Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުފިލާނޭ މިހިތަކުން

Aahin Level 1
August 24, 2022 2 Mins Read
0 Comments

މުޅިން ނުދަންނަ މާހައުލަކަށް އަހަރެން މިސްރާބު ޖެހީ ހިތުގައިވާ މުރާދު ހާސިލްކުރުމަށެވެ. ދުވަހަކުވެސް އައިސްފައިނުވާ ރަށެއް ފެނުމުން ހިތަށް ވެރިވެގެން ދިޔައީ ނުތަނަވަސްކަމެވެ. އާއިލާއާއި އެކު ހަމަހިމޭން މާހައުލެއްގައި އުޅުމަށްފަހު މިކަހަލަ ނުދަންނަ މާހައުލަކަށް އަންނަންވުމުން ކުރެވުނީ މުޅިންވެސް ތަފާތް އިހްސާސްތަކެކެވެ.

ގެއަށް ވަދެވުމާއެކު އަހަރެން ފުރަތަމަވެސް ދިޔައީ ތާޒާވެލުމުގެ ނިޔަތުގައި ކޮޓަރިއަށެވެ. މިރޭގެ 08:00 ގައި ސުޓޫޑެންޓް ޔޫނިއަންގެ ބައްދަލުވުމަކަށް ކެންޕަހަށް ދާންޖެހިފައިވުމުން ފެންވަރާލައިގެން ނުކުމެ ފޯން އެލާމްކޮށް ދަތުރުގެ ވަރުބަލިކަން ފިލުވާލަން ކުޑަކޮށް ނިދާލެވޭތޯ އޮށޯވެލީމެވެ. އަހަންނަށް ހޭލެވުނީ 07:15 އަށް ކޮއްފައިވާ އެލާމްގެ އަޑަށެވެ. އެއްވެސް ލަސްކުރުމެއްނެތި ކެންޕަހަށް ދާން ތައްޔާރުވެލީމެވެ. ކޮޓަރިން ނުކުމެ ކުޑަގޮތަކަށް ސައިބޮއިލައިގެން ބޭބެއާއި އެކު ކެންޕަހަށް ދާން މިސްރާބުޖެހީމެވެ. ލަސްތަކެއްނުވެ ކެންޕަހަށް އަތުވެއްޖެއެވެ. ބޭބެއަށް ޝުކުރު އަދާކޮށްލުމަށްފަހު ކެންޕަހަށް އަހަރެން ވަނީމެވެ.

އިރުކޮޅަކުން މީޓިންއާއިބެހޭ މައުލޫމާތުކޮޅެއް ހިއްސާކޮށްލަން ހުރިހާ ކުދިން އެއްކުރި އެވެ. ނަމަވެސް އަހަންނަށް އެކޮޅުން ދައްކާ އެއްވެސް ވާހަކައެއް އަދި ދެއްކި މަންޒަރެއް ކުރިމަތީ ހުރި އިސްކޮޅުން ދިގު ޒުވާނާގެ ސަބަބުން ސާފެއް ނުވިއެވެ. އެކަމާއި އަހަރެން ކަންބޮޑުވެ، ނުފެނުމުން ކައިރީހުރި ކުއްޖާ ގާތުގައި ކުރިމަތީ ހުރި ޒުވާނާއޭކިޔާ ކުދިކިޔަމުން ދިޔައީމެވެ. އަހަރެން ދައްކަމުން ދިޔަ ވާހަކަތަކަށް ހުއްޓުމެއް ގެނުވީ އެޒުވާނާގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމުންނެވެ. ފަސްއެނބުރި އެޒުވާނާ ބަލާލަން އުޅުނު އިހްސާސްވުމުން ކައިރީހުރި ކުއްޖާގެ ފުރަގަހަށް ވަދެ ފިލީމެވެ. އެހެނަސް އެޒުވާނާ އަހަންނާއި ދާދިގާތުގައި އައިސް ހުއްޓިލައި އަހަރެން ދެއްކި ވާހަކަ އޭނާއަށް އަޑު އިވުނު ކަމަށްބުނެ، މަލާމާތް ކޮށްލިއެވެ. އަދި މަލާމާތުގެ ރާގެއްގައި އަހަންނާއި ދިމާލަށް ބުންޏެވެ. “މަށަށް ނޭންގޭނޭ ކަމައްތަ މަ ފަހަތުގައި ހުރެ މަށޭ ކިޔައިގެން އެއްޗިސް އެއްޗިސް ތިކިޔަނީ؟ މަށަށްވެސް އެނގޭނެހެން އަޅެ ކިޔާ ބަލަ.” މިހެންބުނެ އެޒުވާނާއަށް އަހަރެން ކީހުރިހާ އެއްޗެއް އަޑުއިވުނުކަން ކަށަވަރުކޮށްދިނެވެ. އަދި އަހަރެން ގާތުގައި ތިބި ކުދިންވެސް އެކަމާއި އަހަންނާއި ހީސަމާސާކުރިއެވެ. އެޒުވާނާއާއި ދުރައްޖެހިލައި އޭނާއަށް ނުފެންނާނޭހެން ތަންކޮޅެއް ފަހަތުގައި އަހަރެންގޮސް ހުއްޓިލީމެވެ.

ބައްދަލުވުމުގައި ރޭވުނު ހުރިހާކަމެއް ފައިނަލްކޮށްލައި އެންމެން އެއްކޮށް އަހަރެންވެސް ޖެހިސަކަރާތުގައި ފުރިހަމައަށް ބައިވެރިވީމެވެ. އެއުޅުމުގެ ތެރެއިން އެއްކަލަ ޒުވާނާއާއި އަލުން ބައްދަލުވިއެވެ. ޖެހެމުންދިޔަ ސަކަރާތުގެ ތެރޭން ޒުވާނާގެ މޫނުމަތިން ފެންނަމުންދިޔަ ކުލަވަރުން ޒުވާނާއެހުރީ ހަގީގަތުގައި އުފަލުން ނޫންކަން ފާހަގަވިއެވެ. އެހިނދު އެޒުވާނާގެ ހިނިތުންވުމުގެ ފުރަގަހުގައިވާ ހަގީގަތް ހޯދުމަށް އަޒުމު ކަނޑައެޅުނެވެ.

މޫނުމަތީގައި އަޅާފައިވާ މާސްކުން އޭނާގެ މޫނު އެއްކޮށް ފާޅުނުވި ކަމުގައިވީނަމަވެސް އެޒުވާނާއަކީ ގަޔާވާފަދަ ސިފަތަކެއް ހުރި މީހެއްކަން އެނގުނެވެ. އޭނާގެ ސްޓައިލުން އޭނާއަކީ އެނިމޭއަށް ލޯބިކުރާ ޒުވާނެއްކަން އެނގުނެވެ. އަޑު އަހާލަން ފަސޭހަ މަޑުމައިތިރި އަޑެއްގެ ވެރިއެކެވެ. އެހާމެ ރީއްޗެވެ. އެންމެންނާއި ވެސް ގުޅިގެން މަސައްކަތް ކުރާ މީހެކެވެ. އޭނާއަކީ އެންމެން ތެރޭގައި އޭނާގެ ހަގީގީ އިހްސާސްތައް ފޮރުވައިގެން އުޅޭ ޒުވާނެއް ވެސްމެއެވެ. އޭނާގެ އެއުޅުންފެނި އަހަރެންގެ ހިތަށް އުނދަގޫވިއެވެ. މީހުން އުނދަގުލުގައި އުޅުމަކީ އަހަންނަށް ބަލާލަން ފަސޭހަ މަންޒަރެއް ނޫނެވެ. ހިތަށް އަންނަހާ އެއްޗެއް ބުނުމަކީ އަހަރެންގެ މިޒާޖުގައިވާ ކަމަކަށް ވުމުން އެޒުވާނާއާއި ދިމާލަށް އަހަންނަށް ބުނެވުނެވެ. “ޔޫ ޑޯންޓް ހޭވްޓް ގިވް ޔުއަރސެލްފް އަ ހާރޑް ޓައިމް ޕްލީސިންގް އެވްރިވަން އެންޑް އޮން ފޭކިންގް ޔުއަރ ސްމައިލް.” މިހެންބުނެ އަހަރެން ޒުވާނާއާއި ދުރަށް ހިނގައިގަތީމެވެ.

ނުނިމޭ.

މަރްޔަމް ނިހާ ހުސައިން (އާހިން)

 

 

 

 

 

Tags:

#dhivehivaahaka #nufilaaneymihithakun #aahin

Share Article

Follow Me Written By

Aahin

Level 1

Other Articles

Previous

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 16

Next

އެދުވަހު ލޯބިން 14

Next
August 24, 2022

އެދުވަހު ލޯބިން 14

Previews
August 22, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 16



All Right Reserved!