“ތި ކެވެލި ކަލޭ މަންމަ އަތަށް އެރި ގޮތެއް ނޭންގެ. އެކަމަކު ތި ބުނިހެން ރަމީޒް އަންނާނެ ކަލޭ ހޯދަން… އޭނަ އަންނާނެ.” ދުރަށް ބަލަހައްޓައިގެން ހުރެ ޝައިހާން ތަކުރާރުކޮށްލި ގޮތުން ޖޫންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާނިތަކެއް އުފެދިގެންދިޔައެވެ. “އަހަރެން ބޭނުންވަނީ ކަލޭ މަންމައަށް ތި ކެވެލި ލިބުނު ގޮތެއް ހޯދަން. ކަލެއަށް މި ވަގުތު އެންމެ ބޭނުންވަނީ ރަމީޒްގެ ކިބައިން ރައްކާތެރިކަން. އަހަރުމެން ދެ މީހުންގެ ބޭނުން ފުރިހަމަކުރުމަށްޓަަކައި އަހަރެން ކަލޭގެ ހަށިފާރަވެރިޔާއަށް ވިޔަސް އެންމެ […]
މާ ގިނައިރެއް ނުވެ، ޑަސްބިން ތެރެއިން ފޯނު ރިންގުވާން ފެށި އަޑަށް ޝައިހާން ތެދުވިއެވެ. ހަމައިން ނެއްޓިފައި ހުރެ ފަޓުލޫނު އެއްލައިލެވުނީ ފޯނާއި ވޮލެޓު ޖީބުގައި އޮއްވައެވެ. ފޯނު ނެގުނުއިރު ގުޅީ ނުދަންނަ ނަަންބަރަކުންނެވެ. “ހަލޯ؟” ކުރަކި އަޑަކުން ޝައިހާން ގޮވައިލިއެވެ. “ސަލާމަތްކޮށްދީ!” ފޯނުގެ އަނެއް ފަޅިން އަންހެނެއްގެ އަޑު އިވުނެވެ. ________________________________________________ “ކާކު ތީ؟” ހިސާބަކަށް ކަންބޮޑުވެފައި ޝައިހާން އަހައިލިއެވެ. ކަމެއް ގޯސްވެއްޖެކަން އެ އަންހެންކުއްޖާގެ ރޫރޫލާ އަޑުން މާ ރީއްޗަށްވެސް ދޭހަވިއެވެ. “ކަލޭގެ ހަނާ. […]
ހޫނުކަން އަޒާބުގަދަ މިންވަރެއްގައި ހަންގަނޑުގައި ބީހެމުންދިޔަ މެންދުރެއްގެ ވަގުތެވެ. ބުންކަނޑާފައި ދިޔަ ޕްލޭޓު ނަންބަރު އަށެއް ސުމެއް އަށެއް ސުމެއްގެ ސައިކަލު ހީވަނީ ތާރުގަނޑު ފަޅައިލަފާނެހެނެވެ. ދުއްވަން އިން، ހުދު ގަމީސް ދަށަށްޖަހައި ފިޔާތޮށި ޓައިއެއް އަޅާލައިފައިވާ ޝައިހާންގެ ނިއްކުރިމައްޗަށް ކާށިތެޔޮ ނުފައިބާނަމަ އޭނާ ވަރަށް ސަޅިކަމަށް ދެއްކީހެވެ. އިސްތަށިގަނޑު އޮފުކުރަން ތެޔޮލެވުން އެއީ އޭނާއަށް މިއަދު އެޅުނު ޅައެއްޗެވެ. ވަޒީފާގެ އިންޓަވިއުއަށް ގަޑިނުޖެހި ދިޔުމުގެ ފޮނި އުންމީދުގައި އިން އޭނާއަށް ވިސްނެމުންދިޔައީ އެޅުނު ޓައީގެ ކުލަ […]