ލާރާ:(7)
ޕާޓް 6 ގެ ނިމޭ ބައި: ނާފިޒްގެ ސަކަރާތަށް ބީރު ކަންފަތެއް ދިނުމަށް ފަހު ދެ މީހުން ގޮސް ގޮނޑީގައި އިށީނުމާއެކު މުޅި ކްލާސްރޫމް ހިމޭން ވި ކަހަލައެވެ.
ޕާޓް: (7)
ތަރުތީބުން އަތުރާލެވިފައިވާ ގޮނޑިތަކުގައި އެންމެން އިށީނދެލައިގެން ތިބީ ލާރާގެ ސޫރައަށް ފާރަލަމުން ދާ ހާލުގައެވެ. ކްލާސްރޫމްގެ އެއް ފަޅީގައި ފިރިހެން ކުދިން ތިބޭއިރު ، އަނެއް ފަޅީގައި ތިބެނީ ހަމަ އެކަނި ލާރާ އާއި ނަތާ އެކަންޏެވެ. މި ދެ މީހުންނަކީ ކްލާހުގައި ތިބި ހަމަ އެކަނި ދެ އަންހެން ކުދިންނެވެ. އެކި ކޮޅުކޮޅުން އެކި ކުދިން ލާރާއަށް އެކި ރާގު ރާގަށް ގޮވަމުން ދިޔައިރު ނަތާޝާ އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.
ހަމަ ޔަގީނުންވެސް މިހާރު ނަތާޝާއަށް އެންމެން ދެމުން އައި ސަމާލުކަން މިވަނީ ލާރާގެ ޖާދޫވީ ސޫރައަށް އަމާޒު ވެފަ އެވެ.
ދުވަހުގެ ކްލާސް ނިންމާލުމަށްފަހު ގެޔަށް ދިއުމަށްޓަކައި ނަތާ އާއި އެކު ސިޑިން ފައިބަނިކޮށް ލާރާގެ މޫނު މައްޗަށް އަނދިރިކަން ވެރިވާން ފެށިއެވެ. މަޑުމަޑުން މުޅި މީހާގެ ގައިން ވާގި ނެތެމުން ގޮސް ބިންމައްޗަށް ވެއްޓުނު ވަގުތު، ލާރާގެ ބޮލުގެ ދަށަށް ކޮންމެވެސް މީހަކު އަތް ދިއްކޮށްލި ކަމުގެ އިހުސާސެއް ވިއެވެ.
އެތައް ބައެއްގެ ހަޅޭކުގެ އަޑާއި ، ވާހަކަ ދެއްކުމުގެ އަޑުގެ ސަބަބުން ބޮލުތެރެއިގައި ހީވަނީ އައު ކުކުޅަކަށް ގާ ބިހެއް އެޅިގެން އުޅޭ ހެންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.
މޫނު މައްޗަށް ބުރުވަމުން ދިޔަ ފެން ތިކިތައް ވެސް ލާރާގެ ކޯތާފަތުގައި ދަމާލީ އެތަކެއް އާދޭހަކާ އެކު އެވެ. ކައިރީގައި ހުރި ކުޑަ ދޮރުން އެޅެމުން ދިޔަ އިރުގެ ރަން ދޯދިތައް ވެސް މަޑު މަޑުން ލޮލުގެ ތެރެއަށް އަމާޒު ވަމުން ދިޔައީ އެތަކެއް ހިތްވަރެއް ހައްޓަށް ލިތްބައި ދެމުންނެވެ.
ރަނގަޅަށް ލޯ ހުޅުވާލެވުމާއި އެކު ، އެންމެ ފުރަތަަމަ ވެސް ލޮލުގައި އަޅައިގަތީ ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެގެން އިނދެ ލާރާގެ އެނދުގައި ބޯއަޅާލައިގެން އޮތް ނާފިޒް އެވެ. ހަމަ ޔަގީނުންވެސް އޭނާ އެއޮތީ އަހަރެންގެ އިއްޒަތުގައި އިންތިޒާރު ކުރަން ކަން ޔަގީނެވެ.
ލާރާގެ ހިތުގެ ތެރޭގައި ނާފިޒްގެ މައްޗަށް ދިޔައީ ހަމްދަރުދީ އުފެދެމުންނެވެ. އެފަދަ ޒުވާނަކު އަހަރެން ކަހަލަ ނިކަމެތި މީހެއްގެ އިންތިޒާރުގައި ވަގުތުތައް ވޭތު ކުރުމަކީ ވަރަށް ވެސް ނާޒުކު ކަމެކެވެ.
އެނދުގައި ބޯއަޅާލައިގެން އޮތް ނާފިޒްގެ ބޮލުގައި މަޑުމަޑުން ކޮށްޓާލުމުން ވެސް އޭނާގެ އެއްވެސް ހަބަރެއް ނުވިއެވެ. ނާފިޒް އަކީ އަބަދުވެސް ވަރަށް ނިދި ގަދަ މީހެއް ކަމަށް ނަތާ ދަނީ އަބަދުމެ އަހަރެންނަށް ހަނދާން ކޮށްދެމުންނެވެ. ނަމަވެސް އަހަރެން މިވަގުތު މި ހުރީ ކޮން ތަނެއްގައި ތޯ ވެސް ސުވާލު ކޮށްލެވޭނެ ހަމަ އެކަނި މީހަކަށް ހުރީ ނާފިޒް އެވެ.
ކައިރީގައި އޮތް އޭސީ ރިމޯޓް ނެގުމަށް ފަހު ނާފިޒް އާ ދިމާލަށް އެއްލި ވަގުތު، ރިމޯޓް ގޮސް ޖެހުނީ ނާފިޒްގެ ނިތްކުރި މަތީގައެވެ. “އައްދިއްޔޯޔް” ނާފިޒް ހަޅޭތްލަވައިގަތެވެ.
ކޮޓަރި ތެރޭގައި އަޑުގަދަ ވުމުގެ ސަބަބުން ބަދިގޭގައި ރޮށި ފިހަން ހުރި ނަތާގެ މޭގަނޑު އަތަށް އައި ކަހަލައެވެ. ބާރު ދުވެލީގައި ދުވެފައި ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއިރު ކަމަކު ދާކަށް ނެތެވެ.
މުޅި ކޮޓަރިތެރޭގައި ހީވަނީ އައު މަހަކަށް ހަނދު ބަލައިގެން އުޅޭ ހެންނެވެ. ލާރާ އާއި ނާފިޒްގެ ރުޅިގަނޑުގެ ހޫނު ގަދަ ކަމުން މުޅި މަޝްރަހު ބަދަލުވި ކަހަލައެވެ.
“ކިހިނެއް ވެގެންތަ ތިއުޅެނީ” ނަތާ ސުވާލު ކުރިއެވެ.
ނާފިޒް ބުނި ގޮތުގައި އޭނާ ނިދާފައި އޮއްވާ ބޮލުގައި ލާރާ ޖެހީ ކަމަށް ބުންޏެވެ. ނަމަވެސް ވާނުވާ ނޭނގޭ ހާލުގައި ހުރެ ނަތާޝާ ލާރާ ގޮވައިގެން ކޮޓަރިން ނިކުތުމަށް ފަހު ، މިއަދު ވީގޮތް ވަރަށް ސާފުކޮށް ލާރާ އަށް ކިޔައިދިނެވެ.
ކޮޓަރީގައި އެތައް އިރެއްވަންދެން ހޭދަކުރުމަށް ފަހު ނާފިޒް ނިކުތް އިރު ސިޓިންގް ރޫމުގެ ސޯފާގައި ލާރާ އިންތަން ފެނުނެވެ. ކޮންމެ އަކަސް ވެދިޔަ ކަންތައް ހަނދާން ނައްތާލުމަށް ފަހު ސޯފާގައި އިށީންނަމުން “ސޮރީ” އޭ ނާފިޒް ބުންޏެވެ.
ކަންތައްތައް ކޮންމެ ގޮތަކަށް ހިނގާފައި ވިޔަސް ލާރާގެ ހިތުގައި ނާފިޒްގެ މައްޗަށް އެއްވެސް ހިތް ބުރަ ކަމެއް ނެތެވެ. ނަމަވެސް މިވަގުތު ނާފިޒްގެ ގާތު އަހަން ހުރި ސުވާލުތައް މަދެއްނޫނެވެ.
“ނާފިޒް ކީއްވެ އަސްލު އެހާ ބޮޑަށް އަހަރެންނަށް ކެއާ ކުރަނި” ލާރާ ބުންޏެވެ.
ސޯފާގެ ބާލީހުގައި ލެނގިލައިގެން އިން ނާފިޒްގެ ލޭ ކައްކުވާލި ފަދައެވެ. ދުވަހަކު ވެސް އަންހެން ކުއްޖެއްގެ ފަރާތުން މިފަދަ ސުވާލަކާއި ނާފިޒްގެ ހަޔާތުގަ ވެސް ކުރިމަތިލާން ޖެހުނު ފުރަތަަމަ ފަހަރޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.
އެތައް އިރެއްވަންދެން ބަސް ހުއްޓިފައި ހުރުމަށްފަހު ނާފިޒް ބުންޏެވެ…….
“އަހަރެންނަކީ އަސްލު ހަގީގަތުގައި ވެސް ނަތާޝާގެ އެއް ބަނޑު ދޮންބެ އެއް ނޫނެވެ. އަހަރެންނަކީ ނަތާގެ މަންމަ އާއި ބައްޕަގެ ހެޔޮފުޅުކަމުން މި ގޭގައި ބަލަން ގެނައި ކުއްޖަކީމުއެވެ. އެހެނަސް އަހަރެންގެ ހަޔާތުގައި އަންހެން ކޮއްކޮ އެއް އަހަރެންގެ އަސްލު މައިންބަފައިންނަށް ލިބުނެވެ. ނަމަވެސް ކޮއްކޮއަށް ދޭންޖެހޭ ލޯބީގެ ބޮޑު ކަމުން އާއިލާގެ ތެރޭގައި އަހަރެންގެ އަގު މުޅި އެކު ފަނާ ވެގެން ދިޔައީ އެވެ. ……. މިއަދު އަހަރެންނަށް ލޯބި ދޭން ތިބީ ހަމައެކަނި އަހަރެންގެ ދެ ލޮލުގެ ނޫރު ގޮތުގައި އޭރުން ފެށިގެން ވެސް ދެކެމުން އައި ނަތާގެ މަންމަ އާއި ބައްޕައެވެ. “……
ނާފިޒްގެ މި އަސަރުގަދަ މާޒީގެ އެންމެ ސޮފްހާއެއް އަޑު އަހާ ލުމުން ވެސް ލާރާގެ ހިތް ކުދި ކުދި ވި ކަހަލައެވެ.
(ނުނިމޭ)!!!!
10 Comments!
Comments are closed.


Mi part ves vrh Reethi MA! 💗
Haadha dhuvas kohlaafa thi up kohly?
Next part avahah up koh dhehchey!
Waiting for the next part When’s next? 😎
Busy dhuvas koleh vii ma 😔
IA Ava’s kohdheynan 👍
Oh it’s ok 👌
Shail thy kiyavaa kuhjjeh tha? Alhuga mean Mi kury school 🏫 ga kiyavaa kuhjehey
Gr:10
Mi part vess vrh rythi MA!!💗
Curiously waiting for the next part….
Whn next?
Thx 😊
Shail gr 10 thw kiyavany
You guessed right 👍
Omg vrh reethi I can’t wite for the next part 😊