Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުގެ ލޯތްބޭ ތީ

ޝަމް Level 1
February 20, 2020 3 Mins Read
5 Comments

އެޕިސޯޑް 2

މޭޒުމަތީ ހުރި މާބޮނޑިތަކުން ދެތިން މާ ހިފައިގެން ހަރުގަނޑަށް އަރަމުން ދިޔަ ޖުމާގެ ހަރަކާތްތަކަށް ކަޅި ހުއްޓާލައިގެން ޝާންއަށް ހުރެވުނީ ކިހާ އިރެއްވަންދެން ކަމެއް ޚުދު އޭނާއަށްވެސް ނޭންގުނެވެ. މޭޒުމަތީއޮތް މާބޮނޑި ނަގަން ގުދުވެލި ޖުމާ އަރި އަޅާލައިގެން ވެއްޓެން ދިޔައިރުވެސް އޭނާ ހުރީ ޚިޔާލީ ދުނިޔެއެއްގައެވެ. ސިހުނީ ތޫލި އަޑަކުން ޖުމާ ހަޅޭއްލަވައިގަތުމުންނެވެ. ތަޅުންގަނޑުމަތީ ޖުމާ ޖެހުމުގެ ކުރިން ޝާން ގޮސް ޖުމާ ހިފާއްޓައިފިއެވެ. އެސްފިޔަތަށް ލައްޕާ ބާރަށް ލޯމަރައިގެން އޮތް ޖުމާ ފެނި ޝާންގެ ހިތް ބަންޑުންވީ ކީއްވެތޯ ޝާންވެސް ސުވާލުކުރަމުންދާ ފަދައެވެ. ކުރިމަތިން ފެންނަމުންދާ ރީތި މޫނަށް ވަޔާއެކު ވިހުރިލި އިސްތަށިކޮޅު ރީތިކޮށްލަމުން އަދިވެސް އެއްފަހަރު ޝާންގެ ނަޒަރު އެ މައުސޫމު މޫނަށް ހުއްޓެމުން ދިޔަ ވަގުތެވެ. ދާއިންއަށް އެތަން ފެނި އަތުގައި އޮތް ފުއްޕާހަން ފަޅާލީ ފަހަރެއްގައިވެސް ދެން ވީ ގޮތަށް ކަންތަށް ވާނެކަމާމެދު ވިސްނާފައެއް ނޫނެވެ. ސިހިފައި ޖުމާގެ ގައިން ދޫކޮށްލި ޝާންއަށް މުޅި މާހައުލަށް ނަޒަރު ހިންގާލެވުނީ ދެނެވެ. ދާއިންގެ ހިނިގަނޑުގެ އަޑު އިވުމާއި އެކު ޝާން ފާޑަކަށް މިޔަކަނުން ހީލުމަށްފަހު ބޮލުގެ ފުއްކިބައިގައި އަތުން ޖަހާލިއެވެ. މަސައްކަތްތައް ނިންމާލުމަށްފަހު އެރޭގެ ޖަލްސާއަށް ތައްޔާރުވުމަށް ކޮންމެ ކުއްޖަކުވެސް އެ ކުއްޖެއްގެ ގެއަށް ދިޔައެވެ.

ރޭގެ އެންމެ ޚާއްސަ ޖަލްސާއަށް ހުރިހާ ކުދިންވެސް މާލަމަށް ވަދެ ނިމުމާއި އެކު ޑީންގެ ވާހަކަފުޅު ކުރިއަށް ގެންދަން ފެށިއެވެ.ޖެހިޖެހިގެން ހުރި ތިން ގޮނޑީގައި ޝާން، ދާއިން އަދި ޖުމާ އިށީންދެގެން ތިބި އިރު ޝާންގެ ކަންފަތަށް ވަނީ ހެޑްސެޓް ޖަހާފައެވެ. އޭގެން އިވެމުން ދިޔަ ލަވައަށް މަޑުމަޑުން އޭނާގެ ބޯ ހަލުވަމުން ދިޔައެވެ.ދާއިން އިނީ ފޫހިވެފައިކަމުގައިވިޔަސް ޑީން އާއި ދިމާލަށް ނަޒަރު ހުއްޓާލައިގެންނެވެ. ” ދަ ކޮލެޖް އޮފް ފިއުޗަރ އަކީ ކޮލެޖުގައި ތަޢުލީމު ޙާސިލް ކުރަމުން ގެންދާ އަދުގެ ޒުވާނުންނަކީ ފަންނީ ގޮތުންނާއި ކުޅިވަރުގެ ރޮނގުންވެސް ކާމިޔާބު ބޭނުންތެރި ޒުވާނުންތަކެއް ޓްރެއިން ކުރަމުން އަންނަ ކޮލެޖެއް. މިކަމުގެ ލާމަސީލު ނަމޫނާއަކަށް މުޙައްމަދު އަޝްފާން ފުދޭނެކަން ޔަޤީން” އެވަގުތު ސްޓޭޖް މައްޗަށް އެރި ޒުވާނާ ފެނި ޖުމާގެ ހަރަކާތްތަކަށް ހުއްޓުން ގެނުވިއެވެ. އެ ދެ ލޮލުގައިވި ވިދުން އިހުނަށްވުރެ ގަދަވިއެވެ. ހަމަ ޔަގީނުންވެސް އޭނާގެ ހިތުން އެ ޒުވަނާއަށް ތަޢުރީފު އެބަ ކުރެއެވެ. ހިމޭނުން ނީންދެވުނީއެވެ. ” ވާއު… ހޫސް ދެޓް ހެންޑްސަމް؟” ދެއަތް ގެނެސް މޭގައި ޖައްސާލުމަށްފަހު ޖުމާއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. ” ލައިކް ދަ ޕްރިންސް އޮފް މައި ޑްރީމްސް” ދެންވެސް އިޚްތިޔާރުން ބޭރުވެވުނީއެވެ. ” ދެން ނެތް ގެއްލޭކަށް މާ ގިނަ ދުވަހެއް” އެ ޖުމްލަ އަޑު އިވުމުން ޖުމާގެ މޫނު މިލައިފިއެވެ. “އަސްލުވެސްތަ؟” ޖުމާއަށް އެހެން ބުނި ޝާންގެ ކުރެން އަހާލެވުނެވެ. ” އާން އެހެންނު ވާނީ ދެންމެ ފެނުނު މީހަކާ ހެދި ޖުމާ ތިޔޮށް ހޭބަލި ވަނީ ވިއްޔަ” ދާއިން ރަކި ހިނިގަނޑަކާއި އެކު ބުންޏެވެ. ޖުމާ އަށާއި ދާއިންއަށް އެވަގުތު ނުފެނުނު އެއްޗަކީ ޝާންގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރެވެ. އަމިއްލަ ކަމެއްގައި މަސްޢޫލުވެގެން އިން ޝާންއަށް އައި ބަދަލެއް އެގެން އެކަކަށްވެސް ދެނެނުގަނެވުނެވެ. ޚުދު ޝާނައަކަށްވެސް އެނާގެ ހިތުގެ އަޑިން އެދޭ އެދުމެއް ފަހުމެއް ނުވެއެވެ. އެނގޭހާވެސް އެއްޗަކީ ޖުމާގެ އެ ޢަމަލުން އޭނާ ހިތްހަމަ ނުޖެހުނު ކަމެވެ. ” ނޫން ޖުމާ އެހެން ނަހަދަށްޗޭ.. އަހަންނާ ދުރަށް ގޮއްސިއްޔާ ކިހިނެއް އުޅޭނީ؟” ޝާންގެ މާނަވީ އިބާރާތް ޖުމާއަށާއި ދާއިންއަށް އަދު އިވުނެއްކަމަކު އެ މަދު ލަފްޒުތަކުގައި ފޮރުވިގެންވާ މާނަ ދެނެގަންނަން އެ ދެމީހުންވެސް ނުކުޅެދިފައި ވިއެވެ.

ޖަލްސާ ނިމުމުން އެންމެންނަށް ވުރެ ކުރިން ޖުމާ ދުވެފައި ކަހަލަ ގޮތަކަށް ބޭރަށް ނިކުތެވެ. ދިޔަތަނެއް ނުބުނިކަމުގައިވިޔަސް ދާއިންއަށާއި ޝާންއަށް އެނގުނެވެ. ދާއިން ޖަހާލީ މަޑު ހިނިގަނޑެކެވެ. ނަމަވެސް ޝާން ހުރީ ހިސާބަކަށް ހިތްހަމަނުޖެހިފައެވެ. އެ ދުވަހަށްފަހު ހޭދަވި ހަފްތާއެއްގެ ތެރޭގައި ޖުމާގެ އުޅުމަށް ބަދަލުއައިސްފިކަން ދާއިންއަށްވެސް ފާހަގަ ކުރެވުނެވެ. ކްލާސް ނިމުމުން ތިން ކުދިން ކެންޓީނަށް ގޮސް ހޭދަކުރާ ވަގުތުތަށް މަދުވާން ފެށީއެވެ. ތިން ކުދިން ތިން ކުދިންނަށް ދެކެވޭ ވާހަކަތަށް މަދުވީއެވެ. ނުވިތާކަށް ޖުމާ އަބަދުވެސް ބިޒީވަނީއެވެ. ސަބަބެއް ނޭންގެއެވެ. އެ ސަބަބު ނޭންގެނީ ހަމައެކަނި ދާއިންއަށެވެ. ޝާންއަށް ހުރިހާކަމެއްވެސް ލޮލުކުރިމަތިން ފެންނަމުންދެއެވެ. ” ހޭ ޖުމް.. ވެއިޓް…” ކްލާސް ނިމުމާއެކުހެން ދަބަސް ހިފައިން ދޮރާއި ދިމާއަށް މިސްރާބު ޖެހި ޖުމާއަށް ބާރަށް ގޮވާލުމަށްފަހު ޝާން ބުންޏެވެ. ” ޝާން ކޭން ވީ ޓޯކް ލޭޓަރ.. ކުޑަކޮށް ބިޒީ ވީމަ.” “ނޯ ޖުމާ.. ޔޫ ހޭވް ޗޭންޖްޑް.. ކިހިނެއްތަ ތި އުޅެނީ މިހާރު؟ ކްލާސް ނިންމާލާ ގޮތަށް އަވަސް އަރުވާލާފަ ކޮންމެސް ތާކަށް ދާންވެފަ އަބަދު ތި ހުންނަނީ. ކޮންމެވެސް ކަމަކު ބިޒީ ވެފަ. ވަޓް އިޒް ހެޕަނިންގ ޓު ޔޫ ގާލް؟ ވައި ޔޫ ކީޕް އިގްނޯރިންގ އަސް؟” ފަހަތުން އައި ދާއިންއަށް އިޝާރާތްކޮށްލަމުން ޝާން އޭނާގެ ހިތުގައި ވި ޝަކުވާތަށް އަމުނާލައިފިއެވެ. ޖުމާއަށް ހުއްޓުމެއް އަރާފައި ހުރެވުނެއްކަމަކު އޭނާވެސް އޭނާގެ އަމިއްލަ ނަފްސު އެބަ ކުށްވެރި ކުރެވެއެވެ. މިވީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އޭނާގެ އެކުވެރިންނާއި އެކު ހޭދަ ކުރެވޭ ވަގުތު މަދުވަމުންދާކަން އޭނާ ގަބޫލުކުރެއެވެ. ނަމަވެސް އެއްޗެކޭ ބުނާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ވާނީވެސް އެހެންތާއެވެ. އޭނާ އެ އެކުވެރިންނަށް ސިއްރުން ކަމެއް އެބަ ކުރެއެވެ. ” ކީއްވެ ޖަވާބު ނުދީ ތި ހުންނަނީ؟ ޓެލް މީ ޖުމް.. އާރ ޔޫ ސްޕެންޑިންގް ޓައިމް ފޯ އަޝްފާން؟” ޝާން ކުރި ސުވާލުން ޖުމާ ފަސް ޖެހުނު ކަމުގައިވިޔަސް އޭނާ ދޮގެއް ނުހެދިއެވެ. އާނއެކޭ ބުނުމުގެ ގޮތުން އޭނާ ބޯ ޖަހާލިއެވެ. ޝާން އިތުރަށް އެކައްޗެކޭވެސް ނުބުނެ ކްލާހުން ބޭރަށް ނިކުމުގެން ދިޔައެވެ. ޖުމާއަށް ސުވާލުގެ ނަޒަރަކުން ބަލާލެވުނީ ދާއިންއަށެވެ. އެ ހިނދު ދާއިނައަށް އެކައްޗެެއްވެސް ނޭންގޭ  ހާލު އޭނާ ދެ ކޮނޑު އަރުވާލިއެވެ.

ރޭގަނޑުގެ ކެއުމަށް ފަހު  ލެޕްޓޮޕް ނަގައިގެން ޗެޓް ކުރަންއިން ޖުމާގެ ޗެޓްލޮގަށް އިތުރު ބޮޅެއް އެރުމާއިއެކު އެއީ ދާއިންކަން އޭނާއަށް އެނގުނެވެ. ދާއިން ވޭވް ކޮށްލާފައިވާ ގޮތަށް ޖުމާ ވޭވް ބެކް ކޮށްލީ އިތުރަށް ވާހަކަދެއްކުމުގެ ބޭނުމުގައެވެ. ދާއިން ޖުމާ ކީއްކުރަނީތޯ ސުވާލުކުރުމުން ޖުމާ މި ވަގުތު ހަމަ ޗެޓްކޮށްލަނީ ކަމަށް ޖަވާބުގައި ބުންޏެވެ. ” ޖުމް.. ޔޫ ނޯ؟ ޝާން އިސް ރައިޓް.” ދާއިން އެހެން ބުނެ ފޮނުވާލި މެސެޖުން ޖުމާ ހާސްވިއެވެ. ” އައި ނޯ ދާން.. އަސްލު ދެރަވޭ އެހެނެ ހެދުނީމަވެސް. ބަޓް އައި ކާންޓް ހެލްޕް މައި ސެލްފް. ހިތަށް އަރާ މި ކުރެވެނީ މޮޔަ ކަމެކޭވެސް އެކަމަކު….” ” ޖުމް.. ސިންސް ވެން ޑިޑް ޔޫ ފެލް ފޯރ އަ ރޭންޑަމް ގައި؟” ދާއިން ނުރުހުން ފާޅު ކުރިއެވެ. އެހެނީ ޖުމާގެ ފަރާތުން އޭނާއަށް ފެންނަމުން ދަނީ ޖުމާއާ އެއްގޮތަކަށްވެސް ގުޅޭ އާދަތަކެއް ނޫނެވެ. ” އެއީ ރޭންޑަމް ގައި އެއް ނޫނޭ ދާން. ހީޒް ސްޕެޝަލް. ނޭންގެ  ކީއްވެކަމެއް ހީވަނީ ހިތުގެ އެންމެ އަޑީގެ ކަނަކުން އަހަންނަށް އަޝްފާންއާއި ގާތަށް ދިއުމަށް އިރުޝާދު ދޭހެން. އީވެން އިފް ހީ ޑަސްންޓް ގިވް މީ އެނީ އެޓެންޝަން” ޖުމާ އޭނާގެ އިޙުސާސްތައް ދާއިންއަށް ކިޔާދިނެވެ. ” އެކަމަކުވާ ޖުމް.. އާރ ޔޫ މޭޑް؟ ” ” ޔެސް އައި އޭމް މޭޑް. އައި އޭމް އިން ލަވް ދާއިން” ލުއި ހިނިތުން ވުމަކާއި އެކު އެހެން ބުނެލުމަށް ފަހު ޖުމާ އޮފްލައިންވިއެވެ. އަޝްފާންގެ ހިޔާލުތަކާއެކު އަރާމުކޮށް ނިދާލުމުގެ ބޭނުމުގައެވެ. (ނުނިމޭ)

Share Article

Follow Me Written By

ޝަމް

Level 1

Other Articles

Previous

“އެސް ސީ އޭ ގެ ޝިކާރަވެރިޔާ 3”

Next

……ހަގީގީ ލޯބި؟؟؟؟؟؟-4

Next
February 20, 2020

……ހަގީގީ ލޯބި؟؟؟؟؟؟-4

Previews
February 20, 2020

“އެސް ސީ އޭ ގެ ޝިކާރަވެރިޔާ 3”

5 Comments!

  1. Yan♥️ says:
    February 20, 2020 at 10:46 am

    Varah reethi Masha Allah ? konirakun next part up kurany

  2. Shahu says:
    February 20, 2020 at 12:36 pm

    Masha allah
    V rythi .. ????????

  3. Yanaa says:
    February 20, 2020 at 12:46 pm

    Varah ???varah ??reethi. maa sha Allah ❤❤❤❤ curiously waiting for the next part ❤???????❤???❤❤??

  4. Mariyam amana hashim says:
    February 20, 2020 at 9:33 pm

    Chammu avahah aneh part liyefa fonuvaa. Im waiting ♥♥ vv interesting. Cnt wait for it. Ma sha allah. ♥✨?

  5. ޝަމް says:
    February 24, 2020 at 8:18 am

    ތިންވަނަ ބައި މިއަދު އަޕްލޯޑްވާނެ. އިންޝާ ﷲ

Comments are closed.


All Right Reserved!