އަޒައިލިއްޔަ ގާނުނުގައިވާ ފުރިހަމަ ގޮތުގެ މަތިން އިރު އުދަރެހުން ފާޅު ވެގެން ދިޔައީ އެކި ހިތްތަކަށް އެކި އިހުސާސްތަށް ގެނެސް ދެމުންނެވެ. އިރު އުދަރެހުން ފާޅު ވުމާއި އެކު މަގުމަތީގައި މީހުންތަށް ހަލަބޮލިވެ އުޅެން ފަށައިފިއެވެ. ޝަހާމާ ދިޔައީ ވަރަށް އަވަސް އަވަހަށް ދަބަހަށް ސާމާނުތަށް އަޅަމުންނެވެ. ޝަހާމާގެ މަސައްކަތް ހުއްޓާލަން މަޖުބޫރު ވީ ގޭގެ ބެލް އަޅަން ފެށުމުންނެވެ. ” ނައުރާ…. އަޅޭ ކަމަކުތަ….. ވަރަށް ބުރަ ކޮށްލައިގެން މިއުޅެނީ …..” ނައުރާގެ އަތުގައި އޮތް […]
ކޮޓަރި ތެރޭގައިވީ މަރު ފަދަ ފަޅު ކަމެވެ. އެއްވެސް ތަރުތީބު ކަމެއް ނެތެވެ. މުށިގަނޑު މަތީގައި ތެޅިފައި އެތަށް ބިއްލޫރިތަކެއް ހުއްޓެވެ. އެ އަންހެން ކުއްޖާގެ ކަނާއަތުގައި ކަޓަރެއް އޮތެވެ. އެނދުމަތީގައި އޮތް އަންހެން ކުއްޖާގެ އަތުން ލޭ އަންނަމުން ދެއެވެ. އިސާހިތަކު އެ އަންހެންކުއްޖާގެ ދެލޯ މަޑު މަޑުން މެރެމުން ގޮސް އެއްކޮށް ޙަބަރު ހުސްވިއެވެ. **** 2 އަހަރު ކުރި**** “ދަރިފުޅާ.. އަދި ވެސް ދަރިފުޅަށް ދަބަހަށް އެއްޗެހި އަޅާ ނުނިމޭ… ސާބަހޭ ލައިކާ… […]
“ޔަޒަކް…ދަރިފުޅޫ….ޔަޒަކް…..” ޝާނީ ބަދިގޭގައި ހުރެފައި ނުކުތީ ޔަޒަކް ހޯދަމުންނެވެ. “އަޅެ މަންމާ ކޮބާތަ ޔަޒަކް..؟ ގައިމު ދެންމެ ވެސް މިތާގަ އިނޭ…އެކަމް މިހާރަކު ނެތް…..” އައިޝާ ކޮޓަރިން ނުކުތް ވަގުތު އޭނާ ގެ ސަމާލުކަން އަތުލައިގަތީ ޝާނީގެ ކަންބޮޑު ވަފައިވާ އަޑެވެ.” ނޭނގެ މަންމައަކަށް….މަންމަ މިއައީ ޟުހާ ނަމާދު ކޮއްލައިގެން މަންމަ ކައިރިއަކަށް ނާދޭ..”ޝާނީ ވަގުތުން ދުވެފަ ބޭރަށް ނުކުތެވެ. އެގޭ ޓެރަސް މަތީގައި ޒައިން އިނީ އޭނާގެ ދަރިފުޅު ޔަޒަކް އާއި ސަމާސަ ކޮށް ކުޅެލާ […]
ފަތިސް ނަމާދުގެ މޫރިތި ކަލިމަ ތަކުގެ އަޑަށް ޝަހާމާއަށް ހޭލެވުނެވެ. ވެފައި ހުރި ވަރުބައްޔާއި އެކުގައި ވެސް ޝަހާމާ ގައިމަތީގައި އޮތް ރަޖާގަނޑު އެއްފަރާތް ކޮއްލުމަށް ފަހު ތެދުވީ ނަމާދު ކުރަންޖެހޭނެތީއެވެ. ރޭގައި ލަހުން ނިދުމުގެ ސަބަބުން ޝަހާމާ ގެ ދެ ލޯ ވެސް ވަނީ ރަތް ވެފައެވެ. ޝަހާމާ އަވަސް ވެ ގަތީ އަވަހަށް ފެންވަރާ ނަމާދު ކުރުމަށެވެ. ނަމާދުކޮށް ނިމުނުން ޝާހާމާ އިނީ އިރު އަރަންދެން ޤުރުއާން ކިޔަވާށެވެ. ކިޔަވާނިމުމުން ޝަހާމާ ދެން އަވަސް […]
ޕާރޓް-1 ( މި ވާހަކަ އަކީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ ކަމުން މި ވާހަކައިގައި ހުރި ކުށް ތަކަށް މާފަށް އެދެމެވެ. ކިޔުންތެރިންނަށް މި ވާހަކަ ކަމުދާނެ ކަމަށް އުއްމީދު ކުރަން…) “ކެޕްޓަން ޝަހާމާ … ހުރިހާ ކަމެއްވެސް އޯކޭ … އަޅުގަނޑު ދެފަހަރަށް ޗެކް ކޮއްފިން…” ޙިޔާލަކަށް ގެއްލިފައި ހުރި ޝަހާމާ ގެ ސަމާލުކަން ދަމައިގަތީ އެތެރެއަށް ވަދެގެން އައި ކޯޕްރަލް ނަސީމް އެވެ. “އޯކޭ.. މާލެއަށް ދާން ފުރުމަށް ކޮމާންޑް ދީ..” ނަސީމަށް […]