Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިހާން

Shaleen Level 610 Stories100 Comments100 Login500 Login100 Stories
April 3, 2020 2 Mins Read
15 Comments

ގަދަ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއިން ފެންގަނޑު ކަފަމުންދާ ” ނަސީބު” ދޯނީގެ މިސްރާބުހުރީ ކ.ހުރައަށެވެ. ކަނު އަނދިރީގެ ތެރެއިން ވެހެމުންދާ ބޯވިއްސާރައަށް ކުޑަވެސް
ތުނިކަމެއް ނާދެއެވެ. ހަތަރު ފަޅުވެރިން ހަރަކާތްތެރި ވަމުންދާ، ވިއްސަކަށް ފޫޓުގެ އެކުޑަކުޑަ ރިޔަލު ދޯނީގާ ވެހެމުންދާ ވާރޭގެތެރޭ ފިކުރެއް ކުރަމުން އެދަނީ ކެޔޮޅު ސަމީރެވެ.

” ބަލަ ކެޔޮަޅާ! ކިހިނެތް ވެފަތިއިނީ. ކޮންކަމަކާ ތި ވިސްނަނީ. މަށަށް ހީވަނީ މިއޮޑީގެ މިސްރާބު ބަދަލުވަނީހެން. އާދަންބެއަށް އެއޮށްގެން ނިދެނީ. ދޭބަލަ މިވާއެއްޗެއް ބަލާލަން.”
ސިއްސައިންގޮސް ސަމީރުގެ ވިސްނުން އެއްކިބާކޮށްލީ ދޯނީގެ ފަޅުވެރިކުއްޖަކު ވާހަކަ ދެއްކުމުންނެވެ. ހަމަ އެއާއެކު ސަމީރު އަވަސްވެގަތީ ދޯނީގެ މިސްރާބު ހަމައަކަށް އަޅުވާށެވެ. ފަޖުރުގެ އަލިކަމަށް ރަށަށް ވަދެވޭވަރު ކުރުމަށެވެ.

އަނދިރީގެ ތެރެއިން އަލިކަމެއް ފާޅުވާންފެށީ ދުވާލަށް ތަންދެމުންނެވެ. ހަމަހިމޭން ކަމުގެ މެންދަމަކަށްފަހު ކ.ހުރާ “ދިއްލި ” ގެއިން އިވެމުންދަނީ އަންހެނެއްގެ ވޭނާ ކެކުޅުމުގެ އަޑެވެ. ތެތް ފިނިމަކުގެ ތެރެއިން ފަރީދާ ފޯވަމުން އެދަނީ ހާސްކަމާ ވަރުބަލިކަމުގެތެރެއިންނެވެ. ގޮތް ހުސްވެފާވާ ފޫޅުމާ މަސައްކަތްކުރަމުން ދަނީ އޭނާގެ ވާޖިބު އަދާކުރުމަށެވެ.

ގޭގެ ދޮރުން ވަދެވުމާއެކު ސަމީރުގެ ކަންފަތުގާ ޖެހުނީ ތުއްތު ދަރިފުޅު ރުުއިމުގެ ތޫލި އަޑެވެ. ބޮޑުއަށި މައްޗަށް ދަބަސް އެއްލާލަމުން ގޮސް ފަރީދާ އޮތް ކޮޓަރިކައިރިއަށް ސަމީރު މަޑުކޮށްލިއެވެ. އަފީފާގެ އަތުގަވާ ކުޑަކުޑަ ފުރާނަ ނަގާ އަތްދަނޑި މައްޗަށް ލަމުން ސަމީރު މެޔާލާ ބޮނޑިކޮށްލިއެވެ. ވަގުތުން އެ ކުޑަކުޑަ ދަރިފުޅުގެ އަޑު ކެނޑި ހަމަހިމޭންވީ އަޖައިބެއް ފަދައިންނެވެ.

” ކޮބާ ފަރީދާ. އޭނަގެ ހާލު ރަނގަޅުތަ؟ ” ސަމީރު ސުވާލުކޮށްލީ ގޭދޮށު އަވައްޓެރިއެއް ކަމަށްވާ އަފީފާ އަށެވެ.
” ސަމީރު! ހިތްވަރުކުރާތި. ސަމީރަށްވެސް އިނގެއެއްނު. ފަރީދާއަށް ވަނީ ކޮލެރާ ޖެހިފަކަން… އޭނަ ވަރަށް ހިތްވަރުގަދަ.
ފޫޅުމާ އައިސަ ބުނީ ވިހެއުމުގެތެރޭ ވަރަށް ލޭފައިބަމުންނޯދަނީ.
ހިޔެއް ނުވެޔޯ ފަރީދާދެން… ” އަފީފާގެ ލޮލުން ކަރުނަ ހިލި
ދޫ ހިމޭންވެއްޖެއެވެ.
” ނޫން. ނޫން… އެކަމަކު.. އެކަމަކު… އަހަރެންގެ ތިން ދަރިންނަށްޓަކާ އަހަރެންް މިދުނިޔޭގަ ހުންނަން އެބަޖެހޭ. މި ތުއްތު ފުރާނައަށްޓަކާ… އަހަރެން ހިތްވަރު ކުރަންޖެހޭ. އެކަމަކު އަހަރެންގެ މި މައުސޫމު ތިންދަރިން… ފަރީދާ.. ފަރީދާއާނުލާ
އަހަރެން ކިހިނެއް މިކުދިން ބަލާނީ… ހަ އަހަރު ނުވާ ތިންކުދި…” ތުއްތު އަންހެން ދަރިފުޅު މެޔާލާ ބޮނޑި ކުރަމުން
ސަމީރު ރޮމުން ދިޔައެވެ. ހިތުގަވާ ޝަކުވާތަށް ދުނިޔެއަށް ހާމަ ކުރަމުންނެވެ. ހިތުގެ ގިލަންތައް ފަށްފަށް ކުރަމުންނެވެ.

ދޮރު ހުޅުވާލި އަޑަށް ސަމީރު ބަލާލީ ހާސް ކަމާ އެކުގައެވެ.
ފޫޅުމާ އައިސަގެ ހުއްދަލިބުމާއެކު ވަގުތުން ފަރީދާ ކައިރިއަށް ވަނީ ދެލޯ ފޮހެލަމުންނެވެ. ސަމީރުގެ އެއްއަތުން ދަރިފުޅު އުރައިން ހުރިއިރު އަނެއް އަތުން ފަރީދާގެ ބޮލުގާ ފިރުމަމުން ދިޔައެވެ.
” ސަ.. ސަމީރު… އަހަރެންގެ ދުވަސް މިދަނީ. ދެން… ދެން ސަމީރުވެސް…އުޅެންވާނީ އެކަނި.. އަހަރެންގެ ވަރަށް ބޮޑ.ު.. ވަޞިއްޔަތެއް އެބައޮތް. ތި .. ތި ފަރިފުޅަށް ދެމަސް ވީމަ .. މާލޭގަ ހުރި… އަހަރެންގެ ދޮންތައަށް ހިބައިން ދީ.. މިކަން އަހަންނަށް ކޮށްދޭނަންތަ؟ ” ފަރީދާގެ ބަލި އަޑުގެ އިތުރުން ސަމީރަށް ލިބުނީ އިތުރު ހިތްދަތި ކަމެކެވެ.

މިކެހިވެރި ދުނިޔެއަށް ދަރިފުޅު ދޫކޮށްލަންވީހެއްޔެވެ؟ ފަރީދާ ފެނުމުގެ ނަސީބު ނެތް ދުނިޔޭގާ ދަރިފުޅުވެސް ފެންނަން ނޭދެނީހެއްޔެވެ.؟ މިއީ ލެއްވި ނަސީބެއް ހެއްޔެވެ؟ ހަޔާތަށް ލެއްވި ރަޙްމަތެއްހެއްޔެވެ؟ ނޫނީ މިއީ ލެއްވި މުޞީބާތެއްހެއްޔެވެ؟. އެންމެ ދެ މަހުން ފެށިގެން ތުއްތު ދަރިފުޅު ބައްޕަގެ ނަޒަރުން ފަރުދާކޮށްލުމަކީ އިހްމާލެއްނޫން ހެއްޔެވެ؟ ނޫނެކެވެ. މިއީ ސަމީރުގެ ހަޔާތަށް ކުރިމަތިވި އެންމެބޮޑު އެއް އިމްތިހާނެވެ.
—————————————————-

Share Article

Follow Me Written By

Shaleen

Level 610 Stories100 Comments100 Login500 Login100 Stories

Other Articles

Previous

ނުވާނަން ތަފާތެއް… 22

Next

ޒީން

Next
April 3, 2020

ޒީން

Previews
April 2, 2020

ނުވާނަން ތަފާތެއް… 22

15 Comments!

  1. Shaleen says:
    April 3, 2020 at 8:42 pm

    Varah reethivaanehen heevey. Hithah araa dhen vaany kihineibaaey?next part avahah up kollahche. V v salhi

    1. Shaleen says:
      April 5, 2020 at 4:49 pm

      thank you shaleen

  2. Real Me says:
    April 6, 2020 at 12:47 pm

    Mashaallah varah reethi my story.. Ibaaraiyy kurun ves varah furihama.. Curiously waiting for the next part..
    Good luck..

  3. Real Me says:
    April 6, 2020 at 3:49 pm

    Mashaallah varah reethi mi story.. Ibaaraiyy kurun ves varah furihama.. Curiously waiting for the next part..
    Good luck girl..

    1. Shaleen says:
      April 6, 2020 at 4:02 pm

      happy to hear and thank you “real me “?

  4. No.1 fan says:
    April 7, 2020 at 7:22 am

    Vrh furihama feshumeh. Kiyun theringe shauguverikan hoadhumah masaikkaiyy koffa vaa kan vhk kiyaaliima vx in’gey.Jumulathah saadhaa vefa sifa koddhinun vx hama MASHA ALLAH. Vhk kiyamun gendhiya iru heevanii hama kurimathin sifa vegen dhaahen. Keep up ur great work. Next part kiyaalaahithun mihaaru mihurii. Waiting for it….

    1. Shaleen says:
      April 7, 2020 at 8:17 am

      no.1 fan thidhevvi comment ah v bodah shukuriyya. ?Shauguverikan hiffetteytho masakkai kuramundhaany in sha allah .

  5. Masha says:
    April 7, 2020 at 10:33 pm

    Masha Allah,
    Feshunn v furihama, ibaraii kuruma bass maguge fashuvi kamunn vahaka ah ithurah shauguveri kuruvaifi, ummydhu kurani knme part ae vs maa dhigu inthixareh kurumeh nethi kiyalann libigenn dhane kamah, hope c u soon, in sha Allah, keep it up, may Allah bless u wrk

    1. Shaleen says:
      April 9, 2020 at 9:33 am

      v hih hamajehey ? comment eh. Masha edhun fadhain Komme week aku effaharu mi vaahaka up kureveytho balaanan in sha allah.

  6. Khaleel says:
    April 7, 2020 at 11:22 pm

    Maasha allaah.. v furihama. Dhevanabayah inthizaar kuran..

    1. Shaleen says:
      April 7, 2020 at 11:56 pm

      shukuriyya. V avahah dhevana bai up kuraanan in sha allah.

  7. Lil sis says:
    April 9, 2020 at 2:16 pm

    Vaahakaige feshun vrh shauguveri. Shaleen alah vaahaka liyan feshi kujjakaa balaafa hama vrh reethi mi story. Jumlathah reethi kurumah genesfavaa bas thakun ithurah jumla ah furihamakan genesdheefa vaakan faahaga kurevey. So curious to know what will happen next. Good luck Shaleen.
    Lots of love ❤
    Lil sis

    1. Shaleen says:
      April 9, 2020 at 2:28 pm

      Thank you Lil sis for the beautiful comment. ? Ummeedh kuran kiyuntheringe support abadhuves libeyne kamah.
      Adhives ehfaharu Haas fashun shukuriyya

  8. Shain says:
    May 4, 2020 at 2:28 pm

    Wow.. This is my first time reading this story.. keep it up

    1. Shaleen says:
      June 12, 2020 at 1:29 am

      oh realy
      I am so happy.
      Thank you shain for the comment

Comments are closed.


All Right Reserved!