Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަށިފާރަވެރިޔާ 2

writable pen Level 1
February 5, 2020 7 Mins Read
12 Comments

މާ ގިނައިރެއް ނުވެ، ޑަސްބިން ތެރެއިން ފޯނު ރިންގުވާން ފެށި އަޑަށް ޝައިހާން ތެދުވިއެވެ. ހަމައިން ނެއްޓިފައި ހުރެ ފަޓުލޫނު އެއްލައިލެވުނީ ފޯނާއި ވޮލެޓު ޖީބުގައި އޮއްވައެވެ. ފޯނު ނެގުނުއިރު ގުޅީ ނުދަންނަ ނަަންބަރަކުންނެވެ.

“ހަލޯ؟” ކުރަކި އަޑަކުން ޝައިހާން ގޮވައިލިއެވެ.

“ސަލާމަތްކޮށްދީ!” ފޯނުގެ އަނެއް ފަޅިން އަންހެނެއްގެ އަޑު އިވުނެވެ.

________________________________________________

“ކާކު ތީ؟” ހިސާބަކަށް ކަންބޮޑުވެފައި ޝައިހާން އަހައިލިއެވެ. ކަމެއް ގޯސްވެއްޖެކަން އެ އަންހެންކުއްޖާގެ ރޫރޫލާ އަޑުން މާ ރީއްޗަށްވެސް ދޭހަވިއެވެ.

“ކަލޭގެ ހަނާ. މި އަންހެނާ ހެޔޮ ހާލުގަ ބޭނުމިއްޔާ މަރުވާން ތައްޔާރަށް އެއްކަލަ ތަނަށް އާދޭ.” ދެން އިވުނީ ރަމީޒްގެ އަޑެވެ. ޝައިހާންގެ ބޮލުގައި ޖެހުނީ ސުވާލުމާކެކެވެ. އޭނާގެ ކުރީގެ ލޯބިވެރިޔާ ހަނާގެ އަޑު އޭނާއަކަށް ނޯޅޭނެއެވެ. ދެންމެ އެ އިވުނީ ހަނާގެ އަޑު ނޫންކަން އޭނާއަށް ކަށަވަރުވިއެވެ. “ޕޮލިހަށް ގުޅުން ކަހަލަ ގަމާރުކަމެއް ކޮށްފިއްޔާ މާ ރީއްޗެއް ނުވާނެ. ފެންނާނީ ދެތިން ފުރާނަ ނެތް މަސްގަނޑު.”

ރަމީޒްގެ މި ޖުމުލައާއިއެކު ފޯނު ކެނޑުނުކަމުގެ ރާގު އިވިގެންދިޔައެވެ. ދެން އައީ އެ ނަންބަރުން އައި މެސެޖެކެވެ. އޭގައި އޮތް ފުރަތަމަ ފޮޓޯގައި ފެންނަން ހުރީ ހުރަހަށް ހަރުކޮށްފައި ހުރި ދަގަނޑު ހޮޅިއެއްގައި އެލުވާފައި ހުރި ޖޫންއެވެ. ހޮޅިން އެލުވާފައިވާ ބޯ ވާގަނޑުގެ ކޮޅު ފަށްފަށަށް ބަނދެފައިވަނީ އޭނާގެ ކަރުގައި ނޫންކަން، ގައިގައިކަން ނަސީބެކެވެ. ފަރުވާލެއް ނެތި މޫނުމައްޗަށް އެޅިފައިވާ ފަން އިސްތަށިތަކު ތެރެއިން ބަލަން އޮތް ޖޫން، މީހެއްގެ ބިރުދެއްކުމަށް އިޖާބަދީ ގަދަކަމުން ހިނިތުންވެގެން އޮތް ގޮތުން ހިތަށް ބިރުވެރިކަން ނުވަދެ ނުދާނެއެވެ. އެ ލޮލުގައިވީ އާދޭހުގެ ކުލަވަރެކެވެ. އެއީ ހަނާ ނޫންކަން އަނެއްކާވެސް އިތުރަށް ޔަގީންވި ނަމަވެސް ޝައިހާންގެ ހިތަށް ފަސޭހަކަމެއް ނުލިބުނެވެ.

ދެވަަނަ ފޮޓޯ ލޯޑުވުމާއިއެކު ޝައިހާންގެ ލޭގަނޑު ކެކިގަތީ އެއެއް މިއެއް ބަލައިފައެއް ނޫނެވެ. އެއީ އޭނާގެ ދޮންމަންމައާއި ދިހަ އަހަރުގެ އެއްބަފާ ފިރިހެން ކޮއްކޮ، ރަށު ގޭ ދޮރުމަތީ ޖޯއްޔެއްގައި ތިއްބައި ނަގާފައިވާ ފޮޓޮއެކެވެ. މިއީ، ބޭނުން އިރަކު އެ ދެމައިންގެ ދުވަސް ދުއްވައިލުމުގެ ކުޅަދާނަކަން ލިބިގެންވާކަން އަންގައިދީ، އިންޒާރުކުރުމަށް ރަމީޒް ފޮނުވި އެއްޗެއްކަން ފަހުމުވާކަށް ޝައިހާންއަށް މާ ދައްޗެއް ނުވިއެވެ. ދެވަނަ ފަހަރަށް އެ ނަންބަރަށް ގުޅިއިރު އޮތީ ނިވާލާފައެވެ. ދެން ގުޅީ ދޮންމަންމަ ރިޔާޝާއަށެވެ. އަޑުން ހާސްކަމެއް ނުދައްކާ ހާލު އަހުވާލު އަހާލައިފައި، ރޭގަނޑު ގޭގެ ދޮރު ތަޅުލުމަށާއި ކޮއްކޮ އެކަނި ބޭރަށް ނުފޮނުވުމަށް ވަސިއްޔަތް ކުރުމަށްފަހު ކުރުކޮށްލާފައި ފޯނު ބޭއްވިއެވެ. އޭރު އަތުޖެހުނު ޓީޝާޓަކާއި ސޯޓަކާއި ލައި ނިމިއްޖެއެވެ. ބާރުބާރަށް ނުކުތް ޝައިހާން މިސްރާބުޖެހީ ރަމީޒް ބުނީ ‘އެއްކަލަ ތަނަށެވެ’. އެއީ ކޮން ތަނެއްކަން އޭނާ މާ ރަނގަޅަށްވެސް ދެނަހުއްޓެވެ. އެއީ މި ހާދިސާގެ ފެށުމުގެ ތަނެވެ. އެހެން މާނައަކުން ވިސްނާނަމަ ޝައިހާންއާއި ރަމީޒްގެ ހަޔާތް ބަރުބާދުވެ ނިމިދިޔަ ތަނެވެ.

ގަޑިއަކު ފަންސާސް ކިލޯ މީޓަރުގެ ބާރުމިނުގައި ސައިކަލު ދުއްވާފައިދިޔައިރު ޝައިހާންއަށް މި ކަންތައްގަނޑާއި ދޭތެރޭ ވިސްނެމުންދިޔައެވެ. ހަނާއޭ ކިޔާފައި އެހެން ކުއްޖަކު ގެންގޮސްގެން މިއުޅެނީ ކީއްވެބާއެވެ؟ ޝައިހާން ހަނާއާއި ރައްޓެހިވެގެން އުޅުނުއިރު ރަމީޒްއަށް ދުވަހަކުވެސް ހަނާ ނުފެންނާނެކަން އޭނާއަށް އެނގެއެވެ. ވީއިރު އިންޓަވިއުއަށް އައި ބީރައްޓެހި ކުއްޖާއަކީ ހަނާ ކަމަށް ރަމީޒްއަށް ހީވީ ކީއްވެހެއްޔެވެ؟

“ދޮ..ދޮ..ދޮންތާޔޯ!!!” ފަސް އިނގިލީގައި ފަސް އަނގޮޓި އަޅާފައި ހުރި އަތުން އަނގަމަތީ އަޅަމުން ޝަނާ ހަޅޭއްލަވައިގަތެވެ. ރޫފަ ރަނގަޅު ޝައިހާންއާއި ހިލާފަށް އެއްބަނޑު އެއްބަފާ ދައްތަ ޝަނާ ހުންނަނީ ހިކި ދަނޑިއެއް ހެނެވެ. ދެ މީހުންގެ ސްޓައިލްވެސް އެހާމެ ތަފާތެވެ. ޝަނާގެ އެންމެ ހާއްސަ އެއް ސިފައަކީ އޭނާ އަޅާ ގަހަނާތަކެވެ. ކޮންމެ ކަންފަތެއްގައި ކަޅު ކުލައިގެ ހަތަރު ވަރަކަށް މުއްޖާއި، އަތުކުރީގައި އެތަކެއް ފަށަކަށް އެސް އެސް ޗޭނާއި ތަވީދުތަކެއްހެން ހީވާ އަތުގަ އަޅާ އެއްޗެއްސެވެ. އަންނައުނަކަށް މުޅިންވެސް ކަޅުކުލައިގެ ހެދުމަކާއި ކަޅު ޖިންސެކެވެ. ރަވައިގައި ބޯކޮށް އަނދުން ފަވާލައިފައި ހުންނަ ގޮތުން ބިރުވެރިކަމަށް ވެސް ބައެއްފަހަރު ދައްކައެވެ.

“ކަލޯގަޔާ، ޝައި މަށަށް ގުޅާފަ އެ ގޮވީ ދޮންތާއޭ ކިޔާފަ. ދިހަ އަހަރު ވެއްޖެކަންނެ އެހާ ލޯބިން ގޮވާނުލާތަ.” ކަރުނަ ފޮހޭ ތަމްސީލެއް ދައްކައިލާފައި ޑްރާމާ ބޮޑު ރާގަކަށް ޝަނާ ކިޔައިލިއެވެ. މެޑަމް މާ އުފަލުން އުޅޭ އަޑަށް ސޯފާ ތަކަށާއި ބިމަށް ގިނަވެފައި ތިބި ޒުވާނުންކޮޅު ބޯން ތިބި ތަކެތި ތިރިކޮށްލާފައި ބަލައިލިއެވެ.

“އެހާ ލޯބިން އެދުނީމަ ނުގޮސް ހުރެވޭނެތަ؟ ބޯއިސް! އިޓްސް ޝޯ ޓައިމް!”

އިމާރާތްކުރުން މެދުކަނޑާލައި، ފަޅުކޮށްފައި ހުރި ރަމީޒްގެ ގޭ އިމާރާތަށް ޝައިހާން ވަނެވެ. ހިރަފުހާއި މަކުނުވާތައް ތެރެއިން ގޮސް، އަރިމަތިން ރައްކާތެރިކަމެއް ނެތް ސިމެންތި ސިޑިން އަރަން ފެށިއެވެ. އެންމެ މަތީ ފަސްވަނަ ބުރިއަށް އެރުނުއިރު އެތެރެއިން ބަޔަކު ވާހަކަ ދައްކާ އަޑު އިވެއެވެ. ހިމޭން ފިޔަވަޅުތަކެއްމަތީ އެ ދިމާއަށް ގާތްވި ޝައިހާން ފާރުގެ އަނެއް ފަޅިއަށް ނުކުމެވެން ހުރި ދޮރޯށި ކުރިމަތީ ހުއްޓުނެވެ. އެންމެ ފުރަތަމަ ޝައިހާން ފާހަގަވީ އެލުވާފައި ހުރި ޖޫންއަށެވެ. ޖޫންގެ ހަރަކާތުން ފަހަތަށް އެނބުރުނު ރަމީޒް ޝައިހާންއާއި ކަޅި ހަމަކޮށްލިއެވެ. އޭނާގެ އިތުރުން ފަސް ވަރަކަށް ޒުވާނުން އެތާ ތިއްބެވެ. އެންމެ އެތެރެ ފާރުގައި ލެނގިގެން، އެއް އަތުގައި ޕްލާސްޓަރުގަނޑެއް އަޅައިގެން ހުރި ނާއިމްއަށް ޝައިހާން ފެނުމާއިއެކު ހީވީ މަސްގަނޑު ނޮޅައިގަންނަން އަންނަން އުޅުނުހެނެވެ. ނަމަވެސް އެތާ ހުރި ބިޔަ މީހާ އޭނާ މަތަކުރިއެވެ. އެކުވެރިޔާގެ ފުރާނައަށް ގެއްލުން ދިން މުޖުރިމާއި ދިމާއަށް އަޑުގެ ނެތްތަނަށް ދުލަށް އައިހާ ނުބައި އެއްޗެއް ނާއިމް ގޮވައިގަތެވެ.

ޝައިހާން ފެނުމުން ޖޫންއަށް ހީވީ އަނދިރިކަމުން ފުރިގެންވީ ފުން ވަޅަކަށް އެހީގެ ހަރުގަނޑެއް ތިރިކޮށްލިހެނެވެ. މިތަނަށް ގެނެވި، މި ހާލުގައި ޖެހުނީ ކީއްވެކަމެއްވެސް، ގުޅައިގެން އެހީއަށް އެދެވުނީ ކާކަށް ކަމެއްވެސް ނޭންގޭ ހާލު އޭނާ ހުރީ ގޮތް ހުސްވެފައެވެ. އެ މީހުން އޭނާއަށް ނިސްބަތްކުރީ ހަނާއޭ ކިޔާފައެވެ. ތިމަންނައަކީ ހަނާއެއް ނޫނޭ ބުނެ ބުނެ ޖޫންގެ ކަރުން ހަން ދާ ވަރުވެއްޖެއެވެ. އައިޑީ ކާޑާއި ލައިސަންސު ކާޑު ދައްކަން ދަބަސް ބަލާށޭ ބުނެވުނީތީވެސް ބުނެވުނު މޮޔައޭ ހިތަށް އަރަން ޖެހުނެވެ. ގަޑި ނުޖެހި އިންޓަވިއުއަށް ދާންވެގެން ޕާރސް ނުލާ ނުކުމެވިގެން އުޅޭ ދުވަހެއްކަން ހަނދާންވީ މާ ފަހުންނެވެ. އެ މީހުން ހަދާނެ ގޮތެއް ނޭންގޭތީ ބިރުން ފިއްކަނޑައިންގެން ދިޔުމުގެ އިތުރުން، އެހެން މީހެއްގެ ބަދަލުގައި އޮޅުމަކުން ގެނެވިގެން އުޅޭހެން ހީވާތީ ރުޅިވެސް އާދެވުނެވެ. ކަރުނަވެސް އެޅިއްޖެއެވެ. ވީ ފައިދާއެއް ނެތެވެ.

“އޭނަ ދޫކޮށްލާ.” ޝައިހާން މަސައްކަތްކުރީ ވީހާވެސް މަޑުމައިތިރިކޮށް ވާހަކަދައްކަންށެވެ. އޭނާއަކީ އެއް އިރެއްގައިވެސް އަރާރުންވެ ތަޅާފޮޅުމަށް ލޯބިކުރާ މީހެއް ނޫނެވެ. ނަމަވެސް އޭނާގެ ތަގުދީރު ނިޔާކުރާ ގޮތުން އަމިއްލަ ނަފްސު ދިފާޢުކުރުމަށް މަޖުބޫރުވާ ހާލަތްތައް ގިނައެވެ.

“ހަމަޖެހޭ… އޭނަ ދޫކޮށްލެވޭނީ ކަލޭ މަރުގެދިޔަ ހިފީމަ.” ރަމީޒްގެ އަޑުގައި ނަފްރަތާއި ރުޅިވެރިކަން ފުރިގެންވިއެވެ. ރަމީޒްގެ އެ ޖުމުލައިން ޝައިހާންގެ މޭގައި ދިލަނަގައިލީ އެ ބުނި ބަހުގެ މާނަ މާ ރަނގަޅަށްވެސް އެނގޭތީއެވެ.

“އަހަރެން ނައުރާ މަރައެއް ނުލަން.” ޝައިހާންގެ ޖުމުލައިން ރަމީޒްގެ މޫނުން ފާޅުވާން ހުރި ރުޅިގަނޑު ފަސް ގުނަކޮށްލިއެެވެ.

“ދެވަނަ ފަހަރަށް އެ ނަން ކިޔައިފިއްޔާ ތި ދޫ ބުރިކޮށްލާނަން!” ދެ ލޮލުގެ ގޮބޮޅިގަނޑު ނުކުންނަން އުޅޭހެން ހީވާ ވަރަށް ލޯ ފުޅާކޮށްފައި ރަމީޒް ބަރު އަޑަކުން އިންޒާރުދިނެވެ. ފަހަތުގައި ހުރި ޖޫންއަށް ދެ ތުންފަތް ފިއްތައިލެވުނީ އޭނާގެ ދޫ ބުރިކުރަން ބުނި އަޑު އިވުނު ފަދައަކުންނެވެ.

“ހަނާއަކާ، މިހާރު ނައުރާއަކާ… އަހަރެން މި ތަނުން ބާލުވާފަ ތިކަން ކުރިއަށް ގެންދަންވެއްޖެއެންނު ދޯ. މިހިރަ ފިޔާތޮށި ޓައީ! އަޅެފަހެ ބުނެބަލެ މީނަ ކައިރީ ނުބައި މީހެކޭ ކިޑްނެޕްކުރެވިގެން ތި އުޅެނީ.” ޖޫން ހިތާއިހިތުން ކިޔައިލިއެވެ.

“ހަނދާންނެތޭ ބުނިއަކަ ނުދޭނަން! އޭނަ މަރާލީ ހަމަ ކަލޭ! މިއޮއްހާ ދުވަހު ފިލައިގެން އުޅުނަދިނީ މާފު ދީގެން ކަމަށް ހީ ނުކުރާތި! މަ އަނބުރާ މި އައީ ކަލޭގެ މުޅަ މަސްގަނޑު ރޮލާ ހަފައިގެން ދިރުވާ ހިތުން.” ރަމީޒް ދައްކައިލި ނުރައްކާތެރި ހިނިތުންވުން ފެންނަ މީހެއްގެ ގައިން ހީބިހި ނަގައިގެން ދާނެއެވެ.

“ހޭއަރާބަލަ! ނައުރާ މަރުވީ އަމިއްލައަށޭ!” ތަންކޮޅެއް ބާރަށް ބުނި ޖުމުލައިގެ ސަބަބުން ޝައިހާން ކުރިމަތިލާން ޖެހުނީ ރަމީޒްގެ ގޮންމުށުން މޫނުމައްޗަށް އެރި ހޫނު އެތިފަހަރަކާއެވެ. ޝައިހާން އެ ހަމަލާ ނުހުއްޓުވީ ގަސްތުގައެވެ. ނައުރާގެ މަރުގެ ފަހަތުގައި އޭނާގެ ޒިންމާއެއް ވާކަން އެންމެ ބޮޑަށް ގަބޫލުކުރެވެނީ އޭނާއަށެވެ. އެހެންކަމުން އެ އެތިފަހަރަކީ އޭނާއަށް ހައްޤު އަދަބެއް ކަމަށް އޭނާ ގަބޫލުކުރީއެވެ.

ރަމީޒަށް އިތުރު ހަރަކާތެއް ނުގެނެވެނީސް އެތާ ތެރެއަށް ބޮޑު ބައިގަނޑެއް ވަދެގަތެވެ. ފަހަތުގައި ތިބި ފަސް މީހުން ހިފަހައްޓައި، ޖޫން މިނިވަންކުރީ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. ރަމީޒަށް ކުރެވުނުހާވެސް ކަމަކީ ހާސްބޮޑުވެފައި ބަލަހައްޓައިގެން ހުރުމެވެ. ބައިގަނޑުގެ ފަހަތުން ވަތް ޝަނާ ރަމީޒާއި މޫނު ގާތްކޮށްލައި މޫނުގެ އެއްފަޅިން އަނެއް ފަޅިއަށް ބޯ އަރިއަރިކޮށް ބަލައިލި ގޮތުން ހީވީ އަލަށް ފެނުނު ގަހަނާއެއްގެ ކޮލެޓީ ފާސްކޮށްލިހެނެވެ. ދެ ބުމަ ގާތްކޮށްލަމުން ރަމީޒަށް ފަހަތަށް ޖެހިލެވުނެވެ.

“އައްދެ އައްދޭ! ބޮޑުވި ބޮޑުވިހެން މޫނު ކުނިވަނީނު ތިއޮއްގެން. ނިކަން ހީލަބަލަ. އެއޮއް ލޯބި ހިނިތުންވުން ކޮންތާކަށްތަ ދިއައީ، ރަމީ؟” ޝަނާ ރާގަކަށް ކިޔައިލިއެވެ.

“ރަމީއޭ ނުކިޔާށޭ!” އާދެވެފައި ހުރި ޖަވާބެއް ރަމީޒަށް ބޭރުކޮށްލެވުނެވެ. އެ ޖުމުލަ އިވިފައި ޝަނާއަށްވެސް، އަދި ޝައިހާންއަށްވެސް ހީވީ ޅައިރުގެ ދުވަސްތަކަށް އަނބުރާ ދެވުންހެނެވެ. ނަމަވެސް އެއީ ވާނޭކަމެއް ނޫނެވެ. ޝަނާއާއި ހެދި ނަފްސު ކޮންޓްރޯލުން ނެއްޓީތީ އަމިއްލަ ނަފްސުދެކެ ހިތްހަމަނުޖެހި ހުރެ ރަމީޒް މޫނުގެ ކުލަވަރު އަލުން ހަރުކަށިކޮށްލިއެވެ. އޭނާއަށްވުރެ ދެ އަހަރު ދޮށީ ޝަނާއަކީ ރަމީޒަށް ދުވަހަކުވެސް ކަމުދިޔަ އަންހެނެއް ނޫނެވެ. އޭނާ ބޭނުންވަނީ ޝައިހާންގެ މުޅި އާއިލާ ނައްތައިލަންށެވެ. އެހެންކަމުން، ޝަނާއަށް ގެއްލުމެއް ދޭން ނޭދެވޭ ނަފްސުދެކެ އޭނާ އަންނަނީ ސިނގު ރުޅިއެކެވެ.

“މެޑަމް! ދެން ކިހިނެތް ހަދަންވީ؟” ރަމީޒު ޓީމުގެ ބިޔަ މީހާ ހިފަހައްޓައިގެން އުޅުން ދެ މީހުންކުރެ އެކަކު ޝަނާއަށް ގޮވައިލިއެވެ. “މި ބެރު މަތަވާކަށް ނޫޅެއޭ!”

“ކަލޭގެ ކުދިންކޮޅު ސްޓްރޯންގް އޭ ދޯ.” ޝަނާ އަނެއްކާވެސް ރަމީޒްއަށް ބަލައިލިއެވެ. “ހޮސްޕިޓަލުގަ އޮތް ސޮރަށް މާބޮނޑިއެއް ފޮނުވާނަން. އޭނައަށް އެހެން ހެދީ ޝައިހާން ނޫންކަން ޔަގީން. ޔަގީނުންވިއްޔާ އަމިއްލައަށް ކަރަށް އެއްޗެއް ހަރައިލީ. ދެން އޮތީ ނައުރާ…” ނައުރާގެ ނަން އިވުމާއިއެކު ރަމީޒްގެ އަތް މުއްކެވުނެވެ. “އަޅާނުލާ… ބޯއިސް! ލޭޑި ގޮވައިގެން ނުކުމޭ. މިރޭގެ ޝޯ މި ނިމުނީ.” ޝަނާ އޭނާގެ ކުދިންކޮޅަށް ގޮވައިލިއެވެ. އަމުރާއި އެއްގޮތަށް އެ ގުރޫޕު ރަމީޒްގެ ފަސް ޒުވާނުން ދޫކޮށްލާފައި ޖޫން ގޮވައިގެން ނުކުންނަން އައެވެ. ރަމީޒް އަތުން އިޝާރާތް ކުރުމުން ފަސް ޒުވާނުންކުރެ އެކަކުވެސް ގުޑިވެސް ނުލައެވެ. ނާއިމްވެސް ދެތިން ނުބައި އެއްޗެއް ކިޔާލައިފައި މަޑުން ހުއްޓެވެ. ޝައިހާންއާއި އެކީ ޝަނާވެސް ނުކުތެވެ.

ނުކުންނަން ދިޔަ ޖޫންއަށް ހުއްޓެވުނީ ފަހަތުން ރަމީޒް އަތުގައި ހިފުމުންނެވެ. މޭގަނޑު އަނގައިން ނުކުންނަ ވަރުވެފައި ފަހަތަށް ބަލައިލެވުނުއިރު ރަމީޒް ހުރީ ބިރެއް ފެނުނުހެން ޖޫންގެ އަތުގައި އޮތް ކެވެލިގަނޑަށް ބަލަހައްޓައިގެންނެވެ. ޖޫން ކައިރީ ހުރި މީހާ ނުބައި އެއްޗެއް ގޮވައިގަތްފައި ރަމީޒްގެ އަތް ފޮޅުވައިލިއެވެ. ނުކުމެގެން ދިޔަ ޖޫން ދެވަނަ ފަހަރަށް ފަހަތަށް ބަލައިލިއިރުވެސް ރަމީޒް ހުރީ ގަބުއަރާފައި ޖޫންއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އެ ކަޅިން ފެންނަމުންދިޔައީ ނަފްރަތުކަމެއް، ހައިރާންކަމެއް، ނުވަތަ ހިތާމަކަމެއް ވަކިކުރާކަށް ޖޫންއަކަށް ނޭންގުނެެވެ.

“ޝަނާ… މަންމަމެން ކައިރިއަށް ދާންވީނު…” އިމާރާތުން ނުކުމެފައި ޝައިހާން ބުންޏެވެ.

“އެ ކީއްވެ؟” ދޮންތާއޭ ކިޔައި ނުގޮވި ކަމަށްޓަކައި އަނގައަށް ވައްތަރެއް ޖައްސައިލާފައި ޝަނާ އެއްސެވެ.

“އޭނަ މަންމައަށާ ކޮއްކޮއަށް ކަމެއް ކޮއްފާނެ…” ރަމީޒް ފޮނުވި ފޮޓޯ ދައްކައިލާފައި ޝައިހާން ބުންޏެވެ. ޝަނާ ޗޮކެއް ކަނޑައިލިއެވެ. ކިތަންމެ ހަމަޖެހިފައި ހުއްޓަސް އޭނާއަށްވެސް މި ކަންތައްގަނޑު ކަމަކުނުދެއެވެ. ޝައިހާންއަކީ އަބަދުވެސް ޝަނާގެ އެންމެ ފުރަތަމަ އަހަންމިއްޔަތެވެ. އަބަދު ރޮއެ ރޮއެ އިން މަންމައަކާއި އަނިޔާވެރި ބައްޕައެއްގެ ބަދަލުގައި ޝައިހާން އެންމެ ކުޑައިރުންސުރެ ބަލައި ބޮޑުކުރީ ޝަނާއޭ ބުނުން ދޮގަކަށް ނުވާނެއެވެ. ތުއްތު އިރުންސުރެ ތިމާގެ އެދުންތައް ނުފުއްދައި، ތިމާއަށްވުރެ ދެ އަހަރު ކުޑަ ކޮއްކޮ ޝައިހާންގެ އެދުންތައް ފުއްދައިދިނެވެ. މިހާރުވެސް ޝައިހާންގެ އެދުމެއްނަމަ މީހަކު ގަތުލުކުރަންވެސް އޭނާ ހުރީ ތައްޔާރަށެވެ.

“މަށަކަށް ނެތް ދެވޭކަށް. އެކޮޅަށް ފޮނުވާނަން ކުދިންކޮޅެއް.” ޝަނާ ބުންޏެވެ. އެންމެ ބޮޑަށް ނުރައްކާ އޮތީ ޝައިހާންއަށް ކަމަށްވާއިރު ދޮންމަންމަ ހިމާޔަތްކުރާކަށް އޭނާ ނުދާނެއެވެ.

ޝަނާމެން ދިޔައީ ޝައިހާން ކައިރީ ޖޫން ބަހައްޓާފައެވެ. އަދިވެސް ވާނުވާގައި ހުރި ޖޫންއަށް އައުމަށް އިޝާރަތްކޮށްފައި ޝައިހާން ސައިކަލާއި ދިމާއަށް ހިނގައިގަތެވެ. ވަރަށް ޖެހިލުންވެފައި ހުރެ ދެކޮޅު ބަލަމުން ޖޫން ފަހަތުން ދިޔައެވެ.

“ކޮންތާކު ގެ ހުންނަނީ؟” ސައިކަލަށް އަރަމުން ޝައިހާން އެއްސެވެ. އޮޅުންބޮޅުންގަނޑުގެ ސަބަބުން ކުއްލިއަކަށް ޖޫންގެ ގާތަށް ކަށިހިއްވަރެއް އަރައިފިއެވެ.

“ގެއަށް ގެންގޮސްދޭށޭ ބުނެވިއްޖެތަ މަށަށް؟ މި ވާނުވާ ކިޔައިދީ! ކީއްވެ އަހަންނަށް މި ހާލު ޖެހެންވީ؟ އަހަރެން ކީއްކުރީ؟” ޖޫންގެ އަޑު ބާރުވިއެވެ.

“އަހަންނަކަށްވެސް ނޭންގެ. އޭނަ ހީކުރީ ކަލޭ ތީ މަގޭ އެކްސް ކަމަށް. އޭނައަށް އޮޅުނީ. ކަލޭގެވެސް، މަގޭވެސް ކުށެއް ނެތް.” ޝައިހާން އިސްޖަހައިގެން އިނދެ ޖަވާބުދިނެވެ.

“ބައްޔެއްނު! ކުށެއް ނެތް މީހެއްގެ އެކްސް ކިޑްނެޕްކުރަންވީ ކީއްވެ؟ ކުށެއް ނެތް މީހެއް މަރާލާފަ މުޅަ މަސް ކާން އޭނަ އިންޒާރުދޭންވީ ކީއްވެ؟” ޖޫންގެ ބަހަށް ޝައިހާންއަށް ބަލައިލެވުނެވެ.

“ކަލެއާ ބެހޭކަމެއް ނޫން!” ރުންކުރު ރާގަކަށް ޝައިހާން ބުންޏެވެ. ނުވެސް ދަންނަ މީހަކަށް އެ ވާހަކަ ކިޔައިދޭނެ ހިތްވަރެއް އޭނާގެ ނެތެވެ.

“މަށާ ނުބެހޭ ކަމެކޭ؟ އެހެންވިއްޔާ މަ މިދޭތެރެއަށް ވަނީ ކީއްވެހޭ؟ ދެން ހިއެއް ނުވެއޭ ނުކުމެވޭނެހެނެއްވެސް! ދެންމެ ނުކުތް ގަޑީ އެ މީހާ މަށަށް ބެލި ގޮތުން ގައިން ހީބިހި ނެގި. ޔަގީން އަލުން މަ ހޯދަން އަންނާނެކަން.” ޖޫން ބުންޏެވެ.

“ނާންނާނެ. މަ ބުނާނަން އޭނަ ކައިރީ ކަލޭ ތީ ހަނާއެއް ނޫނޭ. އެކަން ސާބިތުކޮށްދޭނަން. އެ އޮފީހުގަ އޮންނާނެއެންނު ކަލޭގެ ސީ.ވީ. އެ ބެލީމަ އޭނައަށް އިނ…” ޝައިހާންގެ ޖުމުލަ މެދުކެނޑުނީ ޖޫންގެ އަތުގައި އޮތް ރިހި ކެވެލިކޮޅު ފެނިފައެވެ. ޝައިހާންގެ މޫނުމަތިން ފެނުނު ހައިރާންކަން ފެނިފައި ޖޫންއަށް އަތަށް ބަލައިލެވުނެވެ.

“ކަލޭވެސް؟… އޭނަވެސް ބެލީ މިއަށް. އޭނަ ބެލި ގޮތުން މަގޭ ހިތް ބުނަނީ އޭނަ އަދި އަންނާނެއޭ. ކީއްވެތަ…”

“ތީ… ކާކުގެ އެއްޗެއް؟” ޖޫންގެ އަތުގެ މުލައްދަނޑީގައި ހިފައި ހިއްލައިލަމުން ޝައިހާން އެއްސެވެ. ޝައިހާން އަތުގައި ހިފުމުން ޖޫންއަށް އުނދަގޫވިއެވެ. “މީ ކާކުގެ އެއްޗެއްހޭ؟” ޝައިހާން ތަކުރާރުކޮށްލިއެވެ.

“މީ މަގޭ މަންމަގެ ހަނދާނެއް.” ޖޫން ނިންމީ ރުޅި މަޑުކޮށްފައި ތެދު ބުނަންށެވެ. އޭގެ ސަބަބުން އޭނާއަށް މި ކަންތައްގަނޑުގެ ހަގީގަތާއި ގާތް ވެވޭނެކަމަށް ހީވެގެންނެވެ.

“ތީ ނަައުރާގެ އެއްޗެއް.” ޝައިހާން ބުންޏެވެ.

“އެއްވައްތަރު ކެވެލި ހުންނާނެއެންނު.” ހިތް ނުތަނަވަސް ވީ ވަރުން ޒާތަކަށް ހެވިފައި ޖޫން އަންގައިލިއެވެ.

“މިއާ އެއްވައްތަރު އެހެން އެއްޗެއް ނޯންނާނެ. މީ އޭނަ… ރަމީޒް އަމިއްލަ އަތުން ހަދާފަ ނައުރާއަށް ދިން އެއްޗެއް. މި ލޮކެޓުތެރޭ އިންނާނެ ނައުރާގެ ނަން ޖަހާފަ. ކޮބާ ތަޅުދަނޑި؟” ޝައިހާން އެއްސެވެ.

“ތަޅުދަނޑިއޭ؟ ކީކޭ ތި ކިޔަނީ؟ އަތުން ދޫކުރަން ވެއްޖެއެންނު.” ޖޫން އަތް ދަމައިގަތެވެ.

“ތީގަ ތީނަ ހިތަކީ ލޮކެޓެއްހެން ހުޅުވޭ އެއްޗެއް. މީނަ ލޯވަޅަށް ލެއްވޭ ވަރުގެ ޕިނެއްހެން އިންނަ ތަޅުދަނޑިއެއް އިންނާނެ. އޭގެން މި ހުޅުވާނީ.” ޝައިހާން ކިޔައިދިނެވެ. ޖޫންއަށް އެ ހިތުގެ އަރިމަތީގައި ލޯވަޅެއް އިންނަކަން މާ ކުރިންވެސް ފާހަގަވިއެވެ. ހުޅުވޭނެކަމަށް ބުރުގާގައި ޖަހާ ޕިނަކުން ހުޅުވަން މަސައްކަތްވެސް ކޮށްފައިވެއެވެ. ނާކާމިޔާބު ވުމުން އެއީ ހުޅުވޭ އެއްޗެއް ނޫންކަމަށް އޭނާ ނިންމީއެވެ.

“މީ މަންމަ ނިޔާވުމުގެ ކުރިން އަހަރެން އަތުގަ އަޅުވައިދިން އެއްޗެއް. ތަޅުދަނޑިއެއް ނުދޭ. މަންމަގެ އެއްޗެއްސަކުވެސް ނެތް ތިކިޔާ ކަހަލަ އެއްޗެއް.” އޭނާގެ ކެވެއްޔާއި ބެހޭ ގޮތުން ސިއްރުތަކެއް އެނގޭ ޝައިހާންއަށް ކުޑަ މިންވަރަކަށް ނަމަވެސް އިތުބާރު ކުރަން ޖޫން ނިންމިއެވެ.

“ތި މަންމަ މަރުނުވެ ހުރިނަމަތާ އެހޭނީވެސް….” ޝައިހާންގެ ހިތަށް އެރި އެތި ދުލަށް ނުގެނެވުނުކަން ނަސީބެކެވެ. ޖޫން ހިތުގައި ޖެހޭނެއެވެ. ރުޅިވެސް އަންނާނެއެވެ. އެއީ ޝައިހާންއަށް މި ހާލަތުގައި ފަސޭހައެއްވާނެ ގޮތަކަށް ނުވާނެއެވެ. މި ކެވެލީގެ ހަގީގަތް ހޯދުމަށްޓަކައި ޖޫން ގާތުގައި ބެހެއްޓުން އޭނާއަށް މުހިއްމުވިއެވެ. އެއްވެސް އާއިލާއެއް ނެތް ނައުރާގެ އެއްޗެއް ޖޫންގެ މަންމަ އަތަށް ފޯރާނީ ކިހިނެތް ހެއްޔެވެ؟ ރަމީޒް ޖޫން ދުލެއް ނުކުރާނެއެވެ. ޖޫންގެ މަންމަ ކުށެއް ކުރި ކަމެއް، ނުކުރާކަމެއް ޝައިހާންއަކަށް ނޭންގެއެވެ. އިނގޭހާވެސް އެއްޗަކީ ރަމީޒަކީ މީހަކަށް ކުރާ ނަފްރަތުގައި އެ މީހެއްގެ މުޅި އާއިލާވެސް ކުދިކުދިކޮށްލަން ފަސްނުޖެހޭނެ މީހެއްކަމެވެ. ޖޫން ބުނިހެން އަލުން އޭނާ ހޯދަން ރަމީޒް އަންނާނެކަން ޔަގީނެވެ.

“ތި ކެވެލި ކަލޭ މަންމަ އަތަށް އެރި ގޮތެއް ނޭންގެ. އެކަމަކު ތި ބުނިހެން ރަމީޒް އަންނާނެ ކަލޭ ހޯދަން… އޭނަ އަންނާނެ.” ދުރަށް ބަލަހައްޓައިގެން ހުރެ ޝައިހާން ތަކުރާރުކޮށްލި ގޮތުން ޖޫންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާނިތަކެއް އުފެދިގެންދިޔައެވެ.

“އަހަރެން ބޭނުންވަނީ ކަލޭ މަންމައަށް ތި ކެވެލި ލިބުނު ގޮތެއް ހޯދަން. ކަލެއަށް މި ވަގުތު އެންމެ ބޭނުންވަނީ ރަމީޒްގެ ކިބައިން ރައްކާތެރިކަން. އަހަރުމެން ދެ މީހުންގެ ބޭނުން ފުރިހަމަކުރުމަށްޓަަކައި އަހަރެން ކަލޭގެ ހަށިފާރަވެރިޔާއަށް ވިޔަސް އެންމެ ރަނގަޅުތަ؟” ޝައިހާން ހުށަހަޅައިލިއެވެ.

 

-ނުނިމޭ-

 

 

 

 

 

Share Article

Follow Me Written By

writable pen

Level 1

Other Articles

Previous

ނޭދެން ވަކިވާކަށް (8)

Next

ކެތްކުރާނަން އުންމީދުގާ

Next
February 5, 2020

ކެތްކުރާނަން އުންމީދުގާ

Previews
February 5, 2020

ނޭދެން ވަކިވާކަށް (8)

12 Comments!

  1. writable pen says:
    February 5, 2020 at 4:05 pm

    buni gadi ah vure thankolheh las vee dhw ? hope u dont mind. mi faharu thankolheh dhigukollee kuree prt ah vure. mi baives kamudhaane kamah unmeedhu kuran.

  2. ކަލާ123 says:
    February 5, 2020 at 8:21 pm

    !ވަރަށް ޝައުގުވެރި. މަންޒަރާއި މީހުން ލޯމަތީ ތަމްސީލުވާ ކަހަލަ

    1. writable pen says:
      February 5, 2020 at 9:22 pm

      varah bodah shukuriyya. thee alhugandu vaahaka liyaa iru magusadhakah hadhaa kanthah. kiyuntherin ge loa machah sifavaa kahala vaahaka eh liyun. kaamiyaabu veethee varah ufaa vejje.

  3. writable pen says:
    February 5, 2020 at 9:40 pm

    3rd prt saturday ga up kodheveytho balaanan ingey

  4. ??????? says:
    February 5, 2020 at 10:30 pm

    Hashifaara veriyaa aky kobaa???Maana bune dhy bala plx

    1. writable pen says:
      February 5, 2020 at 10:44 pm

      body guard

  5. MINARJ THIKI says:
    February 6, 2020 at 6:34 pm

    WAAAAAAAUUU SO NICE ❤❤ VERY BOOOOOTEYYFUL THE BEST ONE OF U YET ??

    1. writable pen says:
      February 6, 2020 at 9:28 pm

      thanx hun ?

  6. Kim taehyung/v/tae tae says:
    February 7, 2020 at 10:33 am

    Are u a fan of kim myung soo… his pic laafa ineema …btw story is very interesting and looking forward for the next part…..i purple u…?????????

    1. writable pen says:
      February 7, 2020 at 11:18 am

      i havent heard his songs but ive seen two k-series he stars in n i think he looks cute, cant say im a fan cause idk him enough. im really looking 4ward to the new series called welcome that hes in ? thank u for the nice comment im writing the nxt prt nw n will upload soon

  7. mives meeheh says:
    February 7, 2020 at 9:12 pm

    vrh reethi ibaaraai kurun…
    vaahakaige suspense genna goi vx reethi…
    thidhaairaain rangalhu musthaqbalakah edhen..

    1. writable pen says:
      February 7, 2020 at 10:57 pm

      varah bodah shukuriyya

Comments are closed.



All Right Reserved!