ދުވަހަކުން ކުރަން ޖެހޭނެ ކަމެއް. އަހަރެން މާތްﷲއަށް ޙަމްދުކުރަން ޒަޖާ ކަހަލަ އަޚަލާޤު ރަނގަޅު ކިޔަމަންތެރި ކުއްޖަކު ޖީޒާންގެ އަތްބަކަށް ވާން އުޅޭތީ. އަލްޙަމްދުލިﷲ. ޖީޒާންއަށް އެ ކުއްޖާގެ ކިބައިން ކޮން ސިފައެއްތަ އުނިވެގެން ތި އުޅެނީ؟ ބަލަ އެއީ ނަސީބު ގަދަ މީހަކަށް ނޫނީ ނުލިބޭނެހާ އަޚްލާޤު ރަނގަޅު ކިޔަމަންތެރި އަތްބެއް. އެކަމަށް ޝުކުރުވެރި ވެބަލަ ޖީޒާން!” ޖުމްނާ ތެދުވުމަށްފަހު ހިތްހަމަ ނުޖެހިފައި ބުންޏެވެ.

“މަންމާ! މަންމައަށް ޒަޖާގެ ކިބައިން ފެންނަނީ އެންމެ ރަނގަޅު ސިފަތައް އެކަނި ދޯ؟ ބަލާބަަލަ އޭނާ ލާ ހެދުންތައް؟ އެއީ އެންމެ މުސްކުޅި މީހުން ލާ ކަހަލަ ހެދުންތަކެއް. އަދި ކުޑަމިނުން ކްރޮޕް ޓޮޕް ނޫނީ ޖިންސް ކަހަލަ އެއްޗެހިވެސް ނުލައޭ. އޭނާ އަހަރެންނާ ކައިވެނިކުރަން އެ އެއްބަސްވީ އަހަރެމެންގެ އަތުގައި ހުރި ފައިސާ އާއި މުއްސަނދިކަމުގެ ދަހިވެތިކަމުގަ. މަންމާ! ލެޓް މީ ކްލިއާރލީ ޓެލް ޔޫ ހޫ ޝީ ރިއަލީ އިޒް! ޝީޒް އެ ގޯލްޑް ޑިގާރ!!!” “ޖީޒާން!!!” ޖީޒާން ރުޅި އައިސްފައި ހުރެ މިހެން ބުނުމާއިއެކު އޭނާގެ ކޯތާފަތް މައްޗަށް އެރީ ޖުމްނާގެ އަތުގެ ހޫނު ޙަމަލާއެކެވެ.

ޖީޒާން އެތާ އަތް އަޅައިލަމުން ޖުމްނާގެ މޫނަށް ބަލައިލިއެވެ. އެއިރު ޖުމްނާގެ މޫނު މަތިން ފެންނަނީ ޖީޒާންއަށް ދުވަހަކުވެސް މަންމަގެ ފަރާތުން ފެނިފައިނުވާ ފަދަ ރުޅިވެރިކަމެވެ.

“ޖީޒާން! ޒަޖާއަކީ ޖީޒާން ތިބުނާ ކަހަލަ ނުބައި ކުއްޖެއް ނޫން! ޖީޒާންއަށް ކިހިނެތްވެފަ ތަ ތިހުރީ؟ އެ ކަހަލަ ކުއްޖަކާއި ދިމާއަށް ގޯލްޑް ޑިގާރއޭ ކިޔަން ހެޔޮވެސް ނުވާންނުން! ޖީޒާން ހަނދާންކުރާތި! އެއީ ކިހާ ރަނގަޅު ކުއްޖެއްކަން ޖީޒާންއަށް އިނގޭ ދުވަހަކުން މިހާރު ތިހެން ބުނެވުނުކަމުގެ ގިލްޓީ ފީލް ވާނެ.” ޖުމްނާ ދެލޯ ރުޅިއައިސްގެން ގޮސް ފެންކަޅިވެފައިވާ ޙާލު ޒަޖާ އާއި ދިމާއަށް އިނގިލި ދިގުކޮށްލަމުން މިހެން ބުނުމަށްފަހު ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ‘ބަން’ ކިޔައިފައި ދޮރު ޖެހިއެވެ.

“ޒަޖާ.. ޔޫލް ޕޭ ފޯރ ދިސް!” ޖީޒާން ދަތްކުނޑި ވިކައިލަމުން މިހެން ބުނެ ފާރުގައި ގޮއްމުށުން ތިން ވަރަކަށް ފަހަރު ތަޅައިލުމަށްފަހު އެދިޔަ ބާރުމިނުގައި ގޮސް ސިޑިން މައްޗަށް އެރިއެވެ.

އެދުވަހުގެ މެންދުރުގެ ވަގުތެވެ. ޒަޖާ އާއި ޖަޝަމްގެ އިތުރުން ޖީޒާން އެއާރޕޯޓްގައި ތިބީ ޖުމްނާ އާއި ސުލައިމާން ފުރުވަންވެގެންނެވެ. އެދެމީހުން ދިއުމާއިއެކު ތިން މީހުންވެސްގޮސް ކާރުގައި އިށީނުމާއިއެކު ޖަޝަމްގެ ފޯނަށް މީހަކު ގުޅަން ފެށިއެވެ. ޖަޝަމް ‘އެކްސްކިއުޒް މީ’ އޭ ބުނެ ފޯނު ނެގިއެވެ. އިރުކޮޅަކު ވާހަކަ ދައްކައިލަމުން ފޯނު ބާއްވައިލުމަށްފަހު ޖަޝަމް ޖީޒާންއަށް ގޮވައިލިއެވެ.

“ކީކޭ ޖަޝޫ؟ ތާކަށް ދާންވީތަ؟” ޖީޒާން ކާރު ދުއްވައިލަމުން އެއްސެވެ.

“އާނ! ޖަޝޫގެ ބެސްޓީ ރީކާ އާ އޭނާގެ ކަޒް ޝަމާލް އާއެކު ސައިންސް ޕްރޮޖެކްޓްއެއް ހަދަން ޖެހޭތީ އެގެއަށް ގެންގޮސް ދެވިދާނެތަ؟” ޖަޝަމް ފޯނުން ކޮންމެވެސް މީހަކަށް މެސެޖުކޮށްލަމުން އެއްސެވެ.

“އާނ! އެއީ ކޮން ގެއެއް؟” ޖީޒާން އަހައިލިއެވެ.

“އެއީ ދޮންބެގެ ބެސްޓް ފްރެންޑްގެ ގެ. އޭނާގެ ކޮއްކޮއެކޭ މާލްއަކީ…” ޖަޝަމް ޖީޒާން ގެ މޫނަށް ބަލައިލަމުން ބުންޏެވެ. ޖީޒާން ބޯ ޖަހައިލުމާއިއެކު ޖަޝަމް އަނެއްކާވެސް ފޯނަށް ނަޒަރު ހުއްޓައިލިއެވެ.

ޖީޒާން އެގެ އާއި ހިސާބަށް ދެވުމާއިއެކު ޖަޝަމް ޖީޒާންއަށް ޝުކުރު އަދާކޮށް ބަލައި އަންނަން ވީ ގަޑި ބުނުމަށްފަހު އެތެރެއަށް ދިޔައެވެ. ޖަޝަމް ދިއުމާއިއެކު ޖީޒާން އާއި ޒަޖާ އެކަނިވިއެވެ. ޒަޖާ އިނީ ދެއަތް ދެއަތާއި މޮޑެ މޮޑެއެވެ. އޭނާ އެއިނީ ލަދުން ކަމެއް ބިރުން ކަމެއް ނުވަތަ ޖީޒާންގެ ފަރާތުން އައިސްދާނެ ހަމަލާއަކަށް ހާސްވެފައިކަމެއް ނޭނގެއެވެ. ޖީޒާން ޒަޖާއަށް ބަލައިލުމަށްފަހު ކާރު އަނެއްކާވެސް ދުއްވައިލީ ގެއަށް ދިއުމަށެވެ. އެދޭތެރެއަކު އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ޖީޒާން ދޭތެރެ ދޭތެރެއިން ޒަޖާއަށް ބަލައިލެވެއެވެ. ނަމަވެސް ޒަޖާ ހަމަ އެއިން ގޮތަށް އިސްޖަހައިގެން އިނީއެވެ. ކުއްލިއަކަށް ޖީޒާންގެ ތުންފަތުގައި މަކަރުވެރި ހިނިތުންވުމެއް ދުވެލީ ކޮން ވިސްނުމެއް އައިސްގެން ކަމެއް ނޭނގެއެވެ! ޖީޒާން ކާރު ދުއްވަމުންގޮސް ގެއާއި ހިސާބުގައި މަޑުކޮށްލިއެވެ. އެއާއިއެކު ޒަޖާ އަވަހަށް ކާރުން ފޭބިއެވެ. ޖީޒާންވެސް ކާރު އެތާ ޕާކްކޮށްލަމުން ޒަޖާ އޭނާގެ ލޯ މަތިން ގެއްލެންވާއިރަށް ފޭބިއެވެ. ޒަޖާއަށް ދޮރުން އެތެރެއަށް ނުވަދެވެނީސް ޖީޒާން ބާރަށް ހިނގައިފައި އައިސް ޒަޖާގެ އަތުގެ ހުޅުގައި ވަރަށް ބާރަށް ހިފިއެވެ. ޒަޖާ ސިހިފައި ޖީޒާންއަށް ބަލައިލިއެވެ.

“ލެޓް ގޯވް އޮފް މައި ހޭންޑް.” ޒަޖާ ދެބުމަ ކައިރިކޮށްލަމުން ބުންޏެވެ.

“ނޯވް.. ވީ ނީޑް ޓު ޓޯކް!” ޖީޒާން ދެބުމަ މައްޗަށް ހިއްލައިލަމުން މިހެން ބުނުމަށްފަހު އަދިވެސް ޒަޖާގެ އަތުގެ ހުޅުގައި ހިފައިގެންހުރެ ސިޑިންއަރައި އޭނާގެ ކޮޓަރިއަށްވަދެ ދޮރު ލައްޕައި ތަޅުލިއެވެ.

ޖީޒާންގެ މި ޢަމަލުގެ ސަބަބުން ޒަޖާގެ ހިތުގައި ކުޑަ ބިރުވެރިކަމެއް އުފެދުނެވެ. އެހެންކަމުން އޭނާ ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ލައްވީ ފާރުގައި ޖެހިފައެވެ. އޭނާގެ މޫނު މަތިންވެސް ބިރުގަނެފައިވާ މިންވަރު ފާހަގަވެފައި ހުއްޓެވެ. ނަމަވެސް މިއާއި ޚިލާފަށް ޖީޒާންގެ ތުންފަތުގައި ކުޅެލައިފައިވަނީ ވަރަށް ލާނެތް ހިނިތުންވުމެކެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Flame Gurl

Level 210 Stories

Other Articles

Previous

ހިއްސާ ކޮށްލަމޭ ލޯބިވާ ވަރު

Next

ލައިލާ 5

Next
June 1, 2021

ލައިލާ 5

Previews
June 1, 2021

ހިއްސާ ކޮށްލަމޭ ލޯބިވާ ވަރު



All Right Reserved!