Skip to content
އެސްފިޔަ

ލާރާ : (4)

ޕާޓް 3 ގެ ނިމޭ ބައި: އެންމެ ފަހުން ރުހާމް އާއި ބައްދަލު ވި ދުވަހަކީ އަހަރެންގެ ހިތަށް ހިތްހަމަޖެހުމެއް ލިބުނު ދުވަސްކަން ޔަގީނެވެ .

ޕާޓް (4) : ކޮންމެ ގޮތެއް ވިޔަސް ރުހާމްގެ ހިތުގައި އަހަރެންގެ ހަނދާންތައް ވާނީ ބިންވަޅު ނެގިފައެވެ.

މާލެ ދިއުމުގެ އަޒުމުގައި މަންމަ އާއި ބޮޑު ބޭބެ އާއެއްކޮށް އަތިރި މައްޗަށް އާދެވުނުއިރު ހެނދުނު ހަތެއް ޖަހަނީއެވެ. އެ މީހުންގެ ހިތުގައި އަހަރެންނާ މެދު ވާ އުއްމީދަކީ ގުނާ އަގު ނުކުރެވޭ ވަރަށް ވުރެންވެސް ބޮޑު އުއްމީދެކެވެ. އަހަރެންގެ އަތުގައި ހިފައިގެން ހުރީ އަހަރެންގެ ލޯބިވާ މަންމައެވެ. އެ މޫނު މަތީގައި ވެސް ވަނީ ހިތްދަތިކަމުގެ އިހުސާސް ތަކެވެ. އެންމެ ލޯބިވާ ދަރިފުޅު ހިނދުކޮޅަކަށް ނަމަވެސް ހަޔާތުން ދުރަށް ދާން ޖެހުމުން ކުރެވޭ ހިތްދަތި އިހުސާސްތައް  ތަހައްމަލްކުރަން ޖެހޭނިީ ހަމަ ޔަގީނުންވެސް ، މައިންބަފައިން ކަން ކަށަވަރެވެ.

މަންމަގެ ބޮލުގައި އެންމެ ފަހުގެ ބޮސް ދިނުމަށް ފަހު، އަހަރެން ލޯންޗާ ދިމާލަށް މިސްރާބު ޖެހީ އައު އުއްމީދު ތަކަކާއި އެކު އެވެ. ހަތަރު ގަޑިއިރުގެ ދިގު ރާސްތާއެއް ހުރަސް ކުރުމަށްފަހު މާލޭގެ ތޮއްޖެހިފައިވާ ބިމަށް އާދެވުނު އިރު މެންދުރުން އަނބުރާ އެކެއް ޖަހާ ބޮޑުވެއްޖެއެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ފެނިގެން ދަނީ ބުރި ބުރި އަށް ނަގާފައިވާ ބޮޑެތި އިމާރާތްތަކެވެ. އަހާލި ކޮންމެ ދިމާލަކުންވެސް އިވިގެން ދަނީ ދުއްވާ އެއްޗެހީގެ ގުގުރުމުގެ އަޑެވެ.

މަޑު ހިނގުމެއް ގައި ގޮސް ގެޔާ ހިސާބަށް އާދެވުނުއިރު ލާރާގެ މޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. ކޮޓަރި އަށް ވަދުމާ އެކު ލާރާގެ ނޭފަތުގައި އަޅައިގަތީ މާމެލާމެލީގެ މީރުވަހެއެވެ . ނަމަވެސް ވެފައި ހުރި ވަރުބަލި ކަމުގެ ސަބަބުން މުޅި މީހާގެ ހިއްސުތަށް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކައިރީގައި ހުރި ފުޅިއަށް ޖަހާފައިވާ މާތަކުގެ މޯޅިކަން ވެސް ދިޔައީ ލާރާގެ ވަރުބަލިކަމުގެ އަޞްލު ހާމަ ކޮށްދެމުންނެވެ. ފާރުގައި ހަރުކޮށްފައިވާ އޭސީގެ ދުންފިނިން މުޅި ކޮޓަރިތެރެއަށް ވަނީ ހިމޭންކަން ގެނުވާފައެވެ.

އެނދުގައި އޮށޯވެލައިގެން އޮތް ލާރާއަށް ހޭވެރިކަން ވީ އިރު ގަޑިން ހަވީރު ހަތަރެއް ޖަހަނީއެވެ. ފެންވަރާ ރީތިވުމަށް ފަހު ، އަތުގައިވާ ނިޔަފަތިތަށް ތަފާތު ކުލަތަކުން ވަނީ ޖަރީކޮށްލާފައެވެ. މޫނު މަތީގައި ޖަހާފައިވާ ފުށުގެ ވިދުންގަދަ ބަބުޅަމުން ލާރާގެ ނަލަކަން އިތުރަށް ހާމާކޮށްދެއެވެ.

ކޮންމެ ގޮތެއްވިޔަސް މިރޭ އަށެއް ޖަހާއިރު ޔުނިވަސިޓީގަ ރަޖިސްޓަރީ ކުރުމަށް ދާން ވަނީ ދައުވަތު ދީފައެވެ. ޔުނިވަސިޓީއަކީ ގެޔާ ވަރަށް ދުރުގައި ހުރި ތަނަކަށް ވުމުގެ ސަބަބުން ހަމަ ޔަގީނުންވެސް ހިނގާފައި ދިޔުމަކީ ކުޅަދާނަ ކަމެއް ނޫނެވެ. މަގުގެ ދެކޮޅުން ދެކޮޅަށް ނަޒަރު ހިންގަމުން ދިޔަ ލާރާ ހުރީ ޓެކްސީއެއް އަތުޖެހޭ ތޯ ބަލަބަލައެވެ. ކުއްލިއަކަށް ލާރާގެ ކުރި މައްޗަށް އައިސް މަޑުކޮށްލީ ސައިކަލެކެވެ. “ޓެކްސީއެއް ނުލިބިގެން ދޯ ތިއުޅެނީ ” އެ މީހާ ސުވާލު ކުރި އެވެ. ނަމަވެސް ބޭ އިހުތިޔާރުގައި ލާރާ އަށް އާއެކޭ ބުނަން މަޖުބޫރުވިއެވެ. ބޮލުގައި އަޅާފައިވާ ހެލްމެޓްގެ ސަބަބުން އެއީ ކާކު ކަމެއް ބުނެދޭކަށް ނޭނގެއެވެ. އެތައް އިރެއްވަންދެން ބަސްހުއްޓިފައި ހުރި ލާރާއަށް އެ ސައިކަލަށް އެރުމަށް އެދުނެވެ. ނަމަވެސް ގޮތްނޭނގޭ މީހަކުގެ ފަހަތަށް އަރާނީ ކިހިނަކުން ހެއްޔެވެ. ހިތުގެ ތެރޭގައި ދިޔައީ އެތައް ސުވާލެއް ފުނި ޖެހެމުންނެވެ. މަޑު މަޑުން ޔުނިވާސިޓީއަށް ދިއުމަށް ހަމަޖެހިފައިވާ ވަގުތު ވެސް ދިޔައީ ބާރު ދުވެލީގައި ކުޑަތަން ވަމުންނެވެ. އެހެންކަމުން މި ދަނޑިވަޅުގައި ހަމައެކަނި އޮތް ގޮތަކީ އެ ސައިކަލަށް އެރުންކަން ޔަގީނެވެ. ބާރު ދުވެލީގައި ދުއްވާފައި ދިޔަ ސައިކަލު ގޮސް މަޑުކޮށްލީ ލާރާގެ ޔުނިވަރސިޓީގެ ދޮރުމަތީގައެވެ.

ލާރާގެ މޫނުމަތިން ފެންނަމުން ދިޔައީ އިތުރު ހައިރާން ކުރުވަނިވި މަންޒަރެކެވެ. ކޮންމެ އަކަސް ސައިކަލުގައި ދުއްވަން އިން މީހާ ގާތުގައި އަހަރެން ދާންވީ މަންޒިލެއް ނުބުނަމެވެ. އެހެނަސް އެހާ ޔަގީންކަމާއެކު އަހަރެން ގޮވައިގެން އެއައީ ކޮންމެވެސް އެއްޗެއް އޭނާއަށް އެނގޭތީކަން ކަށަވަރެވެ.

ސައިކަލުން ފޭބުމަށްފަހު އެ މީހާވެސް ގޮސް މަގުގެ އެއްފަރާތުގައި ސައިކަލު ޕާރކް ކޮށް ބޮލުގައިވާ ހެލްމެޓް ނައްޓާލިއެވެ. މީ ހަމަ ޔަގީނުންވެސް މީހެއް ނޫނެ ، ޅަފުރައިގެ ޒުވާން ކުއްޖެކެވެ. ބޮލުގައިވާ އިސްތަށިގަނޑު ވަނީ ދެފަރާތަށް ވައްޓާލާފައެވެ. ލައިގެން ހުރި ރޮނގުދެމި އަތްދިގު ގަމީހުން ވެސް މިޒުވާނާގެ ސޫރަ އިތުރަށް ފުރިހަމަކޮށްދެއެވެ.

 

މަޑު ހިނގުމެއްގައި އައިސް އަހަރެންނަށް “ހައި” އޭ ކިޔާފައި ގޮވާލިއެވެ. “އަދިވެސް މަޑުކޮށްގެން ތިހުރިއްޔޯ” އޭނާ ސުވާލު ކުރިއެވެ. ކަމެއް ނުވެއެވެ. ދޮރާ ދިމާލަށް ހިނގައި ގަންނަމުން “ލެޓްސް ގޯ” އޭ ކިޔާފައި އަތުން އިޝާރާތްކޮށްލި ގޮތުން ވެސް އަހަރެންގެ ހިތް ކުދި ކުދި ވި ކަހަލައެވެ. އެ ޒުވާނާގެ ތޫނު ނަޒަރުގައި ވެސް ވަނީ ތަފާތު އިހުސާސް ތަކެކެވެ. އެއީ ހަމަ ޔަގީނުންވެސް އަންހެނެއްގެ އިހުސާސްތަކާއި ކުޅެލުމުގެ ކުޅަދާނަކަން ލިބިފައިވާ ޒުވާނެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ޔުނިވާސިޓީގައި ދެގަޑިއިރު ވަންދެން ހޭދަކުރުމަށް ފަހު ގެއަށް ދާން ނިކުތް ވަގުތު ، އަނެއްކާ ވެސް އަހަރެންގެ ކުރިމަތީގައި ސައިކަލުގައި އައިސް މަޑުކޮށްލީ އެއްކަލަ ޒުވާނާ އެވެ. ނަމަވެސް އަހަރެންނަކީ ރުހާމްގެ ހިތުގެ ރާނީއެވެ. ގޮތްނޭނގޭ މީހަކާ އެއްކޮށް ރުހާމްގެ ހަނދާންތަށް އެއްފަރާތްކޮށްފައި ދާކަށް އެއީ އަހަރެންނަށް ހަމަހިލާ ފަސޭހަކަމެއް ނޫނެވެ.

“ގޭ ކައިރިއަށް ގެންގޮސް ދީފާނަން” އެ ޒުވާނާ ބުންޏެވެ. ނޫނެކެވެ.  “އަހަރެން މިހުރީ ޓެކްސީއެއް އަންނަން ދެން” ލާރާ ބުނެލިއެވެ. ހަމަ ޔަގީނުންވެސް އޭނާ އަހަރެންނާ ގަޔާވާ ކަހަލަގޮތަކަށް އުޅޭކަން ފާހަގަކުރެވުނެވެ. ކޮންމެ ގޮތެއްވިއަސް އެ ޒުވާނާގެ ހަޤީޤަތް ހޯދުމަކީ މިއަދު އަހަރެންނަށް މަޖުބޫރު ކަމެކެވެ.

(ނުނިމޭ)!!!!

Comments (18)

  1. Biker lover!!

    Bro idk why I’m blushing!! Helmet alhaagen in thankolhu sifakohdheefa ohlehh hama v reethii!!
    MA mi part ves hama ehen part thekekey ehfadhain hama v furihama!!
    Keep up the good work boy!!
    Anyways when next??

    1. Shail Abdl
      Biker lover!!

      Boy ??
      Thx 😊

  2. Alaika_22

    Vrh rythi MA!!!!
    Whn nxt?????

    1. Shail Abdl
      Alaika_22

      Thx 😊

  3. Shaba_73

    Mi part ves vrh Reethi MA 💗!!
    When’s next part?? 😎✌️

    1. Shail Abdl
      Shaba_73

      Thx 😊

  4. GURLY....

    vrh reehi mi part

    1. Shail Abdl
      GURLY....

      Thx 😊

  5. SHEEX

    Wow v reethi mi part MA💙
    Mi part kiyaalaafa jaadhooga jehijje hen heevanee ☺️🤭
    V curious next part ah 😊
    When next part?🙂

    1. Shail Abdl
      SHEEX

      Feel the magic ✨🪄
      Thx 😊

  6. the emoji didn't work

    This is stupid

  7. Your fav bab

    E zuvaanah I ah!! Laaraa ah ruhaam! Fair ehnu?😂
    Anyways mi part vrh rythi ma!
    guess you are talented shail!
    When nxt?

    1. Layla
      Your fav bab

      Nonono!! I ah e zuvaanaa!!

  8. springbloom

    V reethi <33

    1. Shail Abdl
      springbloom

      Thx 😊

  9. shynyx inax

    Vrh reethi MA🌸
    when’s next?

    1. Shail Abdl
      shynyx inax

      Thx 😊

  10. shaha

    Shail
    will you be my boyfriend?

Comments are closed.