ލައިޝާ ބާރު ހިނގުމެއްގައި ބަދިގެ ބަޔަށްގޮސް ނާހިލްއަށް ސައިހަދައިދީފައި ޒޫނާ ގެ ގާތަށް ގޮސް އޭނާ ގެއަށް ދާން ޖެހިއްޖެ ކަމުގައި ބުންޏެވެ. ނަމަވެސް ދެންވެސް ލައިޝާއަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. ޒޫނާ އެދުނީ ނާހިލްއާއެކީ ސައި ބޮއެގެން ދެކުދިން އެކުގައި ނާހިލްމެންގެ ކާރުގައި ދިއުމަށެވެ. ނާހިލްއަށް އެ އަޑު އިވުމާއެކު އޭނާގެ ހިތް އުފަލުން ނަށައިގަތެވެ. އެއީ ލައިޝާގެ ކައިރީގައި ވުމަށް އެދިއެދި ހުއްޓައި އޭނާގެ މަންމަ އެ ކޮށްދިން ކަމަކީ ހިތްވަރު އެލިފައިވާ ނާހިލްއަށް […]
“އަދަބުވެރި ކަމުގައި މާ ގޮތް ބޮޑު މީހަކު ނުހޯދާށެވެ. ތިބާގެ ދިރިއުޅުން ފޫހިކޮށްލަފާނެއެވެ. ނުވަތަ މާ ލާނެތް، މާ ގޮތްކުޑަ މީހަކާ ގާތް ނުވާށެވެ. ތިބާ ބަދުނާމުވެ ޤަދަރު ހިނގައިދާނެއެވެ. އަދަބުވެރި ކަމުގައި މެދުމިނެއް ގެންގުޅޭށެވެ. އަދި ކޮންމެސް ވަރެއްގެ ލާނެތްކަމެއް ވިޔަސް ހެވެއެވެ. ދޮން މީހެއްގެ މޫނުގެ ކުލަވަރު ފެނި އާގަމަ ނުވާށެވެ. ފަހަރެއްގައި ހަނދު ކޭތަހިފީކަމުގައި މީހުން ހީކޮށްފާނެއެވެ. ތިބާފަދަ ކުއްޖަކު އެހެން އުޅުމަކީ އެއްވެސް އިންސާފެއް ނޫނެވެ. ކަޅުރޭގަނޑެއްފަދަ މީހެއްގެ މަސްތުގައި ވެސް […]