Hey guys! Alhugandu ge furathama vaahaka “Yaazaa” ah Gina baehge loabi libunukan alhugandu faahaga kuran. Adhi thibeyfulhun dhevva feedback ah alhugandu vrh shukuruveri van. Eii alhugandu ge vaahaka improve kuran libey vrh bodu furusatheh kamugai vumun. I know vrh Gina dhuvas vejje kan update eh nulibeythaa. Ekamaku alhugandu ge busy schedule ge sababun alhugandah alhugandu […]
*މެންދުރުގެ ކުރިން ގެއިން ނުކުންނާން ބުނެފައިވުމުން ގޭތެރެ ރީތިކޮށް ނިންމާފައި ޔާޒާގެ އެކަހެރި ކޮޓަރިއަށް ދިޔައެވެ. ބޮޑުދައިތަ ވަކި ވުމަށްފަހު ޔާޒާއަށް ގެއިން ބޭރަށް ދިއުމުގެ ފުރުސަތު ލިބުނު ފުރަތަމަ ދުވަސް ކަމުން އޭނާ ހުރީ ވަރަށް އުފަލުން ނެވެ. ރީތިވެލައިގެން ޔާޒާ ނުކުތް ތަނާ… * ކަޅުކުލައިގެ ކާރެއް ގޭޓުން ވަންނަނީއެވެ. ފިލަން އުޅުނު ކަމުގައި ވިޔަސް ކާރު ގައި ތިބި މީހުންނަށް ޔާޒާ ފެންނާނެ ކަން ޔަގީނެވެ. “އަމިއްލަ ކަށްވަޅަށް ފުންމައިލެވުނީ މި” ޔާޒާ […]
*ގެއަށް ވައިން އިރު މީހެއްގެ ހިލަމެއް ނުވުމުން ޔާޒާ ފުން ނޭވާއެއް ދޫކޮށްލި އެވެ. ފަހަރެއްގައި ނަސީބު ޔާޒާގެ ކޮޅަށް އެރީބާއެވެ؟ ލަސްނުކޮށް ޔާޒާ ބަދިގެއަށް ވަދެ މަސައްކަތް ފެށި އެވެ. “ޔާޒާ!”* ޔާޒާގެ ހަށިގަނޑު މުޅިން ފިނިވިއެވެ. އަދި ހަރަކާތް ހުއްޓި އޭނާ ގަނޑުވިއެވެ. “މިއަދު އިރުނޭރީ؟ ސަހާދެއް، މީނާ އަހަރެމެން ބަނޑަށް މަރާނެ. އެއީ ވިއްޔާ ނުވެފައި އޮތް ކަމަކީ! އުފަން މަންމަ މެރިމީހަކު އަހަރުމެން ނަށް އެހާލު ޖައްސާން ފަސް ޖެހޭނެތަ؟” […]
އިރު އޭގެ ވާޖިބު އަދާކުރުމަށް ފަހު ހަނދަށް ތަންދެމުން ދިޔަ ވަގުތެވެ. ފަތިހުގެ ތެތްފިނިކަން ފަޒާތެރޭގައި އަދިވެސް ހިފާ ލައިފައި ހުރިއެވެ. މި ހިތްގައިމު ވަގުތު ކޮޅުގައި ނިދާ ދާނުގެ އަރާމު ކަމުން ވަކިވެގެން ދާން ބޭނުންވާނީ ވަކި ކާކުތޯއެވެ؟ ނާމަވެސް މިއީ ކޮންމެ ކޮންމެ މީހެއްގެ ނަސީބުގައިވާ ކަމެއް ނޫނެވެ. ކުޑައިރު މުސްކުޅިން ބުނެ އުޅޭ ފަދައިން ނަސީބަކީ ކަތީބު ދޭ އެއްޗެއް ނޫނެވެ. އަދި ހިލޭ ލިބޭ އެއްޗެއް ވެސް ނުމެނޫނެވެ. އެއީ އަގެއްގެ […]