Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާލޯބި

ބްލެކް އެންޑް ވައިޓް

Smoke gurl Level 1
April 26, 2021 2 Mins Read
0 Comments

ފަތިހުގެ ފިނި ވަގުތެވެ. އީކަން އޮތީ އޭނާގެ ކިންގް ސައިޒު އެނދުގައި އަރާމުކޮށް ނިދާލާފައެވެ. އޭނާގެ ކޮޓަރީގައި ހަރުކޮށްފައި ހުރި އޭސީގެ ފިނި މުޅި ތަނުގައި ހިފާފައި ހުރި އިރު އޭނާގެ ގައިގައި އަޅައިގެން އޮތް ރަޖާގަނޑު އޮތީ ބިންމަތީގައެވެ. އޭނާ ވެއްޓި ނުވެއްޓި ހިސާބު ގައި އޮތް އިރު، މީހަކު ކުއްލިއަކަށް ދޮރުގައި ތަޅާގަތުމުން ބަން ކިޔާފަ ވެއްޓުނެވެ. ވެއްޓުނު ކަމެއް ނޭނގި އޭނާ ހުރީ ކޮޅަށެވެ. އަދި ބޯ ކަހަމުން މަޑުމަޑުން ދޮރާ ދިމާލަށް ދިޔައެވެ. ދޮރުު ހުޅުވައިލައިރަށްް މީހަކު ކޮޓަރިތެރެއައް ދެމިގަތެވެ.

އީކަން އެނބުރިފައި އެ މީހާއާދިމާއައް ބަލާލީ ސުވާލުން ފުރިފައިވާ ނަޒަރަކުންނެވެ. އޭރު އެ މީހާ ގޮތް ހުސްވެފައި ހުރި މީހެއް ފަދައިން ކޮޓަރިތެރޭ ދެކޮޅައް ހިނގަމުން ދިޔައެވެ. އީކަން އޭނާ ގާތު ގައި ކީތް ވީހޭ އެހުމުން ހާސްވެފައި އޭނާ އާ ދިމާއައްބަލާލިއެވެ. އޭނާގެ މޫނުމަތިން ފެނުނު ކުލަވަރުން އީކަންގެ ހިތަށް ނޭނގޭ ބިރުވެރި ކަމެއް ވަނެވެ. ދެންވެސް އޭނާ އަނގައިކުން ބުނާކަށް ނޫޅުނެވެ. އޭނާގެ މި އަމަލުން އީކަން ގާތައް ރުޅި އަންނަ ގޮތް ވިއެވެ. މިހެންކަމުން އީކަން އެދިޔަ ބާރުމިނުގައި ދިޔަ ގޮތައް ގޮސް އޭނާގެ ދެ ކޮނޑުގައި ހިފައި ތަޅުވައި ގަތެވެ.

ދެން އޭނާ އަނގައިން އެއްޗެކޭ ބުނަން ހިތައް އެރުވިއެވެ. ”އީކަން! ހެޔޮނުވާނެ ނިކަން އެ ހުރިހާ އެތިކޮޅު އެ މީހުންނައް ދީބަލަ؟ މިހާރު އެ މީހުން އެ ތިބީ އެއްކަލަ ތާނގަ! މި ފަހަރު އަހަރުންނައް ބޮޑު ޑޭންޖަރެ އަޅާނެ. މި ފަހަރު އަހަރުން އެ އެތިކޮޅު ނުދީފިއްޔާ……”. މިހާ ހިސާބައް އޭނާ އެހެން ބުނެލިތަނާ އީކަން ހަޅޭއް ލަވައި ގަތެވެ. ” ޒަކޭ! ކިހިނެއް ނުވެގެންތަ ތި އުޅެނީ؟ އެ އެތިކޮޅު ދީފިއްޔާ އެ ބޭކާރު ކޮށްލެވޭނީ ކިތައް ރުފިޔާކަން އަނދާޒާ ކޮށް ލެވޭތަ؟ދެން ހިތައް އަރުވަބެ ރުކޭ ގާތައް އަންނާނެ ރުޅި؟ ކައެ ދުނިޔެއިން މޮޔަ ވީތަ؟” މިހެން ކިޔާ އީކަން ހަޅޭއް ލަވައިގަތުމުން ޒަކުވާން ސިއްސައިގެން ދިޔައެވެ.”ކައެ ދޭބައެ ރުކޭ ގާތައް! ގޮއްސަ މަޑު ކުރޭ. މައި ދަނީ އިރުކޮޅަކުން”. އީކަން މިހެން ބުނާއިރައް ވަގުތުން ޒަކުވާން ދިޔައެވެ.

ޒަކުވާން ދިޔުމުން އީކަން އަވަސް އަރުވާލާފަ ފާހާނައައް ވަދެފަ ފެންވަރައި ތާޒާވެލައިގެން ކަޅު ކުލައިގެ ޖީންސް އަކާއި ޓީޝާޓެއް ލައިފައި އޭގެ މަތިން ކަޅު ކުލައިގެ ޖެކެޓެއް ލައިގެން ހިތަ ހަމަ ޖެހޭ ވަރަށް ގަޔައް ބޮޑީސްޕްރޭ ބުރުވާލައިގެން، ގެއިން ބޭރައް ނުކުތެވެ. އީކަން ގަރާޖުގައި އިން ކަޅު ސައިކަލު ހިފައިގެން ނުކުމެ އަވަހައް ދުއްވައިލިއެވެ. އީކަން ސައިކަލު ގައި ދިޔައިރުގައި ފަހަތުން ބަޔަކު އަންނަހެން ހީވެގެން ސައިކަލުގެ ސްޕީޑް މަޑުކޮށްލިއެވެ. މަޑުކޮށްލާފައި ކުއްލިއަކަށް އަނެއްކޮޅައް އަނބުރާލާފައި އެހެން މަގަކުން ދާން ހަމަޖެހިފައިވާ ގެއާއި ދިމާއައް މިސްރާބުޖެހިއެވެ. ނަސީބަކުން ދެން އެ މީހުންގެ ހިލަމެއް ނުވިއެވެ.

އެގެއާއި ހަމައައް ދެވުނު އިރުގައި ރުކާން ހުރީ ރަތުގައެވެ. އީކަން ވަނުމުން އީކަން ގާތުގައި އިތުރައް ރުފިޔާ ހޯއްދޭނެ ހަމަ ގޮތެއް ވެސް އޮތްތޯއެހުމުން އީކަން ހާސް ކަމާއިއެކު ބޯ ހޫރު ވައިލި އެވެ. މިހެން އެންމެން ބޯގާނަން ތިއްބައި ކުއްލިއަކަށް ރުކާން ގެ ފޯނައް މީހަކު ގުޅި އެވެ. ރުކާން އިރުކޮޅަކަށް ފޯނުގެ ސްކްރީން އައް ބަލަހައްޓައިގެން ހުރެފައި ފޯނު ނަގައި ހަލޯ އޭ ބުނެލި އެވެ. އެކޮޅުން ވާހަކަ ދެއްކި މީހާގެ އަޑު އިވުމުގެ ސަބަބުން ރުކާން ސިހިގެން ދިޔައެވެ…………..

*************************************************************************                                                                                                                                     މިއީ އަޅުގަނޑު މި ސައިޓައް ލާ ފުރަތަމަ ސިލްސިލާ ވާހަކަ ކަމުން ކުށް ތައް ހުރުން އެކަށީގެން ވޭ. މިހެންވީމަ އަޅުގަނޑައް ކުށްތައް ފާހަގަ ކޮށލައި ދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. ވާހަކަ ކުރުވީމަ އެކަމައް މާފު ކޮށްލައްވާ. ދެން އަންނަ ބައެއް ގައި ދިގު ކޮށް ގެނެސް ދެވޭތޯ ބަލާނަން. ޝުކުރިއްޔާ!???

Share Article

Follow Me Written By

Smoke gurl

Level 1

Other Articles

Previous

އެ ގޭތެރެއިން – 2

Next

އަބަދުވެސް…12

Next
April 26, 2021

އަބަދުވެސް…12

Previews
April 25, 2021

އެ ގޭތެރެއިން – 2



All Right Reserved!