ނޯޓް: މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. ފަތިހުގެ ހިތްގައިމު ވަގުތެވެ. ކޮވެލި ތަކުގެ ނަލަ ނަލަ އަޑުން ތަފާތު ރާގު ރާގަށް ލަވަ ކިޔަމުން ދާއިރު އުޑުމަތީ ގައި ހަނދު އޭގެ ވާޖިބު އަދާކުރުމަށް ފަހު ދުނިޔެ އާއި އަލްވަދާޢު ކިޔަން ތައްޔާރު ވަމުން ދިޔަ އެވެ. ހަދީޖާ ފަތިސް ނަމާދު ކޮށްލައި ގެން އޭނާގެެ ދެ ދަރިން ގޭ ގައި ތިބި ތޯ ބެލުމަށް ފަހު، ގޭގެ އިމާއި ގުޅިފައިވާ […]
އިރުގެ އުޖާލާ އަލިން މުޅި ރަށުތެރެ ހުޅުދާން ކޮށްފި އެވެ. އަޒާން މަޑުމަޑުން އޭނާގެ އެއްޗެހިތައް ދަބަހަށް އަޅަމުން ދިޔައީ މާލެ ދާން ޖެހޭތީ ވަރަށް ދެރަވެފައި ހުރެއެވެ. ރަށުގެ ހިތްފަސޭހަ މާޙައުލާއި އަލްވަދާޢު ކިޔުމަކީ އެއްވެސް ހާލެއްގައި އަޒާން ބޭނުންވާ ގޮތެއް ނޫނެވެ. ފުރާނަ ފަދައިން އަޒާން ލޯބިވާ އޭނާގެ މަންމަ އާތިފާ އާއި ބައްޕަ މޫސަ އާއި ވަކިން މުޅިން އާ ހަޔާތެއް ފެށުން އޭނާއަށް ވެފައި ވަނީ ބޮޑު އިމްތިޙާނަކަށެވެ. ދިރިއުޅުމުގައި ދިމާވާނެ […]