ލޯބި 1 ވަނަ ބައި
މިއީ އަތޮޅުތެރޭގެ ރަށަކަށް އަހަރެން ކުރި ފުރަތަމަ ދަތުރެވެ. މީގެކުރިން “ރާއްޖެތެރެއޭ” ބުނުމުން އަހަންނަށް ސިފަކުރެވުނީ ބާވެ ހަސްނެތިފައިވާ ޖިފުޓިތަކާއި، ނާތަހުޒީބު އަވަށްގަނޑެކެވެ. އެކަމަކު އެއީ މުޅިން ކުށްހީއެކެވެ. އަހަރެންގެ މަންމަގެ އުފަން ރަށަކީ މާބޮޑު ތަކުލީފަކާނުލައި، ހިތްހަމަޖެހިގެން ދިރިއުޅެވިދާނެ ރަށެކެވެ. އަތޮޅު ހޮސްޕިޓަލް ހުންނަނީ މި ރަށުގައެވެ. ފެންވަރު ރަނގަޅު ޑޮކުޓަރުން ތިބެއެވެ. އެންމެ ފަހުގެ ވަސީލަތްތަކުގެ އެހީގައި ކިޔަވައިދޭ، ޖާގަ ތަނަވަސް ސްކޫލެއް ހުރެއެވެ. ރަށުގެ ގެތަކާއި މަގުތަކަށް ބެލިޔަސް ތަރައްޤީގެ ކުލަވަރު ވަރަށް ރަނގަޅަށް ފެނެއެވެ. މީހުން އަޅައިއުޅޭ ހެދުމުގައި ވެސް މާލޭގައި ދިރިއުޅޭ މީހުންނާ މާ ބޮޑު ތަފާތެއް ނެތެވެ. ޒުވާން އަންހެން ކުދިން ތިބެނީ ގަޔަށް ބާރު ޓޮޕާއި ޖިންސް ލައިގެން، ބޮލުގައި ޝޯލް އޮޅައިގެންނެވެ. މެދުއުމުރުގެ މީހެއް ނަމަ ކުލަކުލައިގެ ގަޔަށް ދޫ ހެދުމާއެކު އެކި ޑިޒައިންތަކުގެ ބުރުގާ އަޅައިގެންނެވެ. ވާހަކަދައްކައި އުޅެނީ މާލޭ ބަހުރުވައިންނެވެ. ރަށަށް ހާއްސަ ވަކި ބަހުރުވައެއް ނުވަތަ ރާގެއް ނޯވެއެވެ.
އަހަންނަށް އާދެވުނީ އަޟްހާ ޢީދު ބަންދުގައި ކަމުން ރަށުތެރެ ވަނީ ވަރަށް ބޮޑަށް ހަބޮލިވެފައެވެ. މަގުތަކާއި ގޯޅިތަކުގައި ޒުވާނުންނާއި، ކުދިބޮޑު އެންމެން އެމީހަކަށް ނެގުނު ފޯރިއެއް ނަގަމުން ގެންދިޔައެވެ. އަހަންނަށް އެންމެ ފާހަގަކުރެވުނު، އެންމެ ހާއްސަ އެއް ކަމަކަށްވީ ޢީދު ނަމާދަށްފަހު އޮތް ޢީދު ސައެވެ. ރަށުގެ ފުޓްބޯޅަ ދަނޑުގައި، ރަށުރައްޔިތުންނަށް ސައި ތައްޔާރުކޮށްފައިވާ ގޮތަކީ މުޅި ރާއްޖެއަށް ލާމަސީލު ނަމޫނާއަކަށް ވާނެ ކަން ޔަގީނެވެ. އަހަންނަށް އެކަމުން ދޭހަވީ މިއީ އެކުވެރި، އެއްބައިވަންތަ ބަޔަކު ދިރިއުޅޭ ރަށެއްކަމެކެވެ. އަހަންނަކީ މިރަށަށް ބީރައްޓެއްސެއް ނަމަވެސް އަހަރެން ފެނުމުން ހީނނުލާ މީހަކާ ދިމައެއް ނުވެއެވެ.
ވަޅުޢީދު ދުވަހު ހަވީރު އޮތް ބަށިމެޗު ބަލަން ދިޔުމަށް އަހަރެން ތައްޔާރުވީމެވެ. ރަތް ވެލިފޮތިން ޖަރީކުރެވިފައިވާ ހުދުކުލައިގެ ޕާކިސްތާނު ހެދުމަކާއެކު ރަތް ހަރުވާޅެއްލައި، ރަތް ދޯޕައްޓާއެއް އެޅީމެވެ. އަދި އެއްވެސް ހިފެހެއްޓުމެއްނެތި އިސްތަށިގަނޑު ފުރަގަހަށް ދޫކޮށްލީމެވެ. އަހަރެން ތައްޔާރުވެގެން ނުކުތުމުން ލައިޝާ އާއި ނަތާ ފާޑަކަށް އަނގަ ހަދައިގެން އަހަންނާ ދިމާއަށް ބަލަން ތިބެފައި ހޭންފެށިއެވެ. އެއީ މަލާމާތުގެ ހުނުމެކެވެ.
“ކޯންޗެއް ލައިގެން ތިނުކުތީ؟” ދިމާކުރާ ކަހަލަ ރާގަކަށް ލައިޝާ ބުންޏެވެ.
“މީ މަގޭ ފޭވަރިޓޭ. ހިނގާ ދާން!” އަހަންނަށް އަބަދު ވެސް ޕާކިސްތާނު ހެދުން ރީއްޗެވެ. އެކަމަކު އެއީ ދިވެހިންގެ ތެރޭގައި މިހާރުގެ ފެޝަނެއް ނޫނެވެ. އެހެންވެ މާލޭގައި ލާން ނުކެރިގެން ބެހެއްޓި ހެދުންތައް ލުމަށް ރަނގަޅު ފުރުސަތެއް ލިބުނީ ކަމަށް އަހަންނަށް ގަބޫލުކުރެވުނެވެ.
އަހަރެން ހީކުރި ވަރަށް ވުރެ މާގިނަ މީހުން ބަށިމެޗް ބަލަން ދިޔައެވެ. އެއީ ކައިރި ރަށެއްގެ ޓީމަކާއެކު ކުޅެވުނު މެޗަކަށް ވީތީ އެ ރަށުން ވެސް ވަރަށް ގިނަ ސަޕޯޓަރުން އައިސް އުޅެއެވެ. މެޗަށް ވުރެ ބޮޑަށް އަހަންނަށް ސަމާލުކަން ދެވުނީ އަހަރެންގެ ވަށައިގެން ހިނގަމުންދިޔަ ކަންތައްތަކަށެވެ. ސަޕޯޓަރުންގެ ހަރަކާތްތަކަށެވެ. އެމީހުން ނަގަމުންދިޔަ ފޯރި ފެނިފައި އަހަންނަށް ހުރެވުނީ އާޝޯޚުވެފައެވެ. ހަޤީގީ އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އަޚުވަންތަކަން މި ފެންނަނީ ރަށްރަށުންނޭ ހިތަށް އެރިއެވެ.
އެކި މީހުންގެ ހަރަކާތްތަކަށް ނަޒަރުހިންގަމުން ދިޔައިރު ވަކި ހިސާބަކުން އަހަންނަށް ކަޅިހުއްޓާލަން މަޖުބޫރުވިއެވެ. މަޑުނޫކުލައިގެ ގަމީހެއް ލައިގެން ހުރި ޒުވާނަކު އަހަންނާ ދިމާއަށް ބަލަން ހުރިހެން ހީވިއެވެ. ނަމަވެސް އެއީ ހީއެއް ކަމަށް ނިންމައި އަހަރެން އެހެން ދިމާއަކަށް ބަލައިލީމެވެ. އެކަމަކު އެއީ ކުޑަ ހިނދުކޮޅަކަށެވެ. ބޭއިޚުތިޔާރުގައި އަހަންނަށް އަނެއްކާ ވެސް އެޒުވާނާ އަށް ބަލައިލެވުނެވެ. މިފަހަރު އޭނާ އާއި އޭނާ ކައިރީގައި ހުރި އެހެން ޒުވާނަކާ ދެމީހުން އަހަންނާ ދިމާއަށް ބަލަމުން ހީނހީފައި ވާހަކަތަކެއް ދައްކަނީއެވެ. އަހަރެން ބަލާލުމުން ވަރަށް ނޫންކަމަށް ހެދިފައި ދެމީހުން މެޗު ބަލަން ތިބިކަމަށް ހެދުނެވެ. އެމީހުންގެ އެ ހަރަކާތުން އެމީހުން ބަލަން ތިބީ އަހަންނާ ދިމާއަށް ކަން ޔަގީން ކުރެވުނެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟ އަނެއްކާ އަހަރެން ލައިގެން ހުރި ހެދުމަށް މަލާމާތް ކުރަނީ ހެއްޔެވެ؟ އެހެން ވެއްޖެނަމަ ހާދަ ދެރައެވެ. ނޫނެކެވެ. އަހަރެން ދެރަވާންވީ ކީއްވެ ހެއްޔެވެ؟ މިއީ މީހަކަށް ރީތިވެގެން ލީހެދުމެއް ނޫނެވެ. ޚުދު އަހަންނަށް ކަމުދާތީ، އަހަންނަށް ރީތިވެގެން ލީހެދުމެކެވެ.
އެކަހަލަ ހިޔާލުތަކެއްގައި ހުއްޓައި އަނެއްކާ ވެސް ނޫ ގަމީސް ލައިގެން ހުރި ޒުވާނާ އަހަންނާ ދިމާއަށް ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވީ ވަގުތު އޭނާ ހިނިތުންވިއެވެ. އެކަމަކު ބަދަލުގައި ހީނލާކަށް އަހަންނަކަށް ނޭނގުނެވެ. އެއްވެސް އިހުސާސެއް ނުވާ ބެލުމަކުން އެ މޫނަށް ބަލަން ހުރެވުނީއެވެ.
މެޗު ނިމުނުއިރު މޮޅުވީ ކޮން ޓީމެއް ކަމެއް އަހަންނަކަށް ނޭނގުނެވެ. އެ ޒުވާނާއަށް ވެސް ނޭނގޭނެ ކަން ޔަގީނެވެ. އޭނާގެ ޝައުޤުވެރިކަން ހުރީ ކުޅިވަރަކަށް ނޫނެވެ. އަހަރެންގެ މޫނަށެވެ. އަހަންނަށް ވެސް ސިއްރުންނާއި ފާޅުގައި ބެލުނީ އޭނާގެ ހަރަކާތްތަކަށެވެ. ގޯސް ނިޔަތެއް އޮވެގެންނެއް ނޫނެވެ. އޭނާ އެވަރަށް އެބަލަނީ ކީއްވެތޯ ބެލުމުގެ މަޤުޞަދުގައެވެ. އަހަންނަކީ ތަނަކުން ފިރިހެނަކު ފެންނަ އިރަށް އަޅައިގަންނަ ނުވަތަ މޮޔަވާ ޒާތުގެ މީހެއް ނޫނެވެ. އެހެން އުޅެންވީ ކީއްކުރަން ހެއްޔެވެ؟ މިއުޅެނީ ރައްޓެހިވާނެ ނުވަތަ އިންނާނެ މީހަކު ހޯދަންވެގެންނެއް ނޫނެވެ.
“ބީޗްގަ ހިނގާލާފަ ދޯ ގެއަށް ދާނީ” މެޗު ނިމުނުން ނަތާ ބުންޏެވެ. އެ ދެމީހުން މިސްރާބުޖެހީ އަތިރިމައްޗާ ދިމާއަށެވެ. އަހަރެން ވެސް އެމީހުންނާ އެކުގައި ހިނގައިގަތީމެވެ.
“އޭ ކޮންބައެއްތަ. . . ؟” ކުރަން އުޅުނު ސުވާލު އަހަރެން މެދުކަނޑާލީމެވެ. މޮޅުވީ ކޮންބައެއްހޭ އަހައިފިނަމަ އެ ދެމީހުން ދިމާކުރާނެ ވަރު ހިތަށް އެރުމުންނެވެ. އެހެންވެ ވާހަކަ ބަދަލުކޮށްލީމެވެ. “މި ރަށުގަ ފިރިހެނުން ވެސް ބަށި ކުޅޭތަން ބަލަން އާދޭތަ؟” ބަށްޓަކީ އަހަންހެނުން ކުޅޭ ކުޅިވަރަކަށް ވުމުން އަހަންނަށް ހީކުރެވިފައި އޮތީ ކުޅޭތަން ބަލަން އަންނާނީ ވެސް އަންހެނުން ކަމުގައެވެ.
“ވަރަށް ނާންނާނެ! މިއަދު މިއީ ހާއްސަ މެޗެއްނު؟ އަދި އެހެން ރަށެއްގެ ޓީމަކާއެކު އެ ކުޅުނީ ވެސް. އެހެންވީމަ ވަރަށް ސަޕޯޓްދޭން ޖެހޭނެ އެއްނު؟” ނަތާ ބުންޏެވެ.
“އަންހެނުންނާ ފިރުހެނުން އައިސް އެވަރަށް ސަޕޯޓްކުރީމަ މިރަށް މޮޅުވީ ވެސް. . ” ނަަަތާ ދެއްކި ވާހަކައަށް ލައިޝާ އެއްޗެއް އިތުރުކޮށްލިއެވެ. މޮޅުވީ ކޮންބައެއްކަން އަހަންނަށް އެނގުނީ އެ ހިސާބުންނެވެ.
އަހަރެމެންނަށް ގޮނޑުދޮށަށް ދެވުނުއިރު އެހިސާބުގައި ވަނީ ހިމޭންކަމެވެ. އެއީ ރަށުގެ ހުޅަނގު ފަރާތް ކަމުން އޮއްސެންދިޔަ އިރާއި، ރަތާއި އޮރެންޖް ކުލަ ޖެހިފައިވާ ވިލާތައް ވަރަށް ރީތިކޮށް ފެނެއެވެ. މަޑުމަޑުން ޖެހެމުންދިޔަ ރޯޅިތަކާއި، ގޮނޑުދޮށަށް ޖަހަމުންދިޔަ ރާޅުތަކުގެ އަޑުން އަހަރެންގެ ހިތަށް ބަޔާންކުރަން ދަތި އުފާވެރިކަމެއް ވެރިވެގެން ދިޔައެވެ. އެއީ މީގެކުރިން ފިލްމަކުން ނޫނީ ނުދެކޭ މަންޒަރެކެވެ. ތަޖުރިބާކޮށްލަން ނުލިބޭ އުފަލެކެވެ. ހާދަ ހިތްގައިމެވެ. ހާދަ ހިތް އުފާވެއެވެ. އަރައިގެން ހުރި ފައިވާން ބޭލުމަށްފަހު، ހިމުން ދޮންވެލިގަނޑުގައި މަޑުމަޑުން ހިނގާފައި ގޮސް ރާޅުފެންފަށުގައި ހުއްޓުނީމެވެ. އަހަރެންގެ ހިތަށް އެރިއެވެ. ދިވެހި ރާއްޖެއަކީ މި ދުނިޔެމަތީގެ ސުވަރުގެއޭ ފަތުރުވެރިން ބުނަނީ މިހެން ވެގެންތާއެވެ. އެއީ ތެދެކެވެ. އެކަން އިހުސާސް މި ކުރެވެނީ މާލޭގެ ހަލަބޮލި މާހައުލުން ދުރުވެ، ރަށްފުށުގެ އަޖުމަ ބަލައިލެވުމުންނެވެ.
މާލެއަށް ވުރެ މިރަށް ގޯހީ ކޮންގޮތަކުން ހެއްޔެވެ؟ ރަނގަޅީ ކޮން ގޮތަކުން ހެއްޔެވެ؟ ޔަގީނުން ވެސް ޗުއްޓީ ހޭދަކޮށްލަން މިފަދަ ދެވަނައެއް ނުވާނެއެވެ. ދެން އޮތީ ދިރިއުޅެން ކަމުދޭތޯ ބެލުމެވެ. މި ޤައުމުގައި މާލެ ނޫން ތަނެއް ދިރިއުޅެން ކަމުދާނެ ހެއްޔެވެ؟ މާލޭގައި ދިރިއުޅުމުގެ އަގު އަތްނުފޯރާ ހިސާބަށް ގޮސްފައިވާއިރު ވެސް ރަށްރަށު މީހުން މާލެ އަށް ބަދަލުވަނީ ކީއްވެ ހެއްޔެވެ؟ ހުރިހާ ޚިދުމަތްތަކެއް ލިބެނީ މާލެއިންނެވެ. ދަރިންނަށް ކިޔަވައިދީ، ބޭސްފަރުވާ ކޮށްދެވޭނީ މާލެގައި އުޅެގެންނެވެ. އެވަގުތު އަހަރެންގެ ސިކުނޑީގެ އެއްކަނަކުން ގޮވާލިއެވެ. ނޫނެކެވެ. މާލެއަށް ދިރިއުޅެން ބަދަލު ވަނީ މިކަހަލަ ރަށްރަށުގެ ރަށްވެހިންނެއް ނޫނެވެ. އެއީ މާބޮޑަށް އާބާދީ މަދު، ނާތަހުޒީބު ރަށްރަށުގެ އަހުލުވެރިންނެވެ. އަހަންނަށް އެނގިފައިވާ ގޮތުގައި މިރަށުގައި މާލެއަށް ބަދަލުވެގެން އުޅެނީ ވަރަށް މަދު އާއިލާއެކެވެ. ތަޢުލީމީ ޒުވާނުން ދިރިއުޅެނީ ރަށުގައެވެ. ސަރުކާރުން ވެސް ރަށުގެ ތަރައްޤީއަށްޓަކައި ގިނަގުނަ ހޭދަތައް ކުރެއެވެ. ފާއިތުވެގެން ދިޔަ އަހަރު ވެސް ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމްކޮށްދީފިއެވެ. މިރަށުން ކިޔަވާ ދަރިވަރުން ޤައުމީ އަދި ދުނިޔޭގެ ފެންވަރުގެ ކާމިޔާބީތައް ކޮންމެ އަހަރަކު ވެސް ހޯދައެވެ. ސްޕީޑް ލޯންޗެއް ފަނަރަ މިނެޓުން ދެވޭ ހިސާބުގައި އިންޓަނޭޝަނަލް އެއަރޕޯޓެއް އޮވެއެވެ. ޕޮއިންޓް ދީގެން މިނެކިރާނަމަ މިރަށަށް އަހަރެން ދޭނީ ސަތޭކައެވެ.
ބޭއިޚުތިޔާރުގައި އަހަންނަށް ހެވުނެވެ. އެވަގުތު ލައިޝާ އައިސް އަހަރެންގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ.
“ކޮން ހިޔާލަކަށް ގެއްލިފަ؟ ގޮވާގޮވާ ވަރުބަލިވެއްޖޭ!”
އަހަންނަށް ހޭވަރިކަންވީ އެ ހިސާބުންނެވެ. އޭރު އިރު ވެސް އޮއްސިއްޖެއެވެ. ކޮންމެވެސް ވަރަކަށް އަނދިރި ވެސް ވެއްޖެއެވެ.
“މި ހިތަށް އަރަނީ މިރަށް ހާދަ ހިތްގައިމޭ!” ދެ ފައިތިލާގައި ހުރި ވެލިތަކާއެކު ފައިވާނަށް އަރަމުން އަހަރެން ބުނީމެވެ.
“ކޮބާ ކޮބާ؟ މަ ބުނީމެއްނު! އެކަމަކު މިރަށް މޮޅު ކޮށްފަ އެއްޗެކޭ ހަމަ ބުނާއިރަށް ބުނާނެ މާލެ މާ ރަނގަޅޭ!” ދިމާކުރާކަހަލަ ރާގަކަށް ލައިޝާ ބުންޏެވެ. “ރަނގަޅު ކަމެއް ގޯސްކަމެއް ވެސް އެނގޭނީ އައިސް، ލޮލުންދެކެ، އަތުން ހިފީމަ. . .” ލައިޝާ ހިނގަނޑެއް ޖަހާލިއެވެ.
“ދެން މެރީކޮށްގެން މިކޮޅަށް ބަދަލުވާންވީނު؟ ހަމަ ވެލްކަމް. . .” އެއްލޯ މަރާލަމުން ނަަަަަަަތާ ބުނެލިއެވެ.
އެއީ އަހަރެންގެ މަންމައާ އެއްބަނޑު އެއްބަފާ ދެ ބޭބެގެ ދެ ދަރިންނެވެ. އަހަންނާ ދާދި އެއް އުމުރެކެވެ. އެންމެ ކުޑައިރުންސުރެ މާލެ ދެވިއްޖެނަމަ އެމީހުން ތިބޭނީ އަހަރެމެންގެ ގޭގައެވެ. ފަހުން އިންޓަރނެޓްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާވެގެން ދިޔުމުގެ ސަބަބުން ސޯޝަލް ނެޓްވޯކްތައް ވަނީ އަހަރެމެން ވަރަށް ގާތް ކޮށްދީފައެވެ. ރަށުގެ ވަރަށް ގިނަ މައުލޫމާތު އަހަންނަށް އެނގެއެވެ. އެކަމަކު އަގުބޮޑު ރިސޯޓަކަށް ނުވަތަ ރާއްޖޭން ބޭރު ޤައުމަކަށް ނޫނީ ޗުއްޓީ ހޭދަކޮށްލާކަށް ނުދަމެވެ. ހަފްތާއެއްގެ ތެރޭގައި އަހަރެން މިރަށަށް ހިތް ޖެހިއްޖެއެވެ. ކުރިން ވެސް އާދެވުނުނަމައޭ ހިތަށް އެރިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.


Asalam alaikun…readers.
Mee qlhugadhu ehen site eh gah liyefa oeh vaahaka eh…umeedhu kuran reethi vih kamah ?❤❤please comment:)
aslu mee kon rasheh describe koh dhyfa in story eh tha? hama curious vgn ahaaly igey.. btw story vrh nice
Furathama part v salhi…Waiting for next part…When next…???
Vaahaka Vara habeys . Thiya kahala vaahaka Vara salhi. Furihama vaahaka eh . Ane baige inthizaaruga. adhives theege vaahaka tha Gina kurey . Thanks
Thank you ishko…yes…gina kuraanan..inshallah ?❤
Maany.aslu rasheh balaigen neh noon liyuny ?❤
Tommorror.
Insha allah ?❤
Varah reethi…
Friend…keep it up ??
maasha allah vrh reethi vaahaka
keep itt upp dear
Thank u anu ☺?❤
Layaa ah this story really nice. In this vaguthu kolhuga I really want to thank shiff. Story is better. It’s very very nice
Shiff. Please. I really want aslu ratehi nuve ulhey Vara young dhekudhin fenna irah balaa kantha kon enme fahun dhemeehun dhemeehunnaa loabi vaanee. Firhen kujaa ahaanee ratehivaan . Mi story gaa Vara Gina kantha himanaigen. Reethi feshumakun fashaa reethi nimumakun nimmaaleema Vara nice vaane aslu. True relationship aka dhaa story eh. I ah heevey kiun theringe ves magubool story aka vaanehen. I hope you will reply my comment shiff. And I ummeedhukuran mikahala vaahaka eh reethi title eh jahaaigen Vara avaha shiff kiun therinaa hisaaba genesdheyne kama. I beynun vanee shiff ge faraathun meege story. Because I like your writing. Ey. Echekey hee nukuraane kama umeedhu kuran. Hama hiyaalu faalhu kolee. Ok dho. And igeytha . Thi vaahaka Vara Vara Vara Vara Vara boda salhi . I love this
Meera…thank u for commenting…alhugadhu ih story beanun vanee varah different koh gennan..meera thih bunaa gothah ves vedhaaneh… ?❤
Varah varah varah varah varah bodah thank u for your comment