އާދުވަހަކަށް އިރު މަރުހަބާ ކިޔެވެ. މިއަދަކީ ކޯހުގެ ފުރަތަމަ ދުވަހެވެ. އަހަރެން އެތައް އުންމީދަކާއި އެކު ތެދުވެ ރެޑީވެލައިގެން ނުކުތީމެވެ. ދައްތަ ތައްޔާރު ކޮއްލާފައިވާ މީރު ނާސްތާގެ ވަހުން މުޅި ކާގެވަނީ އެއްވަސްވެފަ އެވެ. އަހަރެން އަވަސް އަވަހަށް ސައިބޯލައިގެން ބޭބެއާއި އެކު ކެންޕަހަށް ދާން މިސްރާބުޖެހީމެވެ. ލަސްތަކެއްނުވެ ކެންޕަހަށް އާދެވިއްޖެއެވެ. ހަލުވި ފިޔަވަޅު ތަކެއްގައި ގޮސް ކުލާހަށް ވަނީމެވެ. އަދި މަޑުމަޑުން ގޮސް ގޮނޑީގައި އިށީންދެލީމެވެ. ކުލާސް ކޯޑިނޭޓަރު އަތުވުމުން އެފަރާތުން އެދުނުހެން ކޮންމެ ކުއްޖެއްވެސް […]
ޖަހަމުން ދިޔަސަކަރާތުގެ ތެރެއިން ވަގުތު ފާއިތުވެގެން ދިޔަގޮތެއްވެސް ނޭންގުއެވެ. ހުރިހާ ކުދިންގެ ފަރާތުންވެސް ފެންނަމުންދިޔައީ އެއްބައިވަންތަކަމެވެ. ފެންނަ މީހަކަށް ހީވާނީ އެއީ ފެށުނީންސުރެންވެސް ދަންނަ ގާތް ރަހުމަތްތެރިންހެންނެވެ. ގަޑިން 12:00 ޖަހަން ކައިރިވެފައި ވުމާއެކު އެންމެންވެސް ޖަހަމުންދިޔަ ސަކަރާތްތައް ހުއްޓާލުމަށް ފަހު ކޮންމެ ކުއްޖެއްވެސް އެކުއްޖެއްގެ ބެލެނިވެރިޔާއާއި އެކު ގެޔަށް ދިއުމަށް ހިނގައިގަތެވެ. ބޭބެ ބަލައިއައުމާއިއެކު އަހަރެންވެސް އަވަސްވެލީ ގެޔަށް ދިއުމަށެވެ. ގެޔަށް ދެވުމާއިއެކު ތާޒާވެލައިގެން އައިސް އެނދުގައި އޮށޯވެލީމެވެ. ވެފައިވާ ވަރުބަލިކަމެއްގެ ސަބަބުން ނިދީގެ ފުންކަނޑައް […]
މުޅިން ނުދަންނަ މާހައުލަކަށް އަހަރެން މިސްރާބު ޖެހީ ހިތުގައިވާ މުރާދު ހާސިލްކުރުމަށެވެ. ދުވަހަކުވެސް އައިސްފައިނުވާ ރަށެއް ފެނުމުން ހިތަށް ވެރިވެގެން ދިޔައީ ނުތަނަވަސްކަމެވެ. އާއިލާއާއި އެކު ހަމަހިމޭން މާހައުލެއްގައި އުޅުމަށްފަހު މިކަހަލަ ނުދަންނަ މާހައުލަކަށް އަންނަންވުމުން ކުރެވުނީ މުޅިންވެސް ތަފާތް އިހްސާސްތަކެކެވެ. ގެއަށް ވަދެވުމާއެކު އަހަރެން ފުރަތަމަވެސް ދިޔައީ ތާޒާވެލުމުގެ ނިޔަތުގައި ކޮޓަރިއަށެވެ. މިރޭގެ 08:00 ގައި ސުޓޫޑެންޓް ޔޫނިއަންގެ ބައްދަލުވުމަކަށް ކެންޕަހަށް ދާންޖެހިފައިވުމުން ފެންވަރާލައިގެން ނުކުމެ ފޯން އެލާމްކޮށް ދަތުރުގެ ވަރުބަލިކަން ފިލުވާލަން ކުޑަކޮށް ނިދާލެވޭތޯ […]