ޓެކްސީ! ޓެކްސީ. އާހް. މިކަހަލަ ވަގުތަކު މި މާލެގަނޑަކުން އަދި ޓެކްސީގަނޑެއްވެސް ލިބޭކަމަކަށް ނުވާނެ. ސަހާދެއް މިބުނީ ހާދަނައްޓައޭ.ހިނގާފަ ގޮއްސިއްޔާ ގަޑިޖެހޭނެ އަނެއްކާ މިއަދުވެސް. ނޯ ދެން. ޓެކްސީ! ޔެސް ޔެސް ފައިނަލީ.ސާއިލާ ކާރެއް ލިބޭތޯ ހުންނަތާ އެތަށްއިރެއްފަހުން ކާރެއް ހުއްޓުމުން އަވަހަށް ގޮސް އެކާރަށް އެރީ އެއީ ޓެކްސީ އެއްނޫންކަމެއްވެސް ނޭނގިހުރެއެވެ. ވަރަށް އަވަހަށް އެލް.އެލް ކޮމަޕެނީގެ މެއިން އޮފީހަށް ގެންގޮސްދީބަ. ވަޓް ! އައިޒަންއަށް ބާރަށް އެހެންބުނެލެވުނީ އެކާރަށް އެރި އަންހެންކުއްޖާ ދެއްކި ވާހަކަ ފަހުމް ނުވުމުންނެވެ. އަހަރެން މިބުނީ ވަރަށް އަވަހަށް އެލް.އެލް ކޮމަޕެނީގެ މެއިން އޮފީހަށް ގެންގޮސްދީބަ. ޕްލީޒް އަވަސް ކޮށްދީބަ ޑްރައިވާރ. އެއްވެސް އެއްޗެކޭނުބުނެ އައިޒަން ކާރު އަނބުރާލުމަށް ފަހު އެލް.އެލް ގެ މައި އޮފީހަށް ދާން މިސްރާބު ޖެހީ ހިނިއައިސްފައި އިނދެއެވެ.މި ނޫނީ އަދި މިކަހަލަ ކުއްޖަކާ އައިޒަންގެ ހަޔާތުގައި ދިމާވެފައެއް ނެތެވެ. އައިޒަން ކާރު މަޑު ކޮށްލީ އަލަށް އޮފީހަށް ދާދުވަހު އޮފީހަށް ދިއުމުގެ ކުރިން ކޮފީކްލަބުން ކޮފީއެއްނަގައިގެން ދިއުމަށް އެތަނު ކުރިމައްޗަށެވެ. މަޑުކޮށްލި ކަމެއް ނޭނގެއެވެ. އެކުއްޖާއޭނާގެ ކާރަށް ހުއްދަ ހޯދުމެއް ނެތި ޓެކްސީއެއްކަމަށް އަރައިފިއެވެ.ވަރެއްގެ ކުއްޖެއްތާއެވެ. ދިހަމިނެޓްގެ ދަތުރަކަށްފަހު އޮފީހަށް އާދެވުމުން ސާއިލާ ކިހާވަރެއްތޯ ސުވާލުކުރުމުން ހިނިގަނޑު ހިފަހައްޓައިން އިންނަންއުޅުންނަމަވެސް އޭނާއަށް ބާރުބާރަށް ހެވިއްޖެއެވެ. ސާއިލާ ވާނުވާގައި އިންނަން ފެށުމުން އައިޒަން ހެމުން ހެމުން މިއީ ޓެކްސީއެއް ނޫންކަމަށް ބުންޏެވެ. އެހިނދު ސާއިލާ އަށް ވީގޮތް ފެނިފާ އައިޒަން އިނީ އާޝޯހު ވެފައި އެ ދޮން މޫނުމައްޗަށް އެރި ކުލަވަރުތަށް ބަލާށެވެ. އަންހެންކުދިން ލަދުގަތުމުން މޫނުމައްޗަށް ރަތްކުލަ އަރައޭ މީހުން ކިޔާ އުޅުނު ނަމަވެސް އައިޒަން އެކަމެއް ޤަބޫލެއް ނުކުރެއެވެ. ސާއިލާ އަށް ވީ ގޮތް ފެނުމާ ހަމައަށް އޭނާ ހީކުރީ އެއީ ހަމަ މީހުން ހަދަހަދައިން ދައްކާ ވާހަކަ ތަކެއް ކަމަށެވެ. ބަޓް ސްޓިލް އައި ޝުޑް ގިވް އެޓްލީސްޓް ތާރޓީ އޭޒް ޔޫ ޑްރޮޕްޑް މީ ހިއާރ. ނޯ ނީޑް. ޖަސްޓް ކީޕް އިޓް އެންޑް އިންސްޓެޑް އޮފް މަނީ، ޓެލް މީ ޔުއާރ ނޭމް. ސާއިލާ. މަޑުމަޑުން ސާއިލާ ބުންޏެވެ. އަހަންނަށް ކިޔަނީ އައިޒަން. އައިޒަން އެހެން ބުނުމުން ސާއިލާ އަނެއްކާވެސް މައާފަށް އެދުނެވެ. “ސޮރީ އައި.. އައިޒަން.” ދެންދުހުކުންވެސް ޓެކްސީއެއްތޯ ބަލާފަ އަރައްޗެ އެހެން ކާރަކަށް. ދެންދޯ އަހަރެން އެރިގަޑީ ބުނިނަމަ މިއީ ޕްރައިވެޓް ކާރެކޭ. އޭރުތިކުއްޖާ މާ އަވަސް އަރުވާލާފަ ހުރީމަ ނުބުނެވުނިއްޔޭ. އޯކޭ ބާއި. އެހެންބުނެފާ ސާއިލާ ދުވެފާ ދިޔަތަން ބަލަން އައިޒަން އިނީ އާޝޯހުވެފައެވެ. އައިޒަންގެ ހަޔާތުގައި އޭނާ ކިތަންމެ އަންހެން ކުދިންނެއް ދެކެފިއެވެ. ސާއިލާ އަށް ވުރެ ރީތި އެތަށް ކުދިންނެއް އައިޒަންގެ ފަސްފަހަތުން އުޅުންއިރުވެސް އައިޒަންގެ ހިތަށް ގޮތްގޮތެއް ނުވެއެވެ. ނަމަވެސް ސާއިލާ ހަމަ ފެނުމާއެކު އޭނާ އަށް ގޮތެއްވާންފަށައިފިއެވެ. ކާރުއަނބުރާލާފައިގޮސް ކާރު ޕާރކް ކޮށްފައި އޭނާވެސް މިސްރާބު ޖެހީ އެލް.އެލް އަށް ވަންނާށެވެ. ****** އޭ ސާއި. މިއަދު މި އޮފީހަށް އެހެން ސީ.އީ.އޯ އަންނަކަމަށްވަނީ. ޗެއާރ ޕާސަންގެ ދަރިފުޅޯ. މީރާ! ހިނގާ މީޓިންއަށްދާން ލަސްވެދާނެ އެހެންޏާ. އެހެން ބުނެފާ ތެދުވެގެން ސާއިލާ ދާންފެށުމުން މީރާ ވެސް ފަހަތުން އައެވެ.ސީ.އީއޯ ރީތިވާނެބާދޯ؟ ސާއިސާއި. ރީތި ވާނެބާ؟؟ މީރާ ސްޓޮޕްއިޓް.ސާއި…އަހަންނަށް މި ކުންފުނިން ލިބޭމުސާރަ އޯކޭވީމަ މި އަންނަނީ. ސީއީއޯ ރީތިތޯ ބަލާކަށްނޫންމީރާ އަށް ރައްދެއްގެ ގޮތުންސާއިލާ އެހެންބުނުމުން މީރާ ތުންކޮޅު އޫކޮށްލާފައި އެވާހަކަދެއްކުން ހުއްޓާލިއެވެ. މީޓިންގް ފެށުމުން ޗެއާރމަން އެ މީޓިން މުހިންމުވަނީ ކީއްވެކަން ބުނެދިނެވެ. އަދި އެނަމެ ފަހު ކަމެއްގެ ގޮތުން އެ އޮފީހަށް އާ ސީއީއޯ އަކު ގުޅޭކަމަށާއި ސީއީއޯއަށް ކިޔަނީ އައިޒަން ކަމަށް ބުނެދިނެވެ. އެވަގުތު އައިޒަން އެތަނަށް ވަނުމުން ސާއިލާ ދެލޯބޮޑު ކޮށްލުމަށްފަހު މޫނުމަތީގައިއަތް އަޅާލެވުނީލަދުންނެވެ. އައިޒަންގެ ޕާރސަނަލް ސެކްރެޓަރީގެ މަޤާމަށް ސާއިލާ އައްބާސް ވާނީ ބަދަލު ކުރެވިފަ. އެންމެ ރަނގަޅު ހުރިހާ މުއައްޒަފުން މަސައްކަތަށް އެނބުރި ރުޖޫއަ ވިއަސް. ޗެއާރމަން ވާހަކަ ދެއްކި އިރު ސާއިލާ އިނީ ކަންބޮޑުވެފައެވެ. ސީއީއޯ؟ ވަޓް ސީރިއަސްލީ؟ އެންޑް އައި ހޭވްޓުބީ ހިޒް ޕާރސަނަލް ސެކްރެޓަރީ؟ ހިތާހިތުން އަމިއްލަ ނަފްސަށް އިވޭވަރަށް ސާއިލާ ކުދި ކިޔަމުން ގެންދިޔަ އިރު ނިތަށް ވަނީ ރޫ އަރުވާލެވިފައެވެ. މިސް ސާއިލާ. އައިޒަން ގޮވާލުމުން ގޮސްގޮސް ހުރި ސާއިލާ އެނބުރި އައިޒަން ގާތަށް އައެވެ. ޔެސް ސަރ. އަދަބުވެރިކަމާއެކު ސާއިލާ ޖަވާބު ދާރީވުމުން އައިޒަން ގާތަށް އަނެއްކާވެސް ހިނިއަންނަ ގޮތް ވިއެވެ. ލެޓްސް ގޯ ޓު މައި ކެބިން. މިސް ސާއިލާ. ފްރޮމް ޓުޑޭ އޮންވާރޑްސް ޔޫހޭވްޓު އެސިސްޓްމީ. އާ! އޮފްކޯރސް ސެލެރީ ވިލްބީ ހައި. ޔެސް ސަރ. މަޑު މަޑުންއެހެން ބުނެފާ ސާއިލާ އައިޒަންގެ ކެބިން އިން ނިކުންނަން ދާންފެށިއެވެ. ސާއިލާ! ކޮންތާކަށް؟ އައިޒަން ސުވާލުކުރިއެވެ. އަޅުގަނޑުގެ ޑެސްކަށް. ނޯ ނޯ ޔޫހޭވް ޓު ސިޓް ދެއާރ. އައިޒަންގެ ބޮޑު ޑެސްކާ ޖެހިގެން ހުރި ޑެސްކް ދައްކާލުމުން ސާއިލާ އަށް ދެލޯ ބޮޑު ކޮށްލާފައި ބަލާލެވުނެވެ. ޑޯންޓް ގިވް ދެޓް އެކްސްޕްރެޝަން. ސިޓް ދެއާ އެންޑް ރައިޓް ރިޕްލައިސް ޓުދޯޒް އީމެއިލްސް. އަޅުގަނޑު ދަބަސް ހިފައިން އަނަނާނަން. އެދުވަސް ދިޔައީ އެހެން ދުވަސްތަކަށް ވުރެ ބިޒީކޮށް ކަމުން ސާއިލާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ******** އޮފީސް ނިންމާފައި ގެއަށްދިޔައިރު ސާއިލާގެ ކޮއްކޮ ސާރާ އޮތީ ސިޓިންރޫމަށް ވެއްޓިފައެވެ. ސާރާ! ބާރަށް ގޮވާލާފައި ސާރާ ކައިރިޔަށް ގޮސް ސާއިލާގޮވާގޮވާވެސް ލޮލެއް ނުހުޅުވިއެވެ. ބިރުންހުރެ ސާރާ ނޭވާ ލައިތޯ ބަލާލި އިރު ނޭވާ ލައެވެ. ހާސްވެފައިހުރެ ސާއިލާ އެމަބިއުލާންސް އަށް ގުޅުމުން ވަރަށްއަވަހަށް އެމްބިއުލާންސް އައިސްފިއެވެ. އަދި ކުޑައިރުކޮޅެއް ތެރޭގައި ސާރާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް އަވަސްފަރުވާދެވެން ފެށުނެވެ. ތަފާތު ޓެސްޓް ހަދަން ލޭވެސް ނެގިއެވެ. ސާރާ ގަޔަށް އައިވީ ގުޅާފައި އޮތްއިރު އަދިވެސް ހެޔެއް ނާރައެވެ. ތިންގަޑިއިރު ފަހުން ޓެސްޓް ތަކުގެ ނަތީޖާ ލިބުމުން، ނަތީޖާ ހިފައިން ސާއިލާ ދިއުމުން ޑޮކްޓަރު ވަރަށް ރަނގަޅަށް ރިޕޯރޓްތައް ބެލުމަށް ފަހު ބުނި އެއްޗަކުން ސާއިލާ އަށް ބަސްހުއްޓި ބުނާނެ އެއްޗެއް ނޭނގިފައި ކުޑަ އިރުކޮޅަކު އިނދެވުނެވެ. ޑޮކްޓާރ! ހަމަ އެނޫންގޮތެއް ނެތްތޯ؟ ** – ނުނިމޭ – ނޯޓް: މިއީ އަޅުގަނޑުގެ އަމިއްލަ ހިޔާލާ އެއްގޮތަށް،އެއްވެސް އިރަކު ވީ ނުވަތަ ވާނެ ކަމަށް ބަލައިން ލިޔާވާހަކައެއްނޫން. އަދި މިއީއަޅުގަނޑު މިފަދަ ސައިޓެއްގަ ލިޔާ ފުރަތަމަ ވާހަކަ ކަމުން ކުށް ހުންނާނެ ކަމަށް ޤަބޫލު ކުރަން އަދި ރަނގަޅު ކޮށްލަންޖެހޭ ކަމެއްއޮތަސް ބުނެލުމުން ބަލައިގަންނާނަން ކަމަށް ބުނެލަން.